ކޮވިޑް-19 އަށް މިއަދު ރާއްޖެ އިން އިތުރު 18 މީހަކު ފައްސިވެއްޖެއެވެ.

އިއްޔެ އިރުއޮއްސި 18:00 އިން މިއަދު އިރުއޮއްސި 18:00 އާއި ދެމެދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 13 ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހުންގެ އިތުރުން ސްކްރީލަންކާގެ މީހަކާއި ނޭޕާލް މީހެކެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި އެކު، ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1901 އަށް އަރާފައެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ހަތް ދިވެހިންނަކީ މީގެ ކުރިން ކޮވިޑް-19 އަށް ފައްސިވި މީހަކާއި ގާތުން ބައްދަލުވިކަން އަދި މިހާތަނަށް އެނގިފައިވާ ބައެއް ނޫނެވެ. މިއަދު ފައްސިވި މީހުންގެ ތެރޭގައި ހަކުރު ބައްޔާއި ދާއިމީކޮށް ބޭސް ކާން ޖެހޭ ބަލިތަކެއް ހުރި ދިވެހި ފިރިހެނަކު ވެސް ހިމެނެއެވެ.

މިއަދު ފައްސިވި ދިވެހިންގެ ތެރޭގައި 18 އަހަރުގެ ޒުވާނަކާއި 16 އަހަރާއި 14 އަހަރުގެ ދެކުދިން ވެސް ހިމެނެއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 08 މީހަކު ވަނީ ނިޔާވެފައެވެ. ރާއްޖެ އިން ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 763 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު