ރާއްޖެ އިން މިއަދު ކޮވިޑް-19 އަށް އިތުރު 13 މީހަކު ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ހަތް ދިވެހިންނާއި ބަންގްލަދޭޝްގެ ފަސް މީހަކާއި އިންޑޮނޭޝިއާ މީހެއް ކަމަށެވެ.

އެހެންކަމުން ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1916 އަށް އަރާފައެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ އިއްޔެ އަށްވުރެ އިތުރު ވެފައެވެ. އިއްޔެ ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ ދެމީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ވެބްސައިޓުން ފެންނަން ހުރި މައުލޫމާތައް ބަލާއިރު މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި ހުރިހާ އެންމެންނަކީ ވެސް މީގެ ކުރިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންނާއި ގުޅުންހުރި މީހުންނެވެ. އެހެންކަމުން މިއަދު ފައްސިވި އެންމެން ވެސް ނިސްބަތްވާ ކްލަސްޓާ ވަނީ މިހާރު ފާހަގަ ކުރެވިފައެވެ.

މިދިޔަ އޭޕްރީލް މަހު ރާއްޖެ މާލެ އިން ކޮވިޑް-19 ފެނުނު ފަހުން ކޮންމެ ދުވަހަކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ސަރުކާރުން މިހާރު ދަނީ ޖުލައި މަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމަށް ތައްޔާރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަލާލް

    ހާދަހާވާ ރާގަޅޭ އަޅޭ އާންމުންގެ ތެރެއިން ނިކަން ސާންޕަލް ނަގާފަ ޓެސްޓް ކޮއްލަބަލަ

  2. ގައުމު

    ރާއްޖެ ފެއިލް ވެއްޖެ. މީހުން މަގުމަތީ ފުރިބަރާވާއިރުވެސް ކަމާބެހޭ ފަރާތްތަކަށް ނުފެނޭތަ. މީހުން އެއްވެ އުޅޭތީ ކަން ކޮންމެ ދުވަހަކު މީހުނަށް ބަލިޖެހެނީ ނޭނގެނިތަ.ކީއްވެތަ އަޅާނުލަނީ. ލުޔިދިނީ ކީއްވެ. ކީއްވެ ކާފިއު އިއްވާފަ މިކަން ފަސޭހައިން ކޮންޓްރޯލް ވާން އޮށްވަ އެކަން ނުކުރީ. ގައިމު ކާފިއު އިއްވީމަ ހަމަ ގައިމުވެސް އެކަކަށްވެސް ބޭރަށްް ނުނިކުމެވޭނެ. ކާން އެއްޗެހި ވައްދަން ކުރީގަ އެންގޭނެ. 14 ދުވަސް ކާފިއު އިއްވި ނަމަވެސް މިހާރު މިކަން އިރާދަ ކުރެއްވީތީ ހައްލުވެފަ އޮންނާނީ.

  3. ކިނބޫ

    ޓެސްޓްކުރުން މަދުކުރިވަރަކަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު މަދުވާނެ. އެހެން ގައުމުތަކުންވެސް މިބޭސް ބޭނުން ނުކުރަނީ ކީއްވެބާ؟