ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ބައިވެރި ނުވުމަށް ޕީޕީއެމް އަދި ޕީއެންސީގެ މެމްބަރުން ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން ނިންމުމުން އެގޮތަށް ކަންކަން ނުކުރެއްވުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ގޮވާލައްވައިފިއެވެ.

އިދިކޮޅުން މާދަމާގެ މަޖިލިސް ޖަލްސާގައިވެސް ބައިވެރި ނުވާން ނިންމާފައިވާއިރު މިއަދުގެ ޖަލްސާގައިވެސް އިދިކޮޅު މެންބަރުން ބައިވެރިވެފައެއް ނުވެއެވެ.

އިދިކޮޅުން އެގޮތަށް ނިންމުމުން އާޒިމް ވިދާޅުވީ، އެއީ ރަނގަޅު ގޮތެއް ނޫން ކަމަށާ، ރައްޔިތުންގެ އަޑު އިއްވަން މަޖިލީހަށް ވަޑައިގަންނަވަން ވާނެ ކަމަށެވެ.

" ހިއްވަރު ހުންނަންވާނެ. ޖަލްސާއަށް ވަޑައިގަންނަވާ. ބައިވެރިވަޑައިގަންނަވާ. ވާހަކަދައްކަވާ އަޑު އިއްވަވާ. އެއްގޮތަކަށް ވެސް އެހެން ހައްދަވައިގެން ނުވާނެ." އާޒިމް ވިދާޅުވިއެވެ.

މިއަދު ޕީޕީއެމް އަދި ޕީއެންސީގެ މަޖިލިސް މެންބަރުންގެ ޖޮއިންޓު ޕާލިމަންޓްރީ ގްރޫޕުން އާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި، މި މަހުގެ ދެވަނަ ދުވަހުގެ ދަންވަރު 1:30 ގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، އިސްވެ ހުންނަވައިގެން، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 65 ވަނަ މާއްދާއާ ޚިލާފަށް އަމަލުކުރައްވާފައިވާ ކަމަށެވެ.

އެގޮތުން އެރޭގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްގެ ނަން އިއްވެވުމަށްފަހު، ބޭރަށް ނިކުންނެވުމަށް އަމުރު ކުރައްވައި، އަދި އެމް.ޑީ.ޕީގެ ބައެއް މެންބަރުން ލައްވާ މެންބަރު އަޙްމަދު ޝިޔާމަށް އަނިޔާކޮށްފައިވާކަމަށް ތުހުމަތުކޮށްފަިއވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ އެންގެވުމަށް މާރާމާރީ ހިންގާފައުވާ ކަމަށާ، އިދިކޮޅު ޕާޓީގެ މެންބަރުން ޖަލްސާގައި ބައިވެރިނުކޮށް، އެ މެމްބަރުންނަށް ލިބެން ޖެހޭ ވާހަކަދެއްކުމާއި ވޯޓުލުމުގެ ޙައްޤު ވެސް ނިގުޅައިގަންފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެ އަމަލު ކުށްވެރި ކުރާ ކަމަށާ، އެ އަމަލަށް އިންސާފު ލިބެން ޖެހޭ ކަމަށް ޖޮއިން ޕީޖީ ގްރޫޕްގެ އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ދުންތަރި

    އާޒިމަށް ގޮންމުށުގެ ބާރު އިތުރު މެމްބަރުންނަށްވެސް ދައްކާލަންވީތަ؟ ކުރީރޭ ކުރެވުނުވަރު ކުޑަވީޔަ؟ ވަލަށް ލަދުކުޑަމީހެއް މި އާޒިމަކީ އެމްޑިޕީގަ ނޫޅޭނެ ލަދެއް ހަޔާތެއް ގޮތެއް ފޮތެއް ހުރި އެކަކުވެސް އެކަން ވަރަށް ސާފުކޮށް އެންމެނަށްއެނގޭނެ ރައްޔިތުންގެއަޑޭ ފޭއްޔޭ ކިޔާފަ އަނގަ ހުޅުވަން ލަދުނުގަނޭދޯ އީމާންތެރިކަމެއް ނެތް މީހަކު ލަދެއް ހަޔާތެއް ނުހުންނާނެ

    19
    2
  2. ދުންމާރި

    ތިޔައީ ރައްޔިތުންގެ މަޖިލީހެއްނޫން ތިޔައީ އެމްޑީޕީ ކެނެރީމަޖިލިސް ތިޔަތަނުގަ ހިންގާނީ ޖަންގަލީގެ ޤާނޫނު ދެން ހިންގާނީ ކެނެރީ ޤާނޫނު ތިތަނުގަ ރަނގަޅުވާނީ އެމްޑިޕީ ގުންޑާއިން އެކަނި ތިބެގެން މަސްހުނި މޮޑުނިއްޔާ އޭރުން ނަޝީދަށް ރަހަ ހެޔޮވަރަށް މަސްހުނި މޮޑެވޭނީ

    18
    1
  3. Anonymous

    ކަލޭ ބުނާ ގޮތަށް ހަދާކަށް ނުޖެހޭ، ކަލެއާ ނަޝީދުއާއި ދެމީހުންގެ ބަލާވެ ރިކަން ވަ ރަށް ބޮޑުވެއްޖެ.

    14
    1
  4. Anonymous

    ޢެމްޑީޕީ މެމްބަރުންގެ ވާހަކައިން ދޭހަވަނީ ގެރިއައިނުގެ މިސާލު، ފަސްނުފެންނާނެ ނުވަތަ އެމީހެއްގެ ފޫކޮޅުގައިހުރި ގުއި އެމީގަކަށް ނުފެނާނެ، އެގުއިފެންނާނީ ފަހަތުގައި ތިބި ބަޔަކަށް، ރ.ޔާމީނުގެ ދައުރުގައި ސަރުކާރުގެ ސަރުކާރުގެ ބައެއް މެމްބަރުން ޢައްދާރުވެތިބެ ރިޝްވަތަށް ވިކުނު މަޖިލިސްމެމްބަރުންނަށް ޝަރީއަތްކޮށްފަ އެމެމްބަރުން ވަކިކޮށް މަޖިލިސްއަށް ނުވެއްދި ދުވަހުންފެށިގެން އެތަށްމަހެއްވަންދެން ތި އެމްޑީޕީ މެމްބަރުން މަޖިލިސްޖަލްސާއަށްނުވަދެ ކޮންމެދުވަހަކު އެތަނުންކައިބޮވެ މަހުމުސާރައާއި އެލަވަންސް ގަވާއިދުން ނަގަމުންދިޔަ ބަޚީލުވައްތަރު އަހަރުމެން ރައްޔިތުން ހަނދާންނުނެތޭޖަން ގޮވާލައްވަން

    10
    1
  5. Anonymous

    މުޅި ގައުމުގެ ކޮންޓް ރޯލް މިހާ ރު އޮތީ ބުއްޅަބޭ އަތުގަ.

    9
    1
  6. ފެކްޓް

    އަޑު އިވޭބައެއް ނަމަތާ ބަޔަކަށް އަޑު އިއްވޭނީ.

    25
    8
  7. ކަހުރަބު

    މަޖިލިހުގެ ރައީސްއަކަށް އެހެރަ އޭން އަލްޓެރޭޓިވް ނެރޭޓިވް ލާދީނީ ފިލި ފިނޑި މީހާ ޤާނޫނާއި ޚިލާފަށް މަޖިލިސް ހިންގާހައި އިރަކު އިދިކޮޅު އެކަކުވެސް ދާނެ ކަމެއް ނެތް

    11
    1
  8. ބޮޑުބެ

    ވަހީދުގެ އެހެން ދަރިންނާ މީނަ ހާދަ ތަފާތޭ. އެހެން ކުދިން ފާހަގަ ވަނީ އަޚުލާޤު ރަނގަޅު ކުދިންތަކެއް ގޮތަށް. ނަމަވެސް އާޒިމް ވަނީ ކޮންމެވެސް ދަންތުރައެއްގައި ޖެހިފައި. ކަންވެރިކަމެކޭ ވެސް ކިޔާ. ދެރަވޭ މިހެން ބުނަންވެސް.

    10
    1
  9. Anonymous

    ޢާޒިމް ކަލޭ ބަޔަކަށް މަލާމާތް ކުރަނީތަ؟؟؟މަޖިލިސް މެމްބަރަކު ކުރިޔަސް ވަރަށް ދަށުދަރަޖައިގެކަމެއް، މަލާމާތް ކުރުމަކީ އިންސާނެއްގެ ކިބައިގައިވާނެ ﷲ އެއްމެބޮޑަށް ނުރުއްސަވާ ސިފަތަކުގެތެރެއިން ސިފަޔަކަށްވީހިނދު

    9
    1
  10. ކައުން އުސޫލު ޖެނެރަލު

    މަޖިލީހަށް ހާޒިރު ނުވާ މެމްބަރު ކަލޭގެ ބެލެ ވޭނީ އެ ދާއިރާގެ ރައްޔިތުންނަށް ޣައްދާރުވެފައިވާ މީހެއް ކަމުގައި

    4
    3
  11. ކޮކްޓޭލް އަލ

    ދެންމާރަނގަލެއްނޫންތޯ ދެކޮޅައް ވާހަކަ ދައކާނެ ބަޔެނެތީމާ ހަދަން އުޅުގޮއް ހެދިފައެއްނޫންތޯ މިހާރު ތިޔައޮތީ ބޭނުންގޮތަކައް ގާނޫނު ތަކާ ގަވާއިދުތަކާ ހިތުހުރިކަމެއް ކުރެވޭނެނޫންތޯ

    9
    1
  12. Anonymous

    ތިމަންނަމެން ޖެއްސި ވައްތަރު ކޮބާ.. ކުޑަކޮށް ފަހަތަށް އެނބުރިބަލަ..ފޫކޮޅުގަ ހޭކިފަ ހުރި އެއްޗެއް ބަލާބަލަ.ވަހެއެް ވެސް ނުދުވާ؟

    10
    1
  13. ރާނި

    ރަނގަޅު ތިހެން ބުނަށް ފަސް ކުރީގެ ސަރުކާރުން ބަޖެޓު ހުސަހަޅާ ފަސް ކރާ ޖަ؛ްސާތަކުގަ ވޯތް ނުދީ ކިތަށްފަހުރު ތިބިތޯ؟ މީ އެކަމު ރައްއަތުންނަށް ހެޔޮވެރިކަން ކޮށްދޭޕާޓީ އެކޭ ލަދު ހަޔާތްވެސް ނެއް ބައެއް ސަހަރޯ

    9
    1
  14. ދޫރައްކާކުރޭ

    ނަޝީދުބުނެގެން އާޒިމުމެން ޝިޔާމުގައި އެވަރަށް ތެޅިތަނަކަށް ދާކަށް ނުކެރޭނެ! އިދިކޮޅުމީހުން ނެރެ މާލަމުގައި ތަޅުއަޅުވައި ފާސްކުރި ބިލެއް ރަނގަޅެއްވެސްނުވަނެ! ކޮޅުފައިން ތަޅައި މަރަތަނެއްތީ ވީޑިއޯތައް އެވާހަކަތައްބުނެއި

    7
    1
  15. އާދަމުގެދަރި

    ބަޔަކު އަޑުއަހަން ދާންވާނީވެސް ހަމަޖެހޭ އޮށްޓަރެއް ހުރި ހަރުދަނާ ވާހަކައެއް ދައްކާނަމަތާ! މިހާރު ތިތާނގައި ތިތިބީ މަމޮޅު ހެދިފައި ނާޗާރުބިޗާރުވެފައި ހުރި ހަތަރުކަށިމަތި މާލޭ މީހަކާއި ދައްޖާލުލްޤައުމާއި ވާނުވާގައި ތިބޭ ޅަދޮޅު ކުދިންކޮޅަކާއި އެހެން ބުންޏަސް މިހެން ބުންޏަސް ބާރަށް އަތްޖަހަން ދަސްކޮށްދީފައި ތަޅާމާރާމާރީ ހިންގަން ތަމްރީނު ހޯދާފައި ތިބި ކުޅިން ކޮޅެއް.

    8
    1
  16. ބޭޗާރާ

    ތިޔަ މަޖިލީހަށް މިހާރު އެކަކުވެސް ދިއުމުގެ ބޭނުމެއް ނެތް. ތިޔައީ އަކުންބަކުން ކުޅޭ ކުޑަކުދިން ތިބި، ދައުލަތުގެ ފައިސާ އިސްރާފުކުރާ މައި މަރުކަޒު. ބަޔަކު ނުދިޔަޔަސް ކޮންމެ ދުވަހަކު ސައިފޮދު ބެހެއްޓީމާ ނިމުނީ. ސައިފޮދު ހަދާ ކުދިންނަށް ބަރާބަރަށް ބިލް ދެއްކީމާ ނިމުނީ. ވަލްހަމްދުލިއްލާހި.

    7
    1
  17. އާއްމުމީހާ

    އާޒިމުފެލުނަސްޖަނަވާރުންގެތެރެއައް
    ނުދާތި

    9
    2
  18. އުލާ

    މަޖްލިސް ކުރިއަށްގެންދެވެނީ ރައީސް ނަޝީދުގެ މައްސަލަބެލުމަށްފަހު.

  19. Anonymous

    އެ ކީއް ކުރަން؟ އަދިވެސް އެމީހުން ގައިގަ ތެޅުނުލެއް މަދުވީތަ؟