ކުރިން ބަލިޖެހިފައި ހުރިތޯ ބަލަން ހަދާ އެންޓިބޮޑީ ޓެސްޓު ހެދުމުގެ ހުއްދައަކަށް އައްޑޫ ސިޓީގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރ (އައިއެމްޑީސީ) އިން އެދިއްޖެއެވެ.

އައިއެމްޑީސީން ބުނީ، އެންޓިބޮޑީ ޓެސްޓު ހެދުމަށް ބޭނުންވާ މެޝިނާއި ކާޓްރިޖް އެ ހޮސްޕިޓަލަށް ލިބިފައިވާ ކަމަށެވެ. އެންޓިބޮޑީ ޓެސްޓުތަކުގެ ތެރޭގައި ކޮވިޑް-19 އެންޓިބޮޑީ ޓެސްޓު ވެސް ހެދޭނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އައިއެމްޑީސީން ބުނެފައިވަނީ އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް ގާއިމު ކުރެވިފައިވާ ފަދަ މި މެޝިނުން ގަޑިއަކު 36 ޓެސްޓު ހެދޭނެ ކަމަށާއި ނަތީޖާ 10 މިނެޓްގެ ތެރޭގައި ލިބިގެން ދާނެ ކަމަށެވެ.

"ސަރުކާރުން އަޅުގަނޑުމެންނަށް ހުއްދަ ދެއްވިހާ އަވަހަކަށް ކޮވިޑް-19 އެންޓިބޮޑީ ޓެސްޓު ހެދޭނެ ކަން އުފަލާއެކު ފާހަގަ ކުރަން" އައިއެމްޑީސީން ބުންޏެވެ.

އައިއެމްޑީސީން މިފަދަ ހުއްދައަކަށް އެދިފައިވާއިރު، މީގެ ކުރިން އެންޓިބޮޑީ ޓެސްޓު ހެދުމުގެ ހުއްދައަށް އެ އަތޮޅު ފޭދޫގައި ހިންގަމުން އަންނަ އެއިމްސް އިންވެސް ވަނީ އެދިފައެވެ. އެހެން ނަމަވެސް ހެލްތް މިނިސްޓްރީން އެ ހޮސްޕިޓަލަށް އެފަދަ ހުއްދައެއް ދީފައެއް ނުވެއެވެ.

މާލޭގައި ކޮވިޑް-19 ފެތުރެން ފެށިތާ ދޮޅުމަސް ދުވަސް ވެފައި ވާއިރު މިހާތަނަށް އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައި ނެތުމަކީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އައްޑޫ ލެއި

  ކޮވިޑް19 އަށް ދުވަހަކު ޓެސްޓް ނުކުރެވުނަސް ތިތަނަކަށް މަނުދާނަން ސަބަބަކީ މިހާރު ތިތަނާ ހަވާލުވެގެން ހުރީ ވަރަށް ކަޑަ މެނޭޖަރެއް. ކުރީދުވަހުވެސް މަށާ ވަރަށް ޒުވާބް ކޮށް ހުތުރު ބަހުން ވާހަކަ ދަށްކާފަހުރީ. މަގުމަތީ ބަހުރުވަ ގެންގުޅޭ މީހެއް މިވަގުތު ތިތަނާ ހަވާލުވެގެން ހުރީ. އައްޑޫސިޓީ ހިތަދޫއިން ގުލްފި... ނޫނީ މީހަކު.........

 2. ނަގުލު ފިއްތި

  މިހާރު ތިތަން ހިންގުމާއި ހަވާލުވެ ހުރީ ވވވވ ކަޑަ މީހެއް

  5
  2
 3. ކިހާދެރަ

  ވެރިފަރާތަށް އަވަހަށް މެނޭޖަރު ބަދަލުކުރޭ ތީބޭނުންތެރި ޓެސްޓެ އޭޑީކޭގެ ހިންގުމާހަވާލުވެހުރިބޭފުޅާއާއި މަޝްވަރާކޮށް ތިޚިދުމަތް ދެވޭތޯބަލާ މިދަޑިވަޅުގައި ތިޓެސްޓު ވަރަށްމުހިންމު ތަންބޮއްސުންލިޔަނުދެއްވާ