ކޮންމެ ދުވަހަކު ވެސް ވޯކް ވިސާ އަށް ހުށަހެޅޭ ގޮތް އިމިގްރޭޝަނުން ހަދައިފިއެވެ.

އިމިގްރޭޝަނުން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ ވޯކް ވިސާއަށް އެދި ހުށަހެޅުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭ ގޮތް ހަމަޖައްސާފައިވީ ނަމަވެސް ވިސާ ޖެހުމަށްޓަކައި ޕާސްޕޯޓު ހުށަހެޅުމަށް އެޕޮއިންޓްމަންޓް ދޫކުރާނީ އާންމު ހިދުމަތްތައް ދިނުމަށްޓަކައި ސަރުކާރު އޮފީސްތައް ހުޅުވުމަށް ހުއްދަ ލިބުމުން ކަމަށެވެ.

މީގެ އިތުރުން އިމިގެރޭޝަނުން ވިދާޅުވީ ބިދޭސީ މަސައްކަތްތެރިން ރާއްޖެ އެތެރެވުމަށްފަހު ފުރަތަމަ ދައްކާ ވިސާ ފީ ޕޭމަންޓް ވެސް މިހާރު އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަންގެ ޓުވީޓުގައިވެއެވެ.

އެހެންވެ، ވިސާގެ ހުރިހާ ކަމެއް މިހާރު އޮންލައިންކޮށް ލިބޭނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.