މާލޭގައި އޮތް ޕޯޓު އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި އަސްލަމް ވިދާޅުވީ ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ހެދުމަށް އެ ފަޅުން 192 ހެކްޓަރު ހިއްކުމުގެ މަޝްރޫއެއް ފެށީ މާލެ ސަރަހައްދުގެ ޕޯޓު ކުޑަވެފައިވާތީ ކަމަށެވެ.

ތިލަފުށީގައި ޕޯޓް ގާއިމްކުރުމަށް މީގެކުރިން ސަރުކާރުތަކުގައި ވެސް މަޝްވަރާކުރެވިފައިވީ ނަމަވެސް އެއީ އެ މަސައްކަތް ކުރިއަށް ގެންދަން އެންމެ ރަނގަޅު ތަން ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް އަސްލަމް ވެސް ވިދާޅުވިއެވެ.

މާލެ ސަރަހައްދު ތޮއްޖެހިފައިވާ އިރު، މާލެ ސަރަހައްދުގައި މައިގަނޑު ހިދުމަތްތައް ދޭނެ ނިޒާމެއް ބައްޓަން ކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ސުވާލު ކުރެއްވުމުން އަސްލަމް ވިދާޅުވީ މާލެއަކީ ވެރިކަން ކުރާ ތަނަކަށްވުމާ އެކު، މާލޭގައި ވިޔަފާރިތައް ހިނގާނެ ކަމަށެވެ.

"އަބަދުވެސް ކެޕިޓަލް ސިޓީގައި ކައިރީގައި ވަށައިގެން ވިޔަފާރިތައް ތަންކޮޅެއް ބާރުލާފަ ހިނގާނެ. ނަމަވެސް އެހެން ސަރަހައްދުތައް ތަރައްގީ ކުރަން ޕްލޭންތަކެއް ގެންގުޅެން ޖެހޭނެ. އަޅުގަނޑު އުފަލާއެކީ ދަންނަވަން އެބައޮތް އަޅުގަނޑުމެން ފައިނަލް ޑްރާފްޓެއްގެ ގޮތުގައި ނިންމާފައި އޮތް ރާއްޖޭގެ ސްޕޭޝަލް ޑިވެލޮޕްމެންްޓް ޕްލޭނެއް. މީގެ ތެރެއިން ބައެއް މެމްބަރުންނަށް ފެނިވެސް ވަޑައިގެންފައި އޮންނާނީ." އަސްލަމް ވިދާޅުވިއެވެ.

އެ ޕްލޭންގެ ދަށުން ޕޯޓާއި އެއާޕޯޓްތައް ރާއްޖޭގެ އެކި ހިސާބުތަކާއި އެޅޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މާލެ ސަރަހައްދަށް ދިމާވެފައިވާ ޕޯޓްގެ ދަތިކަން ހައްލުކުރުމަށް އިތުރު ޕޯޓެއް ބޭނުންވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ގުޅީފަޅު މަޝްރޫގެ ދަށުން ގުޅިފަޅުގެ ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކައި ހަތަރު ކިލޯމީޓަރުގެ ތޮއްޓެއްލުމަށް ވަނީ ހަމަޖެހިފައެވެ. އެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައި ވަނީ 180 ދުވަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދުރުމި

    ކަލޭމެންގެ ފެންވަރެއްނޫން!! ކަލޭމެންނަށް އެވަރުގެ ބޮޑު މަސައްކަތެއް ނުކުރެވޭނެ! އެގާބިލްކަމާއި އެހުނަރާއި ވިސްނުމެއްވެސް ނުހުންނާނެ!! ބިޔަ ބޮޑެތި ޕްރެޖެކްޓްގެ ވާހަކަ ކަލޭމެން ނުދައްކާ!! ކަލޭމެން ބަލަންވީ ވައްކަން ކުރެވޭތޯ!! ބަދަލުގެ ގޮތުގައޭ ކިޔާފަ ދައުލަތުގެ ޚަޒާނާ ދަވާލެވޭތޯ ބަލާ!! އަނިޔާވެރިކޮށް އިދިކޮޅު މެމްބަރުން ގާނޫނާ ޚިލާފަށް މަޖްލިސް ޗެމްބަރު ތެރެއިން ތަޅާ ބޭރުކުރެވޭނީ ކަލޭމެންނަށް!! ތަޅާނެ ކުދިން ކޮޅެއް ހޯދައިގެން ތެލޭތޯ ބަލާ!! ބޮޑެތި ޕްރެޖެކްޓްތަކާ ތަރައްގީ ކުރުމާ ރާއްޖޭގެ އިކޮނޮމީ ރަގަނޅު ކުރުމާ މިހުންނަނީ ކަލޭމެންގެ ފެންވަރުގެ ކަންތައްތަކެއްނޫން!! ކަޓުނެގޭތޯ ކަލޭވެސް ބަލާ!! މޮޅު އަނަގަ ނުތަޅާ!!

    35
  2. ދަރަނި ދަންތުރަ

    ކަލޭމެނަންވާނެކަމަކީ ފޮނިއަނގަތެޅުން ދެން ލޫޓުވުން ދެން ދީނަށްފުރައްސާރަކުރުން އެކަންކަން ބަރާބަރަށް ކުރިޔަށް އެބަދޭ ކޮންކުރީޓަކީ ތަރައްގީއެއްނޫން އެހެން ނޫންތޯ...

    38
  3. Anonymous

    އަސްލަމާ ކަލޭ މޮޅު ވާހަކަ ނުދައްކާ. ކުރިން ވިސްނުން އޮވެފަ މިހާރު ކީކޭ ތި ކިޔަނީ. މިހާރުވެސް ވިސްނުންއޮވޭ. އެކަމު ވެރިކަމަށް އައިސްފަ އެމީހަކަށް ކެވުނު ވަރަކަށް ފައިސާ ކައި ހުސްކޮށް ޚަރަދުކުރާނެ ގޮތެއްނެތީ. ދެން ރައްޔިތުން ގުނބޯ ހައްދަން މޮޅު ވާހަކަ ދައްކާނެ ކަމެއްނެތް.

  4. އަހައްމާ

    މިއީ ކޮންކަހަލަ ސަރުކާރެއްތަ؟ އަޅެފަހެ!! ދެފަހަރު ހަމައަށް އެކައްޗެއް ނުކިޔާ!

    14
  5. ރައްޔިތުމީހާ

    އަނެއްކާ މިނިސްޓަރ އަސްލަމަށް އޮޅުނީކީ ނޫންބާ މާލޭގައި އޮތް ޕޯޓް ވީ އެއްމެ އަވަހަކަށް އެހެންތަނަކަށް ބަދަލުކުރާ ވާހަކަ ސަރުކާރު ްމީގެކުރިން އައީ ބުނަމުން!

  6. Anonymous

    ދެފަޔަށް ހިނިއަރައިގެން، ބޮސްކާލީސްއަށް ގުޅީފަޅު ހިއްކަން ދިނީ ކޮންއެއްޗެއް ބޮއެގެން ހުރެތަ؟ އޭރު ހީވީ މާލޭގައި ޕޯޓް އޮތުމުން ދެލޮލަށް ނިދިނައިސްގެން އުޅުނުހެން. ޖީބު ފުރުނީމަ އޭރު ކިޔުނި ލަވައެއް މިހާރަކު ހަނދާނެއްވެސް ނެތް. ކޮރަޕްޝަނާ ފަސާދަނޫން އެއްޗެއް މިސަރުކާރުގައި ނެތް.

  7. ޅަތީފް

    ކަލޭމެން އުފަލާއެ ކީގަ ވައް ކަން ކުރުން ނޫން ކަމެއް ނު ކުރޭ ތިވެސް ރަތްލާޖެހި ބޮޑުވަގެއް

  8. ނާސިރު

    ވިސްނުން އޮތަސް ނުވާނެ. 2އަހަރުގެ ތެރޭގައި މާލޭ މަގުތަކުން މަހަކު 150 މިލިޔަން ރައްޔިތުން އަތުންނަގާފަ ފެންހިނދޭގޮތް ހަދާނުލެވުނު ސަރުކާރެއް. އަޅާފަހުރި މާރުކޭޓެއް ބަންދުކޮށް ހުޅުވާ ނުލެވުނު ސަރުކާރެއް. އަޅާފައޮތް ބްރިޖަކުން ބައިރުފިޔާއެއް ނުނެގުނު ސަރުކކާރެއް. އެމްޑީޕީ ލަދެއްނުގަންނާނެ.

  9. މުހައްމަދު ޝާހް، ރ.ވާދޫ

    މިސަރުކާރަކަށް ތިވަރުގެ ބޮޑު މަސައްތަތެއް ނުވެސް ކުރެވޭނެ. ވާވަރު ބަޔަކަށް ތިވަރުގެ ކަމެއް ވާނީ. ބުރޯމެންގެ ފެންވަރެއްނޫން ތީކީ.