ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިހާރުގެ ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ ޖަލަށް ލުމަށް ޙުކުމް ކުރި ނަމަވެސް ޖަލަށް ވުރެ ގިނަ ދުވަސް އިމްރާން ހޭދަކުރެއްވީ ގޭގައި ކަމަށް ވިދާޅުވެ، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު، މިނިސްޓަރ އިމްރާނަށް ރައްދު ދެއްވައިފިއެވެ.

އިމްރާން ޖަލުގައި ހުންނެވި ދުވަސްވަރު، އޭނާއަށް ޖަލުން ލިބުނު ވަސީލަތްތަކަށްވުރެ، ރައީސް ޔާމީނަށް ޖަލުން ލިބޭ ވަސީލަތްތައް ގިނަ ވާނެ ކަމަށް އިމްރާން ރޭ ވިދާޅުވުމުން އެކަމަށް ރައްދު ދެއްވާ ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ރައީސް ޔާމީން ވެރިކަން ނިމުނުއިރު ވެސް ޝައިހް ހުންނެވީ ގޭގައި. ރޯދަ މަހުވެސް އީދު ދުވަހު ވެސް ގޭގައި. ބޭފުޅަކު ލިބިވަޑައިގަތީމަ ވެސް ގޭގައި. ޖަލަށް ވުރެ ގިނަ ދުވަސް ހޭދަކުރެއްވީ ގޭގައި." ކަމަށެވެ.

ނަމަވެސް ރައީސް ޔާމީން ޖަލަށް ލެއްވި ގޮތެއް އެހުންނެވީ ޖަލުގައި ކަމަށާއި. އެހެންކަމުން އެމަނިކުފާނު ގެއަށް ބަދަލު ކޮށްދެއްވުމަށް ޝަހީމް އެދިވަޑައިގެންނެވިއެވެ.

ޔާމީންގެ މައްޗަށް މިދިޔަ އަހަރު އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމާއި ގުޅިގެން އެމަނިކުފާނު ޖަލުގައި ހުންނެވިއިރު، އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ގެއަށް ބަދަލު ކޮށްދެއްވުމަށް ޑޮކްޓަރުންނާއި، ޤާނޫނީ ވަކީލުން ވެސް ގެންދެވަނީ އެދިވަޑައިގަންނަވަމުންނެވެ.

ޔާމީންގެ ވެރިކަމުގައި އިމްރާން ޖަލަށްލީ 01 މެއި 2015 ވަނަ ދުވަހު މާލޭގައި ބޭއްވި މުޒާހަރާ އާއި ގުޅިގެންނެވެ. އެމުޒާހަރާގައި ވާހަކަދައްކަވަމުން އިމްރާން ވަނީ ޑރ.އަފްރާޝީމް އަލީގެ މަރުގެ ހަޤީޤަތް ރައީސް ޔާމީނާއި އޭރުގެ ޓްއަރިޒަމް މިނިސްޓަރ އަހްމަދު އަދީބަށް އެނގޭނެ ކަމުގެ ހެކި އެބަހުރި ކަމަށް ބުނެ ލިޔުންތަކެއް ވެސް ދައްކާފައެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އިމްރާން ދެއްކި ލިޔުންތަކަކީ ނޫހެއްގެ ވެބް ޕޭޖްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ތެދު

    މީ އަޅެ ދީނީ އިލްމުވެރިއެއްތަ ނޫނީ ސިޔާސީ އިލްމުވެރިއެއްތަ. ބައެއް ދުވަސް ދުވަހު ދީނީ ވީޑިޔޯ އަނެއްދުވަހަކު ކޮންމެސް މީހަކާ ޖައްސާލައިގެން އުޅުން. ލަދެއް ނުގަނޭތަ މުފްތީމެންކްމެންކް މެން އުޅޭހެން އުޅެ ބަލަ. ބަލަ ވައްކަން ކުރުމާ ، ދޮގު ހެދުމަކީ ވެސް ފާފަޔޭ

    7
    29
  2. ރައްޔިތުން

    ތިޔަހަރަ ކަންކަމުން އެނގި ހާމަ ވަނީ ޒާތީ ތަޢައްސަބު ވަރަށް ބޮޑުކަން، އިސްލާމީ ޝަރީޢަތަށްވުރެ ޒާތީ ކަމާއި ފަސާދަ އާއި އަމިއްލަ ޖާހަތު އިސްކޮށް ބަދަލު ހިފުމުގެ ގޮތް ގަނޑު ރާއްޖޭގައި އަށަގަނުވައިފި ކަން، މާފު ކުރުމާއި ހަމަހަމަކަން ގެއްލި ހިގައްޖެކަން. އަނިޔާޣެ ބަދަލު އަނިޔާ، ވައްކަމުގެ ބަދަލު ވައްކަން، ގެއްލުމުގެ ބަދަލު ގެއްލުން މިއީ މިހާރި ފެންނަމުންދާ ކަންކަން، މުސްތަޤުބަލަށް އަދުލުވެރިކަން ޤާއިމުގެ ހެޔޮ ތަޞައްވުރެއް ގެނުވާނެ ބަޔަކަށް ދިވެހި ރާއްޖެ ބޭނުންވޭ.

    20
    1
  3. ނިއުމާ

    ޑރ. ޝަހީމް އަށް ދަންނަވަން. މިއަދު އިމްރާން ހުރީ ރައީސް ޔާމީނަށްވުރެވެސް ހާލަތު ދަށްކޮށް. އަމިއްލަ މީހާއާ ޕާޓީގެ ދިފާއުގަވެސް އެއްޗެއް ބުނެނުލެވެހާ ވަރަށް ފިތިފަ. ދީން ކިޔަވައިގެން ސެކިއުލރ އޮޑިއެއްގެ ދިރުނބާކޮޅަށް އެރީމަ ވާނެ ހައެތި ވެފައެހެރީ. އަލިޕީ، އަބްދުއްالله ރަޝީދުގެ ހާލަކީވެސް އެއީ.

    34
    1
  4. ބުރުހާން

    އިމްރާން ޖަލަށްލީ ޔާމީނުގެ ވެރިކަމުގެ ދިފާއުގައި ނަމަވެސް ޔާމީނު ޖަލަށްލީ ރާއްޖެދުށް އެންމެ ބޮޑު ޚިޔާނާތުގައި. ޔާމީނު ގޭގައި ބަހައްންޏާ ނިކަމެތިންވެސް ގެއަށް ބަދަލުކޮށްދޭން ޖެހޭނެ.

    4
    34
    • ޙާމިދު

      އެކަންކުރި އަދީބު އާ ޒިޔަތު ގޭގަ ބަހައްޓާފަ އެހުރީ ދެން ކީއްވެޔޯ. އެދެމީހުން ގޭގަ ހުރިއްޔާ އެހެން އެންމެންވެސް ގޭގަ ބަހައްޓަން ވީނު.

      21
      1
  5. ހާރަ

    ބަލަ ޔާމީނަށް އޭރުވެސް އެގޭ އިމްރާން ޖަލަށްލީ އެއްވެސް އިންސާފުން ނޫންކަމާއި ކުށެއް ކޮއްގެން ނޫންކަން. އެހެންވީމަ ޖަލަށް ހުކުމްކޮއްލައިގެން ބިރުދައްކަން ގޭގަ ބަހައްޓާފަ ހުރީވެސް ކޮޅުބަދަލު ކުރުވަންވެގެން ތިޔަ ޝަހީމުމެންގެ ލަފަޔަށް. އެކަމަކު ދިޔައީ ޗޮކުން. ޔާމީން ޖަލަށްލާފަހުރީ ދުވާލުގެ އަލިކަމުގައި ރައްޔިތުންގެ ޚަޒާނާއިން ވައްކަންކޮއް ޚަޒާނާ ލޫޓުވުވައި ހުސްކުރުމުން ހުރިހާ ރައްޔިތުންނަށް ފެންނަހެން ކުރި ޝަރީއަތަކުން ކުށް ސާބިތުވެގެން. ދެން ނުޖެހޭ ހުކުމް ހަމަނުވަނީސް ގެއަށް ގެންދާކަށް. އަދި އޮތީ ޖަލު ހުކުމްތައް ކުރިއަށް ވަގުކަލޭގެއަށް. މީއަދި އެން މައްސަލައިގެ ހުކުމް. ސަތޭކަ މައްސަލަ އެބައޮތް ކުރިއަށް.

    2
    26
  6. ދޮން ބަބުރު ސޮރު

    "ރޯދަ މަހުވެސް އީދު ދުވަހު ވެސް ގޭގައި. ބޭފުޅަކު ލިބިވަޑައިގަތީމަ ވެސް ގޭގައި. ޖަލަށް ވުރެ ގިނަ ދުވަސް ހޭދަކުރެއްވީ ގޭގައި ކަމަށެވެ." އެއީ އިންސާފުތޯ؟ ކަލޭމެން ވެރިކަން ހިިންގީ ބޭއިންސާފުން، ޖަލުގަ ހުރީ ޢިމްރާން އެކަނިތޯ ނުވަތަ ކޯޓުން ޙުކުމް ކުރީ ގިނަދުވަހު ގޭގަ ބަހައްޓަންތޯ؟؟؟

    2
    12
  7. Anonymous

    މިވަރުން އޭނާ ދޫކޮށްލަން ގޮވާނެ ނިދީގައި ހުވަފެނުގައި ވެސް.

    3
    8
  8. ލޮލްލޮލް

    މި ބޯވަ ކުއްލިއަކަށް ނިކުމެ ނުބެހޭ ކަމެއް ނެތް..އަހަރުންނަށް ޖެހިފަ ހުރި ބަލާވެރިން މަދީތަ..މަޖްލިސް ރައީސްގެ ބަލާއިން ސަލާމަތް ނުވެވި އުޅޭއިރު ޝަހީމް ކަލޭ ހުވާ މިބުނީ ދީނަށްޓަކައި ނުވަންޏާ ވަތަނަށްޓަކައި ތިޔަ އަނގަ މައިތިރި ކޮއްބަލަ..

    2
    17
  9. ޢިކުރާމު.

    އަދުލުއިންސާފު ގާއި މުކުރޭ އަދުލުއިންސާފު ގާއި މުކުރޭ އަދުލުއިންސާފު ގާއި މުކުރޭ އަދުލުއިންސާފު ގާއި މުކުރޭ އަނިޔާކުރުން ހުއްޓާލާ އަނިޔާކުރުން ހުއްޓާލާ ޕެންޝަންފަންޑުން ވައްކަން ނުކުރޭ ޕެންޝަންފަންޑުން ވައްކަންނުކުރޭ ސެލްފީބޯއީ އިސްޔުފާ ސެލްފީބޯއީ އިސްތުފާ ބަނބުކެޔޮ ސަރުކާރު އިސްތިޔުފާ