ފުލުހުންގެ ފަހަތުން ނޫޅެ ގައުމުގެ ތަރައްގީއަށް "ގާބުރިއެއް" ނަމަވެސް ބާއްވައިދިނުމަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ގޮވާލައްވައިފިއެވެ.

ސައީދު ކުރެއްވި ޓުވީޓެއްގަިއ ވިދާޅުވީ ރައްޔިތުންގެ އާދޭހަކީ ލިބޭ ކޮންމެ ފުރުސަތެއްގައި ފުލުހުންގެ ފަހަތުން ނޫޅެ ގައުމުގެ ތަރައްގީއަށް ގާބުރިއެއް ނަމަވެސް ބާއްވައި ދިނުން ކަމަށެވެ. އަދި "މިވަރުން މިއުޅެނީ" ކޮން ބާރެއް ނުލިބިގެންތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އަދި އެމްޑީޕީގެ ލީޑަރަކަށް ހުންނެވި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަކީ "ސާފު ތާހިރު މައުސޫމް ތުއްތު ކުއްޖެއްތޯ" ސުވާލު ކުރެއްވިއެވެ.

ސައީދު އެގޮތަށް ވިދާޅުވީ ވައްކަމުގެ ތުހުމަތު ކުރެވޭ ފުލުހުން މިހާރުން މިހާރަށް ސަސްޕެންޑު ކުރުމަށްފަހު މައްސަލަ ބެލުމަށް ނަޝީދު ގޮވާލެއްވުމުންނެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލަށް ބަހުސް ކުރައްވަމުން ގިނަ މެމްބަރުން ފާހަގަ ކުރެއްވީ އެމްޑީޕީގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ނިމުނު ގޮތާއި ޖެހިގެން އައި ދުވަހު ފުލުހުންގެ ފަރާތުން ފެނިގެންދިޔަ އަމަލުތަކުންނެވެ. އެ ދެ ދުވަހު ފުލުހުންގެ ފަރާތުން ފެނުނީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަންތައްތަކެއް ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވިއެވެ.

މެމްބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ ފުލުހުންގެ ހުވާ ބާރަށް އަޑު ހަރުކޮށް ކިޔައި، އެއް ޖަމާއަތަކަށް ތިބެފައި ދެން ނުކުމެ، ދުއްވައިގަނެގެން ގޮސް ބަނޑޭރިގެއަށް ވަދެގެން ނުވާނެ ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވަނީ 7 ފެބްރުއަރީގައި އެމަނިކުފާނުގެ ވެރިކަން ވައްޓާލުމަށް އިދިކޮޅުން ކޮށްފައިވާ މުޒާހަރާގައި ފުލުހުންނާއި ސިފައިންގެ ތެރެއިންވެސް ބަޔަކު ބައިވެރިވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.

އެދުވަހުގެ ހަމަނުޖެހުންތަކާއި ގުޅިގެން ނަޝީދު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެކަމަކު، ފަހުން އެމަނިިކުފާނު ވިދާޅުވެފައި ވަނީ ވެރިކަން ބަދަލުވެފައި ވަނީ ބަޣާވާތަކުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ތާކިހާ

  ސައީދު ތިޔަކުރައްވާ ޒިންމާދާރު މަސައްކަތަށް ޝުކުރިއްޔާ.

  41
  9
 2. އަލްޖިބްރާ

  ކަލޭމެން ހިންގާފާހުރި ޖަރީމާތަށް ނުބަލާ ކުރެވޭނެ ތަރައްޤީއެއް ނޯންނާނެ ! ހުރިހާ ނުބައިކަމެއް ހިންގާފާ ތިބުނަނީ އެކަން ނުބަލާށޭ ! މިއީ ކަލޭމެންގެ އަސްލު ސިފަ !

  11
  42
 3. ގައުމުގެ ދަރި

  މިޔަދު މަޖިލީހުގައި ފުލުހުންގެ މުއައްސަސާ ބަދުނާމު ކުރުމުގެ ނިޔަތުގައި ވަ ކި މީހަ ކަށް އަނިޔާ އަނިޔާ ކުރި ވީޑިއޯ އެއް އާންމު ކޮށް ދެއް ކުމުން، އިންސާފުން އެއް ކިބާވެ ޒާތީ ތަޢައްސަބުން ފުރިގެންވާ ކަން ހާމަވެގެން ގޮއްސި، ޔޫޓިއުބުގައި އެބަހުރި އެ ކަހަލަ ބައިވަރު ވީޑިއޯ. ދައުލަތުގެ އެއްބާރުން ދައުލަތުގެ އެެންމެ މުހިއްމު އެއްމުއައްސަސާ ބަދުނާމު ކުރުމުގެ ނިޔަތުގައި ހިންގި ފިނޑި ނާތަހުޒީބު އަމަލެއް...

  14
  3
 4. ސައީދު

  ފިނިފެންމާ ސައީދޫ އަދުިންސާފާއި އަނިޔާވެރިކަން ހައްލުނުކޮށް ތަރައްޤީއޭ ކިޔައިގެން ބާއްވާ ކޮންމެ ގާބުރިއެއްގެ ދެގުނަ ތިޔަފަދަ މީހުންވަނީ ނަހަމަ ގޮތުގައި ކައިފަ. ވީމާ މިޤައުމުގައި ތަރައްޤީޭކިޔާފަ އެއްމެ ގާބުރިއެއްވެސް ބާއްވަން ވާނީ އަނިޔާ ވެރިކަމާއި، އަދުލުއިންސާފް ހަމަ މަގަށް އަޅުވައި ރަެްޔިތުންނަށް ކަށަވަު ކޮށްދީފަ، އެހެންނޫނީ ދެންވެސް ތިކަހަލަ ފިނިފެންމާތަކެއް ުފެދެންފަށާނެ.

  4
  14
 5. ސައީދު

  ފިނިފެންމާ ސައީދޫ ދޮންކަލޯމެން އެކުރިހާ ވައްކަންމާއި ޚިޔާނާތު ގެ ރެކޯޑަ މުގުރާފަ އެވަނީ ޕޮލިހުން އަމާޒް ފައްގަޑަކަށް ލައިގެން ވީމާ ޕޮލިސް ރިމޯމް ކުރާ ވާހަކަ ދައްންޏާ ވަރަށް ބާރުކުރާނެކަން އެގޭ

  4
  16
 6. ބޮޑުހުޅު

  ޖަރީމާ ހިންގީ ކޮންބަ އެއްކަން ސަރިޔަތެއް ނުކޮށް ހަމައެކަނި ޔޫޓިބު ހުރިވީޑިއޯތަށް ބަލާލުމުންވެސް ރައްޔިތުން ނަށް ސާފުވެގެން ދާނެ ހަގީގަތް ސަރިޔަތެއް ކުރިޔަސް ތިރީނދޫ ގުންޑާތައް ފަލީހަތް ވުން ނޫކަމެއް ނުވާނެ މިހާތަނަށް ދިވެރާއްޖޭގެ ރައްޔިތުނަށް ފެއްނަ ގޮތައްހިންގި ޖަރީމާ ޝަރިޔަތް ވެސް ތިލާދީނީ ގުންޑާތައް އަތަށް ގޮވީ ދެން ވެސް ޝަރިޔަތެއް ހިންގައިފިނަމަ ހަމަ ތިރީނދޫ ބައިގަނޑު ބަރަހަނާވާނީ!

  15
  3
  • ޥަގުތީ

   ޥަގުކަލޭގެ ވައްކަންކޮށް ބަރަހަނާވެގެން އެއޮތީނު ޖަލުގަ.

   2
   15
 7. އަލްޖިބްރާ

  އަނގަ އޮތީޔަކާ ކާޅެއް ނުކާނެ!

  9
  3
 8. ރީ

  ސާބަހޭ ޕޕއެމްގެ އިއްޒަތްތެރި މެންބަރުއްނަށް އެންމެ އެންމެ ތަންފު ކެއްވެސް ފަހަތައް ނުޖެހޭތި ސާބަހޭ ސައީދު ދެގޮތެއް ނުވާރައްޔިތުން މިތިބީ ހިވަރާ ޖޯޝާއެކު ރައީސްޔާމީންގެ ދިފާއިގައި މިއަޒުމެއް ނުގުޑާނެ!

  17
  2
 9. ޢަހޮމަދު

  ގާބުރިބާއްވަބަލަ ފިނިފެންމާސައީދު ބޯމަތީގަ ޢޭރުން އިންސާނުންގެ ސިފައިގަ އިންސާނުން ފެންނާނީ. ޢިންސާނުން ފިނިފެންމަލުގެ ސިފައިގަފެންނާނީ ސިކުޑީގަ މައްސަލައެއްއުޅޭތީ.

  1
  6
 10. ސަގަރުނާލު

  ވަގު ބޮޑުވަގު ހުރީ މިއަދު މަޖިލީހުގާ މީހުންނަށް އަނިޔާދޭން.

 11. ޟާރިޔާ

  ފުލުހުންގެ މުއައްސަސާއަކީ ބަދުނާމުކުރަންޖެހޭ ތަނެއްނުން ބަދުނާމުވެފައޮތްތަނެއް، ދިވެހި އެވެސް މީހަކު އިތުބާރު ކުރާބައެއްނުން، ފުލުހުން އެބަޖެހޭ އެޑިއުކޭޓުކުރަން ، މީހުންނާ މުއާމަލާތްކުރަން ދަސްކޮށްދެން، ފޭކު ޕޮލިސިންއެއް އޮންނަތަނެއް މީ!

  1
  2