ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ 7000 ފްލެޓް ލިބޭނެ ކަމަށް 11000 މީހުނަށް ލިޔުން ދީފައިވާ ކަމަށް ބުނެ ހައުސިން މިނިސްޓްރީން ދޮގު ހަދައިިފިއެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ ހިޔާ މަޝްރޫއުގައި 7000 ފްލެޓް ހިމެނޭ ކަމަށް ބުނި ނަމަވެސް ހުރީ 6860 ފްލެޓް ކަމަށެވެ. އެ ފްލެޓްތައް ލިބޭނެ ކަމުގެ ލިޔުން 11000 މީހަކަށް ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫޢުގެ 7000 ފްލެޓަށް ދޫކުރީ 7000 ލިޔުމެވެ. އޭގެ އިތުރުން އަލަތު ކައިވެންޏަށް 1000 ލިޔުމެއް ހަވާލު ކުރިއެވެ. ޔާމީންގެ ވެރިކަން ނިމުނުއިރު އަލަތު ކައިވެނި ފްލެޓްގެ މަޝްރޫޢު ވަނީ ފަށާފައެވެ.

ދެން ދޫކޮށްފައި ވަނީ 2500 މީހަކަށް ފްލެޓް ލިބޭނެ ކަމުގެ ލިޔުމެވެ. ޔާމީންގެ ވެރިކަން ނިމުނުއިރު އެމަޝްރޫޢު ފަށަން ބަޔަކާއި ހަވާލުކޮށް ވަނީ ސޮއި ވެސް ކޮށްފައެވެ. ނަމަވެސް ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެން އެމަޝްރޫޢު ވަނީ ހުއްޓާލާފައެވެ.

7000 ފްލެޓް ނެތްކަމާއި ހުރީ 6860 ފްލެޓް ކަމަށް މިއަދު ސަރުކާރުން ބުނިއިރު ފްލެޓްގެ އަދަދު މަދުކޮށްފައި ވަނީ ރައީސް ޞާލިހްގެ ސަރުކާރުން ވެރިކަމަށް އައިސް ގެނައި ބަދަލުތަކުގެ ސަބަބުންނެވެ. "ވަގުތު" އަށް އެނގިފައިވާ ގޮތުގައި ފްލެޓްތަކުގެ އަދަދު މަދުވެފައި ވަނީ ފިހާރަތަކެއް ހަދަން ވެގެން އިމާރާތައް ސަރުކާރުން ބަދަލު ގެނައުމުންނެވެ.

ފްލެޓްތަކާއި ގުޅޭގޮތުން ހައުސިން މިނިސްޓްރީން މިއަދު ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން އެމަޝްރޫޢު ފެށިއިރު ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ.މުހައްމަދު މުއިއްޒު "ވަގުތު" އަށް ވިދާޅުވީ ސަރުކާރުން މިއަދު މަސައްކަތް ކޮށްފައި ވަނީ މައުލޫމާތު އޮޅުވާލަން ކަމަށެވެ. ލިޔުންތައް ދޫކުރި ގޮތުގެ ތަފްސީލްތައް އޭރު ސަރުކާރުން ކޮށްފައިވާ އިއުލާނުތަކުން ވެސް ސާފު ވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. "މިހާރު އެއުޅެނީ ގޮތް ހުސްވެގެން. ކަނޑައެޅިގެން ދޮގު އެއީ." މުއިއްޒު ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މަސައްކަތް ނިމިފައި ހުރި ފްލެޓްތައް ނިމުމުން ވެސް ހަވާލު ކުރުން ލަސްކުރަމުން ގެންދާތީ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. ކިނބޫ

    އޮޅުނީތަ ކަލޯ. ހޭބަލިވެފައެއްނު. ފެން އަޅައިގެން ނޫނީ ދަތް އަޅައިގެން ނަމަވެސް ހޭއަރުވަންވީނު. ދިވެހިން ގެނައި ސަރުކާރަށް ދިވެހިންނަށް މަރުހަބާ!

    118
    4
  2. މަރީ

    7000 ފްލެޓް ލިސްޓް ގައި ހިމެެެެެެެެނިފައިހިވާ ދެމަފިރިންް ހިމެނޭ މީހުން ނަށް ލިޔުން ނުލިބޭ

    66
    3
  3. އޭދަފުށީ މުހައްމަދު

    ތިޔަވާނީ އޮޅުނީ ކަމަށް

    91
    1
  4. ހިޔަނި

    މީދެން ކިހާބޮޑު ނޮހޮރުއްޕާނެ. މިމީ ހުނާހެދި ދޮގު ނަހަދާ އެއްކަމެއްވެސް މިހާރަކުު ނެތޭ. ދެން ބުނޭ އޮޅުމަކުންނޭ

    113
    1
  5. ޣުރޭޓް

    މިހާރުދެން މިދަަނީ މާމައްޗަށް ވެންޓެން ކައިރިވޭ އެބަ

    117
    4
  6. ވިސްނާލުމަށް އެދެމޭ

    ޕަ ކަޅާ ކޮއްލަނީ...ޗޯރުތައް ޗޯރު ކޮއްލަނީ....ސަރު ކާރު ގެޒެޓްގަވާނެ ލިބުނު މީހުންގެ ނަންތަ ކާ ދޫ ކުރާނެ އަދަދުތައް...މިފަހަރު ތިއޮތީ އޮޅިފައެއްނޫން އޮޅުވާނުލެވިފަ.....ޓީވީއެމް ޙަބަރު ކިޔަންއިން މީހެއް ޑެޕިޔުޓީ މިނިސްޓަރަ ކަންދިނީމަ ދޮގުހަދައިގެންވެސް މަގާމުހިފަހައްޓާނެ....11ހާސް ލިޔުން އޮތް ކަމަށްވަންޏާ ތިވާނީ މިސަރު ކާރުން ސިއްރިއްޔާތުގަ ދޫ ކުރި އިތުރުލިޔުންތަ ކެ....7ހާސްމީހުންނަ ވަނީ ފްލެޓް ލިބޭނެ ކަމުގެ ޔަގީން ކަން ދީފަ ދިވެހި ސަރު ކާރުން...އެ ކަން އިއުލާނު ކޮށް ގެޒެޓް ކޮއްފަ...އަހަރެމެންގެ ހައްގުތަ ކަށް އަރައިގަންނަ މީހުންނާ ދައުވާ ކުރާނަން ދެދުނިޔޭގަވެސް..ހީނު ކުރޭ އަބަދު ތިހެންތިބެވޭނޭ...

    98
    2
    • ރައްޔިރުމީހާ

      ތިއުޅުއްވަނީ ބޭއިންސާފުން ކުރީގެ ސަރުކާރުން ބަހާފައިވާ ފްލެޓްތައް ނުލިބިދާނެތީ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ބަޔަކު ބޭއިންސާފުން ކޮށްފައިވާ ކަމެއް ބާތިލްކޮށް، އިންސާފުވެރި ނިންމުމެއް ނިންމުމަކީ ރަނގަޅުކަމެއް.
      މި ސަރުކާރުން ފްލެޓްތައް ބަހާއިރު އިންސާފުވެރިވާނެކަމަށް އުންމީދުކުރަން. އެހެނީ، ދުނިޔޭގެ ފައިދާއަށް މިއަދު ކުރާ މިކަހަލަ ކަންކަމަށް ހައްގު އަދަބު ލިބޭނެ ދުވަހެއް އަދި އަންނާނެ!

      2
      12
  7. ޣައްޔަ

    ވެރިކަން ލިބުމުން ފުރަތަމަ ބޭއްވި ޖަލްސާ އެއްގަ އބޫ ބުނި ތިތަން ޖެހޭނީ ތަޅާލަންށޭ، މިއަދު ގޮތްހުސްވެއްޖެ، މިއަދު މި މީހުންގެ ލޯތަކަށް މިތަންފެނި ގަބޫލުކުރަން ދަތިވެ ކޮސްވެ، ކޮސްގޮވަން ފަށައިފި، 7000 ފްލެޓްގެ ފައިދާ ނަގާނެ މޮޅެތި ރޭވުންތަޢް ރާވާ ތަނަށް ބަދަލުވެސް ގެނެސްސި. އެތަނަށް ބަޔަކު ވަދެ އުޅެފިއްޔާ މި މީހުން މި ބުނާ ބޮޑު ތާއީދު ގެއްލިދާނެތީ ގޮތްހުސްވެއްޖެ.

    95
  8. ކާފަބޭ2020

    އެމީހުންގެ ފިލޯސަފީއަކީ ދޮގެއްހެދެންއޮއްވާތެދެއްހަދައިގެންނުވާނެ އެއްދޮގުގިނަގިނައިން ބޭނުންކުރަނީ އެދޮގުމީހުންގެސިކުނޑިއަށްވައްދާ އެއީތެދެއްކަމަށް މީހުނަށްގަބޫލުކުރުވާށެވެ. ވައްކަން ވައްކަން ނިމުނުއިރުބައިވެރިވި ގިނަމީހުންއަރާމާއުފަލުގަ މީހެއްގެއެކައުންޓަށް(ވަގަށްހޯދިއެއްޗެއްގެނަންއަޅުވާފަ)ޖަމާކުރިމީހާ މިނިވަނެއް އެމީހާލާރިހޯދީވަގަށްކަމަށްނުނިންމާ އެކަމަކުއެކައުންޓުގެ ވެރިމީހާޖަލުގަ! ސަޅިދޯ

    73
  9. އަމީދު

    ރައީސް ސާލިހަކީ ދެން ހަމަ ބުއްދި ހުރި ބޭފުޅެއްތޯ އެބަ ބަލަން ޖެހޭ.. ކަންނުވެ ނަންވާން އުޅެނީ....

    90
  10. ބޯގޯސް

    ތެދެއް ހަދާނެތަ ވެ ރިންނަކައް ތިބީ ހުސް ދައްޖާލުންވިއްޔަ

    78
  11. ނޫރު

    ދޮގް ހަދައިގެން ބަޔެއްގެ ހައްގުތަކެއް ނިގުޅައިގަތީ...
    ބަލަ މިސަރުކާރު އަބަދަކު ދެމި ނޮއޮންނާނެ... ސަރުކާރުން ދިން ލިއުމަކީ ޤާނޫނީ ލިއުމެއް ، އޭގެ ހައްގު ކޯޓުން ލިބޭނެ...ރ. ނަޝީދު ހުޅުމާލެއިން 1200 އަކަފޫޓްގެ 265 ގޯތި ހަމައެކަނި މާލޭ މީހުންނަށް ދިނީ ކޮންހަމަތަކުންތޯ. އެއީ ރާއްޖޭގެ ހުރިގާ ރައްޔިތުން ދަރައިގެން ނެގި ލޯނުތަކަށް ރ.މައުމޫން ހިއްކެވި ރަށެއް... ބަޔަކު ނުހައްގުން ތިތަނަށް ބަޔަކު ވެއްދިޔަސް ޕީޕީއެމްގެ ސަރުކާރުން އެތަންތައް ހައްގުވެރިންނަށް ދިނުން ނުވަތަ ބަދަލު ދޭނެ...އަހަރަމެން އަންނާނަމޭ،

    75
  12. ބަނބުކެޔޮ

    މިއީ ސީދާ ޔަހޫދީ ފިކުރުގެ ސަރުކާރެއް އޮޅެގެންވެސް ތެދެއް ނުހާދާނެ މުޅިން މަކަރާ ހީލަތް!!!

    85
    1
  13. Mahujanu

    ބައިކުދިންނަށް ފުލެޓް ނުދެވިގެން ބޯގޮވީ. ﷲ ގެ އި ރާދަ ފުޅުން ނިކަން ރީތިކޮށް ފަޟީހަތް ވެގެން ތިކަން ނިމޭނީ.

    90
  14. Alibe

    މިހާހިސާބަށް ދިޔައީމަ ލިޔުން ލިބިފައިވާ ފުލެޓްގެ ހައްގުވެ ރިން އެބަޖެހޭ މިކަމާ އަޑުއުފުލަންފަށަން މިހާ ރަށްވު ރެ ވައިޑްކޮށް. ބޭނުންހާ އެއްޗެއް ނުހެދޭނެ.

    92
    • ސާޒީ

      ތެދެއް ތިބުނީ ގާކޮށީ ފްލެޓް ލިބުނު ބައި ކުދިން ކޮޅެއް ރޔ ވެރިކަމުގަ އެތަނަށް ބެނާ ތަކުގައި " މަގޭ ހައްގު ކޮބައިހޭ" ކިޔާ އެއްވެ އުޅުނު.

    • ގުރީ

      ބޭނުން ހާ އެއްޗެއް އެހަދަނީ އެންމެންގެ ކުރިމަތީގައި ބަލަބަލާ ތިއްބާ.. މޮޔަ ދިވެހިން އަމިއްލައަށް ގެނައި ރީނދޫ ވަބާ..

      10
  15. މުހައްމަދު ޝާހް، ރ.ވާދޫ

    މިޔަދުދެން ފަޅޮލޭ ދަނޑިއަލުވިއޭ ކިޔާނެ ކަމެއްނެތް. އޭރުވެސް ފެއިލްވި އެސަރުކާރުގެ ހަމަ އެމީހުނަށް ދިވެހިން ވޯޓުދުނީ މި ބޮނޑިބޯން. ގަމާރުދިވެހިންގެ ތެރޭން ގިނަބަޔަކު ބޭނުންވިގޮތްމީ. އެއްފަހަރު ވެރުކަން ދިނީމަ މުޅި ދައުލަތް ދަވާލީ، ވީ އެއްކަމެއްނެތް. މިފަހަރު 5 އަހަރު އެދަނީ ނިމެން، ފައިސާ ޗާޕުކުރުމާ ދައުލަތް ބަނޑުއަޅާލުން ނޫން ކަމެއް ނުކުރެވޭ. މިހާތަނަށް ރައްޔިތުންގެ ތަރށްގީއަށް ކޮށްދެވުނު ކަމެއް ބުނެދީބަލަ.

    11
  16. ހަސަން

    ތަފާތު ވެރިންގެ ސިފަތައް މިފެންނަނީ. ދެން ފުދިއްޖެ. ސޯލިހު އިސްތިއުފާ. މިސަރުކާރައް ވޯޓު ލެވުނީތީ މާފައް އެދެން.

    • ކަރަންފޫ

      ރަނގަޅު އެކަކުވެސް ނެތް!

  17. އަހުމަދު

    ﷲ އިރާދަފުޅުން މިނުބައި ވެރިކަމުން އަޅަމެން ސަލާމަތް ކޮށްދެއްވާ އެބައިމީހިން ފަލީހަތް ކުރައްވާންދޭވެ. އެބައިމީހުންނީ އަޅަމެން އަޅުކަންކުރާ ގެކޮޅުތައް ފަޅުކޮށް އެކަލާނގެ ރަސޫލާއަށް އިޚާނެތި ބަސްތައް މުޚާތަބުކުރާ މީހުންނެވެ، ޔާ ﷲ އަޅުގެ ދުއާ އިޖާބަކޮއްދެއްވާނދޭވެ. އަޅަމެންނަށް ލިބިފައިވާ ހައްގެއް އެބައިމީހުން ނިގުޅައި ގަތުގެމުބާރު އެބައިމީހުންގެ ކިބައިން ނިގުޅައި ގަންނަވާނދޭވެ. އާމީން

    10
  18. ޞދބސބ

    މި އަލަތު ކައިވެނި ކެޓަގރީގެ ޙަބަރަކީ ކޮބައިބާ؟؟؟ ހަމަ އެންމެ މީހަކުވެސް ނެތީބާއޭ އެކަން ސާފުކޮށްދޭނެ’

  19. ހިޔާލު1

    މުއިއްޒުވެސް އޮޅުވާލެއްވީ މިހާ ރުގެ މިނިސްޓަ ރ ވެސް އޮޅުވާލެއްވީ މުއިއްޒު ފްލެޓުތައް ބެއްސެވީ ޕޮއިންޓް އުސޫލުން ގޮތްނޭގޭ ލިސްޓަކަށް ދަވްލަތުގެ އަސާސީ ހައްގުތައް ހިތުހު ރިގޮތަކަށް ބަހަންޏާ ދިވެހި އައިޑީ އޮތް ކޮންމެމީހަކުވެސް ފްލެޓާ ބިން ނަގަންވީތޯ ރައްޔިތުން ހިތުގައި ސުވާލު އުފެދޭނެ ނޫންތޯ؟ އެންމެން.ދޮގު ހެދުން ހުއްޓުވަންޖެހޭ.

    1
    3
  20. ޢަގީލަންބާ

    މުއިއްޒު ތަންކޮޅެއް ރަނގަޅަށް މިވާހަކަ ނޫސްތަކަށް ސާފުކޮށްދެވިދާނެތަ؟

    4
    1
  21. ކޮންކްރީޓް ޖަންގަލި

    އޮޅިގެނެއް ނޫން ، ޔާމީން ހެދި ތަނަކަށް ވީތީ ރައްޔިތުންނަށް ޖެއްސުންކުރަން ޖައްސާ ބަލާއެއްތީ ? އެއުޅެނީ ފުލެޓު ލިބުނު ފަރާތްތަކަށް ޖެއްސުންކޮށްލުމުގެ ނިޔަތުގައި ، މިސަރުކާރަކީ ކުރީގެ ސަރުކާރުތަކުން ހަދާފަ ހުރި ތަންތަން ރަނގަޅަކަށް ހަޑިހާވާލާލެވޭތޯ ބެލޭ ސަރުކާރެއް، ދެން ކެތް ނުކުރެވޭ ވަރަށް ކަންތައް ހިނގައްޖެ ހަމަމިހާރު ވެރިކަމުގެ މަޤާމުން ވަކިވެޑައިގަންނަވަންވީ ސެލްފީ ސޯޅިހުގެ އާއި އެލެކްސް ބުއްޅަގެ އިތުބާރު ނެތްކަމަށް ފެނޭ

    15
  22. Anonymous

    ދޮގުވެރިންގެ ހަލާކު ކައިރިވަނީ.. އަލްހަމްދުލިﷲ. މިވެރިކަން ވެއްޓިދާނެކަމުގެ ކޮޅުމަތި މިފެންނަނީ. އުނިއޮރިޔާންވަމުން އެދަނީ.

  23. Anonymous

    އާތިފާއަކީ ބަލިމީހެއް. ރުޅި ކޮންޓްރޯލް ނުކުރެވޭ އަމިއްލަ ނަފުސު ކޮންްޓްރޯލް ނުކުރެވޭ މީހެއް. އިރުއިރުކޮޅުން ރޯންފަށާނެ. ހެދޭ ނެހެދޭއެއް ނޭނގޭނެ. ތި ޝާމިންއަކީ މިވެރިކަމުގައި އެތަނަށް ފެއްތި ސޮރެއް. ދޮގުހެދުމުން ޕީއެޗްޑީ އޮންނާނެ. ކޮރު އިބިލީސްވެސް މިމީހުންކައިރީ ފަތިގަނޑު ފިރުކައިނުލެވޭނެ. އެހާވެސް ނުބައި ރޭވުންތައް ރާވާ ފެންފޮދެއް ބޯލާހާ ފަސޭހައިން މާސިންގާ ދޮގު ބިންދާލާނެ.

  24. އެމަންޖެ

    އަންނީ ކަލޭ ތިޔަހުރިހާ އެއްޗެއްވެސް ކައިގެން ބަނޑުފުރޭތޯ ބަލާބަލަ އިނގޭމިހެން ބުނާއިރުވެސް ތިޔައީ ދުވަހަކުވެސް ފުރޭނެ އެއްޗެއްނޫންކަން ފޫގޮއްސަވިއްޔަ އޮތީ.

  25. ޙަސަނާ

    ތިޔަފުލެޓުތަކެއް ހުވަފެނުންފެންނަވަރުން ނަސީދުއައް ހަމަނިދިނުލިބިގެން މިދާކައްދުވަހު ޓުވީޓެއްކޮއްލައިގެން މާހައުލުގަ ވައިހިފުވައިގެން ޕާޓީކުދިން އަވަދިނެތިއުޅެނީ ޓުވީޓުކުރުމުގަ ދައުލަތުންމުސާރަނަގައިގެން ތިބި ސިޔާސީ އެކުޓިވިސްޓުންވެސް ކެއުމެއްބުއިމެއްނެތި ބޮޑުމީހާގެ ސަމާލުކަންހޯދަން އޭތިމީތި ލިޔެފަ ޓުވީޓުލުރެވޭތޯ އިޅެނީ...

  26. ޙަސަނާ

    ތިޔަފުލެޓުތަކެއް ހުވަފެނުންފެންނަވަރުން ނަސީދުއައް ހަމަނިދިނުލިބިގެން މިދާކައްދުވަހު ޓުވީޓެއްކޮއްލައިގެން މާހައުލުގަ ވައިހިފުވައިގެން ޕާޓީކުދިން އަވަދިނެތިއުޅެނީ ޓުވީޓުކުރުމުގަ ދައުލަތުންމުސާރަނަގައިގެން ތިބި ސިޔާސީ އެކުޓިވިސްޓުންވެސް ކެއުމެއްބުއިމެއްނެތި ބޮޑުމީހާގެ ސަމާލުކަންހޯދަން އޭތިމީތި ލިޔެފަ ޓުވީޓުލުރެވޭތޯ އިޅެނީ...މިމީހުން ބުނި20000 ފުލެޓުގެ ހަބަރެއްވެސްނުވޭ ތިހާމޮޅިއްޔާ 1200 އަކަފޫޓުގެ 20000 ފުލެޓު އަޅާފަ ދިވެހިރައްޔިތުންނައްދައްކާލަބަލަ އޭރުން އެވީ ދެން ތިޔަ ކޮތަރު ކޮއްޓެއް ތިޕާޓި ކުއްޖަކައްނުދީ ފަހުން 20 ހާހުގެތެރޭން ބައިލުދިންނައްދީބަލަ...

  27. Anonymous

    މުއިއްޒޫ.. އަލަރު ކައިވެނި ފްލެޓް ލިޔުން ދޫކުރީ ފްލެޓް އަޅަން ވެސް ނުފަށާތަ؟؟ ތިޔަ ބުނި ގޮތުން 11000 ހަމަ ވެއެއްނު؟ 7000 ގެ އިތުރުން އަލަތު 1000 އަދި ވަކިން އަޅާ 2500؟ މިތަނުން އެޅީ 7000. ވީމާ މިއޮތީ މަކަރާ ހީލަތުން ވޯޓު ހޯދަން 11000 ލިޔުން ދީފާ.

  28. ކަންބުލޮ

    އެމެރިކާގަހުރި ރައީސްވެސް ކުރަނީހަމަތިކަހަލަ ކަންތައް އަބަދުހަދަނީދޮގު ދެންއުޅެނީ އެދޮގުންސަލާމަތްވާނެ ގޮތެއްހޯދަން އިބޫސޯލިހާ ނަށީދުގެ ހާލަކީވެސް ހުރީހަމަމިހެން

  29. ޠަންޑާ

    މިއީ ދޮގެއްނޫން. އަހަންނަކީވެސް ފްލެޓް ލިބުނު މީހެއް. އެކަމަކު މަށަކަށް ތިބުނާ ލިޔުމެއް ނުލިބޭ ހަމަގައިމުވެސް.

  30. އުދަމުދި

    7000 ފްލެޓާއި ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން އަނެއްކާވެސް ދޮގު ހަދައިފި މިއާޓިކަލް ކިޔާލުމުން ހިޔާލައް އަންނަނީ ފުލެޓަކާ އަޅާއިގަނެގެން ރަންޔިތުން މިވަރުން މިއުޅެނީ ކިހިނެއް ވެގެންތޯއޭ ދުލައް ބާރުލާފައި މިކިޔަނީ ވެރިކަން ފެއްޓިގެން މިއަންނަނީ ރައްޔިތުންގެ ކިބައިންނޭ އެހެންވީމަ ރައްޔިތުން ކީއްވެގެންތޯ ރައްޔިތުންގެ އޮއްބާރެއް ރައްޔިތުން ވޯޓްލައިގެން ހޮވާފައިތިބޭ ބަޔަކައް ހިތުހުރިގޮތަކައް ދުކޮއްލަނީ މިގައުމުގައި 1978 އަހަރާހަމަޔައް ރައްޔަތުން އުޅެމުން އައީ ސަރުކާރުން ކުއްޔައްދޭ ފުލެޓް ގެސްޓް ހައުސްގައެއްނޫން ވީމާ ރައްޔިތުން ބޭނުންވީމަ ނޫންތޯ ސަރުކާރައް މިބާރު ލިބެނީ ވޯޓް ހޯދަން ރައްޔިތުން ކައިރިޔައް ސަލާން ޖަހަން އައީމަ ކީއްވެގެންތޯ ނުބުނެވޭނީ އަހަރުމެން ބޭނުމެއް ނޫނޭ ފުލެޓް ގެސްޓް ހައުސްގަ ކުއްޔައް އުޅޭކައް އެވަރަކައް ފައިސާއެއް ނެތޭ ވެރިން ރައްޔިތުންގެ ޓެކްސް ޕޭ ރުވިޔާ ބޮޑުމުސާރަޔާ އިނާޔައް ނަގާފައި ނުވީތާކައް ވެރިކަމުން ފައިބާ މީހާޔައްވެސް ގެދޮރު ކުއްޔައް ހިފާނެ ފައިސާ އެބަދޭ ގާނޫނެއްގެ ހިޔަލުގައި ރައްޔިތުންގެ ނަންނަމުގަ ބިންތައް ހިއްކާފަފަޅައް ވިޔަފާރިވެރިންނައް ކުޑަ އަގެއްގަ ދީފަ ފުލެޓް ގެސްޓް ހައުސް އަޅުވާފަ ބޮޑު އަގުގައި ރައްޔިތުންނައް މީތޯ ތިޔަ ވިދާޅުވާ ރައްޔިތުންގެ ބާރުވެރިކަމަކީ

  31. ދުރުމީ

    ވެއްޓެނީ... ވެއްޓެނީ...
    ކަނީ...ކަނީ...
    ޕާޓީމީހުންނަށް ދޭން ފުލެޓް ނެގީ އުތަ..

  32. ޝަހިމެޓިކްސް

    އެއީ ދޮގު ހެދީކީ ނޫން. ލިޔެކިޔުންތައް ބަލައިގެން އެކުއްޖާ ހިސާބު ހެދީމަ އަންނަ އަދަދު އޭނަ އެކިޔަނީ. އޭނަ ކަހަލަ މީހަކާ ބަލާ އެވަރުވެސް ރަނގަޅު.

  33. ޙިޔާލް

    މި ސަރުކާރުން ޙެދި ދޮގުތައް އަތަށް ގޮވަނީ

  34. ޑައެލޯގް

    މިޔަހޫދީ ސަރުކާރުން ދޮގެއް ހެދެން އޮވައެއް ތެދެއްނަހަދާނެއެވެ.

  35. ޛަކަރު

    ލަސްނުކޮށް ޕްރޮޓެސްޓް ފަށާ، ހެޔޮނުވާނެ......

    4
    1
  36. ކުރުތާ

    ރައްޔިތުންގެ ފައިސާއިން ރައްޔިތުންނަށްޓަކައި ރ. ޔާމީނު ސަރުކަރުން ހަދާދީފައިވާ ފުލެޓުތަކެއް މިސަރުކާރުން މަކަރަހީލަތާއެކު ލަސްކުރަނީ ކޮންބަޔަކަށް ދޭން ވެގެންތަ؟ ކިހާވަރުގަދަކަމެއްމީ

  37. ނާއްކޮ

    އެމްޑީޕީ ސަރު ކާރަ ކީ ބަރަކ ކާތެއް ނެތް ސަރު ކާރެއް.
    ﷲ ލައުނަތް ލިބިގެންވާ ސަރު ކާރެއް މާޒީންވެސް އެ ކަން އިނގޭނެ

  38. ފްލެޓް ނުލިބޭ މީހާ

    ބަލަގަ ވުޖޫދައް ނާންނަ އެއްޗަކަށް ވޯޓް ހޯދަން ލިޔުންދިނީ މިރުސް ކައިގެން އުޅުނުހެން، 7000 ފްލެޓާ ދުނިޔެއަށް އުފަން ނުވާ އެއްޗިއްސަށް ދީފަ ހުރި ލިޔުމާ އެކު 11000 ނުވާނެ ގޮތެއް ނެތް، 7000 ބިންގާ އަޅާފަ ހުރީމަ އެދެން އެވަރަށް ލިޔުންދޭން އޯކޭ، ގޮންމެ ގޮތަކުންވިޔަސް ލިޔުން ދީފަ އެހުރީ 7000 އަށް 11000 ލިޔުން ނިކަން ކެރިގެން މި ކޮމެންޓް ޖަހާބަލަ