މެންބަރުންގެ ދައުރު ދިގު ކުރުމާއި މެދު ގޮތެއް ނިންމުމަށް މިމަހުގެ ދެވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިމުނީ ކަމަށް ދެކި ސުލްހަ ވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މިމަހުގެ ދެވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ ބޮޑު ހަމަނުޖެހުމެއް ހިނގި މި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. އަދި ބައެއް އެހެން މެންބަރުންނަށް ކުދިކުދި އެހެން އަނިޔާތައްވެސް ވިއެވެ.

އެ ހަމަނުޖެހުން ހިނގާފައި ވަނީ އެރޭ ބޭއްވި މަޖިލީހުގެ ޖަލްސާއަކީ ގާނޫނާއި ހިލާފު ޖަލްސާއެއް ކަމަށް ބުނެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ނުރުހުން ފާޅުކުރައްވައި އަޑުގަދަކުރައްވަން ފެށުމާއި ގުޅިގެން މަޖިލީހުގެ ރިޔާސަތުން އޭނާ މަޖިލީހުގެ ތަޅުމުން ބޭރުވުމަށް ތަކުރާރުކޮށް އެންގުމުންވެސް ބޭރަށް ވަޑައި ނުގަތުމުން މެންބަރުންތަކެއް ތެދުވެ ޝިޔާމް ބޭރަށް "ގަދަބާރުން" ނެރެން މަސައްކަތް ކުރަމުން ދަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން ހިމެނިވަޑައިގަންނަވާ ވަޓްސްއެޕް ގުރޫޕެއްގައި ނަޝީދު ވަނީ މިހާރު އެޖަލްސާ ނިމުނީ ކަމަށް ދެކެ ހުރިހާ މެންބަރުން ސުލްހަވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ ޤާނޫނު އަސާސީއަށް އިޞްލާޙް ގެނައުމަށް ސްޕްރީމް ކޯޓުން ދިން އިސްތިޝާރީ ލަފާގެ މައްޗަށް "ސަން" އޮންލައިން އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ގުރޫޕުގައި ހިއްސާކުރައްވަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ކޮންމެވެސް ވަރަކަށް ގާނޫނު ދަންނަ ބޭފުޅުންވެސް ތިބި ކަމަށް އަޑު އިވޭ ކަމަށާއި، ސިޔާސީ ފިކުރު އެއްކިބާ ކޮށްލެއްވުމަފަހު ކިޔާލުން ރަނގަޅު އިލްމީ ލިޔުމެއް ކަމަށް ވިދާޅުވެ އެ ލިއުން ކިޔާލުމަށް އެދިވަޑައިގަތުމުންނެވެ.

ތޯރިގަށް ރައްދު ދެއްވައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އެކަން ބަޔަކު ބަލަމުންދާ ކަމަށް ވިދާޅުވެފައެވެ.

އެރޭގެ ހަމަނުޖެހުމާއި ގުޅިގެން އަދިވެސް އިދިކޮޅުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެއީ ނަޝީދުގެ އެންގެވުމުގެ މަތިން އެމްޑީޕީގެ މެންބަރުން އުފެއްދި ހަމަނުޖެހުމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. މަބޭ

    ނަސީދު ބުނަންވާހަކައެއް 7 ފެބރުވަރީ
    .އަކީމާކުރިން ނިމިފައޮތްކަމެއް ނަސީދައްވެސް އިންގޭނެ އެއީއަމިއްލަޔައްހެދިގޯސްތަކުގެ ނަތީޖާކަންވެސް ނަމަވެސް އަދިވެސް ނަސީދުގޮވަމުންދަނީ އެދުވަހުގެ ކަންކަންބަލަން އެވެސް ނިމިފައޮތްކަމެއް

    37
    1
    • ގދސ

      ނަޝީދަކީ، އެހެންމީހުނަށް އިހްތިރާމް ކުޑަކޮށް ގޮތްނެތް ގޮތަށް އަމަލުކުރާ ހުތުމުހުތާރު މީހެއް. ނައިފަރު ދާއިރާގެ އަހްމަދު ޝިޔާމް މަޖްލީހަށް ވަނީމަ އޭނަ އެރެޕްރެޒެންޓް ކުރަނީ ނައިފަރު ދާއިރާގެ ރައްޔިތުން. ޝިޔާމެއްނޫން. ޝިޔާމަށް ކުރާ ކޮންމެ ގޯނާއަކީ އަދި އޭނައަށް ދޭ ކޮންމެ ހަމަލާއަކީ ނައިފަރު ދާއިރާގެ ދިވެހި ރައްޔިތުނަށް ކުރާ ގޯނާ އަދި ދޭ އަނިޔާ. އެހެންވީމަ މަޖްލީހުގެ ރައީސްއަށް ވެއިނދެ ދިވެހިރައްޔިތުންތަކަށް ތި ގޯނާ ކުރެވުނީ. ދިވެހިރައްޔިތުންތަކެއްގެ ގަދަރު ކުޑަކޮށް އެމީހުން ދަމާ ކޫތާފަ ތިނެރެ އެއްލައިލީ. މިވަރު ނޭނގިގެން ތިއުޅެނީ ތިމާމީހާގެ ބޮޑާކަމާ ކިބުރުވެރިކަމާ މަބޮޑޭހެދިފަ ފުއްޕާފަ ހުރެވޭލެއް ބޮޑުކަމުން.

      24
  2. ކަހުރަބު

    ކަލެއަކާއި ކަލޭގެ ލާދީނީ އެމް ޑީ ޕީ އަށް ގެއްލުމާއި ހަލާކު ހުރި އަނިޔާވެރިންގެ ނިމުން އަވަސް ކުރައްވާށި އާމީން

    49
    2
    • Anonymous

      ތިބޭޅާއަށް ހީވޭތަ ނައިފަރު ދާއިރާގެ ރައްޔިތުން ތިބޭޅާގެ ތި ނުބައި އަމަލު ހަނދާން ނައްތާލާނެހެން؟ ނުވާނެ އެކަމެއް ކޮއިފުޅާ. ނައިފަރު ރަތްޔިތުންނަކީ ގޮތްހުރި އިލްމުހުރި ކެރޭ ދިވެހި ލޭ ދައުރުވާ ތެދުވެރި ބައެއް. އެމީހުންގެ ފަރާތުން ކަނޑައަޅާފައިހުރި އެމީހުންގެ ސަފީރުގެ ގަދަރު ކުޑަކޮށް އޭނާގެ ގަޔަށް އަތްލާ މާރާމާރީ ހިންގީ ތިބޭޅާގެ އެންގެވުމަށްކަން އެހެރީ ފެންނަން. ޢަބްދުﷲ ގާޟީ ނިޒާމު ގެއްލުވާލި ގޮތަށް ތިބޭޅާގެ އަމަލުތައް މިއަދުވެސް ތިހުރީ. ހަނދާންނައްތާލާނެ ކަމަށް ހީނުކުރާތި.

      23
  3. ބަދަވި

    ޔާމީނު ދައުރު ނިމުނު ކަމައްދެކި ޖަލުން ދޫކޮއްލަންވެސް އެދެން

    35
    2
    • އިމްރާން

      ނަޝީދޫ ސުލްހަވާން އެދެންޖެހޭނީ ނައިފަރު ދާއިރާގެ ދިވެހިރައްޔިތުންގެ ކައިރިން. އަދާލަތާ ޖެހިގެން އުޅޭ މައްސަލައެއްނޫން އެއީ. ނައިފަރުދާއިރާގެ ރައްޔިތުންގެ އަގުވައްޓާލާ އެމީހުނަށް އިހާނާތްތެރިކޮށް ހިތާ އެމީހުންގެ ގަދަރު ވެއްޔާ މޮޑެލީ. އެހެންވީމާ އިމްރާނަކާނޫން މިކަމުގައި ގުޅުންއޮތީ. އިމްރާނަށް އެވީގޮތަކީ ރަމަޟާންމަހާ ގުޅިގެން އޭނާގެ ހަވާނަފުސާ ތަންކޮޅެއް ދުރު ދުވަސްކޮޅަކަށްވީމާ އީމާންކަން ހުރީމަ އަދުލުވެރި ވެރިންގެ ގޮތުގައި ބުނަންޖެހޭ އެއްޗެއް ބުނެވުނީ. އިމްރާން މިހާރު ހުންނާނީ އަނެއްކާ ހަވާނަފުސުގެ އަޅަކަށްވެފައި.

      18
      1
  4. މާކަނާޅިޔަންބެ

    މާކަނާކަލޯތާ މަގައިގާޖެހީތާ ޖަހާފާ ފިލީތާ
    ފިލާއިނދެ ހެނީތާ ނިކުމެއިނދެ ރޮނީތާ

    30
    1
  5. ޢާދޭސް

    ރރރރ ރ .ޔާމީން މައްސަލަވެސް ނިމުނުކަމަަށް ނިންމާ ދޫކޮށްލަން ފެނޭ!

    32
    2
  6. ދުންތަރި

    ކެނެރީގޭ ނަޝިދު އިސްވެ ހުރެގެން އެމްޑީޕީ މަޖިލިސް މެމްބަރުންނާ އެމްޑިޕީ މެމްބަރުން ކޮންމެ ކަމެއްކުރިޔަސް އެކަން ނިމުނީމާ އެ ނިމުނީ އެކަން ބަލާ ޤާނޫނީ ފިޔަވަޅު އަޅާން ނުޖެހޭ މީ ކިހާ ހެއްވާ ކަމެއްތަ؟ ކެނެރީގޭ ނަީދު ވެރިކަމުގަ ޤާނޫނާ ޚިލާފު އެތަށްކަމެއްކޮށް ހުވަޔާ ޚިލާފުވެ ޤާޟީއަޚު ޤާނޫނާ ޚިލާފަށް ހައްޔަރުކޮށް ވެރިކަން ދޫކޮށްލުމަށްފަހު އަނެއްދުވަހު މުޅި ޤައުމުގަ ހުޅުޖަހާ އެތަށް މިލިއަން ރުފިޔާގެ މުދާއަންދާ އަޅިޔަށްހެދި މައްސަލަވެސް އެހިސާބުން ނިންމާލައި ނަޝިދުގެ މައްޗަށް ޝަރުޢި ކޯޓުން ކުރިޙުކުމް 3 މަރުހަލާއިން ނިމިފައިވަނިކޮށް އެއީވެސް ނުކުރާކަމެއްކަމަށް ހަދާ ނިކަމެތި ރައްޔިތުންނަށް ހަމަ އެކަނި އަދަބުދޭންޖެހެނީ އެމްޑިޕީއަކީ ޤާނޫނު ނުހިނގާ ބައެއްްބާ؟

    18
  7. Mahujanu

    އިދިކޮޅުން މިފަހަ ރު ދޫނުދޭތި، ތިމާމެނަށް މިކު ރެވެނީ ކުށެއްކަން އެނގިތިބެމެ ގަދަބާ ރުން ކަންކަން ކޮށްފަ ބަލިވާއަތަށް ކަންކަން ހިގައިދާނެތީ މިހާ ރު ކޮންމެހެން އެއްބައިވާން އުޅޭނެކަމެއް ނެތް،

    33
    1
  8. ތަކުރު

    ކަލޭ އަނިޔާކުރީ އެންމެ މީހަކަށް ނޫން ބައިވަރު ރަށްޔިތުންނަށް. ތިތަނަކީ ރަށްޔިތުން މަޖިލިސް ކުރާގެ ތިތަނުން ހުރިހާ ރަށްޔިތުންގެ އަޑުއިވިގެންދަނީ . ވީމާ އަނިޔާވި ރަށްޔިތުންނަށް އިންސާފް ލިބިގެން ސުލްހަ ވެވެން އޮތީ. އެހެން ގޮތެއްނެތް.

    27
    1
  9. އެމަންޖެ

    ދެބޯ ރައްބެ ދެއްކޭ ނުދެއްކޭ ވާހަކައެއްނޭނގޭ އިރުވެސް ރައީސް ކަމައްއެރޭތޯބަލާ.

    23
    1
  10. ވަހީދު

    ނަޝީދު ފުރަތަމަ ސުލްހަވާންވީ ރާއްޖޭގަައި އެންމެ ނާޒުކު ވަގުތު ކުޅަދާނެ ވެރިކަމެއް ހިންގެވި މުހައްމަދު ވަހީދު ހަސަންްއަށް. އެކަންވެސް ނިމި ޔާމީނެއް ވެސް ނިމި ދިޔައިރު ވެސް ނަޝީދަށް އޮތީ ސުލްހަ ނުވެވި. ނަޝީދުގެ އައުވާނުންނަށް ވެސް ސުލްހަ ނުވެވުނު ހަޖަމް ވެސް ނުކުރެވޭ ކަމެއް

    27
    1
  11. ރޯދަމުބާރިކް!

    މަޖުލިހުގެ ރައީސް! ޖައްސާލި ޖަލްސާ ނުނިމޭ!

    23
    1
  12. ކާފަބޭ2020

    އަސާގަނޑުހިފައިގެން ދެކޮޅަށް ހިނގުމުގެނަތީޖާފެނިއްޖެ ވީގޮތްނުވާގޮތަށްހެދިއްޖެ ދެންއޮތީމުޅިނަތީޖާއަށްބެލުން ސަލާމް

    20
    1
  13. ދަންތުރަ

    އިމްރާނަށް ފޯމްފުރައި ދީގެން ޖިނާއީ ކުށަކުން ބަރީއަ ވެވޭނެ ގޮތެއް ގާނޫނުގައި ނެތް. ޢަދި ސުލްހަ ވެވެން ނެތް. ރަށްޔިތުން މަޖިލިސް ކުރާގޭގެ ތެރެއަށް ރަށްޔިތުން މައްސަލަ ބަލަން ވަނުމުގެ ކުރިން މައްސަލަ ބެލެންޖެހޭނެ.

    24
    1
  14. ޙައްގުބަސް

    ހޯހޯ ނަޝީދު!! ގާނޫނާ ގަވާޢިދާ ޚިލާފަށް ތިމާމެން ބޭނުންވި ގޮތަށް ކަންކޮށް ނިންމާފަ ދެން އެކަން ނިމުނީއޭ ސުލްޙަވާންވީއޭ ކިޔާނެ ކަމެއްނެތް!! ގާނޫނާ ޚިލާފަށް އަދި މަޖްލީހުގެ ގަވާޢިދާ އަދި އުސޫލުތަކާއި ޚިލާފަށް މަޖްލީހުގައި ވާހަކަ ދައްކަމުންދިޔަ އިދިކޮޅު މެމްބަރު ހުއްޓުވާ އޭނާގެ އަޑު ކަނޑުވާލާ އޭނާ ދަމާ ކުއްތާފަ ނެރުނީ ނަޝީދުގެ އަމުރަށް ކަމަށް އެމެމްބަރު އެދަނީ ބުނަމުން!! އަދި މަޖްލީހުގެ ރައިސްގެ އަމުރަށް އެމްޑީޕީ މެމްބަރުން އިދިކޮޅު މެމްބަރު ޝިޔާމުގެ ގަޔަށް އަތްލާ މާރާމާރީ ހިންގާ ވަރަށް އަނިޔާވެރިކޮށް މަޖްލީހުގެ ތަޅަމުން ނެރުނު ނެރުން އެއީ ބޮޑު ކުށެއްކަމަށް އަނިޔާ ލިބުނު މެމްބަރު އެދަނީ ބުނަމުން!! އެއީ ޖިނާޢީ ކުށެއް!! އެކަން ހަނދާން ނައްތާލާ ސުލްޙަވާން ގޮވާނެ ކަމެއްނެތް!! އަދި އެންމެ ފަހުން އެކަމާއި ގުޅިގެން ވާހަކަ ދެއްކި ޕާޓީތަކަށާއި މީސް މީހުނަށް އެމްޑީޕީގެ މެމްބަރުން އިންޒާރުދީ ބިރުދައްކާ ހަދަމުން އެއޮތްދަނީ!! އަދި އެކަމަށްވެސް ނަޝީދުވެސް ހިތްވަރުދީ އަދާލަތު ޕާޓީއަށް ނިސްބަތްކޮށް ޓްވީޓްވަނީ ކޮށްފަ!! ގާނޫނާ ޚިލާފަށް ކަންކަންކޮށްފަ ދެން ސުލްޙަވާން ގޮވުމުގެ ބޭނުމެއްނެތް!! އެކަން ބަލާ ތަޙްގީގުކޮށް ޖިނާޢީ ދަޢުވާ އުފުލަންޖެހޭނެ ދައުލަތުގެ ކަމާއިގުޅުން ހުރި ހުރިހާ ފަރާތްތަކުން!!

    17
  15. ޣގގގ

    ޖިނާއީ ދައުވާކުރަންޖެހޭ މީހުނަށް ދައުވާ އުފުލާ މެންބަެުކަމުން ވަކިކިރީމަ އެކަން ނިމޭނީ. މޮޔަނުވޭ ބެއްޔާ.

    30
    1
  16. ސަމީ

    ކޮންމެ ފަހަރަކު ހުރިހާ ނުބައެއްހަދާފަ ކޮން ނިމުމެއް ގެންނަށް ތިޔަ އުޅެނީ

    28
    1
  17. ވިސްނާލުމަށް އެދެމޭ

    ނޫން ޖަލްސާ ނިމުނަސް މަނި ކުފާނުގެ ވިސްނުން ބަދަލެނުވޭ..މޑޕގެ ވިސްނުން ބަދަލެނުވޭ..ދެންއަންނަ މިފަދަ ވޯޓަ ކަށް މަނި ކުފާނުގެ އޯޑަރަށް މޑޕގެ މެމްބަރުންނު ކުމެ މައިބަދަ ބިންދާލާނީ ކިތައް މީހުންގެ ކަމެނޭގޭ...ވީމާ މި ކަމުގަ ދޫދީގެންނުވާނެ ޕޕމއިން..ގާނޫނީގޮތުން އެޅެންހުރި ހުރިހާ ފިޔަވަޅެއަޅުމަށް ދާންޖެހުނު ކޮއްމެތާ ކަށް ދިޔުމަށް އެދެން ޕޕމއަށް....ގައުމު އިސްލާހު ކުރަން ބޭނުންނަމަ ފުރަތަމަ އިސްލާހު ކުރަންޖެހެނީ ރނަޝީދުން ފަށައިގެން...ރނަޝީދުގެ ޙުދުމުޙުތާރު ކަން ދުނިޔެއަށް މިހުރިހާ ދުވަހުއޮތީ ފޮރުވިފަ...މިއަދު އަސްލު ހަވެއްޖެ..ދެންއޮތީ ދުނިޔެއަށް ނަޝީދުގެ ތަސްވީރު ދައް ކާލުން..މިސަރު ކާރުގެ އަނިޔާވެރި ކަން ދުނިޔެއަށް ހާމަ ކުރުން...މަނި ކުފާނު މިފަހަރު ތިން ކުޅި ކުރިޔަށް ނު ކުޅެވޭނެ..މަނި ކުފާނު މަންތިރިވެސް ފަހަތަށް ޖައްސާފަ ޕޕމއިން މިފަހަރު ހުއްޓާލުމަށްއެދެނީ..ގައުމެއްގެ ގޮތުގަ އޮތުމަށް ތަހުޒީބު މުޖުތަމައުއެ ބޭނުންވޭ..ޖަންގަލީގެ އުސޫލު ދޫ ކުރަންޖެހޭ...

    16
  18. ޙުތު

    ކޮންބައެއްބާ އެކަންބަލަނީ އީވާ؟ ނޭގޭތީ އަހާލީ.

    21
    1
  19. Anonymous

    މީނަ ބޭނުން ކުޅިއެއް ކުޅެފަ، ސުލްހަވާަން ބުނީމަ ސުލްހަވާން މިއީދެން ކާކު؟ ހައިސިއްޔަތު އޮޅިގެން އުޅުނަސް ތިއީ ހަމައެކަނި މިވަގުތު ބުނާނަމަ ބުނާނީ ކުރީގެ ރައީސް ކަމަށް. ކަލޭގެ އިހްތިސާސްއަކީ މަޖްލީހުގެ ގަވާއިދާ އެއްގޮތަށް މަޖްލީސް ހިންގުން. އެކަމަކު އުނދުޅި ނުކޮށްޕާ ތަނެއް ނޯވޭ. ރީތިކޮށް ބުނަންޏާ

    21
    1
  20. އެމީހާ

    އެޖަލްސާބޭއްވުނީ ޤަވާއިދާޚިލާފަށްކަމާއި އެޖަލްސާގައި ޢަމަލުކުރީޤަވާއިދާޚިލާފައްކަމައް އެއްބަސްވެވުނީދޯ. މަށްސަލަބަލާތީ ކުށްވެރިވާެކަންއެގޭތީ ބިރުގަތީދޯ. ކުރާކޮންމެކަމެއްގޮވަނީ އަތައް. ޖާހިލުކަމުގެ ޙައްދެއްނެތް ނުބައިނުލަފާ މީހެއް. ޔާﷲ މިނުބައި ނުލަފާ ފާސިގުކިބައިން މިޤައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވާށި.

    26
    1
  21. ހުސެން

    ނޫނޭ ،ކުރިއަށް އޮތީ މަޖުލިސް ވަރަށް ހޫނުކޮށް .މަސްރަހު ފިނި އެއް ނޫން.

    24
    1
  22. ކައްބުރުބެ

    މަޖިލީހުގެ ގަމާރު ރައީސް ކަލެއަކާއި އަހަރުމެން ސުލްހައެއް ދެނެއްނުވާނަން މިތިބީ ކަ ލޭވެއްޓެންދެން .

    24
    1
  23. ހޫނު

    ރައްޔިތުންގެ މަޖުލިސްގެ ރައީސް މުޙައްމަދު ނަޝީދަކީ، މަޖުލިސްގެ މެމްބަރުންގެ ޖަލްސާތައް އަޑުއައްސަވާ، މެމްބަރުންގެ ވާހަކަ ފުޅުތަކަށް ފުރުޞަތުދެއްވޭނެ ބޭފުޅެއްނޫން،. ލޭމަްޗަށް ދިއުންވެސް އެހާބޮޑު، ކުރިޔަށް އޮތްތަނުގައިވެސް ހެއްދެވޭނީ އިތުރު ގޯސް. އިސްތިޢުފާ ދެއްވާ. އިސްތިޢުފާ ދެއްވޭ ފެންވަރުގެ ޤާބިލް ކަން ނެތްނމަ އެމަނިކުފާނު ވަކިކުރެއްވުމަކީ މެމްބަރުންނަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއްކަމަށް ދެކެން.

    14
  24. ކީކޭ؟

    މިހިރަ ފެންނަ ބީތާޔާ!!! މިނިވަން ދިވެހި ރައްޔިތެއްގެ މައިބަދައިގަ ރެނދު އަޅުވާލާ މާރާމާރީ ހިންގާ އަނިޔާކޮށް ނިމުނީމާ ތިޔަ ބުނަނީ އެކަން ނިމުނީއޭ….. ކަލޭ ވިލާތުން މީހުންގެ ހިތްތަކާކުޅެން ދަސްކޮށްގެން އައިސް ލައިލާގެ ހިތާކުޅޭ…. ރީނދޫ ފިޔޮއްތަކުގެ ހިތްތަކާ ކުޅެވޭނީ… އެހެން ހިތަކާ ލާހިކެއްނޫން އިރާދަކުރެއްވިއްޔާ ކަލޭގެއަކަށް ކުޅޭކަށް….

    17
  25. ބޯގޯސް

    ހުރިހާ ނުބައެއްހަދާފަ ދެންވިދާޅުވާނީ މޮޔައިން ފުރަތަމަ ތިމާ މާފައް އެދިލައްވާ އަދި ތިމަންނަ ހުރިހަމަހޭގަނޫންކަމަށްވެސް އެއްބަސް ވެލައްވަން ޖެހިވަޑައި ގަންނަވާނެ މީގެތެރޭ ހަމަނެއްޓިފަ ތިއްބެވި މީހުންގެ މަޢުލޫމާތުވެސް ދެއްވަވަން ޖެހިވަޑައި ގަންނަވަން ޖެހޭ ދޯ