މި ސަރުކާރުގައި ވެސް އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭއިން) ހުއްޓުވަން ޖެހޭ ކަންކަން ހުއްޓުވާނެ ކަމަށް އެ އެޖެންސީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވެއްޖެއެވެ.

ނައީމް މިފަދައިން ވިދާޅުވީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އިގްތިސާދީ ހަރަކާތްތައް ހުރިހާ ހިސާބަކަށް ބޭނުންވާއިރު މާލެ ސަރަހައްދުގައި ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދިނުމުގައި ތިމާވެށި ރައްކާތެރިކުރަން ބަލާ މިންވަރު ތަފާތުކުރާ ކަމަށް ވިދާޅުވެ މަޖިލީހުގެ ތިމާވެއްޓާއި ބެހޭ ކޮމެޓީގައި ކުރެއްވި ސުވާލަކާއި ގުޅިގެންނެވެ.

"އަޅުގަނޑުގެ ސުވާލަކީ ރާއްޖޭގެ އެކި ސަރަހައްދު އެކި މިންވަރަށްތޯއޭ ހިމާޔަތް ތި ކުރައްވަނީ. ގްރޭޓަރ މާލޭ އޭރިޔާ ވީމާ ތިމާވެށީގެ އެކްސްޕެރިމެންޓް ކުރާ ތަނެއްތޯ މިއީ. ނޫނިއްޔާ މިތަނަކީ ތިމާވެށީގެ ހިމާޔަތް ކުރުމުގައި އެކްސްކްލޫސިވިޓީ ދެވިފައިއޮތް ތަނެއްތޯ. ވިލިގިލި ކައިރީގައި ހުވަދުއަތޮޅުގައި ގއ.ވިލިގިލީގައި ފަރެއް ހިއްކައިގެން ރިސޯޓެއް ހަދަން ޖެހުނީމަ ދޫނިއަރާތަނަކަށް ބަދަލުވޭ." ސައުދު ވިދާޅުވިއެވެ.

ސައުދުގެ ސުވާލަށް ޖަވާބުދެއްވަމުން ނައީމް ވިދާޅުވީ ކޮންމެ ސަރުކާރެއްގައި ވެސް ތިމާވެއްޓަށް ގެއްލުންވާ ކަންކަމުގެ ވާހަކަ އީޕީއޭއިން ދައްކާ ކަމަށެވެ. މާލެ ކައިރިއަށް ވަކި ގޮތެއް، ރާއްޖޭގެ އެހެން ހިސާބުތަކަށް ވަކިގޮތެއް ކަނޑައެޅުމަކީ އީޕީއޭއިން ގެންގުޅޭ އުސޫލެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އީޕީއޭއިން ބަލަންޖެހޭ ބެލުންތަކަށް ފަހު ހުއްޓުވަން ޖެހޭ މަސައްކަތްތައް ހުއްޓުވަމުންދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެން ބުނަން ޖެހޭ އެއްޗެއް އީޕީއޭއިން ބުނަމުން މިގެންދިޔައީ. މީގެ ކުރީގެ ސަރުކާރުގައިވެސް އަދި މި ސަރުކާރުގައި ވެސް އަޅުގަނޑުމެން ބުނަމުން މިގެންދަނީ. މިގޮތުން ހުއްޓުވަން ޖެހޭ މަޝްރޫއުތައް ހުއްޓުވާ، ހުއްދަ ދޭން ނުފެންނަ މަޝްރޫއުތަކަށް އަޅުގަނޑުމެންނަށް ހުއްދަދޭން ނުފެންނަ ވާހަކަ ބުނަމުން މިގެންދަނީ. ދެން އުތުރެއް ދެކުނެއް، ހއ އެއް ށ އެއް ނ އަތޮޅެއް އެހެން ބަލައިގެނެއް ނޫން އެކަން ކުރަމުން ގެންދަނީކީ. " ނައިމް ވިދާޅުވިއެވެ.

އީޕީއޭގެ ސިޔާސަތަކީ ރަނގަޅު ހާލަތުގައި ހުރި ތަންތަން ސަލާމަތްކޮށްގެން، އެތަންތަނަށް ގެއްލުން ނުވާނެ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ދިނުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގލޅ

    ސަރުކާރުގެ މުއައްސަސާތަކަށް ނަސީދީ ނުފޫޒުގަދަވުމުގައި
    ސިއްރުތަކެއް އެކުލެވިގެންވެއެވެ ކޮންމެތަނަކަށް އަތްބޭނުމަށް
    އޭނާ ގެންގުޅޭ ނުކިއްސަރު ގޮތްތައް ރަނގަޅަށް ތަހްގީގު
    ކުރެވި ހަގީގަތް ހާމަކުރުމަށް ސަރުކާރު ނުކުޅެދިފައި ވުމަކީ
    އެއްސަބަބެވެ ރާއްޖޭގެ ކަންކަން ގޯހުން ގޯހަށްދާ ސަބަބު
    ރައްޔިތުންނަށް ސާފުވާން އެބަޖެހެއެވެ.

  2. ޓިންތިން

    ބަޔެއްމެއްބަ ރުން ވިސްނާ ގޮތުގަ މިގައުމުގެ ރަށް ރަސަކީ މިމީހުންގެ ތަ ރިކަ މުދާހެން... ބަލަ މިދުނިޔައިގަ ދި ރިއުޅެނީ ހަމައެކަނި އިންސާނުން ނޫނޭ ތަ ރައްގީ އޭ ކިޔާފަ މިގައުމުގެ ގުދު ރަތީ ދި ރުން ނައްތާލައް ތިއުޅެނީ..

  3. ޓިންތިން

    ބަޔެއްމެއްބަ ރުން ވިސްނާ ގޮތުގަ މިގައުމުގެ ރަށް ރަސަކަކީ އެމިމީހުންގެ ތަ ރިކަ މުދާހެން... ބަލަ މިދުނިޔައިގަ ދި ރިއުޅެނީ ހަމައެކަނި އިންސާނުން ނޫނޭ ތަ ރައްގީ އޭ ކިޔާފަ މިގައުމުގެ ގުދު ރަތީ ދި ރުން ނައްތާލައް ތިއުޅެނީ..

  4. ރަޔަތުމީހާ

    ބަޔެއްމެއްބަ ރުން ވިސްނާ ގޮތުގަ މިގައުމުގެ ރަށް ރަސަކަކީ އެމިމީހުންގެ ތަ ރިކަ މުދާހެން... ބަލަ މިދުނިޔައިގަ ދި ރިއުޅެނީ ހަމައެކަނި އިންސާނުން ނޫނޭ ތަ ރައްގީ އޭ ކިޔާފަ މިގައުމުގެ ގުދު ރަތީ ދި ރުން ނައްތާލައް ތިއުޅެނީ.. ރާޖޭގެ ހަގީގީ ތަރައްގީ އަކީ ރާޖޭގެ މި އޮންނަ ގުދުރަތީ މުއްސަދިކައް