މާދާމާ ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާގައިވެސް ބައިވެރި ނުވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ މަޖިލިސް މެންބަރުން ނިންމައިފިއެވެ.

ޕީޕީއެމް އަދި ޕީއެންސީގެ މަޖިލިސް މެންބަރުންގެ ޖޮއިންޓު ޕާލިމަންޓްރީ ގްރޫޕުން ނެރެފައިވާ ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގައި، މި މަހުގެ ދެވަނަ ދުވަހުގެ ދަންވަރު 1.30 ގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 65 ވަނަ މާއްދާއާ ޚިލާފަށް، ކުއްލިއަކަށް ނައިފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޝިޔާމްގެ ނަން އިއްވެވުމަށްފަހު، ބޭރަށް ނިކުންނެވުމަށް އަމުރު ކުރައްވައި، އަދި އެމް.ޑީ.ޕީގެ ބައެއް މެންބަރުން ލައްވާ މެންބަރު އަޙްމަދު ޝިޔާމަށް އަނިޔާކޮށްފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ އެންގެވުމަށް މާރާމާރީ ހިންގައި، ގަދަކަމުން މަޖިލީހުގެ މާލަމުން ބޭރަށް ނެރެލުމަށްފަހު މަޖިލިސްކުރާ މާލަމުގެ ދޮރު ތަޅުލައި، އަދި މެންބަރު އަޙުމަދު ޝިޔާމުގެ ޙާލަތު ދެނެގަތުމަށް ޖަލްސާކުރާ މާލަމުން ނިކުންނެވި އިދިކޮޅު ޕާޓީގެ މެންބަރުން ޖަލްސާގައި ބައިވެރިނުކޮށް، އަދި މެންބަރުންނަށް ވާހަކަ ދެއްކުމާއި ވޯޓުލުމުގެ ޙައްޤު ވެސް ނިގުޅައިގަންފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

"ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު، ޤާނޫނީ ޒިންމާ އަދާކުރެވޭފަދަ މާހައުލެއް އޮތްކަމަށް ނުފެންނާތީވެ، އަދި އެރޭގެ ޖަލްސާގައި ލިބުނު އަނިޔާތަކުގެ ސަބަބުން މެންބަރު އަޙްމަދު ޝިޔާމުގެ ސިއްޙީ ޙާލުކޮޅު ގޯސްވެފައި ވާތީއާއި، އެކަމާގުޅޭ ޖިނާޢީ ތަހްޤީޤެއް ހިނގަމުންދާތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް ބައިވެރި ނުވާނެ ވާހަކަ ދަންނަވަމެވެ." ބަޔާނުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިނގާދިޔަ މި އަނިޔާވެރި ޢަމަލު، ދިވެހިރާއްޖޭގައި އިންސާފާއި ހަމަހަމަކަމާއި ފުރިހަމަ ޑިމޮކްރެސީގެ ނިޒާމެއް ގެނައުމަށް މީގެކުރިން ވަކާލާތު ކުރަމުންއައި ސިޔާސީ ޕާޓީތަކާ މަޖިލީހުގައި ރައްޔިތުން ތަމްސީލް ކުރައްވާ މެމްބަރުންވެސް ކުށްވެރި ކުރައްވާ، މިފަދަ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް އަޑުއުފުލަން ޖެހޭނެ ކަމަށް ދެކޭ ކަމަށްވެސް ބަޔާނުގައިވެއެވެ. އަދި ރިޔާސީ އިންތިޚާބާ ދިމާކޮށް އެފަރާތްތަކުން ރައްޔިތުންނަށް ޔަޤީންކަން ދެއްވާފައިވާ ފަދައިން އަނިޔާވެރިކަމާ ނާއިންސާފާ ދެކޮޅަށް މިޙާލަތުގައިވެސް ބަސްބުނަން ފަސްނުޖެހޭނެ ކަމަށް މި ކޯލިޝަނުން އުއްމީދު ކުރާ ކަމަށވްެސް އެބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅުން މާދަމާގެ މަޖިލިސް ޖަލްސާގައިވެސް ބައިވެރި ނުވާން ނިންމާފައިވާއިރު މިއަދުގެ ޖަލްސާގައިވެސް އިދިކޮޅު މެންބަރުން ބައިވެރިވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ވަހީދު ބެ----

    މަޖިލީސް ގަވާއިދާއި ޚިލާފަތް ބޯއި ކޯޓު ކުރާ ބޭކަލުން ކެންޑިޑެންސީ ބާތިލު ކުރާ ބިލެއް ފާސް ކުރޭ

    7
    17
  2. އަސޭލާ ކ

    ނުކުރެވޭނެ މޮޔަމީހާ

    10
  3. ރުބުރިކު

    އިދިކޮޅުމީހުން ތަޅައިބޭރުކޮށް އެތަނުގައި ބޭނުންކަމެއް ކުރެވޭކަމަށްވަންޏާ ގޮސްގެން ވާނެކަމެއް ނޯންނާނެ މަޖިލީހެއްގެ މަސައްކަތަށް އިދިކޮޅުމީހުންނަށްވެސް ރައްކާތެރިކަން ލިބެންޖެހޭނެދޯ އެކަމަކު ނަޝީދު ކަންކުރީ ރަނގަޅަކަށްނޫން

    19
    1
  4. ދުންތަރި

    ޤާނޫނުއަސާސީއާ ޤާނޫނާ ޤަވާޢިދާ ޚިލާފަށް އަމިއްލަ ކުންފުޏެއްގެ ބޯޑު ބައްދަލްވުން ބާއްވާހެން މަޖިލީހުގެ ކަންކަން ކުރާމީހުނާ މަޖިލީހުގެ ގޭތެރޭގާ ޤާނޫނާ ޤަވާޢިދާ ދީނާ ޚިލާފު ޖަރީމާތައް ހިންގި މީހުން މެމްބަރުކަމިން ވަކިވާނެ ޤާނޫނެއް ފާސްކުރުން ވަރަށް މުހިންމު ތިޔައީ ރައްޔިތުންގެ މަޖިލީހެއްނޫން ތިޔައީ އެމްޑީޕީ ކެނެރީމަޖިލިސް ތިޔަ ކޮށްޓައް ބޭނުންވާޏީ އެމީޑީޕީ ގުންނޑާއިން އެކަނި

    13
  5. ދިވެހިބިން

    އަލްހަމްދުﷲ ތި އިދިކޮޅު އެއްގޮތަކަށްވެސް މަޖިލީހަށް ވައްދާނެ ކަމެއްނެތް!

    5
    15
  6. އަލްޖިބްރާ

    ކަލޭމެން މަޖްލީހަށް ނުދާނަމޭ ބުނީމަ އެހެން މެންބަރުން ތިބީ ވަރަށް ދެރަވެފަ !

    2
    13
  7. ބޯގޯސް

    ބޯގޯސް މީހުންނާއެކު އުޅެން ޖެހޭނީ ބޯގޯސްވެގެން

  8. ނަޖްވާ

    ޕީޕީޔެމުން ދަމަން އުޅުނު ގުއި ރޯނުގައި ސަރުކާރު ހިންގާ ޕާޓީން ޖެހުނީ، މަޖްލީހުގެ ރައީސް ގެ ރުންކުރު ކަމުންނޭ މީހުން އެބަ ބުނޭ! އެއީ އަސްލު ތެދެއް ބާވެއޭ ހިތަށް އަރާ!

    9
    2
  9. ޤައުމު

    ބަލަ ކަލޭމެން ރައްޔިތުންގެ ވޯޓުންހޮވީ ޑްރާމާކުޅޭކައްނޫން .
    ވައްޓާލީމަ ޖެހޭނީތެދުވެ އަލުންހިއްވަރުލާން
    ތީގެއން ހާމަވަނީ ތިޔަބައިމީހުންގެ ނުކުޅެދުންތެރިކަން!
    ހިއްވަރެއް ނެއްކަން!
    ޢަޒުމެއް ނެތްކަން!
    މީމަގޭ ޚިޔާލް.

    6
    1
  10. ރަންނަ

    18 ވަނަ މަޖުލީހާ އަޅާބަލާފަ ހާދަ ފިނޑި އިނދިކޮޅެކޭ ދޯ

    5
    2
  11. ބޯގޯސް

    ޤާނޫނެއްހަދާ މަޖިލީހެއްގައި އިދިކޮޅުމެމްބަރުން ތިބެންޖެހޭ ނަޝީދު ޤާނޫނުއަސާސީ ނުކިޔައި މަޖިލީހުގައި ބުމަރުއެނބުރޭހެން އެނބުރެނީ-

    2
    2
  12. Anonymous

    މީރަތްޔަތުންގެނިންމުން. އެއްބަޔަކުނެތަސްމިހާރުވަރިހަމަ. އެއްބަޔަކަށްމެޒޯރިޓީދިނީމައިވީގޮތް . ދެންހަދާނީ ހިތުހުރިގޮތެއް . ދިވެސްސަކައްރަގަޅުގޮތެއްނޫންހަދާނީ މިހާރުވެސް ބާޒާރުމަތީގައި ހުޅުވާފައިހުރި ތަރުކާރީފިހާެރައެއްވިއްޔާ ތިބެނީހުސްއިންޑިޔާމީޙުން . ދިވެއްސަކަށްވިޔަފާރިކުރާކަށް ހުއްދައެއްނުދޭ .

  13. ާަލިލިި

    ތަންދޮރު ނުފިލާ މީހުން މެންބަރުކަމައް ހޮވީމަ މަޖްލިސްއަޢް ދާންޖެހިލުންވާނެ، ޒިންމާއަދާކުރުމައްވުރެ ލިބޭ މުސާރައިގެ ދަހިވެތިކަން ބޮޑު!