ސަރުކާރުގެ ބުރަހެލިކަމަށް ރައްޔިތުން ޖަވާބުދޭނީ "އޮޅުމަކުން" ނޫން ކަމަށް ވިދާޅުވެ، ހިޔާ ފްލެޓުތައް ރައްޔިތުންނަށް ދިނުން ލަސްވާ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

މުއިއްޒު އެގޮތަށް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 7000 ފްލެޓް ޖުލައި މަހު ހަވާލު ކުރެވޭނެ ކަމަށް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރ އާމިނަތު އާތިފާއަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައި ވަނިކޮށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ކަންކަން އެންމެ ގާތުން ބެއްލެއްވި މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވަނީ ހިޔާ ފްލެޓުތައް ލިބިފައިވާ މީހުންނާ ހަވާލު ކުރުން ލަސްވާ ލަސްވުމުގެ ޒިންމާ ނަގާނީ ކާކުތޯ ސުވާލު ކުރައްވައިފައެވެ.

"ބަރުހެލިކަމާއި ނާގާބިލްކަމުގެ އިންތިހާ އަށް ގޮސްފައިވުމުގެ ހިތްދަތިކަން ބަރުދާސްތު ކުރަން ޖެހެނީ ނިކަމެތި ރައްޔިތުން. ރައްޔިތުން މިކަންކަމަށް ޖަވާބުދޭނީ ހަމަ ގައިމުވެސް އޮޅުމަކުން ނޫން،" މުއިއްޒު ވިދާޅުވިއެވެ.

“ހިޔާ މަޝްރޫއު”ގެ ފްލެޓްތައް އަންނަ މަހު ފަހުކޮޅު ހަވާލު ކުރަނީ

ރައްޔިތުންގެ މަޖިލިހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި އާތިފާ ވިދާޅުވީ "ފްލެޓްތައް ޖުލައިމަހަށް ހަވާލުކުރެވޭނެ ކަމަށެވެ. ނަމަވެސް، އެ މިނިސްޓްރީން ފަހުން ވިދާޅުވީ އެއީ އޮޅުމަުން ވިދާޅުވެވުނު އެއްޗެއް ކަމަށެވެ.

ކޮވިޑް-19 ގުޅިގެން ފުރަބަންދެއްގައި ތިބުމުގެ ސަބަބުން، ކުރިން ފައިނަލް ލިސްޓް އިއުލާން ކުރަން ތާވަލްކުރި ތާރީހުގައި ލިސްޓް އާންމު ކުރެވިފައި ނުވާ ކަމަށް ވެސް ހައުސިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓުތަކުގެ މަސައްކަތް ނިންމައިފި

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެން، ކުރިއަށް ގެންދިޔަ މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ.އެއީ 25 ބުރީގެ ހައުސިން ޔުނިޓުތަކެކެވެ. އެއީ ހުޅުމާލޭގައި މިވަގުތު ހުރި އެންމެ އުސް އިމާރާތްތަކެވެ. މާލޭގައި ހުރި އިމާރާތްތަކުގެ ތެރެއިން 25 ބުރީގެ ހަމައެކަނި އިމާރާތުގެ ގޮތުގައި މިވަގުތު ހުރީ ދަރުމަވަންތަ ހޮސްޕިޓަލް އެކަންޏެވެ.

ހިޔާ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓްތައް ހައްގުވާ މީހުންގެ ލިސްޓެއް ރައީސް ޔާމީންގެ ސަރުކާރުގައި ނެރުނެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ނިމެން އުޅެނިކޮށް، ފްލެޓު ލިބުނު މީހުންނަށް، ލިޔުން ވެސް ހަވާލު ކުރިއެވެ. އެކަމަކު، ހުޅުމާލޭގައި އިމާރާތްކުރަން ފެށި އެ ފްލެޓްތައް ދިނީ ބޭއިންސާފުން ކަމަށް ތުހުމަތު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ މައްސަލަތައް ބެލުމަށް ފްލެޓު ކޮމިޓީގެ ނަމުގައި ކޮމިޓީއެއް އުފައްދަވައިފައެވެ. އެކަމަކު، އެ ތުހުމަތުތައް ކުރީގެ ސަރުކާރުން ދޮގުކުރެއެވެ.

އެކަމަކު ފްލެޓް ކޮމިޓީން ބުނެފައިވާ ގޮތުގައި ޝަރުތު ހަމަވި ކަމަށް ބަލައި މާކްސް ދީފައި ވަނީ ހައުސިން މިނިސްޓްރީން އާއްމުކުރި ކްރައިޓީރިއާއަކަށް ނޫނެވެ. ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ބޭނުންވެގެން 22،000 އަށް ވުރެ ގިނަ މީހުން ވަނީ ފޯމް ހުށަހަޅައިފައެވެ.

ފްލެޓް ކޮމިޓީން ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް ކުރިން ކުރި ނަމަވެސް، މިހާރު އެ މަސައްކަތް އޮތީ މަޑުޖެހިފައެވެ. އެ މަސައްކަތް މަޑު ޖެހިފައިވަނީ ރާއްޖެ އިން ކޮވިޑް-19 ފެނުމާ ގުޅިގެންނާއި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. Mahujanu

  ޑރ. މުއިއްޒު އެއީ ހަމަ އެއްވަނަ.

  63
  3
  • އަލަނާސި

   އަސަރު ކުރިޔަސް މުއިއްޒުވަރެއް ހަމަނެތް... ހައުސިން މިނިސްޓްރީ ހިންގުމުގައި އެއީ ހަމަ ލާމަސީލުބލު ނަމޫނާއެއް...

   23
   1
  • ނަކް

   ބުރަހެލިކަމާ އެއްވަނަކަމަށް ރައްޔިތުން ދިންޖަވާބު ފެނިފައެއްނު އޮތީ.. ކުރިޔަށް އޮތް އިންތިޚާބުގަ ވެސް ފެންނާނެ

   2
   21
   • ބޭބެ

    ވައްކަން ކޮށްގެން ވޯޓުން!! ދެން ކަލޭ ހުންނާތި ކުޅިބަލަން!! ވާނުވާ އަންގާލާނަން ދުވަސްކޮޅަކުން!!

   • ހުޝާމު

    ތިހީކުރާ ގޮތަކަށް ނޫން ފެންނާނީ.

  • އެމްޑީޕީ ބުރޯ

   އެމް.ޑީ.ޕީ އަކާ ނުކުޅެވޭނެ! މިފަހަރު ފުލެޓްތަށް ވެސް ލިބޭނީ އިންސާފުން! ޔާގުންޑާ ގެ ލިސްޓަކަށް ފޮލެޓެއް ނުދޭނަން! އެ ލިސްޓްގަ ތިބި ރާޖެތެރޭ އެންމެން ލިސްޓުން ކަނޑާފަ މާލޭމީހުނަށް ފްލެޓްތައް ދޭނީ! މިފަހަރު ރާއްޖެތެޜޭމީހުން ސައިޒްކޮށްލާނަން!??

   1 1

   1
   9
 2. މުހައްމަދު

  ކަލޭ ވާހަކަ ނުދައްކާ ހު ރޭ މުއީޒު..އެމްޑީޕީ ސަ ރުކާރުން ހިންގި ޓާޓާ މަޝް ރޫއު ފުލެޓް ތަކަށް ކަލޭމެން ޒާތީވެގެން ހަދާލިގޮތް ހަނދާނެއްނެއްދޯ؟.ކިތައް ރައްޔަތުން މަޖުބޫ ރީ ހާލަތުގަ 15000ރ އާއި 19000ރ ގެ ބޮޑެތި ލޯނުތަކުގަ ދަ ރަނިވެ ރި ކު ރުވީ. ކޮންފަދަ ބޮޑެތި ކުލިތަކެއްގަ ނިކަމެތި ރައްޔަތުންތަކެއް ހަނާމިވަނީ..އަދި ކޮބާ ކިތައް ނިކަމެތި ރައްޔަތުންގެ ފްލެޓްތައް ކާލީ..އެމީހުންގެ ހައްގުތައް ނިގުޅައިގަތީ..ހަމަ ކަލޭމެން..މިކަމުގަވެސް ކަލެޔާއި ކަލޭގެ އައުވާނުންތައް އަހަރެމެން އޮޅުވާލީ.

  2
  15
 3. Anonymous

  އަޅުގަނޑަށް މިއަދު ނިދިން ހޭލެވުނީ އޮޅުމަކުން.

  12
  2
 4. ހަސަންބެ23

  ހަސަންބެ 8 ވެރިން ލޮލުން ދެކެފިން. ތިޔަ ފުލެޓުތައް ލިބޭނެ ދުވަހެއް ހަސަންބެ ބުނަންތަ؟ ތިޔަ ލިސްޓެއްވެސް ނިމޭނީ ކައުންސިލް އިންތިހާބާ ދިމާކޮށް. މިއަހަރަކު ތިޔަ ލިސްޓެއް ފައިނަލްވާން ލާހިކައެއްނޫން. ފުލެޓެއް މިއަހަރަކު ޔަގީނުންވެސް ނުލިބޭނެ. ކައުންސިލް އިންތިހާބުން އެންޑީޕީ ފޭލިވެއްޖެނަމަ އަދި ކަންތަކާ ޖެހޭނީ. އޭރަށް ތިޔަ ފުލެޓުތައް ލިބުމުގެ އުންމީދެއް އޮތީ 2023 އޮކްޓޯބަރު ހިސާބުގަ ހަސަންބެ ބުނީތީވެސް ކަލޭމެންކުދިން ބަލާތި.

  15
 5. ފުނަދޫ

  މެކުނު ފުމުނަކަސް ގާހަކަޔަކައް ނުފުމެވޭނެ ފާޑެއްގެ ރަނޑު އަންހެނަކު ލައިގެން ހަުސިންމިނިސްޓަރޯ މިސަރުކާރުގެ ކޮއްމެދިމަޔަކައް ބަލާލިޔަސް ފެއްނަނީ ނާގާބިލުކަން ކޮއްމެކަމެއްވެސްނުވީމަ ކުރީސަރުކާރު

  13
 6. ޖަލާލު

  މިސަރުކާރުން ހުރިހާ ކަމެއް ކުރަނީ ނަމަކަށް. އެޗް.ޕީ.އޭ އިން ބާރުލާފަ ބުނަނީ މާލޭގަ އިމާރާތް ކުރަނީ ހެނދުނު 8 އިން މެންދުރުފަހު 5 އަށޭ. މިހާރު އެއޮއް 6 ޖަހަނީ. ޑިސާސްޓާ ކޮށި ކައިރި ހުންނަ އެންޒީ ފިހާރަ ކައިރީގައި އަދިވެސް ހަމަ އަޑުގަދަކޮށް ތަޅަތަޅާފާ އިމާރާތެއްގެ މަސައްަކަތް ކުރަނީ. އަހަރުމެން މިތިބީ ބޯފަޅައިގެން ދާވަރުވެފަ ގޭގަ. މިތަން ފެންނަ މީހަކު ނެތް.

  17
  1
 7. ބިގޭ

  އަލިފުށީގަ އެއާޕޯރޓެއް އަޅާ އެއްތިންގިލި ރިސޯޓަކަށް ތަރައްގީ ކުރާނަމޭ ބުނެވުނީ އޮޅުމަކުން ވަރަށް ބޮޑަށް މާފުކުރައްވާ

  10
 8. ހަފުސާ

  ދެން ކީކޭބާ ބުނާނީ ރައްޔަތުންނަ ތިބޯހިޔަ ވަހިކަން ލިބޭނެ ދުވަހެއް ހަމަ އެއްގޮތަކަށްވެސް ނޭގޭ މި ވެރިކަުގަ އެބައުޅެތައް ރައޔަުންނަ ކަމެއް ކޮށްދޭން ކޮމެޓި އުފެއްދުންނޫން ކަމެއް ކުރޭތައް އޮޅިގެން ހުރިހާކަމެއް.ކުރަނީ

 9. ސޯކާބެ

  ރައްރަށުގަ ގޯތި ހިލޭ ދެވޭ ހަމަ އެކަނި މިމާލޭގެ ރައްޔިތު މީހާޔައް ނުދެވޭ މުޅިދިވެހިރާއްޖޭއްގަވެސް މީސަރުކާރުން ހިންގާ ލާއިންސާނީ ނަސްލީ އިމްތިޔާޒެއް ގާނޫނު އަސާސީގަވާ ހަމަހަމަކާއި ވަކިމީހަކައް ކުލަޔަކައް ރަށަކައް ނަސްލަކައް ތަފާތުކޮއްގެން ނުވާނޭ ދިވެހި ރައްޔިތުންގެ އަސާސީ ހައްގެއް ނިގުޅައިގެންފައި މިވަނީ މިވާހަކަ ދައްކަވާނެ ބޭފުޅަކު މިކަމާ އަޅާލާނެ މުއައްސަސާއެއްނެއް ކޮބާތޯ ހިޔުމަންރައީޓްސް ރެޑް ކުރޮސެންޓުންވެސް ހީވަނީ ބޭރުމީހުންގެ ހައްގު ހޯދަން ދުއްވައިގެން އިރު މާ އިންސާނިއްޔަތު ބަޔެންހެން ވޯޓް ހޯދަންވީމަ މާލޭގެ ރައްޔިތުމީހާ މުހިއްމުވަނީ ވޯޓްލާނުމުނީމަ ފެނުކެއްކި ބޮލީގެ ޝަރަފް ވޯޓްހޯދަން އައީމަ މިވާހަކަ ދައްކަވަންވީ ހުރިހާ ޒުވާނުން ނުރޯދަރިޔަކައް ކިރެއް ނުލިބޭ މުސްކުޅިން ބުނޭ ވީމާ ގާނޫނުން ލިބިފައިވާ ހައްގެއް ހޯދަން ސުވާލް ކުރައްވާ ކޮންމެ ޒުވާނަކުވެސް ރައްރަށުގެ މީހުން އެހުންނަނީ އެއަރޕޯޓް އަޅުވާފައި ވޯޓްދީގެން ދެން ކީއްވެގެންތޯ މިމާލޭގެ ޒުވާނުން ޒަވާޖީ ހަޔާތެއް ފެއްޓޭނެ ގޮތެއް ނެއްއިރުވެސް ސުވާލެއް ނުކުރައްވާތިޔަތިއްބަވަނީ ތިޔަޒުވާނުންނައް ގާނޫނު އަސާސީން ލިބިފައިވާ ހައްގެއް ހޯދަން މަސައްކަތް ނުކޮއް ކޮންމެހެން ސަލާން ޖަހައިގެން ބޮޑު އަގުގައި ފުލެޓަކައް ދާކައް ނުޖެހޭ ނޫންތޯ