ވަޒީފާއާ ބެހޭ ގާނޫނުގައި ވަޒީފާ ގެއްލޭ މީހުންނަށް ހާއްސަ ބާބެއް ހިމެނުމަށް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފިއެވެ.

ވަޒީފާ ގެއްލޭ މީހުންނަށް ހާއްސަ ބާބެއް ހިމެނުމަށް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ޖީހާން ވިދާޅުވީ ކޮވިޑް-19 ގެ ހާލަތު ރާއްޖެ އަށް ދިމާވެފައި ވަނިކޮށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހު ކުރާ އިރު، ވަޒީފާ ގެއްލޭ މީހުންނާއި، ވަޒީފާގެ ޔަގީންކަން ނެތް މީހުންނަށް ހާއްސަ ގޮތްތަކެއް ހަމަޖެހުމުގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށެވެ. އަދި އެފަދަ ހާލަތެއް ނެތް ނަމަވެސް ވަޒީފާ ނެތް ފަރާތްތަކަށް އިނާޔަތެއް ހަމަޖެއްސުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

"(ބާބުގެ މަގްސަދަކީ)ވަޒީފާގެ ޔަގީންކަން ގެއްލި ވަޒީފާ ގެއްލިގެން ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައިދީ އަންއެމްޕްލޯއިމެންޓް ފައިދާގެ މަގްސަދު ކަމަށްވާ ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައި ދިނުން. އެއީ އެމީހެއްގެ ކުށަކާ ނުލާ ހާލަތާއި ގުޅިގެން ނުވަތަ ކުރިމަތިކުރުވި ހާލަތަކާ ގުޅިގެން އެމީހެއްގެ ވަޒީފާ ގެއްލިއްޖެ ހާލަތެއްގައި އެމީހެއްގެ ވަޒީފާ ކަށަވަރުކޮށްދިނުމުގެ މަގްސަދުގައި ދެވޭ އެއްޗެއް،" ޖީހާން ވިދާޅުވިއެވެ.

މީގެއިތުރުން އެންމެ ކުޑަ އުޖޫރަ ދޭން ޖެހޭނީ އަސާސީ މުސާރައިގެ ގޮތުގައި ކަމަށާއި ކޮމިޓީ މަރުހަލާގައި އެކަމަށް އިތުރަށް މަޝްވަރާކުރުން މުހިންމު ކަމަށް ވެސް ޖީހާން ވިދާޅުވިއެވެ.

އަދި ޕްރޮބޭޝަންގައި ހޭދަކުރާ މުއްދަތަކީ ވަޒީފާގެ ޔަގީންކަން ކަށަވަރު ނުވާ މުއްދަތަކަށްވާ އިރު، އެ މުއްދަތު ތިން މަސް ދުވަހުން ހަ މަސްދުވަހަށް ދަންމާލުމުން މުވައްޒަފުންނަށް މާޔޫސްކަން ލިބޭނެ ކަމަށް ޖީހާން ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ވަޒީފާގެ ޔަގީންކަމެއް ނެތި އަހަރުގެ ދެބައިކުޅަ އެއްބައި ވަޒީފާގައި ހޭދަކުރަން ޖެހޭ ކަމަށާއި އެއީ ވަޒީފާ އަދާކުރާ މީހާއަށް ލިބޭ ނިކަމެތި ކަމެއްކަމަށް އޭނާ ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސަމި

  ވޒީފާ ދޭ މީހުންގެ އެއްވެސް ޙައްޤެއް ނެތީތާ ނޫނީ ތި ސިކުޑ ތަކށް ނުވަންނަނީތަ. މިއަދު ފަޒީފާ އަށް އައިސްސަ މާދަން މެސެޖް ކޮށްލާނެ އޭ ދެން ވަޒީފާ އަށް ދެވެން ނެތޭ އެހެން ތަނަކުން ވަޒީފާ ލި ބިއްޖެއޭ. އަނެއްކާ ވީ މީހަކު ހޯދަން . މުޅި ވިޔަފާރި ދަނީ މީހުން ހޯދުމުގަ. މިކަން ފުރަތަމ ހައްލު ކޮށް ބަލަ

  1
  1
 2. ދުންތަރި

  މާޤާނޫނު ދަންނަ ބަޔަކަށްވެގެން އެމްޑީޕީގެ ރޯނުއެދުރު މެމްބަރުން މުޅިޤާނޫނީ ނިޒާމު ގަޑުބަދުކޮޑް ޤާނޫނިތަކާ ޤާނޫނުއަސާސީ އެޅުންބޮޅުންކޮށްފި މީދެން މިޤައުމަށްޖެހިފަވާ ކުޑަފަދަ އާފާތެއްނޫން މި އެމްޑީޕީއަކީ

 3. ޢިހަަން

  ވަރަށް ރަގަޅު އިސްލާހެއް ، ވަޒީފާ ދޭމީހުން ހިތުހުރި ގޮތަކައް ނިކަމެތި މުވައްޒަފުންނައް ހަދަނީ! ޢަވަސް ކުރަންފެނޭ ، އަންއިމްޕޮލޮއިމެންޓް ބެނެގިޓަކީ ކޮންމެހެންވެސް ވަޒީފާ ގެއްލޭމޒިހުންނައް ވަރަށް މުހިއްމުއެއްޗެއް!

 4. ޚިނާ

  ދެ ރުފިޔާ ބައި ދީގެން ކިހިނެއް ވަޒީފާގަ އުޅޭނީ، ވިޔަފާރިވެރިން ބޮޑުކޮށް ފައިދާނަގާފަ ނިކަމެތި މުވައްޒަފުމީހާއަށް ކުޑަ މުސާރާއެއް، ފެންވަރު މީ،!