ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އަށް ފެބްރުއަރީ 8، 2012 ގައި ފުލުހުން އަނިޔާ ކުރި މަންޒަރު ފެންނަ ވީޑިއޯއެއް ރައްޔިތުން މަޖިލީހުގެ ތަޅުމުގައި މިއަދު ދައްކާލައިފިއެވެ.

ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެގޮތަށް ވީޑިއޯ ދައްކަވަން ނިންމެވީ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ ގެ އެދިވަޑައިގަތުމަށެވެ.

މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ރައީސް ނަޝީދު ވިދާޅުވީ އީވާ އެދިވަޑައިގަންނަވާ ނަމަ މަޖިލީހުގައި އެ ވީޑިއޯ ދެއްކިދާނެ ކަމަށެވެ.

" އަޅުގަނޑު ބޭނުން އެ މަންޒަރު މިއަދު ވެސް ބަލާލަން. އެ މަންޒަރު މިތާގެ ކެމެރާތަކުގައި އަޅުވަން،" އީވާ ވިދާޅުވިއެވެ.

މަޖިލީހުގައި އެ ވީޑިއޯ ދައްކަމުން ދިޔަ އިރު ނަޝީދު ވަނީ އެ ވީޑިއޯއިން ފެންނަ މަންޒަރުތަކާ މެދު ވާހަކަފުޅު ދައްކަވައިފައެވެ.

" އެ ވީޑިއޯއިން ތިޔަ ފެނިވަޑައިގަންނަވަނީ މިހާރު މާފަނުން މެދު ދާއިރާގެ މެމްބަރަށް ފުލުހުންގެ ބަޔަކު ކޮޅުފައިންނާއި މުގުރުންނާއި އަތުން ހަމަލާ ދެމުންދަނިކޮށް،" ރައީސް ނަޝީދު އެ ވީޑިއޯ އަށް އިޝާރާތްކުރައްވައި ވިދާޅުވިއެވެ.

އެ ވީޑިއޯ އެޅުވި ގަޑީގައި މަޖިލިހުގެ ތަޅުމުގައި ބޮންޑޭ އިންނެވި ކަން ނުވަތަ ނޫން ކަން ސާފެއް ނުވެއެވެ.

މަޖިލިހުގައި ކުރިއަށް ދިޔަ ބަހުސްގައި އީވާ ވިދާޅުވީ ނަސްލީ އިމްތިޔާޒްތަކާއި ހަނގުރާމައިގެ މައިދާނުގައި ގޯހުން ހިނގާ ކަންކަމަށް އެހެން ގައުމުތަކުގައި ވެސް މައާފަށް އެދޭއިރު، ފެބްރުއަރީ 7 އަދި 8 ގައި ގޯހުން ހިނގާފައި ހުރި ކަންކަމަށް ރާއްޖޭގައި މައާފަށް އެދިފައި ނުވާ ކަމަށެވެ.

އެދުވަހު ފުލުހުން އަމަލު ކުރީ ގޯސްކޮށްކަން ގަބޫލުކޮށް އެ ފަހުން އައި ސަރުކާރުތަކާއި ފުލުހުންގެ ވެރިން ގައުމީ އަދި މުއައްސަސާއެއްގެ ފެންވަރުގައި މައާފަށް އެދެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ސިދާތާގެ ބެޑްސީޓް

    މިހާރު ދެން އީވާ ކޮންމެހެން ކަންކަން ފޮރުވަން އުޅޭނެކަމެއްނެތް

    119
    7
    • ގ

      ކުރީ 2012ގެ ސަރުކަރު އެކޭ މި ސަރުކަރެކޭ އެއްގޮތް އަނިޔާވެރިކަން އިންތިހާޔަށް... އަނިޔަވެރިކަން ފޫބައްދަން ވީޑިއޯ ދައްކާނެކަމެއް ނެތް.... އޯގާތެރި ސަރުކަރޯ!!! އަނިޔަވެރި ސަރުކަރު

  2. ފަރުދާ ބަގީޗާ

    ތިބޮންޑާ މަޖްލީސްގެ ކޮމިޓީއަކަާށް ގެންގޮސްސަ އިން ދިވެހި ރައްޔަތަކާއި ދިމާލަށް އަވަގުރާނަ ގޮވި ވީޑިއޯވެސް ބަލާލަށް ހަމަ ރަގަޅު. ކޮމެޓީގެ އެދުވަހުގެ މުގައްރިރު މިއަދުގެ ޓްއަރިޒް މިނިސްޓަ އެކަން ހަދާން ހުނަނަށް ވާނެ،

    119
    6
  3. ދަރަނި ދަންތުރަ

    ސިޔާމް ތަޅާ ރޯނާކުރި ވީޑިޔޯ ވެސް އަލްޖަޒީރާ އިން ދައްކާލަ ބަލަ ނަސީދު އިސްތިއުފާދީފައި ގަނޑުވަރުން ނިކުންއިރު ފަހަތުން ނެރުނު ރާފުޅިތަށް ވެސް ހުއްނާނެތާ އަދި އޭގެ ވީޑިޔޯ ވެސް މަޖިލީހުގައި އަޅުވާލަ ބަލަ

    132
    6
  4. ނޫންތަ؟

    މަޖިލިސް ސިނަމާއަކަށް ބަދަލުކޮށްފައި، ކެނެރީމެންގެ ވެރިކަމުގައި ދިވެހި ގައުމަށް ދީފައިހުރި ގެއްލުންތައް ގަވައިދުން ރައްޔިތުންނަށް ދައްކާ ރައްޔިތުން ސަމާލުކުރުވަން ޖެހޭ.

    119
    6
  5. ރަބަރޭ

    ޑެންމާކުގާއި ދިން ތަގުރީރުވެސް ފިސާރި ކެރެންޏާ ދަށްކާލަބަލަ

    93
    1
    • ސައިއްޓޭ

      ކެރޭނެބާ

  6. ބޭލާ

    ގުންޑާއިން ބުނެގެން ފެބްރުއަރީ އައްވަނަދުވަހު ޖޯޝާއި ފޯރީގަދިވެހިދައުލަތައްދިން ގެއްލުމުގެ މަންޒަރުތައްވެސް ދައްކާލަބަލަ(އަދިވެސް އެ ޖޯޝާފޯރިހުންނާނޭވެސް މީހަކުކީ)

    76
    1
  7. ޙަސަނާ

    ކަލޭމެން ދެބެން ވެގެން މިގައުމުފަސާދަކުރަމުން ހިތުހުރިއެއްޗެއްހަދަމުން ތިޔަގެންދަނީ ދިވެހިރައްޔިތުންކުރިމަތީގަ އާއިލީވެރިކަމެއްހިންގަމުން ގެންދާތަން އެކަނި ދިވެހިންނައްފެންނަނީ ތިމާ މިހާ ފުރަތަމަދިވެހިރައްޔިތުންގެ ކިބައިންމާފައްއެދިބަލާ...

    68
    1
  8. މުހަންމާ

    ތިބުނާބޮންޑާ އަ ކީނުލަފާ ކަމުންގޮސް ހައްދުންމައްޗައްގެންދަންވެފާހުރިމީހެއް އެހެންގޮތަ
    ކައްބުނާނަމަ ކަނޑުގަލެއްވިނަމަ އޮޑިދޯނިފަހުރުވެސް
    ދުއްވަންއުނދަގޫ ކުރީސް އެވަރުގެ ނުލަފާނުބައި
    މީހެއްތީ

    64
    1
  9. އަހުމަދު

    ފުރަތަމަ އަންނި މާފައް އެދިބަލަ

    20
  10. ތާކިހާ

    ދިވެހި ރައްޔިތުންނަށް އެއްޗެއްވިސްނޭތޯ. ބަދަލުހިފުމުގެ ރޫހު ހުރި މިންވަރު މިއަދު ވިސްނިއްޖެ. ޤާސިމް އިބްރާހިމް އަށް ސަލާމް ރައްދުކޮށްލާހިތްވަނީ

    18
  11. ކާފަ

    ޕޮލިހުން ތެޅުމާއި ރައްޔިތުންގެ މަޖްލީސް މެންބަރުން ތެޅުމާ ވަރަށް ތަފާތުވާނެ.

    19
  12. މުހަންމާ

    ތިބުނާބޮންޑާ 2012ވަނައަހަރުމަޖިލިސްގެ
    ކ ކޮމްޕީޓަރ ތަ ކުގެ ކޭބަލް ތަ ކާމައި ކުއުފުރާލާ
    އޭޗެއްސައްގެއްލުންދިންވީޑިއޯވެސްދައް ކާލަދީބަލަ

    19
  13. ނިޝާން

    އަމިއްލަ ކުއްފޮރުވަން އެހެންމީހުންގެ ކުއް ދެއް ކުމަ ކީ މިމީހުން ހާދަ ކުރާހިއްވާ ކަމެކެވެ.

    18
  14. ތަލަބޯ

    ތި ބޮންޑާއަކީ ނުލަފާކަމުން ގޮސް ހައްދުން ނެއްޓިފަ ހުރިމީހެއް. ފުލުހުންނަށް ނުކަތައިގެން ނުވަތ ފުލުހުން ގައިގައި ޖެހީމަ އެމީހުން ބާރުގެ ބޭނުންކުރާނީ. މިހާރު މަޖްލީސް ގެ ރައީސް ވެސް ފުލުހުންނާ ސިފައިންގެ މޫނަށް ކުޅުޖެހި. ފުލުހުންނެއް ކަމަކު އެއީ ވެސް އިންސާނުން ޖަހަން ނުޖެހުނަސް ޖެހޭނެ.

    37
    2
  15. ސަމީ

    މި ދެ މީހުންނކީ ވެސް ޤައުމެއްގެ މޖިލިސް ގެ ރއީސް އާއި އޭނާގެ ނާއިބޯ ކީކޭ ދެން ބުނާނީ ހުރި ފެންވަރު ލަދު ކުޑަ

    31
    3
  16. ޕޮޕް

    އަދި އެއްފަހަރު ކޮޅުފައިން މީހެއް ގައިގަ ޖަހާލާ! ލަދު ކުޑަ އަންހެނެއް!

    41
    2
  17. ކިޔުންތެރިއެއް

    1. ބޮންޑޭއަށް އަނިޔާކުރި ވީޑީއޯގެ ތަންކޮޅެއް ކުރިން ނަގާފައި ހުރި ވީޑީއޯ ތައްވެސް ކޮންމެވެސް ބަޔަކު އަތުގަ ހުންނާނެ. (ފުލުހުން ތަޅާ މަންޒަރު ނުލިބިގެން އެފަދަ ކަމެއް ކުރުވުމަށް ބަޔަކު ރާވައިގެން ތަޅުވަން ކުރި މަސައްކަތް، ގޮވި އެއްޗެހި، ކުރި ޖެއްސުން، ފުލުހުންނާ ދިމާއަށް އުކި ޕޭމަންޓް ގާތަކާ އެނޫންވެސް ތަކެތި، އެއުކި ގާތަކުންނާއި ތަކެތިން ފުލުހުންނަށް ވީއަނިޔާ) މި ވިޑީއޯ ވެސް ތިޔަ ޢިއްޒަތްތެރި މާލަމުގައި ދައްކަލަދެއްވަންވީ ނޫންތޯ؟
    2. ސިފައިންގެ ރޫޓްމާޗް/ ޕެރޭޑް ފަދަ ކަންކަމަކީ މައިންބަފައިން އެބައިމީހުން ދަރިންނާ އާއިލާ އެއްކޮށް ނިކުމެ ވަރަށް ޝައުގުވެރިކަމާއެކު މަޑުންތިބެ، ބަލަމުން އައި ކުޅިވަރެއް. ދިވެހި ސިފައިންގެ މިފަދަ ޙަރަކާތަކަށް ހުރަސް އަޅާ، އެމީހުނަށް ޖެއްސުންކޮށް، ސިފައިންގެ ބޭކަލުންނާ، އާއިލާ އަށް ރައްދުވާގޮތަށް ބަޔަކު ގޮވަމުންދިޔަ ހުތުރު ބަސްކަތާ ޖެއްސި ހުތުރު ވައްތަރުތައްވެސް ރެކޯޑް ކުރެވިފަ ހުންނާނެ. އަޅެ އެވެސް ތިޔަ އިއްޒަތްތެރި މާލަމުގައި ދައްކާލަންވީ ނޫންތޯ؟

    23
    1
  18. Anonymous

    މިހާރު މަޖުލީހުގައި އޮތީ ފިލްމު ބެލުމާއި ޕާޓީ ކުރުމާއި ޕާޓީގެ ގޭންގު ލައްވައި ނިކަމެތިން ތަޅާ ބޭރުކުރުމާއި ބިރެއްނެތި މަޖާކުރުން.
    މިބައިމީހުން މިތިބީ 7 ފެބްރުވަރީގެ އަމިއްލައަށް ބޮއި ބޮނޑި އަދިވެސް ހިތުން ނުފިލައިގެން. މިބައިމީހުންނަށް ބިރެއްނެތި މަޖާކުރެވެން އޮތީ މިގައުމުގައި ފުލުހުންނާއި ސިފައިން އުވާލައިގެން. އެއީ އަސްލު އެމްޑީޕީއިން ބޭނުންވާގޮތް. ކޮންމެ ގޮތަކަށް އުޅުނަސް އެމައްސަލައެއް ބަލާނެ ގޮތެއް ނެތުން.

    20
    1
  19. އެމް ޝަމް

    އިންސާނުންގެ ތެރެއަށް ނުފެތޭ މިހެއް ތި އީވާ އަކީ . ބޯ ހަލާކު

    18
  20. ނަައީމް

    ތިޔަބައިގަނޑު ތިތަނުންނެރެންވިސްނަންވީ މިހާރު މަޖިލިސްކުރާގޭގަ އޮރިޔާންފިލްމުވެސްބަލަނީ ލލަދުހަޔާތްކުޑަ

    15
    1
  21. މެލޭ

    ނޮވެމްބަރ 3 ގެ ވީޑިއޯ ވެސް ވާނެ އަޅުވާލަން!!

  22. ގަންޖާބޯ

    ހުންނަ ލަދުހަޔާތްކުޑަ ކަން ނިކަން ދެކިބަލަ ބީތާވިޔަސް ގަމާރުރު ވިޔަސް ތިއީ ބޮޑުވަރު މެންބަރު ޝިޔާމް ގައި ގަ ތެޅީ ބަލަ ފުލުން ނެއްނޫނެއްނު ޝިޔާމް ގައިގަ ތެޅީ މަޖިލިސް ތެރޭގައިތިބި ލާދީނީ ރީނދޫ ގުންޑާ މެންބަރުނެއްނު ބޮންޑު އަށް ހެދިގޮތެއް ހެދީ ޕޕއެމް މެންބަރުން ނެއް ނޫނެއްނު ވީޑިއޯ އިން އެބަފެނޭތަ ޕޕއެމް މެންބަރުން ބޮންޑުގައިގަ ތަޅާތައް ކުރިކަމެއް ކުރީ ފުލުހުން ނެނު އެވަރުވެސް ނޭނގުނުދޯ މަޖިލީސް ސިނަމާއަކަށް ހަދައިގެ ން ވީޑިޔޯ ދެއްކިއިރު އިރު ތިބީތާތަކަކަށް އެދެވީޑިއޯގައި ހުހިތަފާތުކީ މެންބަރު ޝިޔާމުއަށް އަނިޔާކު ރީފުލުހުން ނޫންވީމަ ލާދީނީ ވެގެންގޮސް ވާނުވާގައި ތިބިޔަސް ތިއީބޮޑުވަރު!

  23. ސަޓޯ

    އޭނާއަށް ކޮއްލިވަރު ކުޑަ ހަމަ.. ވޯޓު ހޯދަން އަހަރެމެން ގެއަށް އައި.. އެކަމަކު މިހާރު ފޯނު ނެގޭ ކަމަކައްވެސް ނުވޭ... އަހަރެމެންގެ ފައިސާ ކައިގެން ހުރި ބޭކާރު އެއްޗެއް..

  24. ޢިހްސާ

    ބަލަ އީވާއަށް އެނގިނުލައްވާފަަނެ މަޖިލީހުގައި މެމްބަ ރުން ކިޔަމަންތެ ރިކަން ނުދެއްކީމަ ސެކިއު ރިޓީ މެދުވެ ރިކޮށް ކަންކަން ކު ރަންޖެހޭކަން ، މެމްބަ ރުންނެއް ނޫން އެކަންކު ރަންޖެހޭނީ ، ޕާޓީކުދިން ކު ރީމަ ގޯހެއް ނުވާނެ
    ބޮންޑޭހައްޔަ ރުކު ރީ އާންމު ރައްޔިތުންބާ

  25. އަނިޔާ

    ރާއްޖޭގައި އަނިޔާ ކުރުމާ އަނިޔާ ވެރިވުމުގެ ޘަގާފަތް ފެށިގެން ދިޔައީ އެމްޑީޕީ އުފަން ކުރުމަށް ކުރި މަސަތްކަތް ތަކުގެ ތެރެއިން އަދި އުފަންވުމަށްފަހު...ވެރިކަމުގެ ދަހިވެތިކަމުގަ ރާއްޖޭގެ މުޅި އިޖުތިމާއީ ފޭރާން ވިދާ ކުދިކޮށްލީ...އަނިޔާ ކުރުމާ އަނިޔާ ވެރި ވުމަކީ ކަންކަން ހައްލު ކުރުމަށް އޮތް ހަމަ އެކަނި ހައްލު ކަމުގައި މީހުނަށް ވިސްނައި ދިނީ...އޭގެ ކުރިން ފުލުހުންނާ ސިފައިންނަކީ އާންމު ރައްޔިތުނަނަށް އަނިޔާ ވެރިވެ އަނިޔާ ކުރާ ބައެއް ނޫން...ވަރަށް އޯގާތެރި ރަނގަޅު ބައެއް...ނަމަވެސް ވެރިކަމުގެ ދަހިވެތި ކަމުގަ އާއި މިނިވަންކަމާ ރައްޔިތުންނަށް ހައްޤުވާ މިންވަރު ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށް ބުނެ ފާޅުކަން ބޮޑުގޮތެއްގައި ފުލުހުނަށާ ސިފައިންނާ އެމީހުންގެ ޢާއިލާ ތަކަށް އަނިޔާ ކުރުމަށް ގޮވާލާ އެގޮތަށް އެކަން ކަން ކުރުމުގެ ނަތީޖާ އަކަށް ވީ ސަލާމަތީ ބާރުތަކުގެ ވިސްނުން ބަދަލު ކުރަން ޖެހުން.....ތިމާމެންގެ ބާރު އޮތީމަ އަނިޔާގެ ވާހަކަ ދައްކާ މޮޅު ފިލްމުތައް އަޅުވާއިރު....އަނިޔާ ލިބުނީ އެމްޑީޕީގެ ހައެއްކަ މެމްބަރުން ނަށް އެކަނިތަ....ކިތަށް ފުލުހުންނާ ކިތަށް ސިފައިން އަދި އެބައިމީހުން ޢާއިލާ ތަކުގެ ކިތައް މެމްބަރުން އަނިޔާ ކޮށްފައިވޭ....މިޤައުމުގެ ޢާންމު ރައްޔިތުންގެ މުދާތައް އަންދާ އަޅިޔަށް ހަދާލާފައިވޭ....މީ ކޮންބައެއް ކުރި ކަންތައް ތަކެއްކަން ދިވެހި ރައްޔިތުން ނަކަށް އޮޅޭނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ...ތިމާމެންގެ ބާރު އޮތީމަ ކޮންމެ ކަމެއްވެސް ކޮށްފާނެ ކަން މިއަދު މި ފެންނަނީ....މި ނޫން ގޮތަކަށް ކަންކަން ހިނދު ކޮޅެއްގެ ތެރޭ ބަދަލު ވެދާނެ....ވިސްނާ!!!!!!!!!!

  26. މަރީ

    އީވާ ޢަބްދުﷲ ޤާނޫނު އަސާސީ( ﷲ ގެ އިސްމަ ފުޅު ލިޔެފަ އޮތް ) މައްޗަށް ކޮޅުފައިން އެރި ވީޑިއޯވެސް މާދަމާގެ ޖަލްސާގައި ދައްކާލަ ދިނުން އެދެނެ. ނައިފަރު ދާއިރާގެ މެމްބަރ އަޙުމަދު ޝިޔާމް ގަޔަށް ބޮލަށް އަރައި މާރާ މާރި ހިންގި ވީޑިއޯ ވެސް ދައްކާލަ ދިނުން އެދެނެ.އީވާ ޢަބްދުﷲ މުޙައްމަދު ލަޠީފް ގައިގައި ކޮޅު ފައިން ޖެހިވިޑިއޯވެސް ދައްކާލަ ދިނުން އެދެނެ. މުޅި މި ވެރިކަމުގެ ނިޒާމް ބައްޓަން މިކުރަނީ ބަދަލް ހިފުމުގެ ރޫީހާގެން ކުރިޔަށް ދިޔުމަށް. ތިމާމެންގެ ވެރިކަމުގައި ބަގުޑު ބައްދައިގެން ތިބެވޭނެ ހުރިކަމަކަށް މަގުކޮށައި ދީ. މުޅި މިރާއްޖޭގެ ވެރިކަމުގެ ހުރިހާ ބާރެއް އެކިދިމަދިމާއިން ގޮސް