މާލޭގެ އޮލިމްޕަސް ކުރިމަތީ ހުރި ފިހާރައެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، އޮލިމްޕަސް ކުރިމަތީ ހުރި ފިހާރައެއްގަައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ މިއަދު މެންދުރު 13:00 ހާއިރު ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އަލިފާން ރޯވެފައި ވަނީ "އެކްސީޑް" ފިހާރައިގެ ދެވަނަ ފަންގިފިލާގައި ކަމަށެވެ.
މިހާރު އެ ސަރަހައްދުގައި ވަރަށް ބޮޑަށް ދުމުގެ އަސަރު ވަނީ ކޮށްފައެެވެ.
އެތަނުގައި ރޯވާން ދިމާވި ސަބަބު އަދި އެމްއެންޑީއެފް އިން ހާމަކޮށްފައެއް ނުވެއެވެ.
އާޒިމް ވިދާޅުވީ، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
އާޒިމް ވިދާޅުވީ، ފަޔާ ޓީމްގެ މަސައްކަތުން މިހާރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، އެ ފިހާރާގައި ރޯވެގެން ފުލުހުންނަށްވެސް މިއަދު މެންދުރު 13:00ގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ފުލުހުންވެސް ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.