ހެޕީމާކެޓުން ރާއްޖޭގެ 41 ރަށަކަށް ފޭސް ޝީލްޑު ހަދިޔާ ކޮށްފިއެވެ.
ހެޕީމާކެޓުން މިއަދު ކުޅުދުއްފުށި ހޮސްޕިޓަލާ 500 ފޭސް ޝީލްޑް ހަވާލު ކޮށްފައިވަނީ ހއ. ހދ. އަދި ށ އަތޮޅުގެ ރަށްތަކަށް ހަދިޔާ ކުރުމަށެވެ.
ކުޅުދުއްފުށި ހޮސްޕިޓަލުން ވިދާޅުވީ މިތަކެތި ރަށްތަކުގެ އާބާދީއަށް ބަލައި ހަވާލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ހެޕީމާކެޓުން ހަދިޔާ ކޮށްފައިވާ މި ޝީލްޑް ތަކަކީ ކޮވިޑް-19 ގެ ސަބަބުން ކުރީ ސަފުގައި މަސައްކަތް ކުރާ ބޭފުޅުންނަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެ އެއްޗަކަށް ވެގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ކޮވިޑް-19 އާ ގުޅިގެން އެކި ރަށްތަކުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ބޮޑެތި އެހީތަކެއްވަމުން އަންނަ އެއް ބަޔަކީ ހެޕީމާކެޓެވެ.
ރާއްޖެ އިން މިހާތަަނަށް 1،900 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހުނު އިރު، މި ބަލީގައި އަށް މީހަކު ވަނީ ނިޔާވެފައެވެ.