ރާއްޖެއިން ނަގާފައިވާ ލޯނުތައް ދެއްކުން ފަސްކޮށްދޭން ޗައިނާ އިން ނިންމާފައިވާ ކަމަށް، އެގައުމުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވެއްޖެއެވެ.
ސަފީރު މިފަދައިން ވިދާޅުވެފައިވާއިރު ބޭރުގެ ބައެއް މީޑިއާތަކުގައި ޗައިނާގެ ފޮރިން މިނިސްޓްރީގެ ވައިސް މިނިސްޓަރު މަ ޒައުޒޫއާ ހަވާލާ ދީ ވަނީ 77 ގައުމަކަށް ލޯނުތައް ދެއްކުން ފަސް ކޮށްދިނުމަށް ޗައިނާއިން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެކު ޗައިނާގެ ސަފީރު ޖަންގް ލީ ޖޮންގް މިއަދު ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުވުމުގައި ޗައިނާގެ ސަފީރު ވިދާޅުވީ ކުރިއަރަމުން އަންނަ ގައުމުތަކުން ނަގާފައިވާ ލޯނުތައް ފަސްކޮށްދިނުމަށް ޖީ20 ގައުމުތަކުން ނިންމާފައިވާ ނިންމުމާ އެއްގޮތުގެ މަތީން 77 ގައުމަކަށް ލޯނުތައް ދެއްކުން ފަސްކޮށްދިނުމަށް ޗައިނާގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެ 77 ގައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނޭ ކަމަށް ސަފީރު ވިދާޅުވިއެވެ.
މީގެއިތުރުން ޗައިނާއިން ވަނީ ރާއްޖެއަށް ވެދީފައިވާ އެހީތެރިކަމާ ގުޅޭގޮތުންވެސް މަޝަވަރާ ކޮށްފައެވެ. އޭގެ ތެރޭގައި ޗައިނާގެ ކުންފުންޏަކުން އަޅައިދިނުމަށް ހަމަޖެހިފައިވާ މެޑިކަލް ލެބޯޓަރީއާ ގުޅޭގޮތުންނާއި ކޮވިޑް ގެ މި ހާލަތުގައި ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް ޕޮރިން މިނިސްޓްރީން ބުނެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ޗައިނާއިން އަންނަނީ ރާއްޖެއަށް މިހާރުވެސް ގިނަ އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. ކޮވިޑް-19 ގެ ސަބަބުން ވަގުތީ ހިޔާ ބޭނުންވެފައި ތިބި 800 ބިދޭސީންނަށް ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އިން ލޭބަ ކްއާޓަރެއް އަޅާ ދީފައިވާއިރު ރާއްޖޭގެ އެކި މަޝްރޫއުތަކުގެ މަސައްކަތް ކުރުމަށް އައިސް ތިބި ޗައިނާގެ ކުންފުނިތަކުން އަންނަނީ ކަރަންޓީން ފެސިލީޓިތައް އެޅުމުގައިވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކޮބާ އިބޫގެ ބެސްޓު ގެރިމޯދީ އިންޑިޔާއިން ނެގި ލޯނުތަކަށް އެއްވެސް ލުޔެއްދޭނެތަ ؟ ކެނެރީ ނަސީދު ދެލޯ ހުޅުވައިގެން މިހަބަރު ކިޔައިލާ ބަލަ ...
އަދިވެސް މޯދީގެ ފަހަތުނެ ދުވޭ، ވަގު ކެނެރީ..... މިހާރު ރައްޔިތުންނަށް ވަގަށް ދަނޑުވެރިކަން ކުރަނީޔޯލަ..... ރައްޔިތުން ލައްވާކުރަންޖެހޭ ކަމެއް އަމިއްލަ އާއިލީ ވިޔަފާރިއަކަށް ހެދުމުގެ ހަރާނަކޯރު ގަޅި ވިސްނުމެއްގަ ދެއްތޯ. ޗަތަންތާން ހުލިވާނެއަދި. ބަލޭންހުންނޭތި
އިންޑިއާ އާއި ޗައިނާގެ ހުރި ތަފާތަކީ މިއީ ދާހިލީ ކަންކަމާއި ނުބެހި ވިޔަފާރީގެ ގުޅުން ބޭއްވުން.. އެކަމަކު އިންޑިޔާ އިން ލޯނުގަޑެއް ދިނަސް ޑިމޮކްރަސީއޭ ކިޔާ ހުރިހާކަމަކަށް އަތްބާނަންޖެހޭ
މިސަރުކާރުގެ ބައެއް މީހުން ޗައިނާ އާ ދިމާކޮއްގެން އުޅޭކައް ލަދު ކޮބާ އަދިވެސް ޗައިނާ ފައިބުޑައް ވެއްޓެން ޖެހިދާނެ