ޒުވާން އަންހެން ކުއްޖެއްގެ ރަހިމުން ބޮޑު ސިސްޓެއް ނަގައި ކާމިޔާބު އޮޕަރޭޝަނެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކޮށްފި އެވެ.

މިއޮޕަރޭޝަން ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޮޕަރޭޝަންގައި ނެގި މި ސިސްޓްގެ ބޮޑު މިނުގައި 11*10 ސެންޓިމީޓަރު ހުއްޓެވެ. މިއީ މިހާތަނަށް އެހޮސްޕިޓަލުން ނެގި އެންމެ ބޮޑު ސިސްޓެވެ. މި އޮޕަރޭޝަންގައި ކުޑަ ސިސްޓެއްވެސް ނެގި އެވެ. އޭގައި 2*2 ސެންޓިމީޓަރު ހުއްޓެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަހްމަދު ދާއޫދު ވިދާޅުވީ މިއީ މިހާތަނަށް އެހޮސްޕިޓަލުން ގައި ކރި މިފަދަ އެންމެ ބޮޑު އޮޕަރޭޝަން ކަމަށާއި އަދި ނެގުނު އެންމެ ބޮޑު ސިސްޓްކަމަށެވެ. މި އޮޕަރޭޝަން ކޮށްފައިވަނީ އެހޮސްޕިޓަލުގެ ގައިނީ ޑޮކްޓަރުން ހިމެނޭހެން ޖުމްލަ 8 މީހުންގެ ޓީމަކުންނެވެ.

މިފަދަ ބޮޑު ސިސްޓެއް ނަގަން ވެއްޖެ ނަމަ ކުރިން ފޮނުވަނީ މާލެކަމަށާއި، ނަމަވެސް ކޯވިޑް-19ގެ ސަބަބުން ފުރަބަންދުވުމާއި ގުޅިގެން މިއޮޕަރޭޝަން އެހޮސްޕިޓަލުގައި ކުރަން ޖެހުނީކަމަށް މެނޭޖަރ ވިދާޅުވިއެވެ.

އެކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށާއި މިއަދުގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލެވޭވަރު ވާނެކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މިދިޔަ މަހުގެ ފަހުކޮޅު އެހޮސްޕިޓަލުގެ އެންއައިސީޔޫގައި 28 ހަފްތާގެ ކުއްޖަކަށް ފަރުވާދީ ވަނީ ސަލާމަތްކޮށްފަ އެވެ. މިއީ މިހާތަނަށް އެހޮސްޕިޓަލުގައި ދުވަސް ނުފުރާ ވިހޭ ކުދިންގެ ތެރެއިން ވެންޓިލޭޓަރުގައި ފަރުވާ ދެވުނު އެންމެ ތުއްތު ކުއްޖާއެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ފުރަބަންދު ކުރުމުން ކުޅުދުއްފުށީ ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ތީ އަނެއްކާ ތިކުއްޖާގެ އޯވަރީ ނުވަތަ ރަހިމު ނޫންބާ ތިނެގީ؟

    20
    11
    • ޙ

      ވަސީލަތްތައް ހުރި ނަންމަސްހޫރު ހޮސްޕިޓަލު ތަުންވެސް ސިސްޓޭ ކިޔާފަ އޯވަރީ ނަގާ .

    • ޢިކުރާމު..

      ތިފަދަ ހަސަދަވެރިކަން ހިތުން ފޮހެލާ ތީވަރަ އް ނުބަ އި ސިފަ އެއ އް ﷲ ގެ ރަހުމަތުން އެކު އްޖާޔަ އް އަވަސް ޝިފާ ދެ އްވާށި

      19
  2. ކިޔުންތެރިޔާ

    ޝުކުރިއްޔާ ރައީސް ޔާމީން.

    22
    9
  3. ޑޯ

    ފަހުން ނުބާތި އޮޅިގެން މީ ސިސްޓެއް ނޫނޭ. ޥ ސަލާމް.

    11
    2
  4. ހަސަން ބޮންތި

    ރ.ޔާމިންގެ ދުރުވިސްނުމުގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބެމުން އެދަނީ ސުކުރިއްޔާ ތަައްގީގެ ބާނީ

    26
    9
  5. ޛ

    ރަހިމަކުން ނޫން. އޯވަރީ(ބިސް ރަވަ) އިން.

  6. Anonymous

    ތީ ދެން މާ މޮޅުކަމެއް. ދެން ބުނޭ އަހަރެންގެ ކަންފަތް ނަގައިފިޔޭ. ކީކޭ ބުނާނީ. މީ ވިސްނުން ހުންނަ ގޮތ