ރައްޔިތުންގެ މަޖިލިހުގައި ދާދި ފަހުން ހިނގި ހަމަނުޖެހުންތައް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ފުލުހުން ތަހުގީގު ކުރައްވާނެ ކަމަށާއި، އެމައްސަލައަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެެއެވެ.

ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލިހުން އެންމެ ފަހުން ބޭއްވި ޖަލްސާގައި މެމްބަރުންގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް ބޮޑެތި އަނިޔާތަކެއް ލިބި އެ މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފައެވެ.

އަދި މަޖިލީހުގެ އެ ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުންތައް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ފުލުހުން ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރ އިމްރާން ވަނީ ކުރިންވެސް ދެއްވާފައެވެ. މިނިސްޓަރ އެގޮތަށް ވާހަކަދެއްކެވުމުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ މިނިސްޓަރ އިމްރާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ސަންގު ޓީވީގެ ހަބަރަަށް ފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިމްރާން ރޭ ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އޭނާގެ ނުފޫޒު ނުފޯރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"އެކަމަށްޓަކައި ހޯމް މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ އެއްވެސް ނުފޫޒެއް ނުފޯރާނެ، އަޅުގަނޑު އެ ޔަގީންކަން ދެން، އަޅުގަނޑު މި ދަންނަވަނީ އެ މައްސަލަތައް ބެލުމަށްޓަކައި ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތަކާއި، އަދި ކުރީއްސުރެ ނިންމިފައި ހުރި ނިންމުންތައް އެބަހުއްޓޭ، އޭގެ މައްޗަށޭ އެ މައްސަލަވެސް ބެލެމުން ދާނީ" އިމްރާން ވިދާޅުވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާވެސް ފުލުހުންގެ މުވައްސަސާގެ މައްޗަށް ސިޔާސީ ނުފޫޒެއް ނުފޯރުވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އިމްރާން ވިދާޅުވި، ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ވަނުމަކީ ސަރުކާރުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި، އަދި ރައްޔިތުންގެ މަޖިލީސްގެ ތެރެއަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި، އެއްވެސް ފަރާތަކަށް ނުފޫޒު ފޯރުވުމަކީ ކޮށްގެން ވާނެ ކަމެއް ނޫން، އަޅުގަނޑު ގަބޫލެެއް ނުކުރަން ފުލުހުންގެ ތެރޭގައި ހިނގަމުންދާ މައްސަލައަކަށް އެއްވެސް ފަރާތަކަށް ނުފޫޒެއް ފޯރުވިދާނެ ކަމަށް". އިމްރާން ވިދާޅުވިއެވެ،

އިމްރާން ވިދާޅުވީ، ރައްޔިތަކަށް އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، ފުލުހުންގެ ތެރެއަށް އެ މައްސަލައެއް ހުށަހެޅުމުން އެކަންކަން ބެލި، ތަހުގީގު ކުރިއަށްގެންދެވޭނެ ކަމަށެވެ. އަދިއެކަމުގެ ހަމަތައް ގާނޫނީގޮތުން ކަނޑައެޅި ބެލޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ހިތުން ފުލުހުންގެ ތެރެއަށް އެ މައްސަލަ ދިޔައީމަ އެ ނިޒާމުގެ ތެރެއިން ހަމަތަކާއި އެއްގޮތަށް، އެ މަސައްކަތް ފުލުހުން ކުރިއަށްގެންދާނެ، އަދި އެކަން ކަށަވަރު ކުރުމަކީ ހޯމް މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ކުރަން ޖެހޭ ކަމެއް" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، ވަކި މައްސަލައެއް ވަކި ގޮތަކަށް ގެންދަން އޭނާއަށް ވިދާޅެއް ނުވެވޭނެ ކަމަށެވެ. އެއީ ހޯމް މިނިސްޓަރު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި، އެ މައްސަލަތައް ދާން ޖެހޭ އުސޫލާއި ހަމަތަކުގެ ތެރެއިން ދާކަން ކަށަވަރުކޮށް އިންސާފު ހޯދައި ދިނުމަކީ މިނިސްޓަރުގެ ޒިންމާ ކަމަށް އިމްރާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޝޭންޕު އެމޮރޮން

    އަޅުގަނޑުގެ ނުފޫޒު ޕޮލިސް ހަމީދުގެ ނުފޫޒު ހަމައެކަނި ދުނިޔޭގަ ލެއްވި ސޯލިހުގެ ނުފޫޒު ބުއްޅަބޭގެ ނުފޫޒު މޑޕގެ ނުފޫޒު އެހެންވީމަ ކަލޭގެ ޖަވާބު ވަރަށް ސާފު

    31
  2. ބުއްޅަބެގެ ގުއިރޯނު

    ﷲ ގަންދީ ހުވާކޮށްފަ މިބުނަނީ އިސްލާމްދީނަށް ފުރަށްސާރަ ކޮށްފަ ހުރިމީހެއްގެ ފަހަތުން އުޅޭ މީހެއްގެ ދަށްކާވާހަކަ ތެދުކޮށް ގަބޫލުކުރާނީ ސައިތާނުން.

    29
  3. ޑައެލޯގް

    ރައީސްވެސް އަދި ކަލޯވެސް ނުފޫޒުނުފޯރުވާކަމަށްބުނަން ލަދެއްނުގަނޭހެއްޔެވެ.ކޮބާ އެމްޑީއެން މައްސަލަ، ސީޕީހަމީދު ކްލަބުގައި، އެމްއެމްޕީއާރުސީ އިބޫހިމެނޭހެން ރީދޫކުދިން ކުރިވައްކަންތައް، ކޮބާ އަންނި 13 އަހަރުހުކުމް، އަދީބު، ޒިޔަތު، އަބްލޯރިޔާޒް ލޮކްޑައުންއިން މާލެއައުން އަފްރާޝީމް ގާތިލުން މިހެންގޮސް ބައިވަރު ބެލުނުތަ އެއްވެސް މައްސަލައެއް؟ ދެންބުނާނެ ކޯޓުން އަންނިގެ ހުކުމް ބާތިލްވީއޭ، ރީދޫކުދިންގެ ހުކުމްބާތިލްވާނެއެވެ. ބާކީމީހުންނަށް ބެންޗް ބަދަލުކޮށް ހުކުމްކުރާނެއެވެ. ސަދޫމް

    22
  4. ކަހުރަބު

    ލާދީނީ މީހުނަށް ކިހިނެއް އިތުބާރު ކުރާނީ އަދި އެ މޫހުނަށް ތަބާވެގެން ދީނާއި ޤައުމް ވިއްކާ ހުސް ކުރި ބަޔަކަށް ކިހިނެއް އިތުބާރު ކުރާނީ ނަބިއްޔާއަށް ފުރައްސާރަކޮށް ބާޣީ ލުތުފީ އަށް ޙިމާޔަތްދިން ބަޔަކަށް އިތުބާރެއް ނުކުރާނަން

    24
  5. ދެފުއް

    މިހާރުވެސް ހައްދަވަނީ އިތުރުފުޅު އެ.އެން.ޕީ އާރގެ މައްސަލާގަ ރޭގަވެސް ސަންގުޓީވީގަ ހެއްދެވީ ހަމަދޮގު ޝޭޚް ދެން ދެަނބިން ކައިރިއަށް ގޮސް ތައުބާވާންވީ ނުވއވޭނެ ، މޏީޚޫﷲނުގެވެސް ރޭވުމާއެކް ޔާމީނަށް އެއަނިޔާ ދެއްވީ . އެމައްސަލާގަ ހިމެނޭ އެހެންމީހުން ގެ މައްސަލަ ލަސްކޮށް އަދީ މައްސަލާގަ ޖަލުގަ ތިބިމީހުން ގެއަށް ފޮނުވާ ހެއްދެވީ ކާކު.މިއީއިންސާފް ތޯ މިފަހަރުވެސް ހަމަމަޤާމް ދިފާޢު ކުރައްވާނީ މިއަދު ތިޔަހެން ހެދިދާނެ .

    21
  6. ހާށަވިޔަނި

    އެމްޑީޕީގެ ދެފެކްޝަނުގެ ތެރެއިން އައްނިގެ ފެކްޝަން ސައިޒްކޮށްލަން ރަނގަޅުކަމެއްތީ.

    14
  7. ހަސަން

    ކަލޭތީފާޅުކަންބޮޑުދޮގުހަދާމީހެއް
    މަސަރުކާގައިމުއައްސަސާއެއްނެތް
    ކަލޭދައްކާވާކަގަބޫލުނުކުރެވޭނެ

    21
  8. ފާއިޒު

    "ރައީސުލްޖުމްހޫރިއްޔާވެސް ފުލުހުންގެ މުވައްސަސާގެ މައްޗަށް ސިޔާސީ ނުފޫޒެއް ނުފޯރުވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް" މިނިސްޓަރ ވިދާޅުވި ނަމަވެސް ތިހެނެއް ނުވާނެކަން މުޅި ދިވެހި ޤައުމު ހެކިވޭ.

    23
  9. ނަައީމް

    އިމްރާނޫ ކަލޭހަދާނެތަ ތެދެއް ކަލޭ ރައްޔިތުންގެކުރިމަތީގާ ރޯމާ ދުވާލް ނޫންތަ ގޮވަމުންގެންދިޔައީ ކެނެރީގޭ ނަސީދުއަށް ވާގިތެރިވެ އެހީތެރިވާ ކޮންމެމީހަހީ ކާފަރެހޭ ޔަހޫދީއެކޭ މިއަދު އޭނަޔަށް އެހިތެރިކަމާއި ރައްކާތެރިކަން ތިދެނީ ހަމަ ކަލޭ ވިސްނާލަބަލަ މިއަދުގެސަރުކާރުގަ ތިބީހުސްތިކަހަލަމީހުން އެމީހަކުބޮއެކަޓްކުރަންގޮވާލި ކަންކަން އެމީހެއްގެއަތަށް ވިސްނާލަބަލަ ރައީސްޔާމީން ކޮންފަދަ ސަޅި ބާރު ތަރައްގީއެއްރައްޔިތުންނަށް އެކުޑަދުވަސްކޮޅުގެތެރޭގައި އިދިކޮޅުގެ ނިފޫޒުގުގެ ތެރެއިންވެސް އެގެނެސްދެއްވީ ރައްޔިތުންގެ ޖީބުތަށްތަނަވަސްވެގެން ދިޔަގޮތް ވިސްނާލަބަލަ އޭރު އެއްކުރި ރުފިޔާކޮޅުވެސް މިހިރަގެން މިސަރުކާރުން ގެންދަނީ ގަދަކަމުން ކޮންމެފަހަރިކުވެސް ވެރިކަންލިބުނީމާ މުއައްޒަފުންގެމުސާރަ އުނިނުކުރާ އެއްފަހަރުވެސް ގޮއްސިތަ ވިސްނާލަބަލަ .....

    21
  10. ަލޭމް

    ޔޫ ބިކޭމް ވަޓް ޔޫ ހޭޓެޑް. ޕީރިއަޑް

  11. ދޮންބެ

    އަހަރުގެ އެންމެ ބޮޑު ޖޯކް! ތިކަން ތިގޮތަށް ވެއްޖެނަމަ، ރަށްރަށުގައި މިހިރަ ރުއް ތަކުން ކުރުނބާ އެޅޭ ގޮތަށް ފެންފޯއް އެޅޭނެ.

  12. އަހްމަދު

    ތިޔަމައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގުކޮށް ޝަރީއަތްހިންގައިފިނަމަ ތިޔަމަޖިލީހުގެ މަދުވެގެން 15މެމްބަރުންގެ ގޮނޑިގެއްލޭނެ އެހެންވީމަ ކިހިނެއްތިމައްސަލަ އިންސާފުވެރިކަމާއެކު ކުރިޔައްގެންދާނީ އަނެއްކާ ފިރިހެއްގެގައިގާ ފައިންޖެހީތީ އީވާގެ އެއްފައިވެސް ބިރުކޮށްލަންޖެހޭ

  13. ރައްޔިތުން

    ތިޔައީ އެންމެ ބޮޑު ދޮގާއި އޮޅުވާޅުން އަދި ކުށްހީ އެންމެ ބޮޑު ޝެއިޚް، އަގަ ތަންމިނަށް ހުޅުވާނެ އެކަމަކު އޭގައި އިންސާފު ނޯވޭ މުޅިން ހުަސް ދޮގުން އުޅެނީ، ދެއްކިހާ ލިއުންތައް ވީ އަކުރެއް ނެތް ހުސް ކަރުދާހަށް.

  14. ދާލަތު ޕާޓީ

    ކޮބާ އިމްރާނު.. މާގަދަފަދަ ވާހަ ކަ ބުނެލާފަ މައްސަލަ ބަލާނަމޭ ބުނީމަ ކަލެޔައްއައި ޕުރެޝަރުގަނޑުން ކަލެޔައް މަގާމުދީފަ ހުންނަނީ މޮހޮނައް އޮޑިދިންހެން ކަން މިހާރު ވިސްނިއްޖެ ކަމުގައި ހީ ކުރަން. މި ސަރު ކާރުގެ ލާދީނީ އެޖެންޑާގެ ކަމަ ކާއި އެއްޗެއް ކަލޭބުނެލިޔަސް ހަމަ ހަދާލާނީ ތިހެން..އެހެންވީމާ މިހާރު ތިހިރީ އަދަބުގެ އިންޒާރު ލިބި ގަމީހާއެ ކު ސައިޒު ކުރުވާފަ. ދެންވެސް އަނގަލައްޕައިގެން ހުންނާތި. ފޮޓޯ ނަގާ ގަޑީގަ ދަތްޕިލަ ފެންނަ ގޮތައް ހެވިފަ ހުންނަންޖެހޭނީ.. އެއީ ކިތަންމެ ރުހުނަސް ނުރުހުނަސް މެވެ. ލާދީނީ ޕާޓީގެ ސަރު ކާރުތަ ކުގައި މަގާމުގަ ހުރެވޭނީ އެގޮތައް.