މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ފައިސާ ހަމަޖެހުމުގެ ފުރުސަތު ވަރަށް ހަނި ކަމަށާއި އެ މަޝްރޫއުގެ 85 އިންސައްތަ ފައިސާ ވެސް ލިބިފައި ނުވާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދުގެ ދަށުން މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ 1،700 ބިންގާ އަޅާފައި ވަނީ މި އަހަރުގެ މާޗު މަހުގެ ކުރީކޮޅެވެ. ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ބޭއްވި ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ހައުސިން މިނިސްޓަރު އާތިފާ ޝުކޫރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގެ ފޮޓޯއާ އެކުގައި މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޝްރޫއުގެ ބިންގާ އެޅި އިރު، 85 އިންސައްތަ ފައިނޭންސް ވެސް ހަމަނުޖެހޭ ކަމަށެވެ. އަދި އެފައިސާ ހަމަޖެހުމުގެ ފުރުސަތު ވަރަށް ހަނި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން ހަމައެކަނި ފެންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފައްޓަވާފައި ހުރި މަޝްރޫއެވެ.

"މިއީ ވެސް އޮޅިގެން ކުރެވުނު ކަމެއްތޯ؟ ބިންގާ އެޅި އިރު 85 ޕަސަންޓު ފިނޭންސް ހަމަނުޖެހޭ. އަދިވެސް ހަމަނުޖެހޭ. ހަމަޖެހުމުގެ ފުރުސަތު ވަރަށް ހަނި. އަދި ހުޅުމާލެ ފޭސް ދޭކުން ފެންނަނީ ހަމައެކަނި ރައީސް ޔާމީން ފައްޓަވާފައިވާ މަޝްރޫއުތައް،" ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ޕީޕީއެމްގެ ޓިކެޓުގައި ނުކުންނެވުމަށް ނިންމަވާފައިވާ މުއިއްޒު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގައި އެންމެ ފުރަތަމަ ބިންގާ އެޅި ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ހިމެނެނީ 900 އަކަފޫޓުގެ 3 ކޮޓަރީގެ 1020 އެޕާޓްމަންޓާއި 650 އަކަފޫޓުގެ 2 ކޮޓަރީގެ 680 އެޕާޓްމަންޓެވެ.

އޭރުގައި ބުނި ގޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ މަހުގެ ތެރޭގައި ފެށިގެންދާނެއެވެ.

މި މަޝްރޫއަށް 133 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ސަރުކާރުން ކުރިން އޮތީ ހާމަކޮށްފައެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާނީ ފަހި ދިރިއުޅުން ކޯޕަރޭޝަނާއި، ސައިނޯހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަސަނާ

    އެމްޑީޕީ ހަބޭސްވާނެ ފާޑުފާޑުގެނަންނަމުގަ ކުންފުނިތަކާ ކޮމިޝަންހަދައިގެން ޕާޓީކުދިންނައް ބޮޑެތިމުސާރަހޯދައިދޭން އަހަރެމެންމިތިބީ ބަލަން 2023 ގެކުރިން ތިޔަ1700 ފުލެޓަކައް މީހުން ވަދެ ދިރިއުޅެންފަށާތަން 3 އަހަރުން އެހުރީ 7000 ފުލޭޓުވެސް އަޅާފަ ވީމާ ސޯލިހުވެސްވައުދުވީ ގޮތައް 5 އަހަރުން20000ހައުސިންޔުނިޓުވެސް އަޅާބަލަ ކޮންހާވަރަކައް ޓުވީޓުކުރާކައްތަ މިއުޅެނީ

    23
    2
  2. މޭން

    ފުރަތަމަ ދަޢުލަތުން ކާލި ލާރިގަނޑު ދައްކާފަ އަނގަފުޅާކުރޭ!

    7
    16
  3. Anonymous

    ބަލަ މުއިއްޒޫ ތިބޭފުޅާ އެންމެ ފަހުން ދޭއުޅުނު ފްލެޓް ތައް އެއީ ކަނޑުއަޑީގައި ހުރި ތަންތަން... އަވަސް އަރުވާލައިގެން އުޅޭއިރު ތިކިޔާ ޒުވާނުންގެ ރައީސް އަޅަން ބުނި އަލަތު ކައިވެނީގެ ފްލެޓް ތައް ކޮބާތޯ! ޔާމީން ދައުރު 5 އަހަރު މިވީ ފްލެޓް ލިބޭތޯ ހުރެ.

    ސިފައިން ޕޮލިހުންގެ ފްލެޓްތައް އެއީ ކަލޭމެންގެ ބާރުގެ ދަށުގައި 7 އަހަރުން ސްޓްރަކްޗަރވެސް ނުނިމުނު ތަންތަން އަދިވެސް ނުނިމޭ. އެކަމަކު ރަނގަޅު ވާހަކައެއް ފްލެޓް ވަނީ ހަވާލުކޮށް، ބަރާބަރަށް މުސާރައިން ކަނޑާ،

    2
    4
  4. ހއޕ

    އާން ފްލެޓް ފައިސާ ހަމަޖެހި، ނުވިތާކަަށް ޚުދު އެމަނިކުފާނު ގެ ދެއަތްޕުޅުން ބިންގާ އެޅި މަޝްހޫރު "ސީވިއު ހައުސިންގ ސްކީމް" ފްލެޓްތައް އިމާރާތްކޮށް ނިމި ފްލެޓްތައް ހަވާލުކޮށް ފައިސާދައްކާ އަދި ފްލެޓް ނުލިބިގެން އާންމުން ވަނީ އެންމެން ގޮވައިގެން ކޯޓަށް ދާންޖެހިފައި. ލޮލް

  5. އަލި

    ރައީސް ސޯލިހު އުފެއްދެވި ފްލެޓް ކޮމެޓީން ދެމެންބަރުން އިސްތިއުފާ ދެއްވީ ކީއްވެތޯ އެމް ޑީ ޕީ ކުދިން ކައިރިން ސުވާލު ކޮށްލަން ބޭނުން ބޮޑު މުސާރާގައި ތިބެފައި އިސްތިއުފާ ދޭނީ ހާދަ ވަރެއް ވީމައޭ..... އިންސާފުން ބޭރުން ލިސްޓް ހަދާތީ