ގޭގައި ކަރަންޓީން ކުރުމަށް ފޮނުވާ މީހުންގެ އެންޓި ބޮޑީ ޓެސްޓު ހަދަމުން އަންނަ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިހާރު ދަރުބާރުގޭގައި ޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޑައިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ، މިހާރުވެސް ރަށްރަށަށް ހޯމް ކަރަންޓީނަށް ގެންދާއިރުވެސް އެންޓި ބޯޑީ ޓެސްޓު ހަދާ ކަމަށެވެ. އަދި އެ މީހަކަށް ރަށަށް ދެވޭނީ އެ ޓެސްޓުގެ ނަތީޖާ ނައްސިވުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑޮކްޓަރު، ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މިހާރު ފުރަބަންދު ކަރަންޓީނަށް ރަށްރަށް ދާ ފަރާތްތައް ދިއުމުގެ ކުރިންވެސް އެންޓިބޮޑީ ޓެސްޓު ކުރާ ކަމަށެވެ. އަދި އެ ޓެސްޓު ކުރުމުގެ ކަންކަން ކުރިއަށްދަނީ ސޯޝަލް ސެންޓަރުގައި ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

"މި ޓެސްޓު ކުރުމަށްފަހު އައިޖީއެމް ފައްސިވާ މީހުންނަކަށް ރަށަކަށް ނުދެވޭނެ، އެ ބޭފުޅުން ޖެހޭނީ މިކޮޅުގައި މަޑުކުރަން، އެ ބޭފުޅުންގެ ޕީސީއާރް ޓެސްޓިންގ ކުރިއަށްދާނެ، ދެން އައިޖީޖީ ފައްސިވިޔަސް ރަށަށް ދެވޭގޮތަށް މި އޮތީ، ނޫނީ ދޭތި ނައްސިވިޔަސް ރަށަަށް ދެވޭނެ". ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ރަށަށް ދިއުމަށްފަހު ގޭގައި 24 ދުވަސް ވަންދެން ކަރަންޓީންވުމަށްފަހު އަލުން އެންޓިބޮޑީއަށް ޓެސްޓު ކުރާނެ ކަމަށެވެ.

"ފުރަތަމަ ދިއުމުގެ ކުރިންވެސް މި ޓެސްޓު ކުރަނީ ގިނަ ފަރާތްތަކެއް އެއްކޮށް ދަތުރު ކުރާތީވެ، އެވަގުތު އެއްވެސް ވަރަކަށް އިންފެކްޝަންގެ އަސަރު ހުރިތޯ ބެލުމުގެ ގޮތުން".

ޑރ. ނަޒްލާ ވަނީ މިގޮތަށް ދަތުރު ކުރާ ފަރާތްތަކުން ދަތުރު މަތީގައި މާސްކް އެޅުމާއި، ގައިދުރުކަން ބެހެއްޓުމަށް ހަނދާން ކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިއަދު

    މާލެއިން ޓެސް ހެދުމަށްފަހު ނަސްސިވުމުން ރަށަށް ގެނަސްލާންޗުން ފައިބާއިރު 2 ވަނަ ޓެސްޓެއް ހަދާ ކަރަންޓީނުކުރުމަށްފަހު އެޓެސްޓް ނައްސިވުމުން ދޫކޮއްލަންވީނު ދެވަނަޓެސްޓެއް ހަދާނަމަ ކީކުރަން 24 ދުވަހެއްބަލަނީ

  2. ނޭނގޭ

    މިހާރު އެލްޖީއޭ ހިންގާ އެމްޑީޕީގެ ގުންަޑާ. ރައްޔިތުން ހޮވައިފަތިބި ބައެެއެގެމައްޗަށް ބާރުފޯރުވާ ގުންޑާ. ބޯޑުވެސް އިވާލައިފަ މިގުންޑާ ރާއްޖެތެރެ ކޮންޓްރޯލުކިރަނީ ޕާޓީން ބުނާގޮތަށް.