ޗައިނާ އާއި ރާއްޖެއާ ދެމެދު 2017 ވަނަ އަހަރު ގާއިމު ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުން ދެމިއޮތް ކަމަކަށް ދެކެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މިހާތަނަށް އައިއިރު، އެއްބަސްވުމުގެ ދަށުން އެއްވެސް ކަމެއް ކޮށްފައި ނުވާތީ އެއްބަސްވުން ދެމިއޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ، މަޖިލިހުން އެއްބަސްވުމާ މެދުގައި ގޮތެއް ނިންމަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

" އެ އެއްބަސްވުމުގެ ދަށުން ކުރާން ޖެހޭ އެއްވެސް ކަމެއް ވެސް ވަނީ ނުކުރެވި. އެހެންވީމާ ހަގީގަތުގާ އެ އެއްބަސްވުން ދެމި އޮތްކަމަށް އެއްގޮތަކަށް ވެސް ބުނެވޭކަށް ނެތް. ނަމަވެސް ކޮންމެވެސް އިރަކުން މަޖިލީހުން މިކަން ވަކި ގޮތަކަށް ނިންމައި ދިނުމަކީ އަޅުގަނޑު ހިތުން ބޭނުންތެރިކަމެއް. މިދަންނަވަނީ ކޮންމެހެން މިއަދަކު މިކަމަށް އަވަސްވެގަންނަ ވާހަކައެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު ވަނީ ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި އޭރު ސޮއިކުރެއްވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ސައީދެވެ.

ނަމަވެސް މިއަދާއި ހަމައަށް ވެސް މި ސަރުކާރުން އެ އެއްބަސްވުމަށް ގޮތެއް ނިންމާފައެއް ނުވެއެވެ.

މީގެ ކުރިން އެ އެއްބަސްވުމާއި މެދު ރައީސް ނަޝީދު ވިދާޅުވީ އެފްޓީއޭ ނުވަތަ މިނިވަން ވިޔަފާރީއަކީ ވިޔަފާރީގެ ގޮތުން އެއް ހަމަ ގައުމުތަކުގައި ކުރާ ކަމެއް ކަމަށެވެ. ރާއްޖެއާ ޗައިނާއަކީ ވިޔަފާރީގެ ގޮތުން އެއް ހަމަ ގައުމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖެއަށް ވަންނަ އާމްދަނީގެ ބޮޑު ބަޔަކީ އިމްޕޯޓު ޑިއުޓީން ވަނަ އާމްދަނީ ކަމަށެވެ. ނަމަވެސް މިނިވަން ވިޔަފާރި ފަދަ އެއްބަސްވުމަކަށް އަމަލުކުރަން ފަށައިފި ކަމަށްވާނަމަ އެ އާމްދަނީ ގެއްލިގެން ދިޔުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އެއްވެސް އިރެއްގައި ބުއްދިވެރި ކަމެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށާއި އެކަމުގެ ސަބަބުން ލިބޭ ފައިދާއަށްވުރެ ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އިންޑިޔާ ނޫންވީމަ ގެއްލުން އިންޑިޔާ އަށް މުޅިގައުމު ދިނަސް ބޮޑުފައިދާ އިންޑިޔާ ހައިކޮމިސަންގައި ފިލާހުރެ ފަރާޓާ ފަށެއް ކައިފިތާ...

    85
    3
  2. ކަނަމަނަ

    އަހަރުމެންނައްޔަގީނެއްނުން ރ ނަޝީދު ދިރިދުނިޔޭގަ ހުރިކަމަކައްވެސް

    65
    2
  3. ޒާ

    ނަޝީދު ކަލެއަކީ އިކޮނޮމިކް ދަންނަމީހެއްނޫން. ކަލޭ ވެރިކަމަށް އައުމުގެ ކުރިންނި 1 ރިސޯޓާއި ލެޕްޓޮޕެއް އޮތުމުންވެސް ރާއްޖެ ހިންގޭނެކަމަށް.

    76
    2
  4. ޒަބާދުކުޑޭ

    މިނިވަން ވިޔަފާރި ކުރަން ބޮޑު ފިހާރައެއް ހަވާލުކުރީމަ އެތަން ބަނގުރޫޓް ކޮށްލި މީކަހަށް މިނިވަން ވިޔަފާރީގެ ފައިދާ އެނގޭނެގޮތެއް ނޯންނާނެ. މީނާ ހަވާލުވި އެއްކަމެއްވެސް ނެތޭ ރަނގަޅަށް ކުރެވިފައެއް.

    75
    2
  5. ރަބަރޭ

    މިހާތަނަށް އާއި އިރު ވެރިކަމަށް އައުމަށް ވީ އެއްވެސް ވައުދެއް( ގާނޫނުން ބޭރުން މަނިކުފާނު މިނިވަން ކުރުން ފިޔަވާ) ފުއްދާފާ ނުވާތީ މިހާރުގެ ސަރުކާރު ވެރިކަމުން ދުރުކުރަން މަޖިލިހުން އެބަނިންމަޖެހޭ
    ދެރަވަރު

    61
    1
  6. ބޯގޯސް

    ވަޑާންގެއިން ވަގައް ނެގި މަރުތެޔޮ ދައްކާލަ ބަލަ ބުރާންތި

    46
    2
  7. ލައްޓި

    މިނިވަން ވިޔަފާރި ކިޔަން އެނގުނަސް އެއީއަދިކިހެނެއްކުރާ ކަމެއްކަން ނޭންގޭ މީހަކައް އެއީފައިދާހުރި ކަމެއްކަން ނޭންގިދާނެ ތިމަންނަޔައް ހުރިހާކަމެއް އެނގޭކަމައް ހެދިގެން އުޅުނަސް އެއްވެސްމީހަކައް ހުރިހާކަމެއް ނޭންގޭނެ އެހެންވީމާ އެކަމަކުންފައިދާލިބޭކަމައްވިޔަސް އެފައިދާހޯދާނެގޮތެއްނޭންގެންޏާ އެމީހަކައް އެވާނީ ފައިދާނެތްކަމަކައް

    26
  8. ލާމު

    ފައިސާ ކޮޅެއް ޖީބައް ބޭނުން ވީ އެވެ.

    42
  9. ބޯޖަލީލު

    އުކުޅަހުގައި ހަދާ ގެސްޓު ހައުސް ނުނިމިގެންތޯ ތިޔައުޅެނީ

    28
  10. އަހްމަދު

    ކިޔާދެރަކަމެއް! މީނާ ޗައިނާ ދެކެ ރުޅިއަުމަކީ އެންމެހައި ދިވެހިން އޭގެ ބައިވެރިވާންޖެހޭ ކަމެއްތޯ! ޔާﷲ މިނާގެ ދުލާއި، އަތާއިފައިގެ ނުބައިކަމުން އަޅަމެން ސަލާމަތް ކުރައްވާފާނދޭވެ.

    32
  11. މަބޭ

    ޢިންޑިޔާއާއިއެކު 2008ވަނަ އަހަރު ނަސީދުހެދި ޑިލްތަކުން ދިވެހިންނައް އަދުވެސްމިއުޅެނީ ސަލާމަތްނުވެވިގެން

    29
    1
  12. އުސައިދު

    ކަލޭ ތިއީ ސިކުނޑި ހަމަޖެހޭ މީހެއްކަމަށް ބެލޭކަށް ނެތް.

    28
  13. އައްޔު

    މަޖިލީސް ރައީސަކީ ފިސާރި ތާރީޚް ދަންނަމީހެއްތާ ނިކަންކެރެންޏާ އޯކިޑު ކުންފުންޏަށް ވީގޮތެއް ބުނެދީބަލަ އަދި އެކަން ތަހުޤީޤުކޮށްލަދީބަލަ

    29
  14. ނަގޫތެދުނުވާ

    އެއްކަލަސޮރު ސާހިބުމީހާ ރުއްސަން ނަގުހަލުވަންފެށީ އަނެއްކާ ކޮންކަމަކު ކިޔަންބާ.

  15. އަލީ

    އިކޮނޮމިކްސް ނުކިޔަވާ ތިބޭ މީހުންނަކަށް ނޭގޭނެ ތިކަމާ ވާހަކަ ދައްކާކަށް.

  16. އިޤާބުލް ޤައުމު

    މި ވާގޮތަކީ މުޅި ޤައުމު ދިރުވާލަން ސިއްރުން ރޭވި ރޭވުންތައް މުލޭގެ ޒަމާނުގައި ފުރިހަމަވެފައިވޭ. މުލޭ ބުނިގޮތުންކަމުގައިވާނަމަ 2012 ނިމޭއިރު އިންޑިއާގެ މީހުން މި ޤައުމު ހިންގާން ފަށާނެ. މި ކަން ކާމިޔާބު ނުވީމާ އިންޑިއާ ފަހަތުގައިއޮވެ އަންނީގެ ސިކުނޑީގައި ދިރުނީ. ދެން ބަލާ އައްޑޫގައި ހަތިޔާރާއެކު އިންޑިއަނުން ތިބި ވަރެއްވެސް ނޭނގޭ. މި މަހެއްހައި ދުވަހުން އައި ހައެއްކަ މަނަވަރުން ގެނެސް ބޭލި ހަތިޔާރުތަކާއި ބުދުތައް ކޮބާ. އަދަދުވެސް ނޭނގޭ. އެންމެން ފުރަބަންދުގައި ބައިތިއްބައިފައި ހުޅުމާލެއަށް މަނަވަރުގެ މީހުން އަރައި އިންޑިއާއަށް ވިއްކި ބިމުގައި ރައްކާކުރީ ކޮން ސާމާނުތަކެއް. މިހުރީ ވިސްނައިލަންޖެހޭ ކަންކަން. މިހުރީ އިންޑިއާއިން ރާއްޖެ ޖަހައިގަތުމުގެ ކަންކަން. މި ތަނަށް ޗައިނާ، އިނގިރޭސީން، އަދި ސައޫދީން ގާތްވިޔަކަ ނުދޭނެ. މިއީ ޖެހިފައި އޮތް ބޮޑު ވަބާއެއް. އަންނިއާއި އިންޑިއާ. މި ވަބާޢިން ދުނިޔެ ސަލާމަތްކުރައްވާނދޭވެ.

    14
  17. ސުއޯ

    ގައުމުގެ ޚާރިޖީ ސިޔާސަތަކީ މަޖިލީހުން ނިންމާ ކަމެއް ނޫން. މިހާރު އެހެރަ ރައީސާއި މީނާއާއި ގުޅިގެން ރާއްޖޭގައި މިދަނީ ބަރުލަމާނީ ވެރިކަމެއް ކުރަމުން.. މިއީ މިދެމީހުންގެ މައްޗައް ގާނޫނު އަސާސީ މުގުރާލިކަމުގެ ދައުވާ އުފުލޭނެ ކަމެއް. ދެމީހުންވެސް ޖަލައް ދިޔުން ކުރިޔައް އެބައޮތް.

    10
  18. ޥަޒީރު

    އަޅެފަހެ މިއީ ބީތާ އެއްތަ؟

    10
  19. ޙަސަނާ

    2008 ގަ ވެރިކަން ހޯދަންދެއްކީ މައުމޫނު ޓެކުސްނަގަނީ އޭ ޑިެުޓީ ނަގާތީ އޭ އެެްޗިހި އަގުހެޔޮނުވަނީ ތިމަންމެން ޑިއުޓީނުނަގާނަމޭ ކޮންތާކު މިމީހުންވެރިކަމަެްއެރިގޮތައް ޖީއެސްޓީއާ ޑިއުޓީއާވެސްނަގަންފެށީ މުދަލުގެ އަގު އިންތިހާއައްވީ ބޮޑު ދޮލަރުވެސް 12 15 އައްވީ ބޮޑު މީ މީނަގެ ހާލު...