މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި ދިވެހިންގެ ތެރޭގައި ހިމެނޭ ހަތް މީހަކު ކްލަސްޓާ އަކާއި ގުޅުމެއް އޮތް ކަމެއް އަދި ނޭނގެ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު، (އެންއީއޯސީ) ން ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 18 މީހެކެވެ. އޭގެ ތެރޭގައި 13 ދިވެއްސަކު ހިމެނެެއެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުުވުމެއްގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވި، އެ 13 ދިވެހިންގެ ތެރެއިން ހަ މީހުންނަކީ ކުރިންވެސް ފާޙަގަކުރެވިފައިވާ ކްލަސްޓާގެ ތެރޭގައި ހިމެނޭ މީހުން ކަމަށެވެ.

"ބާކީ ހަތް މީހުން ހިމެނޭ ކްލަސްޓާއެއް އަދި އަޅުގަނޑުމެންނަކަށް ފާހަގަކުރެވިފައެއް ނުވޭ. އެހެން ނަމަވެސް ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަަތް އަދިވެސް ކުރިއަށް އެބަދޭ". މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މިއަދު ފައްސިވި ބިދޭސީންގެ ތެރޭގައި ހިމެނޭ އެކަކަކީ ކުރިންވެސް ފާހަގަކުރެވިފައިވާ ކްލަސްޓާއެއްގައި ހިމެނޭ މީހެއް ކަަމަށެވެ.

އަދި ބާކީ ތިބި ތިން މީހުން ހިމެނެނީ ކޮން ކްލަސްޓާއެއްގައި އަދި ފާހަގަކުރެވިފައި ނުވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ ތެރޭގައި މިއަދު ނިޔާވި ބަންގްލަދޭޝް މީހާވެސް ހިމެނެއެވެ.

"އަދި ކޮންޓްކްޓް ޓްރޭސިންގގެމަސައްކަތް ކުރިއަށް އެބަދޭ".މަބްރޫކް ވިދާޅުވިއެވެ.

އަދި މީގެ އިތުރުން، މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި 67 އަހަރުގެ ފިރިހެނަކުވެސް ހިމެނޭ ކަމަށާއި، އޭނާއަކީ ހަކުރު ބަލި ހުންނަ މީހެއް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1900 އަށްވުރެ މައްޗަށް އަރާފައެވެ. މި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 763 އަށް އަރާފައެެވެ.

ކިޔުންތެރިންގެ ހިޔާލު