ގުޅީފަޅު ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވި ނަމަވެސް ގުޅީފަޅު ހިއްކަން ޖެހޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ގުޅީފަޅު ހިއްކަމުން އަންނަނީ ގުޅީފަޅަށް ކޮމާޝަން ޕޯޓު ބަދަލު ކުރުމަށެވެ. އެ ސަރަހައްދު ހިއްކުމުގެ މަޝްރޫއު ފަށައިގެން ކުރިޔަށްދާއިރު އެތަން ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ލިބެމުން އަންނަ ކަމުގެ ޝަކުވާތައް އަންނަނީ ކުރަމުންނެވެ. ގުޅީފަޅުން ހިއްކުމަށް ނިންމާފައިވަނީ ހަ މިލިއަން ކިއުބިކް މީޓަރެވެ. އެތަން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ ނެދަލޭންޑުގެ ބޮސްކާލިސް ކުންފުނިންނެވެ.

މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީއަށް ކަމާބެހޭ އިދާރާތަކުގެ އިސްވެރިން ވަނީ މިއަދު ހާޒިރުކޮށްފައެވެ. އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ ޕޯޓު ބަދަލު ނުކޮށް ނޫނީ ދެން އިތުރަށް ރާއްޖޭގެ މުދާ އެތެރެކޮށް ބޭރު ކުރުމަށް އޮންނަ ދޮރާށި ތަރައްގީ ކުރެވެން ނެތް ކަމަށެވެ. އެހެންކަމުން ގުޅީފަޅު ހިއްކަމުން ގެންދަނީ އެކަން ސަރުކާރަށް ގަބޫލުކުރެވިގެން ކަމަށް އަސްލަމް ވިދާޅުވިއެވެ.

ގުޅީފަޅު ހިއްކަން ޖެހުނު ސަބަބު ހާމަ ކުރައްވަމުން އަސްލަމް ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް މުދާ ގެންދަނީ މާލެއިން ކަމަށެވެ. އެހެންކަމުން މާލެ ކައިރިން އެކަން ކުރެވޭނީ ކޮން ތަނެއްގައިތޯ ސަރުކާރުން ބެލި ކަމަށެވެ. ތިލަފުށްޓަކީ އޭގެ ޒާތުގައި އެކަން ކުރެވޭނެ ރަށެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާލެ ކައިރިން ދެން އެކަން ކުރެވެން އޮތީ ގުޅީފަޅުގައި ކަމަށްވާތީ ގުޅީފަޅު ހިއްކަން ސަރުކާރުން ނިންމީ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ގުޅިފަޅަކީ މިހާރު ވެސް ކޮންމެވެސް ވަރެއްގެ ބިންކޮޅެއް ހިއްކާފައި އޮތް ތަނެއް. އެކަމަކު އެއީކީއެއް އަދި މިވަރުގެ ކަމެއް ކުރަން ފުދޭވަރުގެ ބިމެއް ނޫން،" އަސްލަމް ވިދާޅުވިއެވެ.

ގުޅީފަޅަކީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއުއެވެ. ގުޅިފަޅުން ހިއްކާ ބައެއް ސަރަހައްދުތަކުގެ ފުންމިނުގައި 20 މީޓަރު ހުރެއެވެ. ގުޅިފަޅު ހިއްކުން މިދިއަ އަހަރުގެ އޮކްޓޯބަރު މަހު ބޮސްކާލިސްއާ ހަވާލުކުރީ، 53 މިލިއަން ޑޮލަރަށެވެ. އަސްލަމް ވަނީ ގުޅީފަޅު ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް އަސަރު ކުރާނެ ކަމަށާއި ނަމަވެސް ޕްރޮޖެކްޓަކީ ހިންގަން ޖެހޭ ޕްރޮޖެކްޓެއް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާލެ

    އެއީ އަސްލަމައް ރުފިޔާފޮއްޗެއްވެސްލިބޭނީ ތިކަންކުރެވިގެންކަމައްވާތީ ތިކަން ދޫކޮއްލައިގެންނުވާނެ

  2. ޢާދޭސް

    އަޅޭ މިމީހުން ދައް ކާވާހަ ކަ ހަމަ އަޑުއިވޭބާ ! ފޮނިވާހަ ކައަ ކުން ކަން ކަންފަށާފަ ، އާހިރުގަ މިތިބެ ބޭޒާރުވަނީ ، ކުރިންވެސް ފައިސާ ކައި ގެން ދިޔަމީހުން މިތިބީ ، ހަމަ އެމް. ޑީ.ޕީ މީހުން ވީމަ އޯ ކޭތޯ

  3. ދަވަންސް

    ގުޅިފަޅު ހިއްކުން އަދި ތިލަފުށި ހިއްކުން އަދި ފުށި ދިއްގަރު ފަޅު ހިއްކުން އަދި މާފުށި ފަޅު އެއްކޮށް ހިއްކާލާ މާފުށީ މީހުން މާފުށިން ބޭލުން އައި ލައިކް ދީސް ޓައިޕް އޮފް ޑިވެލޮޕްމެންޓް އިނގޭތޭ އެއްގޮތަކަށް ވެސް އަސްލަންޓޭ މެން ދުލެއް ދީގެން ނުވާނެއޭ މާލެ ސަރަހައްދުން ފަޅު ތައް ހިއްކަން ވެއްޖެނަމަ އެއީ ޖަވާހިރު ނަގާ ވަޅަކަށް ވުރެން އަގުހުރި އެއްްޗެކޭ ގުޅިފަޅު ހިއްކާނަގަންވީއޭ އައިސޭ ޔޫއާރ ދަ ވަންސް ބީ އިން ދަ ވަންސް ލާރޖް ކޮށް ޖައްސާ ހިއްކާ ނަގާ ހިއްކާ ހިއްކާ ހިއްކާށޭ އަހާން ހިއްކާށޭ އަސްލަންޓޭ ޗާންސެސް އާރ ޓޭކެން އޭ ނޮޓް ގިވެން އޭ ޔޫއާރ ދަ ވަންސް ބީ އިން ދަ ވަންސް....

  4. އުދަމުދި

    މީނާ މިކަމާ އޫޅޭނޭ ވަރޫ މަމެންނާ އޭނގޭނޭ ކުއްލިޔަކައް މީނާ މިލިޔަނަރަކައް ވީގޮތެއްވެސް މަމެންނަން އެގެންޖެހޭނޭ 2008 އަކައް މީނާގޭ އަތޫގާ އޯތީ ކޯންޗެއްތޯ 2008 ގައި މަގާމޭއް ލިބުނީމާ ވީގޮތޯ އެހެންވީމަ ކިހާ ވަރެއް ދައްކާލާނޭ ކަން މަމެންނައް ވަރައް ސާފް ރުފިޔާގައި ބޫތް ކެއީމާ ވަނެ ގޮތޭ މަމެންނައް އެނގޭނީ

  5. ޖައްލެ

    ޢަސްލޭމެން ކުރީ ސަރކާރުގަވެސް އަމިއްލަ ފޯނަށް ދައުލަތުގެ ފައިސާއިން ލައްކައިން ބިލް އރުވާލި. މިހާރު ހުދު ކާފޫރު