ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދަންޖައްސާ މަރާލަން، އަދި ހަވަރަށް ދޭން ރައްޔިތުންގެ މަޖިލިސް މެންބަރުންތަކެއް ޕްލޭންތަކެއް ކުރަމުން ގެންދިޔަ ކަމަށް ބުނެ ފުލުހުންނަށް މީހަކު ބަޔާނެއް ދީފިއެވެ.

މިހާރު މީސް މީޑިއާގައި ލީކްވެފައިވާ ބަޔާނެއްގައި ޝިޔާމް އިބްރާހިމް ކިޔާ މީހަކު ބުނެފައި ވަނީ 2017 ޖުލައި 24 ވަނަ ދުވަހު އިދިކޮޅު މެންބަރުންތަކެއް މަޖިލީހަށް ދިއުމުގެ ކުރިން ކުނޫޒްގައި ތިބިއިރު ރައްޔިތުން މަޖިލީހުގެ މެންބަރު އަބްދުﷲ ރިޔާޒް، ބްރިގޭޑިއާ (ރިޓަޔާޑް) އިބްރާހިމް ދީދީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު، އާއި އިތުރު މެންބަރުންތަކެއް ވެރިކަން ވައްޓާލުމަށް ފަހު ރައީސް ޔާމީން ހަވަރަށް ދޭނީކަމަށް ވިދާޅުވެ ވާހަކަ ދެއްކި އަޑު އޭނާ އަށް އިވުނު ކަމަށެވެ.

"2017 ޖުލައި 24 ވަނަ ދުވަހު ކުނޫޒްގައި ތިބެ އިދިކޮޅު މެންބަރުންތަކެއް މަޖިލީހަށް ވަނުމަށް ދިޔައީ ވެރިކަން މަޖިލިސް ތެރެއިން ވައްޓާލުމަށް ރާވާ އެކަން ކުރާނެ ޕްލޭން ކޮށްގެންނެވެ. އެދުވަހު ކުނޫޒްގައި ތިބެ މެންބަރުން މަޝްވަރާކޮށް ޕްލޭންކުރި ގޮތައް މަޖިލިސް ތެރެއިން ކަންތައްތައް ކުރިއަށް ނުގެންދެވުމުން ކާމިޔާބު ނުވީއެވެ."

ޝިޔާމް ބުނީ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ދީދީ މިދިޔަ އަހަރުގެ ޖުލައި މަހު ޝިޔާމް އާއި ބައްދަލުކޮށް 20 މިލިއަން ރުފިޔާ އަށް ގޭންގްތަކުގެ ސަޕޯޓް ހޯދައި ދިނުމަށް ވިދާޅުވި ކަމަށެވެ.

"އަދި 2017 ޖުލައި 24 ވަނަ ދުވަހު ރައީސް ޔާމީން ދައްޖައްސާ މަރާލާނެ ކަމަށް އިބްރާހިމް ދީދީ ބުންޏެވެ. އެދުވަހަށް އިންޑިއާ ސިފައިން ރާއްޖެއަށް އަންނަން ތައްޔާރަށް ތިބި ކަމަށާއި މަޖިލިސް ތެރެއިން ވެރިކަން ވައްޓާލުމަށް ފަހު އިންޑިއާ ސިފައިންގެ އެހީތެރިކަން ލިބޭނެ ކަމަށާއި އިންޑިއާ ސަފީރު އެކަމަށް އެހީތެރިވާން ތައްޔާރަށް ތިބި ކަމަށް އިބްރާހިމް ދީދީ ބުންޏެވެ. 2017 ޖުލައި 24 ވަނަ ދުވަހު މެންބަރުންތައް މަޖިލިސް ތެރެއަށް ވަނުމަށްފަހު ވެރިކަން ވައްޓާލުމަށްޓަކައި އިންޑިއާ ސިފައިން ރާއްޖެ އައުމަށްޓަކައި އެހީތެރިވާނީ އިންޑިއަ ސަފީރު ކަމަށާއި އެކަމަށްޓަކައި އިންޑިއާ ސަފީރުގެ އެހީތެރިކަން މަޖިލިސް ތެރެއިން ހޯދޭނެ ކަމަށާއި އެކަން ހަމަޖެއްސީ އިބްރާހިމް ދީދީ ކަމަށް ބުންޏެވެ. އެވަގުތު އަޅުގަނޑު ވެރިކަން ވައްޓާލުމަށް ތާއިދު ނުކުރާކަމަށާއި އެކަމަށް އަޅުގަނޑުގެ އެހީތެރިކަމެއް ނުލިބޭނެ ކަމަށް ބުނީމެވެ." ބަޔާނުގައި ޝިޔާމް ބުނެފައި ވެއެވެ.

ޝިޔާމް އަކީ ރައީސް މައުމޫންގެ އާއިލާ އާއި ގާތް ގުޅުމެއް އޮންނަ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ތިމަންނަ

    މެލޭޝިއާއިން ފުލެޓެއް ، އެފްރިކާއިން ދަޑު ބިމެއް ، އޮސްޓްރޭލިޔާއިން ކެންގަރޫއެއް މިފަހަރު ލިބޭނެ....

    • ލޮލް

      ގުޑް ވަން

  2. ނަޖްވާ

    ކޮބާ އެއްކަލަ އެންޓިކޮރަޕްސަން ލުތުފީވެސް އަމިއްލަ އަށް މީހާރު މިކަމުގެ ތެރޭގައި ބޭނިއްޖެ ދޯ! އެމީހާވެސް މިހާރު އެކިޔަނީ ސަރުކާރާ ދެކޮޅު ކަމެއް ނުކުރަމޭ. އެކަމު އުއްތޭއާ އަލީހަމީދުމެން ސަރުކާރު ވައްޓަން އުޅޭ ކަންވެސް އެނގޭ! އެކަމާ އެމީހުންނަށް އިންޒާރު ކުރިކަމަށްވެސް ވޭ! އެކަމަކު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް އެޅިކަމެއ ނެތް އެނގިފައެއް އެމީހުން މެލޭސިޔާ އިން ފްލެޓްތައް ގަންނަން ވެގެން އުޅުން އިރުވެސް! ކީކޭ ދެން ބުނާނީ!

  3. ކަލީލް

    ކީކޭދެން ބުނާނީ އިދިކޮޅޭމެން ހާދަވަރެއް ތިކޮށްލީ

  4. ފާތިމާ

    ޢިބުރާހިމް ދީދީ ދެން މޮޔަވެ ކަލޭ ?

    6
    1
  5. އެންމެންގެ ވޯޓް ރައީސް ޔާމީނަށް

    ސަހަރޯ ކަންތައް ގަޑެއްވާ ހިންގާލާފިތާ މައެން މިތިބެނީ އަދި މަޑުން ، ތި ޔަ މިމޮޔައިންތައް ފައިސާއަށް ބޫތުކައިގެން ތިކުރަމުންގެންދާ މަންޒަރު ރަނގަޅަށް ސިފަ ވަންދެން ... ހަމަ ހިލަާ ކުޅަދާނަ ނުވާނެ މިފަހަރު ޔަމީން ނޫން މިީހަކަށް ވެރިކަން ނުލިބޭނެ އިންޝާ ﷲ .. އެއްލަކިން ދަމާލާނަން. ބަލަން ތިބެޔާ މައުމޫނިޒަމާ އަންނިޒަމާ.. މަގޭ ވޯޓް މަގޭ ޢާއިލާގެ އެންމެންގެ ވޯޓްވެސް ރައީސް ޔާމީނަށް..

    7
    4
    • އެޑަމް

      ކީއްވެހޭ ކުރިން ހާމަ ނުކުރީ... ކީއްވެހޭ މައްސަލަ ހުށަނޭޅީ. ބަޔަކު މިވަރުކަމެއް ރާވައިގެން ކުރާކަން އެނގިހުރެ... މިހާރު ކީކޭ މިކިޔަނީ... ކޮންމެ މީހަކަށްވެސް ބަޔާނެއް ދެވިދާނެ ބޭނުން އެއްޗެއް ކިޔާފަ އެކަމަކު އެބަޔާނުން ތިމާއަށް ސަލާމަތް ނުވެވޭވަރުވީމަ އެއީ ބޮޑުވަރު... ކޮމެންޓް ޖަހާލަދޭތި...

      4
      5
  6. ނޫމަރާ މޯޑް

    މަރު ހިއްޕަވަނީ ވަކިފަރާތަކުން އީމާން ކަން ކުޑަވީމާ ތިކަހަލަ ވަހަކަ ދައްކާނެ؟

    1
    3
  7. އަސްލުހާލަތު

    ހުސްފޭކު ސަރުކާރުން ބުނެގެން ބަޔާން ދިނީ ބުނި ގޮތަކަށް ސިންޕަތީ ހޯދަން ސަރުކާރުން ލީކުކޮށްލީ ބަޔާންތައް

    2
    4
  8. އެޑަން

    ތީ ރައީސް ނަޝީދު ވެރިކަމުގައި ކަންކުރަން ރޭވިގޮތް ﷲ ރަހުމަތްފުޅުން ސަލާމަތްވީ މިހާރު ކޮޅުބަދަލުވީ ކަންކަން ރޭވީ މީހުންނަށް ތިކަންޖެހެނީ

    4
    1
    • ކެކެކެ

      ނަޝީދަކީ ބޮޑު ބަލާއެއްކަން ކަލެއަށްވެސް އެނގޭ ދޯ؟ އޭރު ކީއްވެ މައްސަލަ ހުށަނޭޅީ؟

  9. ރިސޯޓް ބޯއީ

    އަހަރެމެން މަރާފަ ޖެހޭނީ އަހަރެމެންގެ ރައީސް މަރަން.

  10. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

    3
    2
  11. ފެނޭދޯ

    ރޯދަމަ މަހު އިނާޔަތް ދޭނަމަ ފަސް ނަމާދު ދުވާލަކު ކުރާތީވެ އެނަމުގައި އެލަވަންސް އެއް ކޮންމެ މީހަކަށް ދޭން ނުޖެހޭނެތޭ. ސަބަބެއް ނެތެވެ. އުސޫލެއް ގެ ގޮތުން ރޯދަ އިނާޔަތް ސަރުކާރުގެ މުވައްޒަފުންނަށް ސަރުކާރުން ދެވިދާނެއޭ ސަބަބަކީ ސަރުކާރަކީ އެއީ ދަރަންޏަށް ޒިންމާ ވާން ޖެހޭނެ މީހަކު ނުހުންނަ ތަނަކަށް ވާތީއެވެ. އެކަމަކު އަމިއްލަ ކުންފުނި ތަކުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން އެއްގޮތަކަށް ވެސް މަޖްބޫރެއް ނުކުރެވޭނެ އެއްވެސް މީހަކަށް. މިޒާތުގެ ކަންކަން ވިސްނާ ނުލާ ސިޔާސީ ފައިދާ އެއް ހޯދުމުގެ ބޭނުމުގައި ޕީޕީއެމްގެ ޕީޖީ ގްރޫޕް އިން މިކަން ކުރި ނަމަވެސް މިއިން އެއްވެސް ފައިދާ އެއް ނުކުރާނެ ސިޔާސީ ގޮތުން ވެސް ޕީޕީއެމް އަށް. ސަބަބަކީ މިކަން މިހާރު ހުންނާނީ އާންމު ރައްޔިތުން ހަނދާން ނެތިފައެވެ. ދެން އަނެއް ކޮޅުން މުސްކުޅިން ނަށް ކޮންމެ މަހަކު ދޭ 5 ހާސް ރުފިޔާ ވެސް ގިނަ ފަހަރަށް ބޭނުން ކުރަނީ އެމެންގެ ދަރިންނޭ މުސްކުޅި މަންމަ ބޭނުން ކުރަނީ ފައިސާ ހޯދަން ބޭނުން ކުރާ ކާރޑް އަކަށް.

    1
    1
  12. މަހަށްދޭބަލަ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ރާކަނި މަސްކެވުނުތޭ. މަަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް މަހަށް މަހަށް ދޭބަލަ..

  13. އަލީ

    މާތް ﷲ މިނުލަފާ ނަޝީދުއާއި އޭނާއިބައިވެރިވާ އެންމެންގެ ކިބައިން މިގައުމާއި ދީން ސަލާމަތް ކޮށްދެެއްވާށި. އާމީން.

    7
    1
  14. މަލަކުރި

    މުސްކުޅިން ބުނެއުޅޭ ގޮތުން ކައްޗަށް އެޅި ބިންގާ ކެއްޗާއި ހަމަޔަށް ދިޔަސް އެ އޮންނާނީ ކައްޗަށޭ ބުނޭ. ހީވާ ގޮތުން ޔާމީނަށް ވެރިކަން ހޯދައިދޭން މަސައްކަތް ކުރީ މީހުންނަށް ހީވެގެން މި އުޅެނީ މީތިކަމަށް ނުވަތަ މިދަނީ މިގޮތަށް ކަމަށް ހީވެ މުޅީން ގުޑުގުޑު ލައްވަނީ ކަމަށްމިވަނީ- ހުރިހާ ގެއްލުމެއް އާންމު ރައްޔިތުންނަށް

  15. ގޮއިދޫ

    ހިތަށްއެރިގޮތަކަށް ހަދަހަދައިގެން ވާހަކަދައްކާނެމިހަފަރު.. ދަންނަކުޅިއެއްތީ

  16. ބޯކުރިބަރަބޯ

    ވަރަށްތާއީދުކުރާކަމެއް

  17. ކިނބޫ

    ތިހިރަ ނަންތައް ފެނުނީމާ ތިކަން ދޮގުކުރެވޭކަށް ނެތް. ގާސިމުގެ އަތެއް ނެތުމަކީ ދުރުކަމެއް.