ފިރިހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ފިރިހެން ޤުރުއާން ޓީޗަރެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ރަށެއްގައި ޤުރުއާން ކުލާހެއް ހިންގާ 28 އަހަރުގެ ދިވެހި ފިރިހެނަކު އޭނާގެ ދަރިވަރުންނަށް (18 އަހަރައު ނުފުރޭ ފިރިހެން ކުދިން ތަކަކަށް) ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް މިމަހުގެ 6 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނެނީ ހއ.އަތޮޅާއި ހދ.އަތޮޅާއި ށ.އަތޮޅެވެ. މިއީ ކުޑަކުދިން ހިމެނޭ މައްސަލައަކަށް ވާތީ، ހާދިސާ ހިނގި ރަށެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ވިދާޅުވީ ކުޑަކުދިންނާއި ގުޅުންހުރި މައްސަލަ ތަކަކީ ސީރިއަސް ކޮށް ބަލަމުންދާ މައްސަލަތަކެއްކަމަށާއި، މިމައްސަލައިގެ ތަޙްޤީޤު ވެސް ހާއްސަ އިސްކަމެއް ދީގެން ކުރިއަށްދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ރަށް ވެސް ބުނެލާ އޭރުންތާ...

  2. Anonymous

    ކުޅޭމީހުން ޓީޗަރުންނައް ވީމަ ވާގޮތް މިފެންނަނީ. މިކަހަލަ މީހުން އިސްލާމީ ޝަރިއްޔާގައިވާ ފަދައިން ރަޖަމު ކުރަން ފެނޭ

    7
    1
  3. ދިވެހިކޮރަކަލި

    މައްސަލައަކީ ގްރުއާންޓީޗަރަކަށް ވުމެއްނޫން މައްސަލައަކީ ގޯހަކީވެސް ކޮންމެ އެއްޗެއް ކިޔަވައިދޭ ކަމުގައި ވިޔަސް އަޚްލާގް ފަސާދަވެފައިވާ މީހުން ކުޑަކުދިންނާ ގުޅޭ ދާއިރާ ތަކުން ވަޒީފާ އަށް ނިކުތުން އެންމެ ދުވަހަކުން ނޫން އެލެވެލްގެ ވަހުޝީ އަކަށް ބަދަލުވަނީ ކީ . އެމީހެއްގެ އަޚްލާގް އަބަދުވެސް ހުންނަގޮތް އެއީ . ގުރްއާން މުދައްރިސަކަށް ވީތީއެއްނޫން މަޖްލިސް މެމްބަރު ރާއީވެސް އަޅުގަނޑާ އެއްބަސްވެލެއްވުން މޮޅު އިތުރުވާނެ މިކަމުގައި .12 އަހަރު ޓިޗަރުންނާ ދަރިވަރުންގެ ތެރޭ އުޅުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ބުނާނީ އެންމެ ހެޔޮލަފާ އަޚްލާގް ރަނގަޅު މީހުންނަކީ ވެސް ގުރްއާނާއި އިސްލާމް ކިޔަވައިދޭ ޓީޗަރުންނޭ މައްސަލައަކީ އެދާއިރާގައި ޕްރޮފެޝަނަލް މީހުން މަދުކަން ގިނައީ ތާޒާ ކުރި ދަންނަ ނުދަންނަ މީހުން ލާރި ކޮޅެއް ހޯދާލަން ވަޒީފާ އަދާ ކުރާ އިސްލާމް ނުދަންނަ މީހުން . އަޅުގަނޑާ ސެމިނާ އެއްގެ ތެރޭން ދިމާވި ޒުވާންޓީޗަރެއްގެ ވާހަކަ ދަންނަވާލަން އެސޮރު ޓީޗިން ދާއިރާގެ ތެރެއިން ފެނުނީމާ އަޅުގަނޑު ކިރިޔާ ހައެރާންވެ ހޭނުނެތުނީ އަޅުގަނޑު ސްކޫލުގައި އުޅުނު އިރު މުޅި ސްކޫލަށް ބަލާ މުސީބާތަކަށް ވެފަހުރި ސޮރެއް އެއީ ޕްރިންސިޕަލް އަށް ހަދާނެ ގޮތްނޭގިގެން ޕްރިންސިޕަލް ވަޑައިގަންނަވާ ކޮންމެ ކުލާ ހަކަށް ވަޑައިގަންނަވަނީ އެއްކަލަސޮރުގެ ލަފުގައި ހިފައިގެން ވަރަށް އޯގާތެރި ހެޔޮލަފާ ޝްރީލަންކާ ގެ ޕްރިންސިޕަލްއެއްއެއީ ހުރިހާ ކުދިންނަށް އެބޭފުޅާ ވިދާޅުވަނީ ދަރިފުޅު އެފަދަ ހެޔޮ ޕްރިންސިޕަލަކު ދަރިވަރަކަށް އަދަބު ދޭނީ ވަރަށް ނުބައި ކުއްޖަކަށްވީމަ ދެއްތޯ ހައެރާންވި ކަމަކީ އެއްކަލަ ނުބައި ސޮރު އޭގެ 5ވަރަކަށް އަހަރު ފަހުން ޓީޗަރުންގެ ތެރެއިން ފެނުނު ކަން އަޅުގަނޑާ ބައްދަލުވުމުން އެސޮރުބުނީ އޭ ހެޔޮނުވާނޭ މަ ގޭ ވާހަކަ އެހެން ޓީޗަރުން ގާތުގައި ނުކިޔައްޗޭ މީ ބައެއް ދިވެހިންގެ ހާލު އެފަދަ މީހުން ޓީޗަރުންގެ ތެރޭ ގިނަވުމަކީ ގޯހެއް

    15