ހިޔަޅެއް ކަންބަޅި ކެހެރީގައި އޮތަސް ވާނީ ހިޔަޅަކަށް ކަމަށް ވިދާޅުވެ ޣައްސާން މައުމޫންގެ ވަރުގަދަ ބަހުގެ ހަމަލާއެއް އެމްޑީޕީއަށް އަމާޒު ކޮށްފިއެވެ.

ސަރުކާރު ކޯލިޝަން އެމްއާރްއެމްގެ އިންތިގާލީ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ދިމާލަށް އެމްޑީޕީގެ މެންބަރުން ދައްކަމުން ގެންދިޔަ ވާހަކަތައް ހަނދާން ނެތުނީތޯ ވިދާޅުވެ ދަރިކަލުން ޣައްސާން މައުމޫން ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޣައްސާންއާ ގުޅޭ ގޮތުން ނޫހެއްގައި ލިޔުއްވާފައިވާ ލިޔުމަކާއި ގުޅިގެން އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި ރައީސް މައުމޫން އަވަހާރަ ކޮށްލުމަށް ރޭވުނު ހަމަލާތަކާއި ގުޅޭ ތާރީހުތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން 1983ވަނަ އަހަރާއި 1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުގެ އިތުރުން 2008ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަސް ޣައްސާން ވަނީ ހިއްސާ ކޮށްދެއްވާފައެވެ.

ޣައްސާން ވަނީ އޭނާގެ ބައްޕާފުޅު އަވަހާރަ ކޮށްލުމަށް ރޭވީ ކޮން ބަޔަކު އަޑީގައި ހުރެގެންތޯ ސުވާލު ކުރައްވާފައެވެ. އަދި 90ގެ އަހަރުތަކުން ފެށިގެން އޭރު ރައީސް މައުމޫނާއި ދިމާލަށް ކީހާ އެއްޗެހި ހަނދާން ނެތުނީތޯ ވެސް އޭނާ ސުވާލު ކުރެއްވިއެވެ. ޣައްސާން ވިދާޅުވީ ކަންބަޅި ކެހެރީގައި އޮތް ނަމަވެސް ހިޔަޅު ވާނީ ހިޔަޅަކަށް ކަމަށެވެ.

މީގެއިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް މައުމޫން ފުލުހަށް ހާޒިރުކުރުމުގެ ނަމުގައި ހިނގި ކަންކަމުގެ ތެރޭގައި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ގާ އުކާ އަލިފާންބޯޅަ އުކާ، ގޭގެ ދޮރުވައްޓާލީ ކޮންބައެއްތޯ ވެސް ޣައްސާން ވަނީ ސުވާލު ކުރައްވާފައެވެ.

ޣައްސާން މިފަދައިން ވިދާޅުވެފައި މިވަނީ ދާދި އަވަހަށް ކޯލިޝަން ރޫޅުމާއިއެކު ރައީސް ޔާމީން ޖަލަށް ލާފައިވަނީ ނުހައްގުން ކަމަށް ރައީސް މައުމޫން ވިދާޅުވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ޣައްސާނަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ޣައްސާން ވަނީ އެކަމަށް ވެސް ރައްދު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ދަރަނި ދަންތުރަ

  ވަރަށްރަނގަޅުވާހަކފުޅެއް ކެނެރީގޭ ނަސީދު އެއީ ދިވެހިރާއްޖޭގެ ރައީސްކަމަށް ކުފޫހަމަނުވާ މީހެކޭ މައުމޫނުބުނި އެކަން އަޅުގަނޑުމެން އެދުވަހުވެސް މިއަދުވެސް ގަބޫލުކޮންގެން މިތިބީ ނަސީދަށް ނޫނެކޭ ބުނެގެން އެކަމަކު މައުމޫނަށް ނަސީދު އޮޅުނިތާދޯ " ހިއްޏަށް ހަކުރު އޮޅި ރިހާކުރު ފޫޅިޔަށްވެސް ފުއްމާލާ " އެކަމަކު ހަކުރަށް ހިނި ނުއޮޅޭ މީ ވަރަށް ވާހަކަ ، މިގައުމުގައި ނަސީދުގެ ގުއިރޯނުގައި ނުޖެހި ވަރުގަޑަ އަޒުމެއްގައި ހުރި ލީޑަރަކީ ރައީސް ޔާމީނު އެއީ ދީނާ ގައުމުގެ ދިފާއުގައި...

  58
  5
 2. ޢަލީ

  ޜަނގަޅުވާހަކައެއް
  ބޮޑު ވަގުހިޔަޅު އެއޮތީ ކޮށީގަ ބަންދުކޮށްފަ، ވައްކަންކޮށްގެން

  13
  62
 3. ޠފމ

  1998ގައި ވިލާތުގައި ކާޜު އެކްސިޑެންޓް ކޮއް މީހަކު މެޜިޔޯ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

  9
  36
 4. ޖަޑިބު

  މަރުހަބާ ޣައްސާން ދެފުށުނޭޅެތީ ކޮއްކޮޔަށް ސާބަސް ދަންނަވަން ބުއްޅަ ތިބޭފުޅުންނަށް ދުވަހަކުވެސް ހެވެއްނޭދޭނެ ހިތްހެވެއްވެސް ނުވާނެ މިހާރު ލީޑް ލުރަން އެތިބީ ދިވެހި ލޮބުވެތި ރައްޔިތުން ގުދައް އަވީލާފަ ކުޑަކަކުލަށް ތިރިކޮށް ޓޯޗާކުރި މީހުން ކުޅުދުއްފުށީ މަންމައެއްގެ ލޮލުން ލޭކަރުނަ އޮހޮރުވިމީހުން ޕްރޕގުރެސް ލައިޓްގަ ބާރަށު އަބްދުއްރަހުމާން ތަމަޅައިންލައްވާ ކަތިލާލި މީހުން

  48
  3
 5. އަލީބެ

  ހަނދާނެއްނުހުންނާނެ މިހާރު އިނގޭތޯ ގޮވިހާއެއްޗެއްސާ އަބުރުކަތިލިވަރު ކީއްކުރާނީ މީދުނިޔެ މިދުނިޔެއަކީ އެތަނަކައް ވަރައްހިއްކިޔާތަނެއް

  39
  3
 6. މީނަގެ

  ޙިޔަޅޭ ކަންބަޅިއޭނުކިޔާ ވަގަށްނެގި ލާރިގަޑު ސަރުކާރާހަވާލުކުރީޔާ މާތާހިރުވާނެ. ޢަލްޖަޒީރާ ޑޮކިއުމެންޓްރީގަބުނާ.

  10
  52
 7. އަލްޖިބްރާ

  ބައްޕާފުޅުގެ ރަންޒަމާން ހަދުމަކޮށް ބައްޕާފުޅު މިދިވެހިރާއްޖޭގެ ބައެއްރައްޔިތުންނަށް ދިން ނުހައްޤު އަނިޔާއި ކުރި ޖެއްސުމާ ފުރައްސާރައިގެ ވާހަކަތަށްވެސް ހަދުމަ ކޮށްލެއްވި ނަމަ ހިޔަޅެއް ކަންބަޅީގެ ކެހެރީގައި އޮތީ ކާކުކަން މަނިކުފާނަށް ވިސްނިވަޑައި ގަންފާނެ ! މަނިކުފާނު ތިޔަވަރުވެފާ ތިހުންނެވީ " ހިޔަޅު ކަންބަޅީގެ ކެހެރީގައި " ވެރިކަން ކުރި ރަންޒަމާނުގައި ކަން ހަދުމަ ކުރައްވާފަ އެހެންމީހުންނާ ދިމާލަށް ގާ އުކާބަލަ !

  7
  40
 8. ދެރަ22

  ތެދެއް ތިޔަބުނީ.. އަލަގަހަކުން ކެޔޮ ނިރެއްވެސް ނުފަޅާނެ.. އެހެންވެ ބަފާ ހިނގިމަގުން ހިނގަންދޯ ތިޔަ އުޅެނީ..

  10
  38
 9. ރަނާ

  ސާބަހޭ ދަރިޔާ! ތިގޮތުގަ ހިފަހައްޓާލާތި،
  މީ ހަމަ ބަޠޮލެއް، ޤައުމު ފަޚުރުވެރިވާފަދަ.

  44
  13
 10. ވިސްނޭ

  ތެދުވާހަކައެއް...

  37
  3
 11. އާދަމުގެދަރި

  ކުރިން އުޅުނީ ހިމާރުލްގައުމު. މިހާރު މިއުޅެނީ ދައްޖާލުލްގައުމު. ހިމާރުލްގައުމު ކިޔާ އެއްޗެއް މާގިނަ މީހުން ބަލައެއް ނުގަނޭ. މިހާރު މިއުޅޭ ދައްޖާލުލްގައުމު ބަލައިގަންނަ ބައިގަނޑެއް އުޅޭނެ. ގަލޮޅުގައި ހުންނާނެ ގަލުޅު ބަހުރުވައިގެ ތަރުޖަމާނު، ދައްޖާލުލްޤައުމު ދައްކާ ވާހަކަ ތަރުޖަމާކުރަން.

  30
  4
 12. ުއުނދުޅި

  ތިޔަވިދާޅުވިހެން ކެހިވެރި މަކަރުވެރި ވަގަކު ހުދުފޮތިކޮޅަކައް ހަދަންއުޅުނަސް އެވާނީ ހަމަ ވަގަކަށް

  9
  26
 13. ހާށަވިޔަނި

  ސާބަހޭ. އަހަރަމެން އިއްޔެވިކަމެއް ހެން ހަނދާން އެބަހުރި. ހަނދާން ނެތިގެން އުޅެނީ ބައްޕާފުޅު. ބައްޕާފުޅަށް ގޮތްހުސްވެ ހިޔަޅު ކާލަފާނެތީ، ހިޔަޅު ބައިގަނޑަށްވަނީއެވެ. އެއީ ބައްޕާފުޅަށް ރައްކާތެރި ތަނެއްނޫނެވެ. އެންމެން ދިމާކޮށްލާނީ ކޮންވަގުތަކުކަމެއް ނޭނގޭނެއެވެ. މިކަމުގެ ހެއްކެއް ފާރިޝްއަށް ލިބުނު ކެހި އިބުރަތަކަށް ފުދޭނެވެ. އަޑީގަތިބީ އެމްޑީޕީންނެވެ. ކޮއްކޮ ސަލާމަތްވީ އެމހުންގެ ތެރެއިންނުވުމުންނެވެ.

  36
  6
 14. ފުނަދޫ

  އަދި ތިލިުމައް އިތުރުކޮއް ލައްވަ މައުމޫން ގެއަބުރު ކަތިލުމައްޓަކާ ހުކުރުދުވަހުގަ ހުރިހާ މުސްލިމުންނައް ނަސޭހަތްދޭންއޮންނަ ހުކުރުހުތުބާގެތެރެއައް މައުމޫނު އަބުކަތިލުމައް ލިއުންތައް އެޅީކޮންބައެއްތޯ ސުވާލުކުރައްވާ

  31
  4
 15. އަލީ

  ވަރުގަދަ ޢަޒުމެއްގެ ވެރިއެއްހެން ހީވޭ. ހިތަށް ވެރިވެގެން އަންނަނީ އިލްޔާސް އިބުރާހީމްގެ ޚިޔާލާތާއި ފިކުރުން ގެތިފައި ޔާމީންގެ ހުނަރުތަކުން ޖަރީވެފައިވާ ހަރުދަނާ ލީޑަރެއްހެން.

  37
  5
 16. ސީދީ

  ހިޔަޅުގެ ދަރި ވާނީ ހިޔަޅަށް. ކަންބަޅި އަކަށް ނުވާނެ.

  2
  7
 17. ޖުމާ

  ޢައްސާނުގެ ވާހަކަ ހަމަ ސަތޭކަ

  16
 18. މޭން

  ތީ ހިޔަޅެއްކަމަށް ހެދެން އުޅުނަސް ހަޤީޤަތުގަ ކަންބަޅިއެއް!

  1
  1
 19. ހަސަދު

  ހަދާނަށް އަންނަނީ 30 އަހަރު. ބޭބޭފޫޅުން ރަން ފާޚާނާ ތައްޓާ، ސުވިންޕޫލް އަދި ސިންގަޕޫރުން ޕިއްޒާ ފަރިއްކުޅުވި ދުވަސް ވަރު. ހިޔަޅެއް ވެރި ކަމުގައި ހުރިއިރު ލިބުނު ހުރިހާ ސޮކޮލަރޝިޕް އެއް ގާތްމީހުންނަށް، މާލޭ ބިން މާލޭ މީހުންލައްވައި ހިއްކުވައި ހުރިހާ ގޯއްޗެއް އެކުވެރިންނަށް. ހުރިހާ ބޯޑެތި މަގާމެއް އެކުވެރިންނަށް. ދިވެހިން އަދިވެސް މިއުޅެނީ އެފިތުނައިން އަރާ ނުގަނެވިގެން.

 20. މޮޔަމީހާ

  ހިޔަޅު ލައިގެނެއްނު އެމްޑީޕީ އަށް މިވެރިކަން ލިބުނީވެސް. ލަދައް ނުގަނޭތަ؟ މައުމޫނުގެ ވެރިކަމަކީ ޢާއިލީ ވެރިކަމެކޭ ތިމަންނަމެން މިރާއްޖޭގެ ވެރިކަމާ މިޙަވާލުވަނީ މިކަންތައް ރަނގަޅު ކޮށް ރާއްޖެ ހަމަޔަކަށް އެޅުވުމަށޭ. ކިޔާފަ ވެރިކަމަކަށް ބޫތު ކައިފަ ތިބި މީހުން މައުމޫނުގެ ހިޔަޅު ކަމަށް ވުރެ މާނުބައި. ޔާމީނަށް ވުރެ 200 ނުބައި. މުޅިރާއްޖޭގެ ހުރިހާ ބާރުތައް ގޭތެރެއަށް ލައިގެން އެތިބީ. ކޮންކަމެއް އިޞްލާޙު ވާނީ. ކޮންކަމެއް އިންސާފު ވެރި ކުރެވޭނީ. ކޮންޖުޑިޝަރީ އެއް އިޞްލާޙު ކުރެވޭނީ . ކޮންކަމެއްތޯ ވީ. ކުރިއަށް ވުރެ މިރާއްޖޭގެ ކަންތައް ގޯހުން ގޯސް. އަޅުގަނޑުމެން ހީކުރީ މިރާއްޖެ ދެން ދާނީ ރަނގަޅު މިސްރާބަކަށް ކަމަށް. އެމްއެމް ޕީއާރުސީގެ މައްސަލަވެސް ނުބެލިގެން މިއުޅެނީ ޕާޓީ ކުދީންނާ ޢާއިލާގެ މީހުންނާ ރައްޓެހީން ތައް ތިބީމަ. ކޮންއިންސާފުވެރިގޮތަކަށް ކަމެއް ނިމިގެން ދިޔައީ. މިރާއްޖޭގައި ތިބި ވިސްނޭ ރައްޔިތުން ވިސްނާލިޔަސް މީޙަޤީގަތް ކަން އެނގޭނެ. އަމިއްލަ މީހާ ނުރަނގަޅު ކމަެއް ކުރުމުން އެކަން ބަލާނީ ކޮން ބޭބއެއް. ކޮން ފަހަރިއެއް.ކޮންޅިޔަނެއް. އެކަން ދާނީ މޭޒު ދޮށުން ވައްގަނަޑަށް .މިސާލަކަށް ދީނަށް ފުރައްސާރަ ކުރިމީހުންވެސް ނުބެލުނީ އެހެން ވެގެން..