މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ވަރިކުރުމުގެ ޝަރީއަތުގެ މަޖިލިސްތައް އޮންލައިން ކޮންފަރެންސް މެދުވެރިކޮށް ބާއްވަން ނިންމައިފިއެވެ.

މިއީ ރާއްޖޭގައި އަލަށް ފަށާފައިވާ ކަމަކަށް ވާއިރު އެކަން އަމަލީގޮތުން ފުރަތަމަ ކުރުމަށް ފަށާފައި ވަނީ ފެމެލީ ކޯޓުގައެވެ. ފުރަތަމަ އެކޯޓުގައި ކައިވެނި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރުމަށް ފަހު މިހާރު ވަނީ، މާލެ ފުރަބަންދު ކުރިފަހުން ވަރިއަށް އެދިފައިވާ މީހުން ވަރިކުރުމަށްވެސް ވީޑިއޯ ކޮންފަރެންސް ބޭނުންކޮށްގެން ޝަރީއަތް ކުރަން ފަށާފައެވެ.

މިއަދު ވަނީ ވަރިވުމަށް އެދޭ ދެމަފިރިއަކު ބޭނުންވެގެން އަލަށް ރާއްޖޭގައި ވީޑިއޯ ކޮންފަރެންސެއް މެދުވެރިކޮށް ވަރިކޮށްދީފައެވެ.

ފެމެލީ ކޯޓުން ވިދާޅުވީ މިއަދު ވަރިކޮށްދޭން ފަށާފައިވާއިރު ކޯޓުން ބޭރުގައި ކޮށްފައިވާ ވަރި ސާބިތުކުރުމުގެ ޝަރީއަތްތައްވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެކަމަށްޓަކާ ވާންހުރި ތައްޔާރީތައްވެސް މިހާރު ނިމިފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާތީ މިހާރު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދޭން ވަނީ ފަށާފައެވެ.

މިއުސޫލުގެ ދަށުން ކައިވެނިތަކުގައި ފުރިހަމަ ކުރަންޖެހޭނެ ކަންކަމާއި މަޖްލިސް ބާއްވާނެ ގޮތާއި ވަގުތު ކަނޑައަޅާނީ ކައިވެނީގެ ރަޖިސްޓްރާ އެވެ. ކައިވެނީގެ މަޖްލިސް ބޭއްވުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން، ވީޑީއޯ ކޮންފަރެންސް ބާއްވަން ހަމަޖައްސާފައިވާ އޮންލައިން ޕްލެޓްފޯމަށް ލޮގިން ވާންޖެހޭނެ އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ބޭއްވުމުގެ ކުރިން، ކައިވެނިކުރާ ދެ މީހުންނާއި ވަލީވެރިޔާ އަދި ހެކިވެރިން އިގުރާރުގައި ސޮއިކުރުމަށް ފަހު ކޯޓަށް ހުށަހަޅަންޖެހޭނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ. އަދި ކައިވެނީގެ މަޖިލީހަށް ކޮންމެހެން ހާޒިރުވާންޖެހޭ މީހުން ހާޒިރުވެ ތިބިކަމާއި ހާޒިރުވާންޖެހޭ މީހުންގެ އަޑާއި މަންޒަރު ސާފުކޮށް ލިބެމުންދާކަން، ކައިވެނިކޮށްދޭ މީހާ ކަށަވަރުކުރަންޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ރިކޯޑަށް އިތުރުވި ބޮޅެއްތާދޯ

    34
    2
  2. ހަސަދު

    އޮނަލައިން ކޮށް މިފަދަ ކަނަކްން ކުރާ އިރު ސެކުއިރިޓީ އަށް ވަރަށް ބަލަން ޖެހޭނެ. މިސާލަކަށް ކައިވެނި ކޮށްދެވުނީ ރަނގަޅު މީހާ އާތޯ ބެލެން ޖެހޭނެ. ފޭކް އަޑީ އަދި ފޮޓޯ އޮޅުވާލުން އެއީ މިޒާމުގައި ކުރަން ވަރަށް ފަސޭހަ ކަންކަން.

    36
  3. ފަތް ކަޑާ ދަރަނި ދަންތުރަ

    މި ވަރި ވާނީ ފުރަތަމަ ކޮވިޑު ވަރި އަކަށް ދޯ؟

    39
    1
  4. ޢަޒްރާ

    މަޖިލިސް ކުރާ ގެއިން ތިހުރިހާ ކަމެއް ނިންމީމަ ރަނގަޅުވަނެ ދޭތެރއ ދުރު ކުރަން ވެސް އެނގޭނީ ބުއްޅަބޭއައް

    36
  5. ނާޒިމާ

    ސަހަރޯ ?

    20
  6. އަހްމަދު

    އަނެއްކާ ސޭޓުމެންދެމަފިރިންތަ ؟

    9
    1