ޤާނޫނު އަސާސީ އިސްލާހް ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމަށް، އެމްޑީޕީގެ މެންބަރުން ދިން ހަމަލާ ޔޫރަޕިއަން ކޮންޒަވޭޓިވް އެން ރިފޯމިސްޓް ޕާޓީ (އީސީއާރް) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އީސީއާރް އަކީ 21 ގައުމެއްގެ 24 ސިޔާސީ ޕާޓީއަކާއި މިނިވަން މެންބަރުން ހިމެނޭ އެލަޔަންސެކެވެ.
އީސީއާރްގެ ބަޔާނުގައި ވަނީ އެމްޑީޕީގެ މެންބަރުން ޝިޔާމަށް ހަމަލާދިން ކަމާއި، އެމައްސަލައިގެ ޖިނާޢީ ތަޙްޤީޤެއް ފުލުހުން ފަށާފައިވާކަން ފާހަގަ ކޮށްފައެވެ. އަދި މަޖިލީހުގައި ތިބެނީ އިދިކޮޅު ނުވަ މެންބަރުން ކަން ވެސް ފާހަގަ ކޮށްފައި ވެއެވެ. "އިދިކޮޅު ޕީޕީއެމް މެންބަރުން މަޖިލީހަށް ވަދެ، ބަހުސްގައި ބައިވެރިވުމަށް ވަނީ ހުރަސް އަޅާފައެވެ. ހަމައެކަނި ޗެމްބަރުގައި ތިބުމަށް ފުރުސަތު ދީފައި ވަނީ ވެރިކަން ކުރާ ޕާޓީގެ މެންބަރުންނަށް އެކަންޏެވެ." ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި ފާހަގަ ކޮށްފައިވާ ގޮތުގައި މަޖިލީހުގައި ހިނގައި ދިޔަ ހަމަނުޖެހުމަކީ 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޑިމޮކްރަޓިކް މުއައްސަސާތައް އިސްލާހް ކުރުމަށް ކުރަމުން އަންނަ މަސައްކަތައް ކުރިމަތިވި ގޮންޖެހުމެވެ. އަދި މިއީ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރާ އިދިކޮޅު މެންބަރުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާފައިވާ އަމަލެއް ކަމަށް ވެސް އީސީއާރް އިން ބުންޏެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މަޖިލިސް ޖަލްސާ ބޮއިކޮޓް ކޮށްފައިކަން ފާހަގަކޮށް އީސީއާރް އިން ބުނީ މަޖިލީހުގެ މެޖޯރިޓީ ލިބިފައި ވުމަކީ ހަމަނުޖެހުން ހިންގިދާނެ ސަބަބެއް ނޫން ކަމަށެވެ.
"އީސީއާރް އިން ދިވެހި ސަރުކާރަށް މިގޮވާލަނީ މިމައްސަލައިގެ ދެފުއްފެންނަ ތަޙްޤީޤެއް ކުރުމަށެވެ. އަދި ސަރުކާރަށް މިގޮވާލަނީ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތައް ހިފެހެއްޓުމަށެވެ." ބަޔާނުގައި ބުނެފައި ވެއެވެ.
އީސީއާރް އިން ވަނީ ދިވެހި ސަރުކާރުން މިހާރު ޑިމޮކްރަސީގެ ހަމަތަކާއި ހިލާފަށް ހިންގަމުން ގެންދާ ކަންތައްތަކާއި މެދު ޔޫރަޕިއަން ޔޫނިއަން އިން ފިޔަވަޅު އެޅުމަށް ވެސް ގޮވާލާފައެވެ.
މެންބަރު ޝިޔާމަށް ހަމަލާދިން މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުން ގެންދާކަމަށް ވިދާޅުވި ނަމަވެސް އެމްޑީޕީގެ ވެރިން އެކަމާއި ނުރުހުން ފާޅުކުރުމުން މައްސަލައިގެ ތަޙްޤީޤު ރަނގަޅަށް ކުރިއަށް ހިނގައިދާނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.
އެއްކަލަ ހުޅަނގުގެ ލާދީނީ މީހުން ބުނާއެއްޗެހި މުހިންމުވީތާ މިހާރު ޕީޕީއެމް??
އީސީއާރަކީވެސް ޔަހޫދިބައެއްވިއްޔާ ބަޔާންނެރެފަ އެހިސާބުން ނިމޭނީއެވެ. އަމަލެއް ނުހިގާނެއެވެ.
ފިނޑި ކަލޯ ބިސްކަލޯ ނުނިކުމެއްޖެއްޔާމ ގަދަކަމުންވެސް ނެރޭނަން. ތިމާވަރުގެ މީހަކުނެތިގެން ނޫޅޭތި މަޖްލިސްއެތެރޭގަ. މިއީ ނައިފަރު ވަކަރުގެއެއް ނޫން.
އީސީއާރުން އެބަޔާން ނެރޭނީ ގައިމުވެސް ވަރަށްބޮޑަށް ބައްލަވާފަ، އަޅެމިޤައުމުގެ ހިޔުމަން ރައިޓްސް ކޮމެޓީ ކޮބައިބާ! މަޖިލީހުގެ ރައީސް އިސްތިއުފާދީ! އެނާއަކަށް މެންބަރުންނެއްނުބެލެއި
ޗަކޮއެ އެ ޕާޓީ މީހުނައް ސޭ ދީގެން ތިއުޅެނީ
ކަލޯ ޕީޕީއެމް ޕީއެންސީ ދިވެހިރާއްޖޭގެ ފޭންރާން ވީދައެއްނުލާނެ ބަޔަކުއެއްޗެއްބުންޖަސް ކަންކުރާނީ ވިސްނާފަ މިދޯހަޅިސަރުކާރުގަ ނޯޅޭ މިނިސްޓްރީއެއްމިހާރު ނެތެވެ އިސްތިއުފާދީފަ ދުރަށްޖެހިލައްވާ ރައްޔިތުންގެ ހައްގުހަމުގަވާ ކައުންސިލްވެސް ފެނާނުލާ ތިޔަ ދިރުވާލީ ތާރީހުން ފޮހެވޭނެތޯ.
ލާދީނީ