އަައްޑޫ ސިޓީ ހިތަދޫގައި މަގުމަތިން ބިދޭސީއަކަށް ފެނުނު އެއްލައްކަ ރުފިޔާ ވެރިފަރާތާއި ހަވާލުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހިތަދޫ މަގެއްގެ މަރިން ބިދޭސީއަކަށް އެއްލައްކަ ރުފިޔާ ފެނިގެން ހަމަ އެ ދުވަހު ހިތަދޫ ޕޮލިސް ސްޓޭޝަނާއި އެ ފައިސާ ހަވާލުކޮށްފައިވާ ކަަމަށެވެ.
އަދި ފައިސާގެ ވެރި ފަރާތް ހޯދައި، ހަމަ އެ ދުވަހުގެެ މެންދުރު 13:35 ހާއިރު އެ ފައިސާ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އެ ފައިސާތައް ފެނިފައި ވަނީ ބިދޭސީއަކަށް ކަމަށެވެ.
އަދި އެ ފައިސާ ފެނިގެން ފުލުހުންނާއި ހަވާލުކުރި ބިދޭސީ މީހާއަށް އެ ސްޓޭޝަންގެ ފަރާތުންވަނީ ޝުކުރު އަދާކޮށްފައެވެ.
ނަމޫނާ ދައްކާދީފި ..
ރޮވިއްޖެ..ކުރިން އަހަރެން ބިދޭސީން އާދޭތެރެއި ދެކެމުންއައިގޮތް ބަދަލުވެއްޖެ..ތި ބިދޭސީ މީހާގެ ފާފަ ފުއްސަވައި އޭނަޔަށް ސުވަރުގެ މަތިވެރި ނިއުމަށް ދެއްވާށިއެވެ.
ވަރަށްމަދުވާނެތިކަހަލަ މީހެއް
ބިދޭސީ އަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއްކަން ބުނެދިންނަމަ ހާދަ ރަނގަޅޭ. އެއީ މިހާރުވެސް ބަންގާޅީން ނޭ ބުނީމަ އެހެން މަންޒަރެއް މީހުންގެ ސިކުނޑީ ގައި ހުންނާތީ.
އެމީހަކަށް މާތްﷲ ދެދުނިޔޭގައި ހެޔޮޖަޒާ މިންވަރު ކުރައްވާށި.
ހުސްވަގުން އުޅޭގައުމަކަށް ކޮނަތާކުން އަރާހުރި ތެދުވެރިއެއްބާ.
ޢެމީހާއަށް އެއްވެސް ހަދިޔާއެއް ދިންބާ؟
ސުބުހާނައްޅާހި ތިކަހަލަ ތެދުވެރިން ވަަރަށް މަދުވާނެ.
މަނަމަ ނުދޭނަން، ރުޅިއަޔަސް މީ ހަގީހަތަކީ
މި ޝުމްބާ ގޮންގް އަކީ ކޯންޗެއް އެނގެން އުޅޭ މީހެއްތަަ؟ އެމްޑީޕީގަ އުޅެފަ، ސޯސަލް މީޑިޔާ ކެމްޕޭނު ކުރަން އުޅެއުޅެފަ، އަނދީބު ފޯނެއް ދީގެން އޭނަ ކައިރިޔަށް ގެންގޮސްގެން އުޅުނު ކުޑަ ކުޑަ ކުއްޖެކެއްނު ތީ!