ޕީޕީއެމް އެތެރޭގައި މައްސަލަ ޖެހެން ފެށީ މެޑަމް ފާތިމަތު ވަކިން އޮފީސް ހައްދަވައި ޕީޕިއެމްގެ ކަންކަމުގެ ތެރެއަށް ވަނުމުން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އަށް ޕީޕީއެމްގެ ކުރީގެ ކައުންސިލަށް މައުމޫނު އައްޔަނު ކުރެއްވި އައިމިނަތު ނާދިރާ "ސިޔާސީ ހަމަލާއެއް" ފޮނުވާލައިފިއެވެ.

ޕީޕިއެމްގެ ރައީސާގެ މަޤާމަށް މެޑަމް ފާތުން ގެންނަން ޖެހޭ ކަމަށް އިއްޔެ ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާފައި މެމްބަރު ފަޒާދު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވާ ނާދިރާ މިހެން ވިދާޅުވީ، ޕީޕީއެމްގެ ކޮންޓްރޯލް ރައީސް ޔާމީނު ބޭނުންފުޅުވެ އެކަމުގައި މެދުވެރިއަކަށް ހެއްދެވީ މެޑަމް ފާތުން ކަމަަށެވެ.

"ޕާޓީތެރޭގައި އެންމެ ފުރަތަމަ މައްސަލަ ޖެހެން މެދުވެރިވީވެސް މެޑަމް ފާތިމަތު އިބުރާހިމް ވަކިން އޮފީސް ހައްދަވައި ޕީޕިއެމްގެ ކަންކަމުގެ ތެރެއަށް ވަދެވަޑައިގަންނަވަން ފެއްޓެވުމުން" ނާދިރާ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ ރައީސް މައުމޫނުގެ އަތްޕުޅުން ޕީޕީއެމް އަތުލެއްވުމުގައި ކޯޓުގެ ތެރޭގައި ހިނގާދިޔަ ޝަރީއަތްތަކަށްވެސް ނުފޫޒު ފޯރުވާފައިވާކަމަށެވެ.

"މައުމޫނުގެ އަތްޕުޅުން ޕީޕީއެމް އަތުލެއްވުމުގައި ކޯޓުގެ ތެރޭގައި ހިނގާދިޔަ ޝަރީއަތްތަކަށް ވެސް ނުފޫޒު ފޯރުވާފައި ވުމާއި އެކު ޕާޓީ ރައީސް މައުމޫނާއި މިހާރުން މިހާރަށް ހަވާލު ކުރަން ޖެހޭ" ނާދިރާ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ ރައީސް ޔާމީން ޕީޕީއެމްގެ ހިންގުމުގެ އެއްވެސް ކަމެއްގައި ދައުރެއް ނެތް އިރު، ނުފޫޒު ފޯރުވައިގެން ޕީޕީއެމް ހޯއްދެވި ނަމަވެސް އެމަނިކުފާނަށް ޕާޓީ ނުހިންގޭނެ ކަމަށެވެ.

"އެކަލަސް މިކަލަސް ދެނަސް" މިނަމުގައި އިއްޔެ ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ފަޒާދު ވިދާޅުވެފައި ވަނީ، ޕީޕީއެމްގެ ރައީސާގެ މަޤާމަށް ވަޑައިގެންނެވުމަށް މެޑަމް ފާތިމަތު އިބުރާހިމް ގެންނަން ކޮންގްރެސް އަށް ހުށަހަޅުއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ހުސޭނުބޭ

    ކާޅޭއް ގޮވައިލިއަސް މެޑަމް އަދި ބަލައިވެސް ނުލާނެ. ވަރަށް ސަލާމް.

    • ބޮޑު ކައްކާ

      އެއްމެ ކާޅޭއް ނޫނޭ. ބައިވަރު އެބަތިބި.
      2018ގެ އިންތިހާބުން އިނގޭނެ ކާޅުތަކުގެ އަދަދު

    • ޅަބޭ

      ބަލާނުލިއަސް މިފަހަރު ބަލި ކުރާނަން.

      • ވިސްނާ

        ޅަބޭ އެއަށްވުރެކުރިން ބަލިވެދާންވެސް ﷲކުޅަދުންވަންތަ.. މިބުނަނީ ސިޔާސީ.. ހީނުކުރާތި ސިއްހަތޭ.. ﷲތިބާއަށް ހެޔޮވިސްނުންދެއްވާށި.. ﷲއިރާދަކުރެއްވިއްޔާ މިފަހަރުވެސް ރޔާމީން 2018ގަ ހޮވޭނީ... ފަހުވަގުތު ޅަބޭގެވެސް ވޯޓާއެކީ.. އިންސާނުންގެ އެތެރެހަށީގަ މަޑުމަސްކޮޅެއްގެ ސިފާގަވާ ހިތް ލެއްވިރަސްކަލާންގެ ކުޅަދުންވަންތަ އެހިތް ބަދަލުކުރުމަށްވެސް... އިންޝާﷲ...

      • އައިމި

        ބަލިކުރަންބުނާއިރު، 4 މަހަށްވީއިރު، ކެންޑިޑޭޓެއްނެތް. ހުރީ ނައީމާއްތަ. އެކަމަކު އުމުރުން މަތި. ދެން ކާކު ބަލިކުރަން ތިއުޅެނީ؟

    • ކފޖފހ

      ހަމަ ރަނގަޅަށް ތިބުނީ. އެއީ ހަމަ ކާޅެއް. މުސްކުޅި ބެއްޔާއެއް ހައްދައިގެން އުޅެފަ. މިހާރު އެހުރީ ފައްކާ ކާޅަކަށްވެފަ.

  2. އަލީ

    ހަމަ ޖޭވަނީ ދޯ ކަލޭ. މައުމޫން ދެކޮޅުވީ މައުމޫން ބޭނުންވާގޮތަށް ހުރިހާ ކަމެއް ނުވާތީ. މެޑަމް ފާތުން ކަންތައްތައް ކުރައްވަނީ އެންމެންގެ ރުހުމުގެ ތެރެއިން.

  3. ސުލައިމާން

    ތުންފުއްސެއް އަޅާ ކިބިއްސަކަށް ނުސިހޭނެ! މައުމޫނު އެހުރީ ކުށުގެ ތުހުމަތުގަ! ސާބިތުކުރުމަށް ބައިވަރު ހެކި އެހުރީ! އިންޝާއަﷲ ފާތުން ޕީޕީއެމްގެ ރައީސަކަށް ހަދާނީ! މައުމޫނުވަނީ ޕީޕީއެމްގެ އުޞޫލުތކާ ޚިލާފަށް އަންނިގެ އުނގަށް އަރާ ފާޑުފާޑުގެ ބަޔާންތައް ނެރެފަ!

  4. ޙަސަނުބެ

    މައުމޫނު ގެންގުޅޭ ޖާރިޔާދޯ މީ

  5. ހަސަނު

    އިހަށް ދޭބަލަ ބުރުގާ އަޅަިއގެން އޮރިޔާން ނިވާކުރަން،،،،

  6. ކެޔޮޅު

    ކަލޭ ގޮވާލީމަ ހީވަނީ ކާޅެއް ގޮވާލިހެން..... އަހަރެމެން ހިތައްނާރާ ކަހެރަވަކޭކޭވެސް.....

  7. ލީންސް

    ފުރަތަމަ މުސްލިމް އިސްލާމީ އަންހެނަކަށް ވެހުރެ ފޯޑިއަމްތަކަށް އަރާ ވާހަކަދެއްކުމަށް ނާދިރާއަށް ގޮވާލަން އަދި އަންހެނުންގެ އަޑަކީ ކިހާވަރަކަށް ބޭރުކުރަންޖެހޭ އަޑެއްކަމަށް ވިސްނަވާލައްވާ ނާދިރާއަށް ހެއުވިސްނުންދެއްށި "އަމީން"

    06.05.2018

  8. އާސީނު ތަށި

    ސާބަސް ހަމަ ނާދިރާއަށް. ތީ ދިވެހި ދަރިއެއް ހަމަ. 3>

    • ައުލީ

      ދިވެހި އަންހެންދަރިންނަށް ހުތުރުއަރުވާ، އިސްލާމީ ރިވެތި އަހްލާގެއް ސިފައެއްނެތް. ހަޔާންނެތް ކާޅެއްތިއީ. މިނިސްޓަރު ކަމޯ ބޭނުމީ. ދާންވީނު ފާހާނާ ސާފުކުރާ މިނިސްޓަރަކަށް. ނޫނީ، ތުންފުހިވިއްކާ ތަނެއް ހުޅުވައިގެން މިނިސްޓަރު ބޯޑުޖަހައިގެން އިންނަންވީނު

  9. ޟައިނާ

    ނާދިރާ މެން ތީ ދެން ކޮން ބައެއް. މުޅިން ފިތުނަ އުފައްދާ ބައިގަނޑެއް. ކަރުން ނާރު ފުއްޕާފަ ކިތަންމެ ހަޅޭކެއް ލެވިޔަސް މެޑަމްއާ އަޜާ ހަމަ ނުކުރެވޭނެ. ގައުމު ތިމީހުން ބަލައެއް ނުގަނޭ.

  10. މަރިޔަންތަ

    މެޑަމް ފާތުން އެހެން ނުހެދިނަމަ ކަލޭމެން މުޅި ޕާޓީ ދަވާލާ ރައްޔިތުން އިނދަ ޖެއްސީސް. އދިވެސް ލަދުހަޔާތުގެ ކަންފުޅެއްވެސް ހުރިނަމަ ތިފާޑަކައް ނޫޅޭނެ.

  11. ީއިކްރާމް

    ނާދިރާ ހަޖަމު ނުވީދޯ މެޑަމް ހިންގާލާވަރުން. ހަހަހަހަހަ

  12. ނޫމަރާ މޯޑް

    އަމިއްލަންފުސައް މަލާމާތް ކުރުން ހައްގުކަން ބޮޑު ؟

  13. ޝާހިދު

    ސައިޒް އޮޅިގެން އުޅޭ ބޭކަނބަލެއް ނާދިރާ އަކީ

  14. ޢަފުން

    މޮޔަނުގޮވާ ދައިތާގަނޑާ. ޔަހޫދީންނަށް ގައުމުވިއްކާފަ ވެސް ވެރިކަން ހޯދަން. ތީކާކު ނާދިރާ . މެޑަމްއާ އަރަ ފޯދިގެންވެސްނުވޭ

  15. ހުވާ

    ނުޙައްގުން އެތައް ބައިވަރު އެއްޗެއްހި ލިބި ތިމާގެ އަންބޮނޑި ބޮޑުވެފައި އޮތީމާ ތިޔަކަހަލަ ގޯސް ވެސް ގޮވަން ޖެހޭނެ.

  16. ކފޖފހ

    ކަލޭމެންކަހަލަ މީހަކަށް ވެރިކަން ނުލިބިއްޖިއްޔާ ރަނގަޅު. ގޯތި ކުއްޖަކު ކުއްނުކުރާ ވައްތަރު މީހުންތިއީ. ޔާމީނުގެ އަމިއްލަ އެއްޗެއްނޫން ގާނޫނަކީ. ގާނޫނުން މައުމޫނުގެ މައްޗަށް ދައުވާ އުފުލީ. ކޯޓަކީ، މިނިވަން ބާރެއް. އެތަނުން ނިންމީ މައުމޫނު ޖަލުގަ ބަހައްޓަން. ތިކަހަލަ އާދަމުގެ ދަރިންނަށް ހެޔޮއެއްގޮތެއް ނޯންނާނެ. ކަލޭމެންގެ ކަންތަށް ބޮޑު މޫސާގެ ފާނުގެ ގައުމުގެ މީހުނަށްވުރެވެސް.

  17. ޢައސް

    ނަަދިރާ އައްނޭގުނީތޯއްޗެއް؟ ފަސްޓް ލޭޑީގެ ވަކި އޮފީހެއް ހުންނަންޖެހޭކަން.

  18. ކުޑަކައްކާ

    ކާޅަކީ ވަރައް ނުބައިދޫންޏެއް. އެހެންވެ ކާޅުބައިގަނޑު ގިނަވަނީ. ދުނިޔެ ފަހައްއައިސް.ނުބައިމީހުން.ގިނަވާނެއޭ ބުނާ ބީދައި ން . ކާޅަކީ ގޮތެއް ފޮތެއް ހުންނަ އެއްޗެއްނޫން. ހިމާރުގެ އަޑުފިޔަވައި އެންމެ ހުތުރު އަޑުވެސް އޮންނައެއްޗެއް

  19. ފާރިސް

    ދެއަންބައް ރަންކިޔާފިޔޯ. ތެދެއްތަ ނާދި