ފ. ދަރަނބޫދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

ދަރަނބޫދޫ ބަނދަރު ހެދުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި ބަނދަރު ހެދުމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 38.2 މިލިއަން ރުފިޔާ ހަރަދަ ކުރާ އިރު، މި މަސައްކަތް 397 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

މި މަޝްރޫއުގެ ދަށުން ބޮޑު ހިލަ ބޭނުންކޮށްގެން 410 މީޓަރު ބޭރު ތޮށި ހެދުމާއި 196 މީޓަރުގެ އެއްގަމު ތޮށި ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި 10 މޫރިން ބުލޮކްލުމާއި، 10 ބަނދަރު ބައްތި ހަރުކުރުމާއި، ދެ ނެރު ބައްތި ހަރުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.