ގުޅީފަޅުގައި ޕޯޓު ހެދުމަށްވުރެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އިއުލާން ކުރައްވާފައިވާ ވިލިމާލެ 2 މަޝްރޫއު ކުރިޔަށް ގެންދިޔައީމަ ލިބިގެންދާ ފައިދާ ބޮޑުވާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއުގެ ދަށުން ވިލިމާލެ - 2 ތަރައްގީ ކުރަން ނިންމައި އެކަން ރައީސް ޔާމީން އިއުލާނު ކުރެއްވީ 2018ވަނަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައެވެ. އެ މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތުވެސް ކުރީ ސަރުކާރުން ހުޅުވާލިއެވެ.

ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 1000 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ކުރީ ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން ގުޅީފަޅުން 230 ހެކްޓަރު އަދި އެނބޫދޫ ފަޅާ އިންވެގެން އޮންނަ ފުށިދިއްގަރު ފަޅުން 800 ހެކްޓަރުގެ ބިން ހިއްކުމަށް އޮތީ ނިންމާފައެވެ.

ނަމަވެސް މި ސަރުކާރުން ގުޅީފަޅު ހިއްކަމުން އަންނަނީ ގުޅީފަޅަށް ކޮމާޝަން ޕޯޓު ބަދަލު ކުރުމަށެވެ.

ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުޅީފަޅުގައި ބޯހިޔަވާހިކަމުގެ "ޓޯޓަލް ސޮލިއުޝަން" ގެ ގޮތުގައި ވިލިމާލެ - 2 މަޝްރޫއު ރައީސް ޔާމީންގެ ސަރުކާރުން އޮތީ ލޯންޗު ކޮށްފައި ކަމަށެވެ. އަދި މިހާރު ސަރުކާރުން ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރަން އުޅޭއިރު އެތަނަކީ އިސާހިތަކު ފުރިގެންދާނެ ތަނެއް ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން އެފަދަ ތަނެއްގައި ޕޯޓެއް ހެދުމަށްވުރެ ރައީސް ޔާމީން ސަރުކާރުން ފައްޓާފައި އޮތް ވިޝަނަރީ ސޮލިއުޝަން ކުރިޔަށް ގެންދިއުމުން ރައްޔިތުންނަށް މާބޮޑަށްވެސް ފައިދާ ކުރާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޝިއުޚާ

    މުއިއްޒު ދަރިޔާ.. އެމީހުން ކަނޑުކޮސް ހަދަން ދޫކޮއްފަ ބަހައްޓަބަލަ.. އެއުޅެނީ ރަނގަޅު ކޮހެއް ހަދަންވެގެން.. ލެޓް ދެމް ބީ.. އެމީހުންނަކައް މިވާންއުޅޭއެއްޗެއް އަދި ނުވިސްނޭ.. އަސްލު ޕޯޓުގެ ޕުލޭނިން ކުރި ތިލަފުށި ކޯޕަރޭޝަނުގަ އުޅުނު މީހުން މިހާރަކު އެތާކުވެސް އަދި ސަރުކާރަކުވެސް ނޫޅޭ..ވީމާ ވާން އުޅޭއެތި އެމީހުންނައް ކިޔާދޭނެ ބަޔަކު ނޫޅޭ.. ބޮނޑި ބޯންދެން ބައިތިއްބާ.. ޕުލީޒް.. ވަރައް މަޖާވާނެ.

    8
    2
  2. އެމްޑީޕީ ބުރޯ

    ހެހެހެ، ބަލަ މުއިއްޒޫ އަހަރުމެން ނޫޅެމޭ ތިތަނުން ބިންހިއްކާފަ ކުޅަނދުހަމަނުވާ ރާއްޖެތެރޭ ގަމާރުންނަށް ބިން ދޫކުރާކަށް! މާލޭސަރަހަށްދު މިސަރުކާރުން ތަރައްގީކުރާނީ މާލޭ ރައްޔަތުންނަށް ފައިދާވާގޮތަށޭ މުއިއްޒޫ! އަހަރުމެން ގުޅީފަޅުގަ އަޅާނީ ހަމަ ޕޯޓޭ މުއިއްޒޫ! އިނގިއްޖެތަމުއިއްޒޫ!

    8
    25
    • ހަސަން

      ކަލޭމެން ކުޅަނދު ހަމަވާތީތާ އެއްކަމެއް ކުރަން ނުކެރި ނުވަތަ ނުކުރެވި ކަލޭ ހިމެނޭހެން ބިތްޖިހިގެން ދަނީ. މިދައުރުގަ ތިދެކޭ ހުވަފެންވެސް ބިލާހަކަށް ނޫނީނުވާނެ.

      8
      4
    • ޝައިނާ

      ކަލޭތީ ހާދަ ރޭސިސްޓު މަރުމޯލެކޭ.. އަދިވެސް ބަކަރި ހުއިހެއްޕުން ހުއްޓާލާފަ ތަހުޒީބުވާކައް ނުވޭތަ..

      9
      2
  3. ސުވޭސް

    މުއިއްޒު މެން ސަ ރުކާ ރު ހިންގަންތިބިއިރު އިދިކޮޅު މީހުން ވަރައްގިނަ އެއްޗެހި ކިޔާ ލިޔެ ހެދި ،ކަހާތަން ހިރުވާލި އެކަކުވެސް ނެތް އެމީހަކަށް އެމީހެއް ލިބުނު ގޮތަކައް ހޯދީ މުއިއްޒު ކިތައްމެ ރަނގަޅު ވާހަކަ އެއްބުންޏަސް މިއަދު އަޑު އަހާނެ މީހަކު ނުހުންނާނެކަން މުއިއްޒު އަށް މާރަނގަޅައް އެންގޭނެ ، އަދި މާޅޭ މޭޔަރަކަށް ހޮވުނަސް އެކައުންސިލްއަށް މާލެތަރައްޤީކުރުމުގެ އެއްވެސް ފުރުޞަތެއް ނުލިބޭނެ ކަންޔަގީން ، މުއިއްޒު ހެދިގޮތައް މިމީހުންވެސް ހަދާނެ ވިހާމަރުވާވެސް ނަގާނެ ، މީތަޖުރިބާ މިކަންއެންގޭނީ އެއްމެރަނގަޅަށް މުއިއްޒުއަށް މިސަރުކާރު ދައުރު ނިމި ވޯޓން ބަލިވެގެން ދިޔައީމާ އެނިމުނީ މުއިއްޒުމެނަށްވެސް ޖެހުމީ މިދަތުރު : މިހާރު ތިދައްކާ ކޮންމެ ވާހަކައަކީ ވައި ފޮޑި::؛؛؛؛؛؛

    3
    4
  4. ޒ

    މީހުން ދިރިއުޅެން ސެޓްކޮށްފަ އޮތްތަނެއްގެ ބަދަލަށް ބިންވެސް ހުޅުމާލެއިން ދޫކުރީމެންނުން. ކޮން ވާހަކައެއް ތިދައްކަނީ......... ތިވެސް ރަނގަޅަށްވިއްޔާ ސައުދީ ނޫނީ ޗައިނާއަށް 100 އަހަރަށް ވިއްކާނުލެވި އުޅެނިކޮށް ވެރިކަން ހަމަވިކަން ހަމަ ނަސީބު.

    4
    7
  5. ދަރި

    ޒ އަށްޏަށް ބުނެލަން އޮތީ މިސަރުކާރުން ސައުދީ ސަރުކާރާ ސިއްރުން އެދައްކަނީ ކޮން ވާހަކެއްތޯ .. ފ. މަސްރޫއު ލިބޭތޯ ކިހާ މަސައްކަތެއްކޮށްފިކަން ޒ އަށް އިނގޭތަ އަހަރެން މީ އެކަން ދެނަހުރި އެތެރެކޯލުގެ މީހުންގެ އަޑުވެސް އިވޭ ހިސާބުގައި އުޅޭ މީހެއް .. ސައުދީން އެކަމާ ބަހެއް ނުބުނެގެން ސޯލިހުގެ ސަރުކާރުން އުޅެނީ މިގައުމުގައި ހުރި ސަފީރުވެސް ފުރައިގެން ދިޔަ ގޮތަކަށް ނާދޭ ކަލެއަށް އިނގޭތަ އަންނިއާއި އިބޫ ޓެނިސްކުޅޭކަށް ނޫނޭ ޑުބާއީއަށް ދިޔައީ ހަމަ އެބޭނުމުގައި ... ނަތިޖާ ސުމެއް އެމީހުންގެ މިހާރުގެ ޝަރުތުތައް ކިޔާދޭކަށް އަހަރެން ނެތިން މިދަތިކަން މިރާއްޖެއަށް ހަމަ ގައިމު ނައީސް ފ. މަސްރޫއު ހިންގިނަމަ.... ޑުބާއީ ކުރިއެރީ ބިން ވިއްކައިގެން އެހެން ތަންތަންވެސް ކުރި އަރަނީ ކޮމާޝަލް ގޮތައް ސަރުކާރު ހިންގައިގެން ޖަޒީރާ ގޮތަށް ހިންގައިގެނެއްނޫން... ތިމާވެށީގައި ބަގުޑި ބައްދަަައިގެނެއްވެސް ނޫން

  6. އަލި

    ޒ ކަލޭ ސޮނި ވެއްޓިއްޖެ ދޯ ވީޑިއޯ ކޮޅު ފެނިފައި ވެސް އެއީ ލީޑަރުން ކަން ކުރާގޮތް ޕްލޭން އޮވެ އެޕްލޭން އަށް ކަން ކުރަނީ އިންޑިޔާ ފެން ވަރަކު ނޫން މިރާއްޖޭގެ ކަންކަން ކުރާނީ ރަސްފަންނު ސަރަހައްދުގައި ސިންގަޕޫރު މީހުން އަޅަން އުޅުނު ބިލްޑިންގ ތައް ހުއްޓުވުމުން ގެއްލުން ވީ ދިވެހި ރައްޔިތުންނަށް މިޙާރު އޮތީ ބަދަލް ދޭން ޖެހިފައި ދުނިޔޭގެ ނަން މަސްހޫރު ބްރޭނޑް ތައް އަންނަން އޮތް ބޮޑު ވިޔަފާރިއެއް ހުއްޓުވީ މިސަރުކާރުން ....ރާކަނިމަސް ކެވޭނެ
    އެވެސް ދެން ބުނޭ އޮޅިގެންނޭ އެހެން ހެދުނީ ..... އެއަރ ޕޯޓް ދިވެހި ސަރުކާރުގެ ބާރު ގެ ދަށުގައި ނެތްނަމަ މިއަދު އަހަރެން ތިބޭނީ އަދި މިއަށް ވުރެވެސް ހާލުގައި

  7. އ

    ޒ މެންގެ ސޯލިހު ރަޢީސްގެ ދުލުން ބުނީ އެނބޫދު ފަޅު ޕްރޮޖެކްޓަކީ ދިވެހި ރާއްޖެއަށް ރަނެއް ފަދަ މަލެއް ފަދަ މަސްރޫއު އެކޭ ފަޅުތައް އެގޮތަށް އޮވެގެން ލިބޭނެ މަންފާ ނޭގޭ ބަޔަކަށް ނޭގޭނެ މިހާރު މިސަރުކާރަށް ވެސް އިނގޭ އެކަމުގެ ފައިދާ އެހެންވެ ކިރިޔާ އާރުލާ ޖަލްސާއެއްވިއަސް ސަރުކާރުން އެތާ ބާއްވަމުން ތައުރީފް ކުރަމުން ދިޔައީ މިއަދު