ހުޅުމާލެ ދެވަނަ ފިޔަވަހީގައި "ހިޔާ މަޝްރޫއު"ގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓުތަކަކީ ކޮތަރު ކޮށިތަކެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް މުހައްމަދު ނަޝީދު "ހިޔާ މަޝްރޫއު"ގެ ފްލެޓުތައް އަންނަ މަހު ފަހު ކޮޅު ހަވާލު ކުރެވެން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ އަށް "އޮޅުމަކުން" ވިދާލުވެފައި ވަނިކޮށެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަފައިވާ ފްލެޓުތައް އަޅާފައިވަނީ 500 އަކަފޫޓު ކުދި ކޮތަރަ ކޮށިތަކެއް ގޮތަށް ކަމަށެވެ. އޭގެއިން ތަނެއްގެ އަކަފޫޓަކަށް 1900 ރުފިޔާ ހަރަދުކޮށްފައިވާއިރު ކުލީގެ ގޮތުގައި 11000 ރުފިޔާ ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެކަން ދެކޮޅު ޖައްސާނީ ކިހިނެއްތޯ ނަޝީދު ވަނީ ސުވާލު އުފައްދާފައެވެ.
އެ ފްލެޓުތަކުގެ ފޮޓޯއެއް އާއްމު ކުރައްވާ ނަޝީދު ވިދާޅުވީ އެއީ "ދަރަނި ދަންތުރައިގެ" ފޮޓޯއެއް ކަމަށެވެ.
Hulhumale’ flat thah alhaafa evanee 500 aka foot ge kudhi kotharu koshi thakeh gothah. Eygenthaneh hadhan kharadhu koffa vaakamah bunanee aka footakah MVR1900/-. Mihenkamun kuleege gothugai MVR11,000/- jehey. Dhen mi kihineh dhekolhu jahsaanee. Miee e dharaneege dhanthurage photo pic.twitter.com/abxBybAcom
— Mohamed Nasheed (@MohamedNasheed) June 7, 2020
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެން، ކުރިއަށް ގެންދިޔަ މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ. އެއީ 25 ބުރީގެ ހައުސިން ޔުނިޓުތަކެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ ހިޔާ މަޝްރޫއުގެ 17،189 ފޯމު މިހާތަނަށް ސްކްރީންކޮށްފައިވާ ކަމަށެވެ. ހިޔާ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓްތައް ހައްގުވާ ލިސްޓު އިއުލާންކުރަން ފްލެޓް ކޮމިޓީ އޮތީ ތައްޔާރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހިޔާ މަޝްރޫއުގެ 7000 ފްލެޓް މި އަހަރުގެ ތެރޭގައި ހައްގުވެރިންނާ ހަވާލުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓުގެ ޑިޒައިނަށް ބަދަލު ގެންނަން މި ސަރުކާރުން ވިސްނިއެވެ. ހައުސިން ޑިވެލޮމްޕަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ކުރިން ބުނެފައިވާ ގޮތުގައި ދެ ކޮޓަރީގެ ފްލެޓްތައް ތިން ކޮޓަރި އަށް ބޮޑުކުރުމުން ފްލެޓްތަކުގެ އަދަދު 3،588 އަަށް މަދުވާނެއެވެ. އެކަމަކު، ކަމާބެހޭ އިދާރާތަކުން މަޝްވަރާ ކުރުމަށް ފަހު ނިންމީ އަދަދު މަދު ނުކުރުމަށެވެ.
ޔާމީންގެ ސަރުކާރުން ފްލެޓްގެ އަގަށް މަހަކު 6500ރުފިޔާ ހަމަޖައްސާ އެކަން ވަނީ އިޢުލާން ކޮށްފަ. 11000ރުފިޔާ އަށް ބޮޑުކޮށް ޢަދަދު ކިއުމަކީ މިސަރުކާރުގެ ނާގާބިލް ކަމާ މާލީ ތަސައްރަފު ނުފުދުން އަދި ވައުދެއް މިކުރެވެނީ އެވައުދެއް ފުއްދުމުގެ ގާބިލް ކަމެއްނެތި ހަރާންކޯރު ސިފަ ލިބިގެން ކަން އެގޭ. ކޮތަރު ކޮށްޓަކަށް ވިޔަސް ފާހަގަ ކުރެވޭ ކަމަކީ މިހާތަނަށް މިސަރުމާރުގެ މަޝްރޫޢެއް ތަންފީޒު ވެގެން ނުދާކަން.
ދެން ބޮޑެތި ގަނޑު އަޅާފަ ރައްޔިތުންނަށް ދީބަލަ. އެއްވެސް
މީހަކު ގަނޑުވަރުތަކާ ހަވާލް ނުވާކަށް ނޫޅެޔޭ. ފެންނެތްތާ
ބަޑިތަޅަންނޫޅެބަލަ.
ޢަހަރެމެން މިއުޅެނީ 700އަކަފޫޓުގެ ތަނެއް 18000 އައް އެހެންވީމާ ތިތަންއޯކޭ
ކުރީގަ ތިޔަކިޔަނީ ކޮތަރު ކޮށްޓޭ ބަލަ މިހާރު ބަކަރިކޮށްޓެއްވެސް ނޭޅިގެން ދޯ ތިއުޅެނީ ހައް ހައް ދެންވެސް ގެރިކޮށީގެ މުދީރުކަމުންވެސް ފާސްވޭތޯ ބަލާބަލަ?
ނަޝީދު ޖޭ ވިޔަސް ތީދެން ތަންފުކެއް ބޮޑުވަރު!! ޔާމީނު ވަރެއް ހަމަ ނެތް ތަރައްގީ ގެނަސް ދިނުމުގައި!! ކޮންކަހަލަ ބިޔަ ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގާ ނިންމާލީ!!
ރާއްޖޭގެ ރައްޔިތުން ނޫޅޭ ކަލޭމެން އުޅޭހާ ފެންވަރުގަ 100 ފޫޓް 100 ފޫޓް ގެ ކޮޓަރި ތަކުގަ އުޅޭ ހިތަކުން. އަހަރެމެންނަށް އަޅުކަން ކޮއްލައިގެން ކާންބޯން މަސައްކަތް ކޮއްގެން އުޅެވޭ ފެންވަރުގަ އެތަން ހުރީ. މަހުޖްނުންނަށް ހަދާފަ ހުރި ތަނެއް ނޫން ތިޔަކީ. ކަލެޔައް ނުވި އެވަރުވެސް، ޓާޓާ ފުލެޓް ތަކުގެ ސައިޒު ވަކި ބޮޑު؟ ބޯހަލާކު
ބޭފުޅާ ހެވޭ އެެއީ މިދާ ކޮށްޓަކަށް ވިއަސް. އަވަހަށް ދެއްވާ. މިހާރުވެސް މި އުޅެނީ 17 ހާސް ރުފިޔާ ދީގެން ގަނޑުވަރެއްގަ އެއް ނޫން. ކަލެއާއި ކަލެއަށް ތަބާވާ މީހުން ބޮޑެތި ހިތްގައިމު ތަންތާ އުޅޭ. އަހަރެމެންނަށް ތިތަން ލިބިއްޖިއްޔާ ގަނޑުވަރެއް ފަދަ.
ތިއީ ކޮތަރުކޮށިތަކެއްކަމަށް ވަނީވިއްޔާ ކަލޭގެ ޕާޓީކުދިންނަށް ތި ތަން ދޭނެކަމެއްނެތް! ތި ތަނުގެ ބޭނުންޖެހިފައި ތިބި އެހެން މީހުންނަށް ދީ! ދެން ކަލޭ ތީ ފިރިހެނެއްކަމަށް ވަނީވިއްޔާ ޕާޓީކުދިންނަށް ކަލޭ ޤަބޫލުކުރާ ފެންވަރަށް 7000 ހައުސިން ޔުނިޓް އަޅާދީ! ކަލޭގެ ވެރިކަމެއްނު! މިކަން މިހެން ވާނެތަ ކަލެޔަށް!
ނަސިދުބެ އަނގަ މައިތިރި ވަނި ކޮންދުވަހަކުންބަ
14000 ރ ކުލިއަށް އަށް 400 އަކަފޫޓު. އަހަރުމެން ހަމަ ޝުކުރުކުރާ ހާލުގަ ތިތަނަށް ވަންނަން މިތިބީ. އެކުން ދެން އެހާ ހަޑިހާވަން އުޅޭނެ ކަމެއްނެތް. ތި މާލޭގެ ގެދޮރުވެރިން. މީ ވަންނާނެ ތަނެއް ނެތިފަ ތިބި ނިކަމެތިން. ޔާމީންގެ ވައުދަކީ ބޯހިޔާވަހިކަން . މުލިއާގެ އެއް ނޫން. ރައްޔިތުން އޭރުވެސް މިހާރުވެސް އެކަމާ ރުހުނު.
ނަސިދުބެ އަނގަ މައިތިރި ވަނީ ހޯމްމިނިސްޓަރުބެ މިސޮރުއަގާގަ ހައްދު ޖެހިދުވަހަކުން ހެންވަރައް ހީވޭ ،،،،
ހެޔޮތާ ކޮތަރު ކޮށްޓަކަސް އެހުރީ އަޅާފަތާ ..އަދިކިއެއް ފޭސް2 ގައި ހުރި އެންމެހާ ކުންފުނި ތަކުން އަޅާ ތަންތަނަކީ ވެސް ކުުރީ ސަރުކާރުގެ ގާބިލުކަން އެއީ 2 އަހަރު މަސައްކަތް. ކަލޭ ތީ ފުލެޓް ދޮމްބެ ހެދިގެން އުޅުންމީހާ ، މިސަރުކާރަށް 2 އަހަރު ވެގެން ދާއިރު ޕިންޗަރު ކޮށްޓެއް ކީއްކުރަން ކަކުނި ހޮރެއްވެސް ކޮނެ ނުލެވުނުތާދޯ..؟ ފަހުވަގުތުގަ ކަލޭމެންގެ އައުވާނުން އެތަނަށް ސަވާރުވެގެން ތިބޭނީވެސް.
ޙުސް އަނގަ ތަޅާ ސަޜުކާޜެއް މި
ބަލަ ކަލޯއަންނިގެ ވެރިކަމަށްއަރާ އަމިއްލައަށް ހިއްކައިގެން ފުރިހަމަކުރި ފްލެޓެއްދައްކަބަލާށެވެ. ހުޅުމާލެ މައުމޫން ހިއްކީ މީނަގޯތިދިނީއެވެ. އަބަދުވެސް ކޮވެލީގެ ގޮތް މިއޮންނަނީ ކޮވެލިވެސް ބިސްއަޅާނީ ކާޅުގެ ހާއްޔަށެވެ، ދެންކާލު ދަރިންބޮޑުކުރާނީއެވެ. ތިޔަބުނާ ގުޅިފަޅުއޭނާހިއްކި އެކަމު އެތަނަކުން އަދި ދިވެހިރައްޔަތަކު ދިރިނުއުޅެއެވެ.
ކަލެއަށް ކޮތަރު ކޮށްޓެއްވެސް ހެދުނުބާ؟
މަގޭ އެއޮތީ ގުރާކޮއްޓެއް ވިއަސް ހަދާ ދީފަ. ޢަންނި ކަލޭ މޮޅިއްޔާ އެޔައްވުރެ ކުޑަ ކޮއްޓެއް ވިޔަސް ހަދާ ދީ ބަލަ ރައްޔިތުން ނަށް. ނުވާނެ.
ތީ ގެ ރި މޯދީ ބުނެގެން ޗައިނާ މީހުން ރުޅިއަ ރުވާލީ ދޯ. ސާބަހޭ ސޭކު ސަލަންބަ ރު
ކަލޯ ބުނާކަށް އެމްޑީޕީ އެއްކުއްޖަކުވެސް އެކޮއްޓަށް ނުލާތި
މާލޭގައި މިހާރު ދިރިއުޅެނީ -/15،000 ރ -/20،000 ރ ކުއްޔައް ދެކޮޓަރި ހިފައިގެން ހަމަ ކޮތަރު ކޮށީގައި މިތަންތަން ދޫކޮއްލާފައި -/6،000ރ ކުއްޔައްދޭ ކޮތަރުކޮށި މާރަނގަޅުވާނެ އެއީ މިދިޔަ ސަރުކާރުގައި އަހަރުމެންގެ ހާލު ދަނެގެން ވެރޮކަން ކުރި ވެރިއެއްގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން އަހަރުމެނަށް ހޯދައިދީފައިވާ ތަންތަން މިތަނުގެ ތެރެއަށް ތިބޭފުޅާ ވަންނަން ނޫޅޭ ދުރުގައި ހުރޭ ، ތިޔަބޭފުޅާވެސް ދޭން ބޭނުންނަމަ ގުޅިފަޅު ހިއްކައިގެން ނޫނީ ލޮނުގަނޑުގައި މިންއަޅައިގެން ދޭން ބޭނުންވާ މީހަކަށްދީ. ހުޅުމާލޭ ދެވަނަ ފޭސްގައި އެހުރީ އަހަރުމެންގެ ހައްގު އެތަންތަން އަހަރުމެންގެ ކިބައިން ނިގުޅައިގަންނަން މަނިކުފާނު ނޫޅުއްވާ އެހެންނޫނީ ބޭޒާރު ވެދާނެ. އެއީ ރައީސް ޔާމީން އަހަރުމެނަށް ދިން ހަދިޔާއެއް.
ނަސީދު 500 އަކަފޫޓްޚަމަށް ވިދާޅުވާނަމަ ކޮތަރު ކޮއްޓަށް ވާނަމަ ހުޅުމާލޭގަ ހުރީ ހުސް ކޮތަރުކޮށި، އެއީ ފާހާނާ އެއެކު ހުރި 7،14 10،15 އެއީ 98 އަދި 150 އަކަފޫޓް ގެ 2 ކޮޓަރި ބަދިގެ އާއެކު 252 އަކަފޫޓް ސިޓިން ރޫމް މިއީ 500 އަކަފޫޓް. ދަރަނި ދަންތުރަ ކަމަށް ވިދާޅުވާއިރު އިމާރާތް ކުރާފަރާތުން ޗައިނާ ބޭންކުން ނެގިލޯނަށް ފައިސާ ދައްކަން ޖެހެނީ ފްލެޓް ހަވާލު ކުރުމުން ލިބޭ ފަރާތުން ދައްކާ ޕޭމަންޓުން 6500 އަށް ޔާމީނު ހަމަ ޖެއްސެވި ފްލެޓް 11000 އަށް ވެގެބްދިޔައީ މަސައްކަތް ހުއްޓުވާފަ 1 އަހަރު ބޭއްވުމުން މަސައްކަތް ކުރި ކުންފުންޏަށް ބަދަލު ދޭންޖެހުމުން.އެ ޒިންމާ އުފުލަންޖެހޭނީ މަސައްކަތް ހުއްޓުވި ފަރާތަކުން. ރައްޔިތުންނަށް 6500 އަށް ތަބް ލިބެންވާނެ.
އަހަރެން ގެ ގެ މާލޭގެ ބޮޑު މިނަކީ 580 އަކަފޫޓު ދެކޮޓަރި ސިޓިން ރޫމް ސިޑިގޮޅި ވައިގޮޅި 4 ފޫޓް 6 ހާފޫޓް ފާޚާނާގެ ބޮޑުމިން ގަލޮޅުގައި ހުންނަނީ ކެނެރީގޭ އެންމެނަށް ދައުވަތު ދެން އައިސް ބަލައިލަން ދިރިއުޅޭ ބައިގެ ބޮޑު މިން 500 އަކަފޫޓް އެންމެންގެ ގެ ކެނެރީގެވަރެއް ނުވާނެ ކަލޯ ބައްޕަ ދަރަނީގެ ދަންތުރައިގައި ޖެއްސީ ކަލޭ ވަޑާންގެ ދަރުވާލާފައި އެތަން ކޮތަރު ކޮށްޓަކަށް ވަންޏާ އެމް ޑީ ޕީ އެކަކަށް ވެސް ނުދޭތި ބޭނުންވާ އެހެން ރައްޔިތުންނަށް ދީ ތިޔަ ދައްކާ ވާހަކައިން ކަލޭގެ ތާއީދު ދަނީ ގެއްލެމުން .. ކޮވިޑްގައި ވެސް އިނގިރޭސި ވިލާތާ ޔޫރަޕްގެ އިއްތިހާދުން ބައިރުފީޔާ ވެސް ނުދިން އާދޭސް ކުރީމަ ވެސް އެކަމު އާދޭސް ނުކުރަނީސް ހިލޭ އެހީ ދިނީ ޗައިނާއިން 800 މީހުންގެ ކަރަންޓީން ފެސެލީޓެއްވެސް އަޅާދީފި އެއީ ނޫންތަ ރައްޔިތުންދެކެ ލޯބި ވާ ބަޔަކީ އިންޑިޔާހެން ޔާމިން ސަރުކާރު ނޫނަސް އެހީ ވަމުން އެދަނީ އެމީހުން އިންޑިޔާއޭ ވެސް ނުކިޔާ... މިކަމަށް ޖަވާބު ދީބަލަ
ރައީސް ޔާމީން ސަރުކާރުން ރައއޔިތުން އަތުން އެތާނގެ ކުއްޔަށް ނަގަން ނިންމަވާފައިއޮތީ 5000 ރުފިޔާ. މިސަރުކާރުން ރައްޔިތުން ފެލަން ނިންމާފައި އޮތްކަމުގެ ފެހި ސިގްނަލެއް 11000 ރުރިޔާއޭ މިކަލޭގެ މިބުނި ބުނުމަކީ.
އަހަރެމެން މިއުޅެނީ 300 އަކަފޫޓުގައި. 500 އަކަފޫޓް ލިބިއްޖެނަމަ އެއީވެސް ބޮޑުވަރުކަމުގައި އަހަރެމެން ގަބޫލުކުރާނަން.
މިނާގާބިލް ސަރުކާރަށް ނިންމާފަ ހުރި އަދި ލިބޭމީހުންގެ ލިސްޓު ނިމިފައޮތް އިރުވެސް އެތަން ހަވާލުވެސް ކޮށްނުލެވުނު. ސަރުކާރާ މަޖްލިސް އުވާލައިގެން ނޫންގޮތަކަށް ރައްޔިތުންނަށް ހަމަޖެހުމެއް ދެން ނެތް.
ވެރިކަން ވަގަށް ނެގިތާ 2 ވަނަ އަހަރަށް މިހާރު މިދަނީ. ކޮބައިތަ ރައްޔިތުންނަށް ގަދައިދިން ބޮޑެތި ފުލެޓްތައް. ކޮތަރުކޮށިތައް ބަހައްޓަފަ ކަލޭމެން މިސަރުކާރުން، މޑޕނސަރުކާރުން ހެދި ފްލެޓްތައް ދީބަލަ.
އަނގަ ފެކުރަންލދެއްވެސް ނުގަނޭ. މިސަރުކާރަށް ފުލެޓް ގަނޑެއް ނުހެދުނުތާ، ރައީސް ޔާމީން ދިވެހި ރައްޔިތުންނަށްޓަކައި ހައްދަވައިދެއްވި ތަންތަން ހަވާލުކޮށްލުމުގެ ގާބިލްކަންވެސް މިސަރުކާރުގައި ނެތް. މަޖްލިހާ ސަރުކާރު ބަދަލުކުރަން މިހާރު ލަސްވެއްޖެ.
ކީއްވެހެ ތި ކޮތަރުކޮށިތަކުގައި ކަލޭމެން ބަގުޑިބައްދައިގެން ތިތިބެނީ. ކަލޭމެނަކާ ބެހޭ އެއްޗެއްވެސްނޫން އެއީ. އެތަންތަނުގެ ހައްގުވެރިން ކަނޑައެޅިނިމިފަ ތިބީ. ކަލޭމެންގެ އަނިޔާވެރިކަމުން އެތަންތަން ނުދީ ކަލެމެންގެ މީހުނަށް ދޭންވެގެން ތި ތެޅިނަގަނީ.
ކޮތަރުކޮއްޓެއްވެސް މިސަރުކާރައްއެޅޭނެބާ
މިވެރިކަމުގައި ލައްކަ ކަންތައް ކުރެބިއްޖެ. ދައުލަތުގެ ރިޒާވްގައި ހުރި 900 މިލިއަން ޑޮލަރާ، އެއަރޕޯޓް ފަންޑުގައި ހުރި 150 މިލިއަން ޑޮލަރާ ސޮވެރިންގ ފަންޑުގައިހުރި 200 މިލިއަން ކައިހުސްކޮށްލައިފި. ރައްޓެހިންނާ އާއިލާމީހުނަށް ބަހައި ނިންމާލައިފި. ރސއްޔިތުންނަށް ލިބިފަ ހުރި ފްލެޓްތައްވެސް އާއިލަމީހުނަށް ދޭން ފްލެޓް ލިސްޓު ގަށާލައިފި.
ކޮތަރު ކޮށި ހަވާލު ނުކުރެވިގެން ބަގުޑި ތިބަދަނީ ކީވެ އެހެންވިޔާ ކުލި ބޮޑުކުރީ ކީވެ މިކަލޭގެ އުސަގުލާހެދި މިތަނަށްވެސް މީހަކަ ވަނަނުދީ އެހިފަހައްޓަނީ ކަމެއްނުކުރޭވޭތާގައި މިދެން ބޮޑުވަރު
ދިވެހިރާއްޖެ ދަރަނީގެ ދަންތުރައެއްގަ ޖެއްސީ ކާކުބާ ؟2008 ގެވެރިކަން ފެށުނު އިރު އޮތް 9 ބިލިއަން ރުފިޔާ އަކީ ކެޕިޓަލް އިންވެސްޓްމަންޓް ލޯނު އެއީ ލޯނުން ވިޔަފާރިކޮށްފަ ދައްކާލޯނު 2008 ގެސަރުކާރުން 3 އަހަރު މުސާރަ ދިނުމަށް ޓީ ބިލް ވިއްކާފަ 16 ބިލިއަން ދަރަނި ނެގި އިސްތިއުފާ ދިންއިރު ފިނޭންސްގާ 2.5 ބިލިއަންގެބިލް ޕ ެކުރަން ޖެހިފާހުރި ވމާދަރަނީގެ ދަބްތުރައެއްގާ ގައުމު ޖެއްސީ ކާކު
ހެޔޮ ހިނި ހޮރަކަސް އެ ވަރުވެސް ނުލިބިގެން މި އުޅެނީ
ކަލޭ އިންދި ފުލެޓް އޮއްތައް އަދި ވެސްނުފަޅާ މިހާރު އިންދާއިގެން އުޅޭތާ 8 އަހަރުވީ އަގަމާއި ތިރިވާނީ ހަށަމަށް އަތް އެރުބީމަބާ
ބޮޑުވަރު
ކަލޯ ނަޝީދޫ.....ކޮތަ ރު ކޮށި އޯކޭއޭ...މަށަށް ރޔާމީންގެ ސަ ރުކާ ރުންވަނީ ތިތަނުން ކޮތަ ރު ކޮއްޓެލިބޭނެކަމުގަ ސަ ރުކާ ރު ގެޒެޓްގަ ލިޔެފަ....އެހެންވީމަ ކަލޯމެން މަގޭ ކޮތަ ރުކޮއްޓާ ނުކުޅެ އަހަ ރެމެންނާހަވާލު ކޮއްލަދީ....ޝަކުވާއެއްނެތް ކޮތަ ރުކޮއްޓަކަސް ކޮތަޅުކޮއްޓަކަސް...ވީހާ އަވަހަކަށް ތިތަން ލިބެން ބޭނުމީ...ކަލޯމެންގެ މަސައްކަތުން ދެން އަހަ ރެމެންނަ ދީބަލަ މެހެލްއެއް....
ކޮތަރު ކޮށި އެއީ ރައްޔިތުންނަށް އޮޅުވާލަން ކިޔާ އެއްޗެއް.ބިލް ޑިންގ އުސްވީމަ ކުޑަދޮރުތަެްއް ފެންނާނީ ކުދިކޮށް ކޮތަރު ކޮށިތަކެއްހެން އެތެރޭގެ އެޕާޓްމެންޓެއްގަ 500 އަކަފޫޓްނަމަ ކޮޓަރި ކުޑައެއް ނުވާނެ 500 އަކަފޫޓް ބަހާލަފަ އަމިެްއްލަޔަށް ބަލާލަ ބަލަ މީހަކު ބުނީމަ ފަހަތުން އެބުނާގޮތަށް ކިޔުމަށްނޫން ސިކުނޑިﷲ ދެއްވީ ކީ.
ހަތް ހާސް ފްލެޓް ގެ ބަދަލުގަ ހަތް ހާސް ގެ ދިނީމަ ހުޅުމާލެ އިން ބިން ހުސް ވާނެ އެވެ. ގެދޮރު ބޭނުން ވާ ސާޅީސް ހާސް މީހުން އެބަ އުޅެ އެވެ.
ކޮތަރު ކޮށްޓަކަސް ބަކަރި ކޮށްޓަކަސް އަހަރެމެނަށް ހެވޭ.. ހަދާ ނިންމާފަ އެހުރީ، ދެން ވާހަކަ ގިނަނުކޮށް ހައްޤުވެރިންނަށް ދޭންއުޅޭ.
ދެން ކަލޭ ބޮޑެތި ގަނޑުވަރު އަޅާފަ ހިލޭ ބަހަންވީއެއްނު. މޮޅު ވާހަކަ ދައްކަމުން ދުވިއަކަސް ނުވާނެ.
މެރިދެލޯދާއިރުވެރިންއަނިޔާގެދަންމަރުރޯކުރާ
ވެރިކަމެއްމިކަހަލަދުށީމުތަރައްޔިތުންހިތްދަތިކުރާ
އެހެންވިއްޔާ ކަލޭ ރަށްޔަތުންނަށް ޓަކާ ރެސިޑެންސެއް ހަދައިދީބަލަ ރައީސް ޔާމީންވާ ކޮޓަރުކޮށްޓެއްވެސް އަޅައިދީފިތާ ކަލެޔަށް ތިއުޅެނީ ގުރާ ކޮށްޓެއްއަޅާނެހާ ނަރުދާކޮޅެއްވެސް ނުލިބިގެން ކޮވިޑު އަތަށްގޮވައިގެން.
ކޮތަރުކޮށި އެއީ ފައްޅީގަ ހުންނަ ތަނެއް އެހެންވީމަ ތަސައްވަރު ކުރެވިދާނެ
ޔާމީން ތިހުރީ ފުލެޓް ތަ ދީފައި ޖޮތަރަ ކޮށި
ނަސީބެއްނޫންތަ 500 އަކަފޫޓުގެ ކުޑަ ތަނެއްކަން. އެއީ ދެކޮޓަރި ސިޓިންރޫމް އެޕާޓްމަންޓް ރާއްޖޭގައި ޢާއްމު ދިރިއުޅުންތަކުގައި ބޭނުންކުރާ 150އަކަފޫޓުވަރުގެ ދެކޮޓަރިއާއި 200އަކަފޫޓުގެ ސިޓިންގރޫމް ބަދިގެއެއް. ޔާމީނު އެވަރު ތަނެއް ހައްދަވާފައި 6500ރ އަށް ދޫކުރައްވަން ނިންމެވީ. އޭގެ ފަހުން އަންނިމެން ތި ނިންމަނީ އެތަން 11000އަށް ދޭން. އެއަށް ވުރެ ބޮޑު ކޮށް އެތަން 1000 އަކަފޫޓު ނަމަ ކަލޭމެން އެތަން 22000ރ އަށް އަގު އެރުވީސް
މިނަސީދަކީ ފޫހިވާތީ ދިވެހިރައްޔިތުންގެ މަސްކާމީހެއް ، މީނާމެން މިއުޅެނީ ހިނިހޮރެއްވެސް ނުކޮނެވިގެން.
ސުންޕާ ނަޝީދޫ