ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދޭ "އިންކަމް ސަޕޯޓް އެލަވަންސް" ގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދީފިއެވެ.

ކޮވިޑް-19 އާއި ގުޅޭ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ސަރުކާރުން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ރޭ މިކަން ހާމަކުރައްވާ، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފައި ވަނީ، މި އެލަވެންސް މިހާތަނަށް 488 ފަރާތަކަށް ދޫކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ވަޒީފާއަށް އަސަރުކޮށްފައިވާ މިއިން ކޮންމެ މީހަކަށް ދީފައިވަނީ ފަސްހާސް ރުފިޔާއެވެ.

ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ، ނުވަތަ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވައިފައިވާ ފަރާތަކާއި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް މިއުސޫލުގެ ދަށުން އެލަވަންސް ލިބޭނީ މާޗް މަހުގެ 01 ވަނަ ދުވަހާއި ހަމައަށް ވަޒީފާގައި ހުރިނަމައެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ މޭއި މަހުގެ އެލަވެންސް އަށް އެދި ހުށަހެޅުމުގެ މުއްދަތު އިއްޔެ އިތުރުކޮށްފައެވެ. މިގޮތުން އެފަދަ ފަރާތްތަކުން އޮންލައިންކޮށް ޖޮބްސެންޓަރަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އުޅަކޭ

    ޖަމާނުވޭއަދިވެސްކޮންބަޔަކައްދިނީ ¿ (އޮޅިގެންވސުވާލު މާކު އެނބު ރިފަ ?

    3
    1
  2. ސަންތި

    އޭޕްރީލް މަހުގަ އެލަވަންސް ވެސް އަދި ނުލިބޭ މީހުން އެބަތިބި ފޯމު ލައިގެން.

  3. ރިޒޯޓްބޯއި

    ވަޒީފާއިން ވަކިކޮށް މުސާރަޔަށް ބަދަލު ގެނެސް ނުވަތަ ނޯޕޭއަށް ގެއަށްފޮނުވާލި ގިނަމީހުންނަކަށް ތިޔަ އެލަވެންސެއް ނުލިބޭ.ޕްރޮސީޖާ އުދަގޫވީމަ.ވީމާ ސަރުކާރުން ތިކަން ހެޔޮނިޔަތުގައި ކުރަންޏާ އެކުނޮފުނިތަކުން މުއައްޡަފުންގެ ލިސްޓާއި އެމީހުންގެ މަޢުލޫމާތު ހޯދައިގެން ތަކްލީފު ނުޖައްސާ ތިކަންކުރޭ.ޓޫރިޒަމް އިންޑަސްޓްރީގެ ވަޡީފާއިން ޙާލުގައިޖެހުނީ 900 މީހުންތޯ.

  4. ރިޒޯޓްބޯއި

    ވަޒީފާއިން ވަކިކޮށް މުސާރަޔަށް ބަދަލު ގެނެސް ނުވަތަ ނޯޕޭއަށް ގެއަށްފޮނުވާލި ގިނަމީހުންނަކަށް ތިޔަ އެލަވެންސެއް ނުލިބޭ.ޕްރޮސީޖާ އުދަގޫވީމަ.ވީމާ ސަރުކާރުން ތިކަން ހެޔޮނިޔަތުގައި ކުރަންޏާ އެކުނޮފުނިތަކުން މުއައްޡަފުންގެ ލިސްޓާއި އެމީހުންގެ މަޢުލޫމާތު ހޯދައިގެން ތަކްލީފު ނުޖައްސާ ތިކަންކުރޭ.ޓޫރިޒަމް އިންޑަސްޓްރީގެ ވަޡީފާއިން ޙާލުގައިޖެހުނީ500 މީހުންތޯ.

  5. ތާކިހާ

    ތިޔަ ލިބުނު ހަމީހުން ތިބީ ދޮގު ތިހައްދަވަނީ . އަޅުގަނޑުގެ ފޯމު ކޮބައިތޯ. މަބުރޫކޫ. އޮޅުވާލާ ސަރުކާރު.

  6. ތާކިހާ

    ފެބުރުމަރީ މަހު 28 ވަނަދުވަހު ވަޒީފާ ގެއްލުމުން ވަޒީފާ ގެއްލުނު މީހަކަށްވެސްނުވެ. އަމިއްލަމަސައްކަތް ކުރާމީހަކަށްވެސްނުވެ. ތިޔަ ކަމުގައި އުޞޫލު ކަނޑައެޅި ގޮތުން ހަމައެއްލަމައެއްނެތް. އަނގަތަޅާސަރުކާރު

  7. ގެއްލުނުސިޓީ

    އަދި މިދަންނަވާ އުޞޫލުގެ 4 ވަނަ މާއްދާގެ (ހ) އަދި (ށ) ދަށުންވެސް އަޅުގަނޑަށް މި ފޯމް ހުށައެޅުމަށް ހައްޤުތަކެއްލިބިދެއެވެ. އެހެންނަމަވެސް ހަމަ އެޞޫލުގެ 5. ވަނަ މާއްދާގެ (ހ) ބަޔާންކުރާ ހަމަތަކުގެ ސަބަބުން އަޅުގަނޑަށް އުޞޫލުގެ 4 ވަނަ މާއްދާ ލިބިދިން ހައްޤުތައް ގެއްލިދެއެވެ. އަދި ހަމަ ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ހައްޤުތައް ލިބިދޭ ފަރާތްތައް ބަޔާންކޮށްފައިވާގޮތުން އުޞޫލުގެ 8 ވަނަ މާއްދާގެ ދަށުން، ކޮންމެވެސް ސިފައެއްގައި އާންމުދަނީ އަށް އަސަރު ކޮށްފައިވާ ފަރާޓްތަކަށް ފޯމް ހުށައެޅުމުގެ ހައްޤުތައްލިބިދޭ ކަމަށް ބަޔާންކޮށްފައިވާތީ ، އަޅުގަނޑަށް މި ފޯރމް ހުށައެޅުމުގެ ސަރުތު ފުރިހަމަ ވެއެވެ. އެހެންނަމަވެސް އުޞޫލުގެ 10 ވަނަ މާއްދާގެ 3 ގައި ބަޔާން ކޮށްފައިވާ ހަމައިގެ މަތީން އަޅުގަނޑަށް ހުރިހާ ހައްޤެއްއަނެއްކާވެސް ގެއްލިގެންދަނީއެވެ.
    10 ވަނަ މާއްދާގެ 3 ގައިވަނީ 1 މާރޗް 2020 ގެ ކުރީން 06 މަސްދުވަހުގެމުއްދަތަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތެއް ކަމުގައި ވާންޖެހޭނެއެވެ. އިއްޒަތްތެރި މިނިސްޓަރަށް ލީ ސިޓީގެ ޖަވާބު ކޮބައިތޯ މަބުރޫކު ކޮބައިތޯޖަވާބަކީ؟ އެލަވަންސޭ ކިޔައިގެން އަގަނުހުޅުވާ

  8. މާޝާ

    ދޮގު ތިހައްދަވަނީ . އަޅުގަނޑުގެ ފޯމު ކޮބައިތޯ

  9. ސަމްސާ

    ވަޒީފާއިން ވަކިކުރި ކުންފުނިތަކުގެ ވެރިން އަސްލު ޖެހޭނީ މުވައްޒަފުންގެ މައުލޫމާތާ އެންމެހާ ޑޮކިއުމެންޓުތައް ޖޮބްސެންޓަރަށް ފޮނުވަން. އަހަރެމެންގެ ކުށެއް ނެތި ވަޒީފާއިން ކަނޑާލާފަ އަދި ވީ އެހުރިހާ ސިޓީ އެއް އޮފީސްތަކަށް ގުޅައި އާދޭސްކޮށްގެން ހޯދަން. ދެން ހުރިހާ އެއްޗެއް ހަމައަށް ފޮނުވީމަވެސް ލިބުނީކީ އެއް ނޫން އެކައްޗެއް މިހާރު 2 މަސް ވެއްޖެ. ދެން އަނެއްކާ 2 ވަނަ ފޯމު ލައިގެން ތިބެންވީ ކެތްކޮށްލައިގެން ބަނޑަށް ކުޅެއް ޖަހާލައިގެން

  10. ކުމާރު

    ތިޔަ ބުނާ އެލަވަންސެއް އޮލިގެން ވިޔަސް ލިބުނު މީހަކު މިއުޑު ހިޔަތް ދަށު ހުރިނަމަ އެކަން ކެނެރީގޭ ކޮރޯނާ އަށް އެންގޭ ތޯ ބަލާދީބަ