ފުލުހުން ކުރާ ހުވާއަކީ "ބަޣާވާތެއްގެ ޒިންދާބާދަށް" ވެގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލަށް ބަހުސް ކުރައްވަމުން ގިނަ މެމްބަރުން ފާހަގަ ކުރެއްވީ އެމްޑީޕީގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ނިމުނު ގޮތާއި ޖެހިގެން އައި ދުވަހު ފުލުހުންގެ ފަރާތުން ފެނިގެންދިޔަ އަމަލުތަކުންނެވެ. އެ ދެ ދުވަހު ފުލުހުންގެ ފަރާތުން ފެނުނީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަންތައްތަކެއް ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވިއެވެ.

މެމްބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ ފުލުހުންގެ ހުވާ ބާރަށް އަޑު ހަރުކޮށް ކިޔައި، އެއް ޖަމާއަތަކަށް ތިބެފައި ދެން ނުކުމެ، ދުއްވައިގަނެގެން ގޮސް ބަނޑޭރިގެއަށް ވަދެގެން ނުވާނެ ކަމަށެވެ.

މަޖިލިހުގެ ރައީސް، ނަޝީދު ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ. --- ފޮޓޯ: މަޖިލިސް

"އެއީ ފުލުހުންގެ ހުވާއަށް ހުރުމަތްތެރިކޮށް ނުހިތުން. މިއީ ހަމަގައިމުވެސް އަޅުގަނޑުގެ ސީދާ ލޮލުން ދުށް މަންޒަރު،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެ އިޝާރާތް ކުރެއްވީ އެމަނިކުފާނުގެ ވެރިކަން ނިމުނު ދުވަހަށެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލު ވެގެން ދިޔައީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގައި ފުލުހުންނާއި ސިފައިންގެ ތެރެއިން ވެސް ބަޔަކު ބައިވެރިވެ، ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

އެ ދުވަހު، ގިނަ އަދަދެއްގެ ފުލުހުންތަކެއް ނަޝީދުގެ ސަރުކާރާ ދެކޮޅަށް ޖުމްހޫރީ މައިދާނަށް ނުކުތެވެ. އަދި ފުލުހުންތަކެއް ސަފަކަށް އެތުރިގެން ތިބެ ފުލުހުންގެ ހުވާ ބާރަށް ކިއުމަށް ފަހު، ޖުމްހޫރީ މައިދާން ކައިރިއަށް އެއްވި އެމްޑީޕީ ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުމަކަށް ދިޔައެވެ. އަދި އޭގެ ފަހުން، ބަނޑޭރިގެއިން ނުކުތް ސިފައިންނާއި ޖުމްހޫރީ މައިދާނުގައި ތިބި ފުލުހުންނާއި އާންމުން ކުރިމަތިލުމަކަށް ވެސް ދިޔައެވެ.

އެ ދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ނަޝީދު ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފައެވެ.

އެކަމަކު، ނަޝީދުގެ ވެރިކަން ބަދަލުވީ "ބަޣާވާތަކުން" ކަމަށް އެމަނިކުފާނު އަބަދުވެސް ތުހުމަތު ކުރައްވައެވެ. ނަމަވެސް ވެރިކަން ބަަދަލުވި ގޮތް ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ވަނީ، ރައީސް ނަޝީދު އެ ދުވަހު އިސްތިއުފާ ދެއްވީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަފުޅަށް ކަމަށް އެނގެން އޮވެއެވެ. އަދި އެ ދުވަހު ހިނގި ހަމަނުޖެހުންތައް ތަހުގީގު ކުރަން ރިޕޯޓުގައި ބުނެފައިވެއެވެ.

އެ ދުވަހުގެ މުޒާހަރާގައި އިދިކޮޅު ފަރާތްތައް ލީޑް ކުރެއްވި ގިނަ ބޭފުޅުން މިހާރު ތިއްބެވީ ސަރުކާރު ކޯލިޝަންގެ ތެރޭގައެވެ. އޭގެތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ހިމެނިވަޑައިގަންނަވައެވެ.

އެ ބޭފުޅުންގެ ތެރެއިން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވާ ދެ ބޭފުޅުންނަކީ މަޖިލިހުގައި މިހާރު ތިއްބެވި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. އެ ދެ މެމްބަރުންނަށް މިހާރު ވެސް އެމްޑީޕީގެ މެމްބަރުންގެ ފާޑުކިޔުން އަމާޒުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ރާސްޕަރީ

    މީނާ މިއުޅެނީ 7 ފެބްރުއަރީގެ މައްސލައިގެ ތެރެއަށް ވަދެ ރާްއްޖެ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވައްދާލަން.ސިފައިންނާ ފުލުހުންނާ ދޭތެރޭ ބަދަލު ހިފުމުގެ ރޫޙުގައި. މީނަގެ ވެރިކަން ވެއްޓުނީ މީނާގެ ނާޤާބިލް ކަމުންކަން ނޭގުނު.

    50
    3
    • ކަލެއައް މާބޮޑައް އެނގެނީ

      ވެރިކަން ވެއްޓުނީއެއް ނޫން ބަޣާވާތް ކުރީމައި އިސްތިއުފާދިނީ.

      10
  2. މުހަންމާ

    ވަރައްބިރުގަނޭމީހަ ކުއެބަދޯ ހަސަނަން ހީވާނީ
    ޢަބަދުވެސްފުޅައްބުޑުންދަންޏާ ކެޔޮގަނޑު ކަޑާލަފާނެހެން މިހާރުއެތެޅެންފެށީ ވެރި ކަންވެއްޓި
    ދާނެއެތީ ގޮތްހުސްވެ ނޭވާހޮޅިއަން އެޅެނީދޯ

    43
    1
  3. ހުސައިން

    އެހެން އެވީ މަނިކުފާނުވެސް ކޮށްގެން ހުރި ހުވައަށް ކަމޭ ނުހިތީމަ. އިސްލާމް ދީނުގެ އަސާސްތަކާއި ކުޅެން އުޅުނީމަ

    42
    1
    • ލޮލްލޮލް

      ކޮންއަސާސަކާ ބެހުނީ..އަސާސުގަ އޮންނަނީ ވައްކަން ކުރުން؟؟؟

      1
      19
  4. ކަނަމަނަ

    މިވަބާމިގައުމުންފޮހެވިގެންނުދާހާހިދަކު ގައުމައްހަމަޖެހުމެއް ނައައްނާނެ

    33
  5. މޫސަ

    ރައްޔިތުން މަޖިލީހުގެ ހުވާ މެމްބަރުންނާއި ރައްޔިތުންނަށް އަނިޔާވެރި އެއްޗަ ކަށް ވެގެން ވާނެތޯ؟

    34
  6. ފަހުމީދީދީ

    ކަލޭ ބާރަށް އަޑުހަރުކޮށް ހުވާކޮށްފައި މަޖިލިސް ތެރޭ މާރާމާރީ ހިންގީ ކީއްވެ؟ ވެރިކަމުގެ ހުވާ ބާރަށް ކިޔާފައި ގޮސް ގާޒީ ވަގަށް ނޭގީ ކީއްވެ؟ ކަލޭ ހުވާ ތަށްކުރީ ވަކިމަޑެއްކޮށްނޫން.

    45
  7. މުހަންމާ

    ބަޢާވަތް ކޮއްގެންސަރު ކާރުހޯދައިގެން އުޅޭމީހުންނައް
    ހީވާނީއަބަދުވެސް އެހެންމީހުންވެސް
    ބަޤާވަތް ކުރާންއުޅޭނެޔޭ މޮޔަފުޅުވީތޯ

    32
  8. ލޮލްލް

    އިބިލީސް ބުންޏަސް ތެދެއްވާނީ ތެދަށް. ވެރިމީހާ ބުނީމާ ގުދަށްވެސް އޮންނަން ޖެހޭ ފަދަ ކަރާމަތެއް ނެތް ބަޔަކަށް ފުލުހުން ވެގެން ނުވާނެ. ޚާއްސަކޮށް ނަޝީދު މެންކަހަލަ ސިޔާސީ މީހެއްގެ އަމުރަށް.

    18
    1
  9. ކަންބުލޮ

    ޕޮލިހުން އެދުވަހު އަޑުހަރުކޮއްކީ ޕޮލިހުންގެ ހުވާތޯ މްނިކުފާނު ހަމައިގަނެތީމަ އެދުވަހި ހިންގިކަންކަން ހިޔާލީވާހަކައަކައް ހަދައިގެން ކަމަކުނުދާނެ ހަމައިގަތިބިމީހުނައް މަނިކުފޤނެ ޖެހިސަކަރާތް ފެބިފަވަނީ

    14
    • ޕޮލިސް

      ޕޮލިހުންގެ ހުވާ ކިއީ. ދެން ކުރީ ބަގާވާތް. ދެން ރައީސް ނަޝީދް އިސްތިއުފާ ދިނީ. ވާނުވާނޭގިގެން އުޅެނީ ކަލޭ.

      1
      1
  10. ތާކިހާ

    ބަލާވެރިކަމެއްގެ ވިސްނުން ޤައުމަށް މިފާޅުވަނީ. ރައްތިތުން ހޭ ވަރިކަންވޭތޯ

  11. ރަބަރޭ

    ރައީސުންގެ ހުވާ “ އެންމެނަކު އަބަދު ހަމާއިގާ ތިބޭކަށް ބޭނުމެއްނުވާނެ ބޮވޭނެ ބޯންވާނެ ބޮއިގެންނޫނީ އެކުދިންނެއް ސަލާމަތެއް ނުވާނެ” ވެގެންނުވާނެ
    ދެރަވަރު

  12. ހައިލަމް

    ނަސީދޫ... ކަލޭ ރިވައިންޑު ކޮއް ކޮއްފަ 7 ފެބުރުއަރީގެ ވީޑިއޯ ބަލާ.. އޭގެން ފެންނާނެ ކަލީ ވައްޓާލީ ފުލުންނާއި ސިފައިންވެގެން.. ވީމާ ކަލޭ ފުލުހުންނާއި ސިފައިންގެ ވެރީންނައް ރައްޓިހީން ލާފަ ތިބި ސަބަބު އެމީހުންނަކައް އޮޅިފަކާއެއް ނެތޭ...

  13. ހަސަން

    މިކަލޭގެ ކުރިހުވަޔަކީ މާރާމާރީ ހިންގަނީ ކުރި ހުވަޔެއްތަ . މަޖިލީގާ ހުސްގުންޑީއިން. ވައިގެ މިލްކިއްޔާތުގަ އަލިފާން ޖެހި ޚާއިނުން.

  14. ބަގާވާތުގެ ބައިވެރިޔާ

    ބަގާވާތް ކޮއްގެން ކޮން މޮޅެއްތަ ކަލޭމެންނަށް ލިބުނީ.

  15. Anonymous

    7 ފެބްރުއަރީ އަކީ މިގައުމުގައި ޤާނޫނީ ޙުކޫމާތި ހިންގި ދުވަސް. ޤާނޫނަށްވުރެ މައްޗަށް ރައީސަށްވެސް ބަސް ނުކިޔޭނެ ކަމަށް ނިންމުނު ދުވަހެއް. ޤާނޫނު ތަންފީޒު ކުރާ މުވައްޒަފުން އެބައި މީހުންގެ ހުވަޔާއި އެއްގޮތަށް އަމަލުކުރާނެ ކަން ދެއްކި ދުވަސް. ޤާނޫނާއި ޚިލާފަށް ސަލާމަތީ ބާރުތަކަށް އަނިޔާވެރިވުމަށް ރައީސް އޯޑަރުކުރި ދުވަސް.