ސިނަމާލެ ބްރިޖް މަތިން މީހަކު ކަނޑަށް ފުންމާލައިފި އެވެ.

ބްރިޖް މަތިން ކަނޑަށް ފުންމާލާފައި ވަނީ ބިދޭސީއެކެވެ. މި މީހާ ބްރިޖް މަތިން ކަނޑަށް ފުންމާލާފައި ވަނީ ބްރިޖްގެ މެދެެއްހާ ހިސާބުންނެވެ.

މަންޒަރު ދުށް މީހަކު ބުނެފައިވާގޮތުގައި، ބްރިޖް މަތިން ކަނޑަށް ފުންމާލި މީހާ މިހާރު ވަނީ ކަނޑުން ނަގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ، ބްރިޖް މަތިން މީހަކު ކަނޑަށް ފުންމާލި ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުނީ މިއަދު 15:46 ހާއިރު ކަމަށެވެ.

އަދި ފުލުހުންގެ ލޯންޗެއްގައި އެ މީހާ ނަގައިގެން މިހާރު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެ މީހާއަކީ އިންޑިއާއަށް ނިސްބަތްވާ 31 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ މީހާގެ ހާލު ރަނގަޅު ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފްވާގޮތް ވަނީ ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖުންޖަލު

    ހުދުކުޝީ ކަރުގަޔާ! ލޮލް

    7
    3
    • ބަޑޭ

      ޕެެންސަން ފައިސާ ޖަމާނުކޮއްދެނީީތަަ އެވަރައް ފައިސާ ޖާޕްކުރީމަވެސް

  2. ބަންޖީ

    ހާސްްކަނޑާލާ އެއީ އޮޅިގެން ފުންމާލި ސޮރެއް.

    13
    1
  3. ސައްލޭޓި

    އެބޭފުޅާ ސަލާމަތް ކުރުމަކީ އަހަރުމެންގެ ޒިންމާއެއް. އަދި އެބޭފުޅާގެ މެޑިކަލް ހުރިހާ ހަރަދަކާ އޭނާ ރަށަށް ފޮނުވުމުގެ ހަރަދުވެސް. އަނބިމީހާޔަށް ގެންދާނެ ހަދިޔާ ގަތުންވެސް...... އަހަރުމެން ދިވެހިންނަށް ނުދިނަސް އޯކޭ

  4. ހަރަފީ

    ތިވާނީ ދަމާކަނޑާ މީހަކަށް.

  5. ސަލާމްސާބް

    މަރުވިނަމަ ކުންފުނިން 2އަހަރުގެ މުސާރަ އާއިލާ ދައްކަން ސަފީރު މަޖުބޫރު ކުރާނެ ނުދަށްކާފިނަމަ އެ ކުންފުންޏަ ދެން އެރަށުމީހެއް ނުގެނެވޭނެ...