ޚިޔާނާތާއި މަރުގެ މައްސަލަތައް ބެލުން އަވަސް ކުރަން ރައްޔިތުން މަޖިލިހުން އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ޚިޔާނާތާއި މަރުތަކުގެ މައްސަލައާ ގުޅޭ ގޮތުން ސަލާމަތީ ހިދުމަތްދޭ ކޮމިޓީންނާއި ޖުޑިޝަރީ ކޮމިޓީން ހިންގަމުން ގެންދާ މައްސަލަތަކަށް ފުލުހުންގެ ބަހެއް ހޯދުމަށް އެދުމުން އެ ކޮމިޓީތަކަށް ފުލުހުން ސިޓީއަކުން ޖަވާބު ފޮނުވާފައިވާ ކަމަށެވެ.

ޚިޔާނާތާއި މަރުގެ މައްސަލަތައް ބެލުން އަވަސްކުރަން މަޖިލީހުން ކުރަން ޖެހޭ އިތުރު ކަންކަން ހުރި ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އެއީ ކޮން ކަންތައްތަކެއްކަން އެމަނިކުފާނު ވިދާޅެއް ނުވެއެވެ.

" އެއީ ފުލުސް އޮފީހަށް މިބޭފުޅުން ދެއްވާފައި އޮތް މުއްދަތުގެ ތެރޭގައި ފުލުސް އޮފީހުން އެދިފައިވާ ކަންކަމާއި ގުޅޭ ގޮތުން ފުލުސް އޮފީހުން އެބަވޭ ބައެއް ޖަވާބު ކޮމިޓީއަށް ދިނުމަށް އަޅުގަނޑަށް ފޮނުވާފައި. ކޮމިޓީއަށް ވާނީ މި ސިޓީތައް ފޮނުވިފައި. ފެންނަ ގޮތުގާ މިކަން ބާރަށް ކުރިއަށް ގެންދަން އަދި އަޅުގަނޑުމެން އިތުރު މަސައްކަތްތަކެއް އެބަ ކުރާން ޖެހޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޚިޔާނާތުގެ މައްސަލަތައް ބަލާ ދައުލަތަށް ލިބެން ޖެހޭ ފައިސާ އަނބުުރާ ހޯދުމާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުން ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އެމްޑީޕީއަށް ލިބިފައި ވާއިރު މި މަޖިލީހުން އެންމެ ފުރަތަމަ ނިންމި އެއް މަސައްކަތްތަކަކީ އެސެޓް ރިކަވަރީ ކޮމިޝަން އާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ގާނޫނީ ބާރުވެރިކަން ދިނުމެވެ.

އެއާއެކު ތަހުގީގުކުރުމާއި ދައުވާކުރުމުގެ ބާރު އެ ކޮމިޝަންތަކަށް ލިބުނު ނަމަވެސް މިހާތަނަށް އައިއިރު މާ ބޮޑު މަސައްކަތެއް އެ ކޮމިޝަންތަކަށް ނުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސމީ

    ރާއްޖޭގަ ހުޅުޖެހި މައްސަލަ ކޮ ނާ ކެރެނީ މޯދީ

    29
  2. ރައްޔިތުން

    ތިޔަ ވާހަކަ ތީ ތާއީދު ހޯދުމާއި ރުއްސުމަށްދައްކާ ވާހަކަތަކެއް ދެން ވާހަކަތައް ހުއްޓާލާފަ ގައުމާއި ގެން ކުރިއަށްދާން ފެނޭ. އެކަން ޝަރުޢީ ނިޒާމުގެތެރެއިން ދާނެ ތާ.

    25
  3. ރައްޔިތުމީހުން

    ނަޝީދު ދެ އިރު ދެދަޅައަށް ފާޑުފާޑުގެ ދޮގު ވާހަކަ ފަތުރާ މައްސަލަ ބަލާ ކަށް ނުވޭބާ

    31
  4. ދުންތަރި

    ތިޔައީ އެންމެ ބޮޑޫ ޚިޔާނާތްތެރިޔަކީ އެންމެ ފުރަތަމަ އަދަބުދޭންޖެހެނީ ތިޔަ ދުންމާރިއަށް ތީޓެރަރިސްޓެއް ޙުކުމްކުރީމާ ސިޔާސީ ޑީލްހަދައިގެން ކުށެއްނުކުރާމީހަކަށްވެގެން މަޖިލީސްތެރެއަށްވަދެގަނެގެން ތިޔަތެޅިބާލަނީ

    30
  5. އަހްމަދު

    މަޖްލީހުގައި މާރާމާރީ ހިންގުވި އަދި އަމުރުކުރި މައްސަލަ ބަލާތީ އެކަމަށް ހުރަސް އަޅަންވެގެން އެއުޅެނީ!

    28
  6. ގަމަރުންނިސާ

    ވޯޓް ލާން ކާރިވީތަ އަނެއްކާ...ސައްކު..ޔަގީން...

    26
  7. އިދުރީހު

    އަވަސްކުރަންވީ މީނަ މިގޮނޑިން ބާލާ މިގައުމުންވެސް ބޭރުކުރުން މީހިނދުކޮޅު އަންނަ ބޯބުރާންޗެއް މީދިވެހިންގެ ހަލާކު

    27
  8. ދިވެހިމޭސްތިރީ

    ޚަޔާނާތޭ،މަރޭ،ހުޅުޖެހިއޭނުކިޔާފަންޑުގަހުރި
    އަހަރެމެންފައިސާނުހިފަހައްޓާ އަހެމެންގެ
    ހައްގުހިފެހެއްޓުމުގެހައްގެއްކަލެއަކައްނޯންނާނެ

  9. އެމަންޖެ

    ހަމަހޭގައެއް ނޫންކަންނޭގެ އެހުރެވުނީ.

  10. މޫސަ

    އެހެން އިންސާނުންގެ ދެން ކޮންމެވެސް ލަދެއް ހުރޭ. އެކަމަކު މިމީހާގަ.....