ކޮވިޑް-19 އާ ގުޅިގެން ވަޒީފާ އަށް އަސަރުކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން ބާރުވެރިކުރުމަށް ޕެޓިޝަނެެއް ހުށަހަޅުމަށް ނިންމައިފިއެވެ.

މި ޕެޓިޝަން ހުށަހެޅުމުގެ މަސައްކަތް ކުރަމުން ދަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި 25 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުހައްމަދު ރިޒާ ނަމަކަށް ކިޔާ މީހަކު އިސްވެ ހުރެގެންނެވެ.

މި ޕެޓިޝަނުގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔެއަށް ބޮޑެތި އަސަރުތަކެއް ކުރަމުން ދާއިރު ރާއްޖެއަށާއި، އިގްތިސާދަށް ވެސް އަސަރު ކުރަކުމުންދާ ކަމަށެވެ. އަދި މިބަލިމަޑުކަމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާ އަށް ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން އެ ސިނާއަތުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި އެކަށީގެންވާ މިންވަރުގެ މުސާރައަށްވުރެ ކުޑަ މުސާރައެއްގައި އުޅެން ޖެހުމާއި ދިގު މުއްދަތަކަށް ނޯޕޭ އަށް ފޮނުވާލުން ފަދަ ކަންކަން އަންނަނީ ކުރިމަތިވަމުން ކަމަށް ޕެޓިޝަންގައިވެއެވެ.

މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން ގިނަ ދުވަސްތަކެއް ވަންދެއް އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި މި ޕެޓިޝަނުގައި ޓުއަރިޒަމް ދާއިރާގައި ޒަމާން ވަންދެން މަސައްކަތް ކޮށްފައިވާ ފަރާތްތައް ހިމެނޭހެން އެކި ފަންތީގެ މުވައްޒަފުން ވަނީ ބައިވެރިވެފައި ކަމަށް ޕެޓިޝަންގައިވެއެވެ.

މި ޕެޓިޝަނުގައި ސޮއިކުރުން ކުރިއަށް ގެންދަނީ އައިޑީކާޑު ނަންބަރާއި، ފޯނު ނަންބަރު ބޭނުންކޮށްގެނެވެ.

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައި ވަނީ ދެ ކަމަކަށެވެ. މިހާރު ރާއްޖޭގެ ބޯޑަރު ޓުއަރިޒަމަށް ހުޅުވާލުމަށް މަޝްވަރާތަކެއް ކުރެވެމުންދާތީ، ރާއްޖޭގެ ރިސޯޓުތަކުގައި ދިވެހިން އަދި ބިދޭސީން ތިބެންވާ ރޭޝިއޯއަށްވުރެ މަދުން ދިވެހިން ތިބޭ ރިސޯޓުތައް ހުޅުވާނުލުމަށް ޕެޓިޝަނުގައި ވަނީ އެދިފައެވެ.

އަދި މިހާރު ރިސޯޓުތަކުން މީހުން ވަކިކޮށް ހުސްވެފައިވާ މަގާމުތަކަށް މީހުން ނަގާއިރު ބިދޭސީންނަށް ވަޒީފާ ދޭން ވާނީ ވަޒީފާއިން ވަކިކުރި ދިވެހިންނަށް ވަޒީފާ ދެވިއްޖެކަން ކަށަވަރު ކުރުމަށް ފަހުގައި ކަމަށް އެ ޕެޓިޝަނުގައި ވަނީ އެދިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    އެމީހުން ބާރުވިވަރުން އެތި ބީ ގަޅައިގެންގޮސް...އިތުރަށް ބާރުކުރަން ނޫޅޭ...ދެންނުކުންނާނީ ހައްޕުޑުތައް....މަސްވެރިންނާ ދަނޑުވެރިންނަ ދެއްވި ޕެޓިޝަންތަކުން އެއޮތްގެން އެމީހުން މަހުޖަނުންނަވެއްޖެ...ތިގޮތަށް ހުރިހާކަމަކަށް ޕެޓިޝަން ދެންޏާ ދެންތި ބޭނީ ހުސްމަހުޖަނުން...އޭރުން ގާސިމާ ނާ ބިރާ ދެރަވާނެ...މޑޕ އެއްވެސް ކަމެކުރާނެކަމެނެތް..ހަދަންވީގޮތަކީ ޖަގަހަތަކުގަ ފޯރިގަދަ ލަވަޖަހާފަ ބޮނޑި ބަތްކައްކާފަ ދިދަފަތި ދާލާ..އިސާހިތަކު ހުރިހާ ރައްޔިތުން ހާސްކަންފިލާ ޕާޓީއަށް ބޯގިނަވެ އަތްޖަހަންތި ބެދާނެ.....

  2. ރޯދަ މުބާރިކް

    ވ. ރަންގަޅު ފިޔަވަޅެއް!