ސިއްހީ ސަބަބުތަކަށްޓަކާ ވަޒީފާ އަށް ސަލާމް ބުނާ ކޮންމެ ދުވަހަކު ޑޮކްޓަރެއްގެ މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރުމުގެ ކުރިން ވިސްނާލުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އެދިވަޑައިގެންފިއެވެ.

މުވައްޒަފުން ބަލިވެގެން ސަލާމް ބުނާނަމަ، މެޑިކަލް ސެޓްފިކެޓް ހުށަހަޅަން އޮންނަ އުސޫލު ބަދަލުކުރުމަށް، ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރަނގަޅު ކަމަށް، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވަނީ ވިދާޅުވެފައެވެ.

މިހާރު ގާނޫނުގައި ބުނެފައި ވަނީ މުވައްޒަފަކު ހިދުމަތްކުރާ ކޮންމެ އަހަރަކު، ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭގޮތަށް، ދިނުމަށް ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެންވަނީ ގިނަވެގެން 30 ދުވަހުގެ ޗުއްޓީއެއް ކަމަށެވެ. ނަމަވެސް މިހާރު ހުށަހަޅާފައި ވަނީ އެންމެ ދުވަހަކު ސަލާމް ބުނި ނަމަވެސް މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހޭ ގޮތަށް އެ މާއްދާ ބަދަލު ކުރުމަށެވެ.

މިކަމާއި ގުޅިގެން ޔޫތު މިނިސްޓަރު ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންނަކީ ކުޑަ އުޖޫރައެއްގައި ވަރަށް ބުރަކޮށް މަސައްކަތްތަކެއް ކޮށްދެއްވާ މުވައްޒަފުންތަކެއް ކަމަށާއި، އެ މިނިސްޓްރީގެ 99 އިންސައްތަ މުވައްޒަފުން ރަނގަޅަށް މަސައްކަތް ކޮށްދެއްވާ ކަމަށެވެ.

"ބައެއް މުވައްޒަފުންގެ އަމަލުތަކުން އެހެން ހުރިހާ މުވައްޒަފުންނަށް މިކަން ތަކުލީފަކަށްވުން ގާތް. ބިލް ފާސް ކުރުމުގެ ކުރިން ވިސްނާލަން މުހިންމު ކަމެއް" މަހުލޫފު ވިދާޅުވިއެވެ.

މި ގާނޫނަށް ބަދަލު ގެނައުމަށް ތާއިދު ކުރައްވާފައިވާތީ ގޮލުޅު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވީ، ސަލާމް ބުނަން ޖެހޭ ކޮންމެ ހާލަތަކީ މެޑިކަލް ސެޓްފިކޭޓް ލިބޭނެ ހާލަތެއް ނޫން ކަމަށާއި ސަލާމް ބުނާ ކޮންމެ ދުވަހަކު މެޑިކަލް ސެޓްފިކޭޓް ހުށަހެޅުން ލާޒިމް ކުރުމަކީ މަސައްކަތްތެރިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ބާރުއެޅުމާއި ދުރަށް، ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މުދައްރިސް

  މަޖިލީސް މެންބަރުންވެސް ރަސްމީ ކޮންމެ ދުހެއްގައި މަޖިލީހަށް ނުކުންނަންވީ ނޫންތޯ ވަކި ގަޑިއަކަށް. ގަޑި ޖެހިއްޖެ ނަމަ މުސާރައިން ކެނޑޭ ގޮތަށް. އަދި އެންމެ ދުވަހަކު ސަލާމް ބުނިނަމަވެސް މެޑިކަލް ހުށަހަޅާ ގޮތަށް. 3 ދައުރު ނުބާއްވާ އަހަރީ ޗުއްޓީ ނަގާ ގޮތަށް ބަދަލުކުރަންވީ އެންނު.... ރާއްޖޭގެ ރައީސަށް ވުރެ މަތީގައި މަޖިލިސް އުޅެނީ...

  35
  1
 2. ނާޒިމާ

  ޕަބްލިކް ޕޮލިސީ ކިޔަވަން އަދި އިހަށް ދާންވީ! އަމިްލަ އަށް މުސާރަކަނޑައަޅާ އަމިއްލަ އަށް އެ މުސާރަ ފާސްކޮށް ނުވީތާ ކަށް އިނާޔަތްތަކެއް ހޯދައިގެން ތިބިބަޔަކަށް 360 ދުވަހުގެ ތެރެއިން 20ސަލާމް ސިވިލްސާވަންޓް ނަށް ލިބޭތީ ތޯ ނިދިނައިސްގެން މި އުޅުއްވަނީ/ މާސްޓަރ އާއި ޕީ.އެޗް.ޑި ޙާސިލް ކޮށްފައިވާ ސިވިލްސާރވަންޓުން މުސާރައަށް އަށް ލިބެނީ ކިހާވަރެއްތޯ؟ކުޑަކުދިންނަށް ދިމާވާ ކަންކަމުގައި ދުމެއްޖަހާފަ ޑރ.ނުދެއްކިއަސް ގޭގެފަރުވާއިންވެސް ރަނގަޅުކުރެވިދާނެދޯ،މިހާލަުގައިވެސް ދެންދާންމިޖެހެނީ ޑރ.އެއްގެ ފަހަތުން އެމް.ސީ ހޯދަން ޕްރައިވެޓް ތަންތަނަށް

  21
 3. ސައްލާ ކޮމެޓީ

  މަޖިލީހަކީ އެމީހުންވަރުގެ ބައެއްނެތްކަމަށް ހިތުހުރި ގޮތަކަށް ބިލްތައްފާސްކުރަމުން ދާބައެއް އެތަނުގެ ރައީސަށް ނުކުރެވޭނެކަމެއް ނެތްހެން ހީވެގެން އުޅޭނީ ރައްޔިތުން ހަފުސްކުރާ މަރުކަޒެއް ކޮޅުފައިންތަޅާތަނެއް މަހުލޫފުމެން ވާހަކަ ދައްކާނެކަމެއްނެތް

  21
 4. ގުއިޗުންމެއި

  ކޯއްޗެ ވިސްނާކައްއެއީ ހަމަރަނގަޅުކަމެއް ކުރަން އެމްޑީޕީން ކުތިޔަސް އެހެން ބަަަޔަކު ކުރިޔަސްރަންގަޅުކަމެއްވިޔާ ވާނީ ރަނގަޅު .ނުދާދުވަހެއްވިއްޔާ މުސާރައިން ކަނޑަންވެސްޖެހޭނެ.

  26
  • މަގޭ ޙައްޤު

   މަގުމަތީ ހަޅޭފަޅޭ ޖަހާގެން މަތީމަގާމުތަކާއި މެންބަރުކަން ލިބޭ ބަޔަކަށް ނޭނގުން އެކަށީގެންވޭ. ގިނަދުވަހު ވަޒީފާގައި އުޅޭބަޔަކަށް ގެޓްވާނީ ތީތި ކަޑަކަން.

   23
 5. ދިވެހިސޮރު

  ސަރުކާރުމުވައްޒަފުން
  މާލެ ދިވެހިރައްޖެ
  މަޖްލިސްގެ ރައީސަށް،
  ވެދުން ސަލާ....
  ސަރުކާރުމުވައްޒަފުން ސަލާމް ބުނަން ޖެހޭ އެންމެ ބޮޑުސަބަބަކީ ރެކޯރޑް ރީތިކުރުމަށް. މިހާރު ގަޑިޖެހޭގޮތަށް އޮންނަ އޮތުން އިސްލާހުކޮށްފިނަމަ ވަރަށް ސަލާމް މަދުވާނެ..އަދި ސަލާމުގެ ހުރެފަ ކިތައްމުވައްޒަފުންތޯ އޮފީހަށް ނުކުމެ މަސައްކަތްކުރަނީ...އެހެންވީމަ މީ ވިސްނާލަންޖެހޭ މުހިންމު ޕޮއިންޓެއް،
  އިހްތިރާމް،،،،
  9 ޖޫން 2020
  އަލްމުޚުލިސް