ރޭ ފަތިހު ކޮޅިގަނޑެއްގައި ޖެހި އިންޖީނު ހަލާކުވުމުގެ ސަބަބުން ގދ. ގައްދޫ "ސައުތު އެކްސްޕްރެސް" ބޯޓު އެހީއަށް އެދުމުން ދިވެހި މަސްވެރިން ނަމޫނާ ދައްކައިފިއެވެ.

ރޭ ފަތިހު 04:30 ހާއިރު އެ ސަރަހައްދުގައި އުފެދުނު ކޮޅިގަނޑުގެ އަސަރުކޮށް ވައިގަދަވުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ގިނަ މަސްދޯނިފަހަރުގެ ނަގިލި ކަނޑައިގެން ދިޔައެވެ. އެހެންނަމަވެސް ހާލުގައި ޖެހުނީ "ސައުތް އެކްސްޕްރެސް" ބޯޓު އެކަންޏެވެ.

އެ ބޯޓު ހުއްޓެން މެދުވެރިވީ ބޯޓުން ވެއްޓުނު ވަލެއް ބޯޓުގެ ބުރަފަތީގައި އޮޅިގެންނެވެ. އަދި ބޯޓުގެ ހުންގާނަށް ވެސް ވަނީ ގެއްލުންވެފައެވެ.

މި ދުވަސްވަރު ހުވަދޫ އަތޮޅަށް ކުރަމުންދާ ވިއްސާރަައިގެ އަސަރުކޮށް "ސައުތު އެކްސްޕްރެސް" ބޯޓުގެ އިންޖީނު ހުއްޓުމުގެ ސަބަބުން ބޯޓު އޮތީ، ގއ. ދާންދޫ ކައިރި އޮންނަ ވޮޑަ މުލާ ކަނޑާ ދިމާލު ފަރު ސަރަހައްދުގައެވެ.

ދިވެހި މަސްވެރިންގެ ޓްވީޓާ އެކައުންޓުން ކުރި ޓްވީޓްތަކުގައި ވަނީ "ސައުތް އެކްސްޕްރެސް" ބޯޓުގެ ހާލަތު ފޮޓޯ އާއި ވީޑިއޯ މެދުވެރިކޮށް ހިއްސާކޮށްފައެވެ. އެ ބޯޓާއި ހަވާލާދީ އެ އެކައުންޓުން ކުރި ޓްވީޓެއްގައި ބޯޓުގެ އިންޖީނު ހުއްޓުމުން ފަތިހުން ފެށިގެން އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުނު ކަމަށާ އޭގެ އެތައް ގަޑިއިރެއް ފަހުންވެސް އެހީއެއް ނުލިބޭ ކަމަށް ބުނެފައިވެއެވެ.

އޭގެ ފަހުންވެސް ބޯޓު ދިޔަވަމުން ދާތީ އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދި ޓްވީޓެއްކޮށްފައިވެއެވެ.

އެ ޓްވީޓްގައި "މޯލްޑިވްސް ފިޝަމެން" އިން ބުނީ އެ ބޯޓުގެ އިންޖީން ރޫމް ދިޔަވެފައިވާ ކަމަށެވެ. އަދި ބޯޓުގައި ހުރި ތިން ޕަމްޕު ތެރެއިން ދެ ޕަމްޕު ޖަހައިގެން ކިރިިޔާ ދިޔަވަރު ކޮންޓްރޯލް ކުރެވެނީ ކަމަށް ބުނެފައިވެއެވެ. އެ ސަރަހައްދުގައި އޮތް ދެ މަސްދޯނިން ދިޔައީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ހާލުގައި ޖެހުނު ބޯޓް ކަފު ޖަހައިގެން ފަރާ 0.5 މޭލު ދުރުކުރުމަށް ފަހު ކަފު ޖަހައި ދަމާ ގެންދެވޭ ވަރުވީ ބޯޓުގެ ފަހަތް ފަރަށް އަރާފައި ވަނިކޮށެވެ. އޭރު ދެ ދޯންޏެއްގެ އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ނަމަވެސް، ބޯޓު ފަރަށް އެރުމުގެ ސަބަބުން ބޯޓަށް އެކިވަރުގެ ގެއްލުން ވަނީ ވެފައެވެ.

އޭރުވެސް އެ ސަރަހައްދުގެ ކަނޑު ފުދޭވަރަކަށް ގަދައެވެ. އެ ބޯޓު ސަލާމަތްވީ މަސްވެރިންގެ މިންނެތް މަސައްކަތުންނެވެ. އަދި އެންމެފަހުން ޓްވިޓާގައި ހިއްސާކުރި އަދާ ހަމައަށް ބަލާއިރު ބޯޓުގެ ބަޑު ފިލައިން 5 ފޫޓުގެ ތަނެއް ހަލާކުވެ ދިޔާވާތީ، މަސްދޯނި ފަހަރުގެ ޑައިވަރުން މަސައްކަތް ކުރިކަން ވަނީ ފާހަގަކޮށްފައެވެ.

އަދި އެ ބޯޓަށް އިތުރު ޕަމްޕް އަރުވާ ދިޔަ ހިއްކަމުންދާ ކަމަށް ވަނީ ބުނެފައެވެ. ބޯޓުގައި ހުރި މުދަލަށް ވެސް ގެއްލުންވި ނަމަވެސް، ގެއްލުންވީ ކިހާ މުދަލަކަށްކަން އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. އެކްޓަރ

  ވަރަށް ލާމަސީލު އިންސާނީ ވަތަނީ ހިތްވަރުގަދަ މަސައްކަތއްތަކެއް...ޝުކުރިއްޔާ، މަސްދޯނިފަހަރުގެ ފިޝްމާސްޓަރުންނާއި ހިތްވަރިގަދަ މަސްވެރި ޖަލޯސުންނާއ، އޮޑިވެރިންނަށް..
  ތިޔަ ދެއްކެވި ނަމޫނާއަކީ ހިތްވަރު ގަދަކަމާއި، ހިތްތިރިކަމާއި، ހިތްހެޔޮކަމާއި، ދީނީ ވަތަނީ ލޯބި...
  ......ޝުކުރިއްޔާ....ދިވެހި ދަރިން.......

  29
 2. ރައްޔިތުން

  ޢެހީތެރިވި ދޯނިފަހަރު ތަކު ގެ މައުލޫމާތެއް ނެތީ ދޯ