ރާއްޖެ އިން ކޮވިޑް-19 އަށް އިތުރު ދެ މީހަކު މިއަދު ފައްސިވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމު ކުރި މައުލޫމާތަށް ބަލާއިރު، މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ދެ ދިވެއްސެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1903 އަށް އަރާފައެެވެ.

މީގެ ތެރޭގައި ހިމެނެނީ 639 ދިވެހިންނާއި 1290 ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ.

ރާއްޖޭގައި މިއަދު ކޮވިޑް-19 އަށް ދެ މީހަކު ފައްސިވިިއިރު، މިއަދު މާލެ ސިޓީގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން މިހާ މަދު މީހަކު މި ބައްޔަށް ފައްސިވި ފުރަތަމަ ފަހަރެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 800 އަށްވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ބަލި ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ އަށަކަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަނބުކެޔޮ

    ޓެސްޓްނުކުރެވެންޏާ އެކަކުވެސް ފައްސިއެއްވެސް ނައްސއެއްވެސް ނުވާނެތާ؟

  2. ހަހް

    ތިވާނީ ޓެސްޓް ކުރީވެސް އެންމެ ދެމީހުން ކަމަށް