ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކަކީ ކޮތަރު ކޮށިތަކެއް ކަމަށާއި ނަމަވެސް އެތަނުގެ ކުލީގެ ގޮތުގައި މަހަކު 11000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން މީސް މީޑިއާގައި ގިނަ ބަޔަކު ނަޝީދަށް ފާޑުކިޔަމުން އެބަގެންދެއެވެ.

ނަޝީދު މީގެ ކުރިން ވެސް މިފްލެޓްތަކާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުތައް އޮޅުވާލާފައި ވާތީ ޗައިނާ ސަފީރާއި، އަދި މަޝްރޫޢު ފެށިއިރު ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ.މުހައްމަދު މުއިއްޒު ވަނީ ބައެއް ހަޤީޤަތްތައް ހާމަކޮށްދެއްވާފައެވެ. އިއްޔެ ވެސް ނަޝީދު ފްލެޓްތަކާއި ގުޅޭ ގޮތުން ދެއްކެވީ ރަނގަޅު މައުލޫމާތުތަކެއް ނޫނެވެ.

ގިނަ ބަޔަކު ނަޝީދަށް ފާޑުކިޔަމުންދަނީ މިހާރު މާލޭގައި ގިނަ މީހުން ދިރިއުޅެމުން ދަނީ ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ޖާގައަށްވުރެ ކުދި، ނަމަވެސް ނަޝީދު ވިދާޅުވާ ކުއްޔަށް ވުރެ ވެސް ބޮޑުކޮށް ކަމަށް ވާތީއެވެ.

ޓްވިޓާގައި ޚިޔާލު ފާޅުކުރި ގިނަ މީހުން ބުނެފައި ވަނީ ފްލެޓްތަކަކީ "ކޮތަރު ކޮށިތަކަކަށް ވެފައި، ކުލީގެ އަގު ބޮޑު ނަމަވެސް ތިތަން ބޭނުންވާ މީހުން އެބަތިބި" ކަމަށާއި އެހެންކަމުން ލަސްކުރުމެއް ނެތި ފްލްޓްތައް ހަވާލު ކުރުން އެދޭކަމަށެވެ.

މީހަކު ކުރި ޓްވީޓެއްގައި ބުނީ މިހާރު މާލޭގައި 18000 ރުފިޔާގެ ކުއްޔެއް ދައްކަން އުޅެން ޖެހިފައި ވަނީ "މީދަލަކަށް ވެސް ނޫޅެވޭ ވަރުގެ ކުޑަތަނެއްގައި" ކަމަށެވެ. އަދި ނަޝީދުގެ ޓްވީޓްގައި ހިމަނާފައިވާ މައުލޫމާތުތަކަކީ ރަނގަޅު މައުލޫމާތުތަކެއް ނޫން ކަމަށް އޭނާ ބުނެފައި ވެއެވެ.

އިތުރު މީހަކު ބުނީ "ޕެންޓްހައުސްތަކުގައި އުޅުއްވާ ބޭފުޅުން މިކުޑަވެދާނެ. ވަންނާނެ ތަނެއް ނެތިފައި ތިބި އެތައް ބަޔަކު އެބަތިބި. ޖާނާއި މާލުން ގުރުބާން ވެގެން 20000 ރުފިޔާ އާއި 30000 ރުފިޔާގެ ކުލި ދީގެން އުޅޭ ކޮތަރު ކޮއްޓަށްވުރެ މިތައް ހާސްބައި ރަނގަޅު." ކަމަށެވެ.

ކޮތަރުކޮށީގައި ވެސް ރަނގަޅު ދިރިއުޅުމެއް އުޅެވޭނެކަމަށް އުންމީދުކޮށްގެން ތިބި މީހުން އެބައުޅޭ ކަމަށާއި މަގުމަތިވެ ނުވަތަ އަމިއްލަ ގެދޮރުވެރިކަމެއް ނެތް ބަޔަކަށް ތި ކޮތަރު ކޮށީގައި ވެސް އުޅެވޭނެ ކަމަށް އިތުރު މީހަކު ބުނެފައި ވެއެވެ.

"ކޮތަރު ކޮށްޓޭ، ދަންތުރައޭ ނުކިޔާ ތީގެ ހައްގުވެރިންނަށް ހާވާލު ކުރީމަ ނިމުނީއޭ! ހަވާލު ކުރަން ނުކެރިގެން ތިއުޅެނީ ކޮންކަމަކާ ލައިގެންތަ؟ ބަލަ ތިއީ ރައީސް ޔާމީންގެ ސަރުކާރުން ބަޔަކަށް ދީފައިހުރި ފުލެޓް ތަކެކޭ." އިތުރު މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވެއެވެ.

ބައެއް މީހުން ވަނީ ނަޝީދުގެ ވެރިކަމުގައި ހުޅުމާލޭގައި އިމާރާތްކުރި ބައެއް ފްލެޓްތަކުގެ ސައިޒާއި، އަދި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ސައިޒާއި، އެތަންތަނުގެ ފެންވަރާއި މެދު ވެސް ސުވާލުކޮށް، ނަޝީދަށް ފާޑުކިޔާފައެވެ.

ފްލެޓްތައް ކުއްޔަށް ދެވޭނީ 11000 ރުފިޔާ އަށް ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ޔާމީންގެ ސަރުކާރުން ނިންމާފައި އޮތީ ފްލެޓެއް 5600 ރުފިޔާއަށް ކުއްޔަށް ދޭށެވެ. އެނިންމުން އެނގޭ ބައެއް ލިޔުންތައް ވެސް މީސް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ 7000 ހައުސިން ޔުނިޓްގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ނަމަވެސް އެފްލެޓްތައް ހަވާލު ކޮށްފައި ވަނީ ހައްޤުވެރިންނަށް ކަމަށް މިސަރުކާރަށް ގަބޫލު ނުކުރެވޭތީ ފްލެޓްތައް ހައްޤުވެރިންނަށް ދިނުމުގެ މަސައްކަތް ދޮޅު އަހަރު ދުވަސް ވެގެން ދިޔައިރު ވެސް ނުނިމި، ފްލެޓްތައް ހަވާލު ކުރުމުގެ މަސައްކަތް ވަނީ ލަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ޣުރޭޓް

    މީނަގެ ކިބައިން ގައުމު ސަލާމަތް ކުރަން އެންމެން އުޅެމާ ހިނގާ

    252
    4
    • ހަސީލާ

      މީނާގެ ކިބައިން ދިވެހިރާއްޖެ މިންޖު ވެއްޖެއިޔާ ހުރިހާ ދިމާލަކުންވެސް ސުލްހަވެރިކަމާއި އެއްބައިވަންތަކަން ރާއްޖޭގައި ދިރިގެންދާނެ. މިއީ ޖޯކެއް ނޫން.. މިބުނަނީ ހަގީގަތެއްގެވާހަކަ. ރާއްޖޭގައި އުފެދިފައިވާ ގިނަ ބޮޑެތި ފިތުނައިގެ ދެކޮޅުވެރިކަމުގެ މުލުގައި ހުރީ މީނާ. ޖޯޖް ފުލޯޔިޑްގެ މަރާއި ގުޅިގެން ހިނގަމުންއަންނަފަދަ އަޕްރައިސިންނެއް މީނާއާއި ދެކޮޅައް ރާއްޖޭގައި ހިންގައިގެން މެނުވީ އެއްބައިވަންތަކަމާ މިނިވަންކަނައް އުފެދިފައިވާ ނުރައްކަލުން ސަލާމަތެއް ނެތްވާކަށެއް. މީނާގެ ލާދީނީ ކަމުން އޭރުގެ އޮޕޮޒިޝަންގައި ތިބި އެންމެން އެއްގަލަކައް އަރައިގަތްފަހުން ރާއްޖެއަށް ހެޔޮ ވެރިކަމަކާއި ސުލްހަ ލިބިގެން ދިޔަ. އެކަމަކު ހަމަ އޭރުގަ މީނަ ލާދީނީއޭ ކީމީހުން މީނާގެ ފަހަތައް އަރައި މިހާރު އެތިބީ ސަރުކާތު މަގާމުތަކުގައި. އެމީހުންގެ ކިބައިންވެސް ގައުމު މިންޖުކުރަން ޖެހޭ. އެބަޔެއްގެ ހާލާތު ބަދަލުވާނީ އެބަޔަކު އެހާލާތު ބަދަލު ކުރަން މަސައްކަތްކޮއްގެން.

      109
      4
    • ވިސްނާލުމަށް އެދެމޭ

      އެއްކަމެވެސް ނުވާނެ އޭނައާދޭތެރޭގަ..އެކަން އޭނައަށް އިގޭތީ އެކަހަލަ ވާހަކަދައްކަނީ. ބަލަންތިބޭ ދެން އެއްމެއަވަހަށް ވޯޓެއޮވެއްޖެނަމަ ކަންވާގޮތް..ބޮނޑިބަތް ކައްކާފަ ފޯރިގަދަ ލަވައެއްޖަހާފަ މޑޕގެ ދިދަފަތި ދަމާލުމުން ރައްޔިތުންގެ ގިނަބަޔަކު މިހާރު މޑޕއާ މިސަރުކާރާ އައްނިއާ އިބުރާހިމާ މެދު މިއޮތް ނުތަނަވަސްކަންފިލާ އެއްމެން އެއްފަހަރާ ޑާންސްކުރަންފަށާނެ...އަނެއްކާ އަނެއް އިންތިހާބުގެ ވޯޓުން މޮޅުވެސް ކޮއްދޭނެ..އެމީހުންދައްކާ ވާހަކަތަކަށް އަތްވެސްޖަހާނެ.. ކަމެއިސްލާހުވާނީ ފުރަތަމަ ރައްޔިތުން ހެޔޮބުއްދީގަ ވިސްނާނަމަތާ..ޢާފިލުވެތިބެ ދުނިޔޭގެ އެދުމަށްހެއްލިފަތިބެ ކޮންކަމެ އިސްލާހުވާނީ...އެހެންގޮތެނެތިއްޔާ ފައިސާކޮޅެ ދިއްކޮއްލީ އައިޑީކާޑުވެސް މޑޕއަށްދޭނެ....

      84
      4
    • Anonymous

      އާމީން

      11
  2. Anonymous

    މިމީހުނައް 2 އަހަރު ވެގެން ދާއިރު އެއްކަމެއްވެސް ނެތް ކުރެވިފައި ކޮރަޕްޝަނާއި ވައްކަން ވިޔަވައި.

    216
  3. ކެނަރީދައްޖާޅޫ

    ކަލޭ ބޮޑެތި ސިންގާ ތަންނުގަ ރައްޔިތުންގެލާރި ފެލައިން ކައިގެން އޮތަސް ރައްޔިތުން އުޅެނީ ދެ އިރައްކައިގެން. މިހާރން މިހާރައް މިގައުން ދާންއުޅޭ ނޫނޫ ރައްޔިތުން ނުކުމެ 7ފެބުރުއަރީގެ ހަނދާން އާކުރާނެ

    195
    2
  4. ވަގުތަކަށް ނޭނގޭ.

    ތިއީ ވަގުތުން ހީވާގޮތް. ހަގީގަތަކީ ގިނަ ދިވެހި ރައްޔިތުން އަދިވެސް ސަޕޯޓް މިކުރަނީ އެމްޑީޕީ އަންނިއަށް. ޓްވިޓަރ ބަލާލުމުން މިކަން ރަނގަޅަށް ފެންނާނެ. އަދިވެސް އެމީހުން ޔާމީނަކީ ވަގެއް ކަމަށް މިގޮވަނީ. އެމްޕީއާރުސީގެ ވަގުން އެތިބީ މިނިސްޓްރީކަން ކުރަން. ޔާމީނާކީ ސްކޭޕްގޯޓް. ހިތަށް އަރާ އަންނިއަށް ސަޕޯޓްކުރާ ދިވެހިންގެ ސިކުނޑިތައް ވަނީ ކިހިނެއްވެފަތޯ. އަންނިއަށް ސަޕޯޓްކުރާ ފަރާތްތަކަށް ފްލެޓް ތަކުގެ މައްސަލައިގެ ވަގަކީ އަންނިއެއް ނޫން. ވަގަކަށް މިވަނީ މުއިއްޒު.

    17
    67
  5. ވަހީދާ

    ތިކޮތަރުކޮށިފްލެޓްތަކުން 2018ނޮވެމްބަރ އާހަމައަށްނެރުނުލިސްޓާއިފަހުން 2019ގަ މިހާރުޗެކްކުރަމުންދާ ލިސްޓުން އެމް.ޑީ.ޕީ ބޭފުޅުން އުނިކޮށްލާ އެފަރާތް ތަކަށް މިސަރުކާރުން އަޅުއްވާ 20000 ފްލެޓުން ދެއްވާ ގޮތަށް ހަމަޖެއްސަވައިފިނަމަގެދޮރު ވެރިކަމަށް އެދިއެދި ތިބިމާލޭ ބޭފުޅުންނާ އަތޮޅުތެރޭގެބޭފުޅުންނަށްކުރީސަރުކާރުން ހެއްދެވިކޮތަރުކޮށިންލިބޭގޮތްވުންއެއީވަރަށް ބޮޑުއުފާވެރިކަމަކަށްވާނެކަންޔަޤީން.

    52
  6. ހަސަން

    މުޖުތަމައުތެރޭ ގަ ފިތުނަ އުފައްދާ، ދޮގުހަދާ މުނާފިގެއް ގެ ސިފަލިބިގެންވާ މީހެއް ކެނެރީގެ ނަޝީދް އަކީ ، މީނަގެ ކިބަަައިން މިގައުމުސަލާމަށްކުރަން ދިވެހިން ވެއްޖެ.

    63
  7. ޝައުގީޒް

    ނަޝީދުމެންގެ ދެއުޅިއެއް ރައްބެއް ރަސޫލެއް އާޚިރަތެއް ނުވާ ވިސްނުމުގައި ތިޔަ ފުލެޓްތައް ހައްގުވާނީ ހަމައެކަނި އެމްޑީޕީގެ މެމްބަރުންނަށެވެ.

    38
  8. މީދާ ހާލި

    މިހާރު ދިރިއުޅެމުން ގެންދަނީ 15000 ރުފިޔާ އަށް 25000 ރުފިޔާއަށް ކުއްޔަށް ހިފައިގެން އުޅޭ މީދާހާލި ފަދަ ތަންތަނުގައި ކަން ނޭގުނީތީ، ހިތާމަ ކުރަމެވެ. 5600 ރުފިޔާއަށް ނުވަތަ 11000 ރުފިޔާއަށް ހުރި ކޮތަރު ކޮށި ކަމުގައިވި ނަމަވެސް އެތަންތަން އަވަހަށް ހަވާލުކޮށް ދޭށެވެ. ޔާމިން ސަރުކާރުން ކޮށްފައިހުރި މަސައްކަތް ލޮލަށް ފެންނަން އެހުއްޓެވެ. އެމްޑީޕީ އިން ކުރި އެއްވެސް ކަމެއް ލޮލަށް ފެންނާކަށް ނެތެވެ. އެހެން ކަމުން ތިދެއްކޭ ވާހަކަ ރީތިކޮށްލާފައި އަލުން ދައްކަން ފަށާށެވެ.

    51
    1
  9. އެކްޓަރ

    ދިވެހިން އަޅެ ހޭ އަރަންވެއްޖެނުން..ނަޝީދު ދައްކާ ވާހަކަ ތަކަކީ މުޅިން ދޮގްކަން އިނގޭއިރުވެސް އޭނާ ނަގާ މަތިގެއަށްލާ .. ދެންމިފަދަ ކަނޑުކޮސް ވާހަކަ ދެއްކީމަ އަހަރަމެން ރަތަށް... ބޭފުންނޭ އެއީ 550 އަކަފޫޓް.. މުޅި މާލޭގައި 3 ކޮޓަރި ހަދާފަ ހުންނާނީ އެވެރެޖް 550 އަކަފޫޓް ނުވަތަ 600 އަކަފޫޓްގ. މިތަން ރ.ޔާމިން ޑިޒައިންކޮށް ބޭނުންފުޅުވީ ކުލި 4000ރ އަދި މެިންޓަނެންސްފީ 1000ރ ޖުމ 5000ރ .. ކޮންމެ އަޕާޓްމަންޓެއް ހަދަން ކޮންޓްރެކްޓް ފައިނޭންސް އަކީ ގާތްގަޑަކަށް 67000 ޑޮލަރ .. އެއީ 1 މިލިއަން ތިއްތިރީސް ހާސްރުފިއާ.. މިއަގަށް ބެލީމަ 20 އަހަރުން ދައުލަތަށް ލިބޭނެ 1.2 މިލިއަން.. ސަރުކަށް ފުލެޓްއަކުން 2 ލައްކަ ފައިދާވާނެ... ރ.ޔާމިން ބޭނުންފުޅުވީ މިއިން ދައުލަތަށް އެއްވެސް ފައިދާއެއްނެތި އިޖުތިމާއީ ބޯހިޔާ ވަހިކަމަށް ރަނުން ރަނަށް ދޭން.
    .........އަދި ބަލާލަމާތޯ .....
    1 މާސްޓަރ ބެޑްރޫމް 164 އަކަފޫޓް ފާޚާނާއެކު
    2 . ރޫމް.. 124 އަކަފޫޓް.. ފާޚާނާއެކު
    ބާކީ 262 އަކަފޫޓް ސިޓިން ރޫމް ބަދިގެ..ވޯޝިންގް މެޝިން ސްޕޭސް. ...
    ހުޅުމާލެއިން މިހާރު ދީފަ ހުރި ފުލެޓް ތަކުގަވެސް ހުރީ މިފަދަ ސްޕޭސްއަށް 220 އަކަފޫޓް...
    މިއީ ރާއްޖޭގެ ވެރިކަންކުރާ ރަށް ބަދަލުކޮށްލި ބޮޑް މަޝްރޫއު... ފުލެޓްތައް ދެވިފައިހުރީ ހައްގުވެރިންނަށް . އެއީ މާލޭގެ ރައްޔިތުންނަށް 4300 ވަރަކަށް ފުލެޓް ލިބިފައިވާނެ.... މިއީ އެންމެހާ ރައްޔިތުން ޝާމިލްވާގޮތަށް، ޒުވާނުންނާއި، ދަފުތަރުގައި ގިނަދުވަސްވ މީހުން، ޓީޗަރުން
    އެކަނިވެރިމައިން ސިފައިން ފުލުހުން ޑރ ން. އެންމެންގެ ހައްގެއް. ދެއްވާ...ޕާޓީ ކުދިންނަށް ދިނުމަށް ހައްގުވެރިން އަތުން އެހައްގު އަތުނުލައްވާ.. މިހެން ހެދިޔަސް ޕީޕީއެމްގެ ވެރިކަމުގައި މިހައްގު ރުޖޫކުރާނެ...ސާފުވެއްޖެތޯ.

    55
    1
  10. ފައްކާ

    ތީމިޤައުމުގެވަގުކޮތަރު

    ރައްޔިތުމީހާ މިވަގު ދަންތުރައަކަށްލާންވެއްޖެ އެންނު

    ޥެރިކަމެއްވެސް. ރައީސްކަމެއްވެސް ނުކުރެވޭނެ

    މީނައެ ބުނާ ޖަޒީރާރާއްޖެކޮ ބާ
    ޢަނެ އްދިވެހިރާއްޖެ ކޮ ބާ
    ނިއު މޯލްޑިވްސްކޮ ބާ

    މިކަލޭގެ އެއުޅެނީ އިންޑިޔާމީހުންގެ ހުވަފެންތަކެއް އިބިލީހު ގެ ދޮގުތައް
    ހިޔާލަށްވެސް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ. ނުގެނެވޭ ބޮޑެތިދޮގު އޮޅުވާލުން ގެންގުޅޭ މީހެއް

    ޢެއްކަމެއްވެ ސް ކޮަށްދެވޭނެ ގަމާރެއްނޫން މީ

    37
  11. ސަންސެޓް1

    ނަޝީދު އެއްޗެއް ބުނެގެން ރަތަށް އަރާނީ މޮޔައިން. އޭނާގެ ބަލި އެންމެނަށްވެސް އެގެން ވާނެ.

    38
  12. ދިރާސާ

    ފުލެޓްތައް ހަވާލްނުކޮށް ލަސްކުރަމުންދަނީ ވަރަށްބޮޑު މަކަރު
    ވެރި ރޭވުމެއްގެ ތެރެއިންނެވެ. 2023 ގެ އިންތިޚާބަށް
    ކައިރިކޮށްފައި ގުނޑާއިންނަށް އެތަންތަން ދޫކޮށްލުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ސަބަބަކީ ގުންޑާ މޑޕއަށް ދެން
    ކުރިއަށްއޮތް ދުވަސްތަގައި ކުރެވޭ އެއްވެސްކަމެއް ނެތެވެ އެހެންވީމާ ނިމިފައިވާ ފުލެޓްތައް ދޫކުރުން އެކިއެކި ބަހަނާގައި ލަސް ކުރަމުންދާނެއެވެ ބޭނުމަކީ2023ގެ ކެމްޕޭނަށް ފުލެޓްތައް ޚަރަދުކުކުރުމެވެ.

    31
  13. މައްލާ

    ޔާމިނުގެ ވެރިކަމުގަ ލޮލަށް ފެންނަހެން ކަންކަން ދައްކާލީމަ އެކަމާ އަހަރެންނަކަށް އިދިކޮޅެއް ނުހެދުނު. ވަކިމީހަކު ވަކިކަމެއް ކުރާނެ ކަމުގެ ވިސްނުން ދިޔައީ. ތި ފޮޓޯއިން ތިފެންނަނީ އެކަހަލަ އެއް ކަމެއް. އެކަމާއިދިކޮޅެއް ނުހެދޭނެ. ފުރަތަމް ކަމެއް ކުރަން ޖެހެނީ އެކަން ދެވަނަ ފަހަރު ކުރާއިރު އެއަށްވުރެ ރަނގަޅުވާނެ.ތި ރަށަށް އަރާލީމަ ކުރުމުއްދަތެއްގަ ކޮށްފަ ހުރި ކަންކަން ފެނުނީމަ ހައިރާން ވޭ. އެހެން ވެދާނެ އޭރު މިގައުމުގެ ފަހަތު ގަ އޮތީ ޓެކުނޮލޮޖީ އަާފައިސާ. ދެން ހަލުވި ކަމާއެކު ދަން ދުވަސް ނަގާނެ ކަމަށް ފެނޭ. މިއީ ދެރަކަމެއް.

    21
    1
  14. މުހައްމަދު

    ބިއްޖެހި ފަތިބިބަޔަކަ ނޭގޭނެ ވާއެނުވާއެއް

    24
  15. ޖުހާ

    އާނ، ތިތަންތަން މުއިއްޒުގެ ލިސްޓަށް ދީ. އޭރަށް ޕީޕީ މީހުންނަށްވެސް އިނގޭނެ ތިތަނުގެ ހާލަތު. އެއްހޮރުން ނިކުމެގެން އަނެއް ހޮރަށް ވަދެވޭނީ. އަމާ ބުނީތީ ފަރަށްދާ އުސޫލުން ކަންކަން ކޮށްފަ އޮތީ. އެހެނޏާ އަޅާފަ ހުރީ 3 ކޮޓަރި އެޕާޓްމަންޓް. މިފަހަރު ހުރީ އެންމެ 2 ކޮޓަރި. އެނދަކާ އަލަމާރި އެއް ބަހައްޓައިފިއްޔާ ނަމާދު ކޮށްލާނެ ޖާގަވެސް ނެތް. ހާލުގަ އުޅޭ ބަޔަކަށް އެހެން ގޮތެއް ހޯދާދޭނީ މިހެންތަ. ދެ ޖިންސުގެ ކުދިން ގޮވައިގެން ހަމަ އަނެއްކާވެސް އެއް ކޮޓަރިއަކަށް. 20000 ޑައުންޕޭމަންޓަށް ދައްކާފަ 5600 ކުއްޔައް ދައްކާކަށް ވޯތްއެއް ނޫން. ނޫސްވެރިންނަށް ކެރެންޏާ އެތަނަށް ވަދެ ރަގަޅަށް މިން ނަގާލާފަ ރިޕޯޓެއް ގެނެސްދީބަލަ. އޭރަށްވެސް ހަގީގަތް ހާމަ ވާނެ

    2
    18
    • ޖުހާގެ ބޭބެ

      ޖުހާ ކޮއިފުޅާ އަހަރެމެން ބޭނުން ކިތަންމެ ކުޑަވިޔަސް އެއި ކުލި ދައްކާލަ ދައްކަލަ ތިބުމަށް ވުރެން މާރަނގަޅު ތިތަނެއްވެސް ލިބުން އަހަރެމެން ޝުކުރުކުރަން ޖުހާ ހުރޭ

  16. މަޖުބޫރީހާލަތް..

    އެއީކެރަފާގޭ ނަސީދާ ބެހޭކަމެއްނޫން ނުވާވަރު ކަންތަކައް ބޯނުގަޅަ އިސްތިޔުފާދީފަ ގޮނޑިދުއްވަންދޭ ޕީޕީއެމް ވެރިކަމައް އައިސް އަގުހެޔޮކޮއް ތިތަންތަން ކުއްޔައް ދޭނެ ބުރިޖުވެސް އެއޮތީ އަޅާފަ ދެންޖެހޭނީ ވެރިކަމުގަ ތި ބެންޏާ ބުރިޖުވެސް އަޅަން

    14
  17. ޙައި

    އިރަކު މަވެސް މޑޕ އެކަމަކު ދެން އަންނި ހުރިހާ ހިނދަކު ވައްސަލާން

    15
  18. ފިނދަނަ

    ކޮތަރުކޮއްޓެއް ކީއްކުރަން ފިނދަނަކޮއްޓެއްވެސް ހިޔެއްނުވެ ދެން މިބައިމީހުންނައްއެޅޭނެހެން

    16
  19. އިބޫދާއޫދު

    މި ނަޝީދަކީ ފިތުނަ އުފައްދަން އުޅޭ މީހެއް. ޢެބުނާ ކޮތަރުކޮށި ކޮޓަރިތަކުގެ ސައިޒަކީ އެއް ކޮޓަރީގަ ދިގުމިން 11.5 ފޫޓު އަދި ފުޅާ 9.2 ފޫޓް، ދެވަނަ ކޮޓަރީގަ ދިގުމުން 10.10 ފޫޓު އަދި ފުޅާމިން 9.2 ފޫޓު. އެއީ މާލޭގަ ސޯޅަހާހައް ނުވަތަ އަށާރަ ހާހައް ކުއްޔަށްދޭ 2 ކޮޓަރި އެޕާޓްމަންޓްގެ ކޮޓަރީގެ ސައިޒުތައް. ހިޔާ ފުލެޓްތައް މަހަކު 6600 ރުފިޔާއަށްވީމަ ކިހާ ބެސްޓް

    15
  20. ހޫދު

    އޭނައަށް އާނު އެޅީމަވެސް އެހެރަ 16 ކޮތަރު ހަމަނުފެންނަނީތޯ.... މީދާކޮއްޓެއްވެސް ނުލިބިގެން މިތިބީ...

    11
  21. އައްޔު

    7000 ފްލެޓްއަޅައިދީފަ ދިޔައީ 02 އަހަރު ވެއްޖެ ހަވާލެއް ނުކުރެވުނު ކޮތަރުކޮށިވީމަ ވެއްޖެތާ ހަވާލުކުރަން

    16
  22. Anonymous

    މީނާގެ ކިބައިން މި ގައުމު ސަލާމަތެއް ނުވާނެ. މި ގައުމުގައި ގިނައީ މީނާގެ ފަހަތުގައި އުޅޭ މީނާ ކަހަލަ ބީތާއިން. ދެން ކިހިނެއް މީނާގެ ކިބައިން މި ގައުމު ސަލާމަތް ވާނީ.

  23. ޢިބިރިހިމްބެޔާ

    އަހަރެންހިތައްއަރާ ކަލޭމެން ނައްދެއްވިސިކުނޑީގެބޭނުންކުރެވޭނީ ކޮންދުވަހަކުންތަ