ދެ ދުވަހަށް ދެމިގެން ދިޔަ އިންޓަ ސްކޫލް ބައިކް ޓޯނަމެންޓަށް ދިރާގުގެ ފަރާތުން އެހީއެއްވެއްޖެއެެވެ.

މިއީ ރާއްޖޭގައި ބޭއްވި ފުރަތަމަ މިފަދަ މުބާރާތެވެ. ބައިކް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި، އިންޓަ ސްކޫލް ބައިކް ޓޯނަމެންޓް ސްޕޮންސާ ކޮށްފައި ވަނީ ދިރާގުންނެވެ.

މި މުބާރާތުގައި 400 ކުދިން ބައިވެރިވެފައިވެއެވެ. މި މުބާރާތުގައި 20 ސްކޫލެއް ވަނީ ވާދަކޮށްފައެވެ.

މި މުބާރާތުގެ ވަނަތަކަށް ބަލާއިރު

1 ވަނަ ސީއެޗްއެސްސީ
2 ވަނަ ގާޒީ ސްކޫލް
3 ވަނަ ހިރިޔާ ސްކޫލް

ކުދިންނާއެކު ހެއްވާ މަޖާ މާހައުލެއްގައި ކުރިއަށްދިޔަ މި މުބާރާތުގެ ވަނަތަކަށް އިނާމު ދެއްވީ ދިރާގުގެ މެނޭޖަރު ޕްރޮޑަކްޓް ޑިވްލޮޕްމަންޓް އެންޑް އިނޮވޭޝަން މުހައްމަދު ފާރިހުއެވެ.

ދިރާގުން އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ ބަޔަކަށް އެހީފޯރުކޮށްދޭކަން ފާހަގަކޮށްލަން ޖެހެެއެެވެ.