ސަރުކާރުން އިއުލާންކޮށްފައިވާ ފްލެޓްތަކަށް މިއަދު ފޯމް ދޫކުރަން ފެށި ނަމަވެސް ފޯމް ބަލައިގަތުން މިއަދު ނުފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ ފްލެޓްތަކަށް ފޯމް ދޫކުރަން މިއަދު ފަށާއިރު ފޯމް ދޫކުރުން ޖުލައި މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެ ކަމަށެވެ. ފޯމް ބަލައިގަތުން ފަށާނީ ޖޫން މަހުގެ 03 ވަނަ ދުވަހު ކަމަށާއި ފޯމް ބަލައިގަތުން ޖުލައި 31 އާއި ހަމައަށް ކުރިއަށްދާނެ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ ފުލުހުންނާއި ސިފައިން ފިޔަވައި އެހެން ހުރިހާ ކެޓަގަރީ އަކަށް ދަރުބާރުގެ އިން ފޯމް ދޫކުރާނެ ކަމަށެވެ.

ޖުމުލަ 17 ކެޓަގަރީ އަކުން ފްލެޓް ދޫކުރަން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެއްކޮޓަރި އާއި ދެ ކޮޓަރީގެ ފްލެޓްތަކެވެ. ކޮންމެ މީހަކަށްވެސް ފްލެޓަށް ކުރިމަތި ލެވޭނީ އެއް ކެޓަގަރީއަށް ކަމަށް މިނިސްޓަރު މުއިއްޒު މިއަދު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖުމްލަ 7،000 ފުލެޓް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން 1000 ފުލެޓް ސިވިލް ސާވިސް މުވައްޒަފުންނަށް ދޭން ވަނީ ކުރިން ނިންމައިފައެވެ.

މިނިސްޓަރ މުއިއްޒު ވިދާޅުވީ ފްލެޓް ދޫކުރުމުގެ މަސައްކަތަކީ އިންސާނުން ކުރާ މަސައްކަތްތަކަކަށްވާތީ އުނިކަންކަން ހުންނާނެ ކަމަށާއި އެކަމަކު މަސައްކަތް ކުރަނީ އުނިކަންކަން މަދުކޮށްގެން ރައްޔިތުންނަށް އެންމެ އިންސާފުވެރިކޮށް ފްލެޓް ދޫކުރުމަށް ކަމަށެވެ. ފްލެޓް ދޫކުރުމުގައި 100 ޕަސަންޓް އިންސާފުވެރިވާނެ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިސްލާމްދީނާ ގާނޫނުތަކާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި އަދި ބޭއިންސާފުން އެއްވެސް މީހަކަށް އަމަލުނުކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މަ

    ކޮބާހެޭ ރޯދައިގެ ކުރިން ދޭން ބުނިހާ ފްލެޓްތައް

    • ދޫބެ

      ހުޅުމާލޭގަ އެ ފުލެޓުތަކުގަ މީހުންއުޅެންވެސް ފަށައިފި. ހަމަ އެކަނި ދިނީކީނޫން. އާސަންދަކަވަރުކުރާ ލޮލުގެ ކުލިނިކަކަށް ދައްކާ އަވަހަށް.

      • ރޯޒީ

        ލޮލް

  2. ހެހެ

    2013 ގެ ކުރިން މީހުނަާ އިދެ ދަރިން ހޯދާ މާލޭގައި އެތަކެއް އަހަރުވަން ދެން ކުއްޔަށް އުޅިނު މީހުންނަކަށް އެއްވެސް ފުރުސަތެއް ނެތް ހަމަ އެކަނި ތިބޭނީ ޑޮކްޓަރުން ނާ ޕޮިހުންނާ ސިފައިންނާ ޓީޗަރުން ނަށް ނުވާ އެތަށް ހާސް ބަޔަކު މިތާ އެވަ އުޅޭ އެނީހުންގެ ހައްގުތައް ކޮބާ

  3. މަރީ

    ކޮބާހޭ ސިވިލް ސަރވަންޓުންނަށް ދޭ ފްލެޓްތަކުގެ މައުލޫމާތު. މާރޗްމަސް އަދިވެސް ނާންނަނީ ތަ. ލޭ މައްޗައް ދާ ވަރުވެއްޖެ.

  4. އަދުލު އިންސާފު

    މިފަހަރު ފްލެޓް ގުނާނީ ވޯޓުން. 5 އަހަރުވަންދެން ފުލެޓަށް ލިބޭނެކަމަށް އުއްމީދު ކުރިން.

  5. ނީލިމާ

    މަށަށް މިފަހަރު ފުލެޓު ލިބިއްޖިއްޔާ ބިﷲ ތެދު އުމުރު ދުވަހަށް ވޯޓު ދޭނީ ރައީސް ޔާމީނަށް! ހަމަ ހުވާ 2018 ވަނަ އަހަރަށް ކިއްކުރަން، އުމުރު ދުވަހު ވޯޓު ދޭނީ ޔާމީނަށް!

  6. ޒާ

    މަޢުލޫމާތު ދެނީ އަމާބުނީތީ ފަރަށް ދާގޮތަށް. ކޮން ސައިޓަކުންތޯ ތިފޯމްތައް ޑައުންލޯޑް ކުރެވެނީ.

  7. މަރީ

    ދެކޮޓަރީ ގަ ކިހިނެށްތަ އަންހެން ދަރީންނާ ފިރިހެން ދަރިންނާ ދެމަފިރިންނާ އުޅެނީ ކަލޭމެން ބޮޑުން ވެސް ދަރިންތައް ގޮވާގެން އުޅެބަލަ އަޅެ...

  8. ށަޒާ

    ޢަހަރެންނަށް 43 އަހަރު އަދިނެތް 18 އަހަރުވެފަ ހުރިއެންމެ ކުއްޖަކުވެސް އެކަމު 40 އަހަރުންދަށަށް ފުލެޓް ލިބެނީ