ރާއްޖެއިން ކޮވިޑް-19 ފެނިފައި ވާތީ ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން މިހާރު ބަންދުކޮށްފައިވާ ސުކޫލުތައް އަލުން ހުޅުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށް އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ސުކޫލުތަކަށް އަންގައިފިއެވެ.

ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ސާކިއުލާގައި ވަނީ ކޮވިޑް-19އިގެ އެއްވެސް ޢަލާމާތެއް ހުރި އެއްވެސް ފަރާތަކުން ސުކޫލަށް ގޮސްގެން ނުވާނެ ކަމަށާއި ސުކޫލަށް ހާޒިރުވުމުގައި ލުއި ދިން ނަމަވެސް ދަރިވަރުން ކިޔެވުމުން އެއްކިބާނުވާކަން ސްކޫލްތަކުން ކަށަވަރުކުރު ކުރަން ޖެހޭނެ ކަމަށެވެ.

އަދި ޞިއްޙީ މައްސަލަތައް ދިމާވެފައިވާ ކުދިންނަށް ސްކޫލަށް ނާދެވުނު ނަމަވެސް އެކުދިންނަށް ކިޔެވޭނެ އިންތިޒާމުތައް ނުވަތަ ފިލާވަޅުތައް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަން ވާނެ ކަމަށް އެ މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮވިޑް-19ގެ ހިރާސް ބޮޑު ކަމަށާއި، ޞިއްޙީ މައްސަލަތައް ތަހައްމަލުކުރާ މުވައްޒަފުންނަށްވެސް ގޭގައި މަސައްކަތް ކުރެވެންވާނެ ކަމަށެވެ.

ކޮވިޑް-19 އާިއ ގުޅިގެން ސްކޫލްތައް ބަންދު ކުރީ މާޗު މަހުގެ 15 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ގޫގުލް ކުލާސް އަދި ޓެލެކްލާސް ބޭނުންކޮށްގެން ދަރިވަރުންނަށް ކިޔަވައިދިނުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކޮވިޑް-19އިގެ ޙާލަތަށް ބަދަލު އައިސްފައިވާ ކަމަށާއި، އެ ބަދަލުތަކާއި ގުޅިގެން ސުކޫލުތައް ހުޅުވުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ. އަދި ސުކޫލުތައް ހުޅުވައިލާނީ ކޮން އިރަކުކަން ކަނޑައަޅާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ސުކޫލަށް ކުދިން ހާޒިރުވާނެ ގޮތާއި، ސްކޫލަށް ހާޒިރު ކުރާނީ ކޮން ގުރޭޑުތަކެއްގެ ކުދިންކަމާއި، ކިޔަވައިދޭނީ ކޮން ދަންފަޅިއެއްގައިކަން ނިންމާނީ ސުކޫލުގެ ދަރިވަރުންގެ އާބާދީއާއި ސުކޫލުތައް ހުރި ރަށުގައި ކޮވިޑް-19އިގެ ހާލަތު އޮތް ގޮތަށް ބެލުމަށް ފަހުގައި ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

ސުކޫލުތައް ހުޅުވާއިރު ދަރިވަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ ގިނަ ކަންތައްތަކުގެ ތަފްސީލް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކާއި ހިއްސާކޮށްފައެވެ.

އެ މިނިސްޓްރީން ވަނި ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް އަމަލު ކުރާނެ އެސްއޯޕީއެއް ހުށަހެޅުމަށް ވެސް ސްކޫލްތަކަށް އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

 1. ާފަތޭ

  ހުޅުމާލެގަ ހުންނާނެ ވ.ބޮޑު، (ހިންގުން ދޯދިޔާ) ސު ކޫލެއް، މުދައްރިސުން ގިނަވަގުތު ތިބޭނީ ފޯނާ ކުޅެން، ދަރިވަރުންނާ މުދައްރިސުން އުޅޭނެ ގޮތަ ކަށް އުޅެންވީ. ދެން ކިހިނެއް ވެރިންނަށް ތިޔަބުނާގޮތަށް ކަން ކަން ޔަގީން ކުރެވޭނީ. ކޮވިޑް ރަގަޅު ނުވަނީސް ތިޔަ އުޅެނީ އަހަރެމެންގެ ދަރިންނަށް ކިހިނެއް ހައްދަވަންތޯ، މަގޭ ދަރިއެއް މާލެސިޓީގެ އެއްވެސް ސް ކޫލަ ކަށް މިހާލަތުގަ ނުފޮނުވާނަން.

  114
  4
  • ކަނީރު

   ކަލޭ ރަނގަޅުވާނެ ނުފޮނުވިޔަސް. އަދަބެއް ނުދޭނެ. ޢަހަރެމެން ފޮނުވާނަން

   10
   62
   • Anonymous

    ދަރިންދެކެ ލޯބިނުވާ މީހުން ފޮނުވާނެ މިހާލަތުގަ.

    57
    9
   • މުނީރު

    ކަލޭދަރި ފޮނުވައިގެން ހިތްހަމަޖަސާލައިގެން ފޮނުއަރުވައަރުވަ ހުރެބަލަ!

    45
    1
    • ިިދތ

     ނޮޓް ސެންދޑިން!!!

   • މުހަންމަދު ނަސީދު

    ހީވޭ ވަރައްބޮޑައް ދަރިޔާހެދީ އުދަގުވާމީހެއް ހެން ވެރިންގެދަރިން ފުރަތަމަ ސްކޫލްތައް ހުލުވަން ފޮނުވަން ވަރައްފެނޭ ......

    20
   • ސުބު

    ބެލެނި ވެރިންގެ ހާލަތު ހުރި ގޮތް މި ކުރާ ކޮމެންޓް ތަކުން ފެނިގެންދޭ އެބަ، ވިސްނާލާ ދަރިން ތަރުބިއްޔަތު ވާނޭ ގޮތާ މެދު. ނަމަވެސް އަހުލާޤުގެ މައްސަލައިގަވެސް ޒިންމާނަގަން ޖެހެނީ ނިކަމެތި ޓީޗަރު ކަލޭގެ. މި މުޖުތަމައު ހަލާކުވެ ނިމިއްޖެ. ނޭއްގާނީ ސިފަތަކާއި ހަސަދައިން މުޅި ރާއްޖެ ކިލަނބު ވެއްޖެ.

    15
  • ބުނީނިމަސް

   ސިއްހީ މަހިރުން އެބުނަނީ ބައްޔާއި އެކު އުޅޭށޭޖެހޭނި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން. މިވަރުންވެސް ގޮތްދޫނުކުރަން ދަރިންދެކެ ލޯބިވާ މީހުން ނުކިޔަވައިދީ ބައިތިއްބާ ވެކްސިނެއް ލިބޭނެހާ ދުބަހެއްވަންދެންް. ނުކިވާދީ ތިބެދާނެނު. ކަންމަތީ ގުރޫޕަކަށް ފޯމްފުރައިދީ ދެން

   7
   41
  • ނާރު

   ޓެެލެކުލާހުގަވެސް ދައްކަނީ ރިޕީޓް ހަފްތާއެއްވެއްޖެ ފިލާވަޅެއް އަޕްޑޭޓް ނުާވާތާ. ރެހެންދި ސްކޫލްގައި ތިބީ ބަނަގާޅީންް

   11
 2. ހުޅުވަންވީ

  ހަމަ ހުޅުވަންވީ. ހަމަ ގޮތަކަށް ކާޅު ގުއިހާވާހެން ސްކޫލު ހުޅުވިޔަކަށް ދަރިންނެއް ނުފޮނުވާނަން. ދަރިން ސުކޫލަށް ފޮނުވާނީ ތިކުރާ ކަންކަމުގެ ހުރި ފެންވަރަކާ، ކުފޫ ހަމަވާ ވަރެއް ބަލާފަ. ތިންމަސް ދުވަހު ގޭންނުނެރި މިގެންގުޅުނީ ކޮންމެސް ކަމެއްގަ. ކަލޭމެން ސުކޫލު ހުޅުވިއްޔޭ ބުނާއިރަކަށް ނުފޮނުވާނަން.

  120
  5
  • ސަތޭކަ އެކާވީސް

   ލޮކްޑައުންގައި މުޅި މާލެގަ ދުން އަރުވަމުން ދުއްވީ. ފުލުހުން ބޭރަށް ނުނިކުންނާށޭ ބުނީމާވެސް ނިކުތީ. ބޭރުން ތިހޯދި އެއްޗެއް ހޯދައިގެން ގެއަށް އައީމާ އެވަނީ ކޯއްޗަކަށް.

   10
   1
 3. ބަފާ

  އެޗްޕީއޭ އިން އަންގާނީތާ. އަހަރެންނަށް ފޮނުވަން ފެނުނު ދުވަހަކުން ފޮނުވާނީ.

  107
  5
  • ހާޖަރާ

   ކަލޭ ދަރިޔައް ނުކިޔަވާދީ އޮވޭ އެހެންވިއްޔާ

   7
   54
   • ހާޖަރާ ކާފަ

    ކަަލޭ އެކަނި ދަރިފޮނުވައިގެން ހުރޭ!

    39
    5
 4. ރާއްޖެ

  އިސްތިއުފާ ދީފަ ގެއަށް ދޭބަލަ.

  98
  3
 5. އެކްޓަރ

  ސްކޫލްތަކުގެ ކުލާސް ރޫމްތަކަކީ ކުޑަތަންތަނަށްވުމުން މާލެ އޭރިއާގައި ހުރިހާ ގުރޭޑެއްގެ ކުދިންނަށް ހަމަ ސޭފުތޯ... ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ބަލިޖެހިފަހުރޭ... ދަށް ގުރޭޑްތަކުގެ ކުދިން ރައްކާތެރިކަމާއެކު މޮނިޓަރކޮށް ބެލެހެއްޓިދާނެތޯ .. .....އައިޝަތޫ .. އަނެއްކާވެސް ގޯހެއް ނަހަދައްޗޭ....

  91
  4
 6. Anonymous

  ޢަދި ހުޅުވާކަށް ނުފެނޭ ލިބިދާނެ ދެރަޔަކާށް މައިން ބަފައި ވިސްނާލާ ގެއްލިއްޖެ ފުރަނައެއް ކިތައްމެ ވަރަކަށް ރޮވުނަސް އަތަކުނުޖިހޭނެ މިބަލިން ދިވެހިން ސަލާމަތް ކުރައްވާ އާއްމު ހާލަތައްއައިސް މިރާއްޖެއަށް ރަހުމަތާ ބަރަކާތް ބާވާލެއްވުމަށް ދުއާކުރޭ އެނޫން ގޮތެއް ނެތް ޓީޗަރުންވެސް ވިސްނާލައްވާ އަޅުގަނޑުގެ ހުރީ އެންމެ ކުއްޖެއް އޭނަޔަށް ގޮތެއްވެއްޖެނަމަ ދިވެހި ސަރުކާރަށް ދުވަހަކުވެސް މާފު ނުކުރެވޭނެ އައިޝަތު އަލީ އަށް އޭގެ ޝަޒާ ލިބުމަށް ހިތުގެ ފުންމިނުން އެދެވޭނެ

  89
  5
 7. އަލިމަނިކު2

  މިއީ އަނެއްކާ ކިހާވަރަކަށް އޮޅިގެން ބުނިއެއްޗެއްބާ.. މީހަކު މޮޔަވެދާނެ ހުވާ.. މުޅި މާލޭގައި ކޮވިޑު ފެތުރި މިދަނީ ލޮކްޑައުންގައިވެސް.. ދެން އަހަރެމެންވީ އަހަރެމެންގެ ދަރީން ސްކޫލަށް ފޮނުވަން.. ހަނދާން ނައްތާލާ.. މާލެ ނޫން އެހެން ރަށްރަށް އޯކޭ.. މިހާލަތުގައި މާލެ ސްކޫލު މިސްކިތް ހުޅުވައިފިނަމަ މިތަނުގެ ދުވަސް ދާނެ

  74
  4
  • މޮޔަ ހަސަނު

   މިސްކިތް ހުޅުވާ ވާހަކައެއް ނުދައްކާނެމިސަރުކާރަކުން އެނޫން ހުރިހާތަނެއް ހުޅުވާނެ! މިއީ މިސްކިތްދެކެ ބިރުގަންނަ ސަރުކާރެއް!

   64
   3
 8. އެމަންޖެ

  ކަލޭމެން ކޮސްގޮވާބަލަ ސުކޫލެއްގަ 1500 ކުދިން ތިބޭއިރު ދަންފަޅިއައް ބަހަބަހައިގެން ދަރިވަރަކައް 30 މިނެޓުވެސް ނުކިޔެވޭނެ ، ދެންތިބީ މުދައްރިސުން 150 ވަރު އުޅޭނީ ގިނަވެގެން އެމީހުންވެސް ޖެހޭނީ ހަމަނޭވާނުލާ ގަނދަތެޅެން.

  80
  2
 9. ދޮންބެ

  ނުފޮނުވާނަން!

  77
  2
 10. ށަނޫން

  ބެލެނިވެ ރިން ނޭ. މައިންބަފައިންނޭ! މި ކޮވިޑް ގަ ސަ ރުކާ ރުގެ އިހުމާލުން ކިތައް ކުދިން ނިޔާވިތޯ؟. މިފަދަ ބަޔަކު ބުނެލާއި ރަށް 2ލޯ ފަދަ ދަ ރިން ގު ރުބާން ކު ރާ ނަންތޯ؟ ހިތާ ހިތުން ސުވާލު ކު ރައްވާ. ޓެސްޓް ނެހެދި ފައްސިވާ މީހުން ގެ ވާހަކަ ނުދެއްކުމަކީ ބަލިޖެހިފަ ތިބި މީހުން ނެތުމެއްނޫން. ސްކޫލަށް ފޮނުވުން ސޭފެެއް ނޫން.

  40
  1
 11. ކު މާރު

  ކުއްލި ޚަބަ ރު........ ސުކޫލުތައް ހުޅުވަންބުނެވުނީ އޮޅުމަކުން

  44
  1
 12. ދީމާ

  ވަރަށް ރަގަޅު ނިންމުމެއް. މިއީ ވަރަށް ނާޒުކް އެހާމެ ނުރައްކާތެރި ޙާލަތެއްކަމަށް ގަބޫލުކުރަން. އހަރެމެންގެ ދަރީންގެ މުސްތަގްބަލާއިމެދު ވިސްނާނީ އަހަރެމެން.ކުދިން ސުކޫލަށް ނުފޮނުވާ ގޭގައި 24 ގަޑިއިރު ބަންދުކޮށްފައި 2 މަސް ނޫނީ 3 މަސްވަންދެން ބޭތިއްބުމަކީ އެކުދހިންނަށްވެސް ނަފްސާނީ ގޮތުންވެސް ވަރަށްގިނަ އަސަރުތަކެއް ކުރާނެ ކަމެއް. އަދި މިފަދަ ޙާލަތެއްގައި އެންމެން އެއްބާރުލުންދީ ފަރުދީ ޒިންމާ އަދާކޮށްގެން ނޫނީ އަހަރެމެންނަށް މިފަދަ ކަންތައްތަކުން އަރައިގަންނަން އުދަނގޫވާނެ. ހުރިހާ މައިންބަފައިންވެސް އެމީހުންގެ ދަރީންދެކެ ލޯބިވާނެ. ދަރީންނަށްވެސް މިފަދަ ހާލަތު ވިސްނާދީ އެކުދިންގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހިތްވަރުދޭންވާނެ. އެޗް. ޕީ އިން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަބާ ސުކޫލް މާހައުލުގައިވެސް އުޅެން ހޭނެންވާނެ. އަޅުގަނޑުމެންނަށް ދިމާވެފައިވާ މި ނާޒުކް ހާލަތަކީ މާދަމާ ނޫނީ 2 މަސްފަހުން އެހާލަތުން އަރއިގަންނާނެކަމުގެ އެއްވެސް ޔަގީންކަމެއް އޮތް ހާލަތެއްނުން. އެހެންކަމުން އަހަރެމެންނަށް އޮތީ ދުއާކޮށް މިފަދަ ކަންތައް ތަކުން ޤައުމާއި އަހަރެމެންގެ ދަރީން ރައްކާތެރިކޮށް ދެއްވުމަށް ދުއާކޮށް މިކަންތައްތަކުން އަރައިގަންންނަން މަސައްކަތް ކުރުން.

  6
  37
  • Anonymous

   ބޭފުޅާ ކޮވިޑް ކޮވިޑް ކިޔަކިޔާ މިސްކިތްތައް ނުހުޅުވާ މިހުރީ ބަލި ފެތުރޭތީއޭ ކިޔާފަ. އަނެއްކޮޅުން ރަށްރަށަށް ދާ މީހުން 24 ދުވަހު ކަރަންޓީނު ކުރަންޖެހޭ ސަބަބަކީ ކޮބާ. ދެން ޅަދަރިންގެ ދުވަސް ދުއްވާލަން ތިކަން ކުރަން އުޅޭނެކަމެއް ނެތް. ފުރަތަމަ ހުރިހާ ވަޒީރުންނާއި ބޮޑުންގެ ދަރިން ސްކޫލަށް ގެންގޮސް އަޖުމަ ބަލާލަންވީ. ދެން އެއަށްފަހު ނިކަމެތިންގެ ދަރިން

   39
   1
 13. ފުއްޓަރު

  ހުޅުވަބަލަ. މިހިރަ ފެންނަ އަންހެނާ! ޑަބްލިއު އެޗްއޯ އިން ކިޔާ އެއްޗެއް މިބުރާންތިންނަށް އަޑު އިވޭބާ! ކަޓާފަ، އޮޅިފަ 24 ގަޑީގަ ތިބެނީ. ހުޅުވަބަލަ. ނުފޮނުވާނަން މަގޭ ދަރިއެއް ?

  47
  2
 14. ާަިެއިސް

  އެޗްޕީއޭ އިން އަންގާނީތާ. އަހަރެންނަށް ފޮނުވަން ފެނުނު ދުވަހަކުން ފޮނުވާނީ.

  36
  1
 15. ﷲއަށްބިރުވެތިވޭއަނިޔާވެރިންނާދުރައްދޭ

  އުމު ރުގެފަހުކޮޅުގައި ދަ ރިންﷲ ރަހުމަތުންލިބުނީ އަޅުގަޑު ފު ރާނައަށްވު ރެންވެސްލޯބިވޭ ދަ ރިންދެކެ އެދަ ރިންނައްކަމެވެންދިައީމަ ދެންއަޅުގަޑުވެސް ދުނިޔޭގައުޅުމަކީ ވަ ރަށްހިއްދަތިކަމެއް ވިސްނަވާތި ތިކު ރެވޭކަން

  36
  1
 16. ސުންނާފަތި

  ނުފޮނުވާނަން..ނުފޮނުވޭނެ..

  42
  1
 17. Anonymous

  މާލޭގައި ހުރި ސަރުކާރުގެ ހުރިހާ އޮފީސްތައް ހުޅުވައި އަޖްމަ ނުބަލަނިސް އަަޅުގަނޑުގެ ދަރިން ސްކޫލަށް ފޮނުވާކަށް ބޭނުމެއް ނޫން.
  މާލެއިން ރަށްރަށަށް ދާ މީހުން 24 ދުވަސްވަންދެން ކަރަންޓީނު ކުރަން ނިންމީ ކޮންސަބަބަކާ ހުރެ. ބަލި ފެތުރުމުގެ ރިސްކު އޮތީމާ. ނޫންނަމަ ލޮކްޑައުންނަށް ރަށްރަށަށް ދާ މީހުން 24 ދުވަހު ކަރަންޓީނު ނުކުރީސް.
  އެހެންކަމުން 24 ދުވަސް ވަންދެން މާލޭގައި ހުރި ދައުލަތުގެ އޮފީސްތައް ހުޅުވައި ކޮވިޑްގެ ރިސްކު އޮތީ ކިހާވަރަކަށްތޯ ބެލުމަށްފަހު ނޫނީ ސްކޫލުތަކަށް ކުދިން ކިޔަވަން ފޮނުވުމަކީ އަޅުގަނޑުމެންގެ ދަރިން ހަލާކެއްގެ ތެރެއަށް ވައްޓާލުމަށް ކުރާކަމަކަށް ނޫނީ ނުވާނެ.
  ހުރިހާ ބެލެނިވެރިންވެސް މިކަމާ ވިސްނަވާ.

  46
  1
 18. މަހުދީ

  ޓީޗަރުންވެސް އަދި ދަރިވަރުންވެސް ސްކޫލަށް ނެރިގެން ނުވާނެ. އަދި ކަންކަން ހަމައަކަށް ނޭޅިގެން އުޅޭއިރުވެސް މިނިސްޓަރުން ހީވަނީ އީދެއް އައިސްގެން އުޅޭހެން. އަކަކު އުޅެނީ ފަތުރުވެރިން ނުގެނެވިގެން މޮޔަވެގެން

  50
  2
 19. ރައްޔިތުން

  ސުކޫލް އަށް ނުގޮސް މިވި 3 މަސް ދުވަސް ތެރޭ މިގޭ އެއްވެސް ކުއްޖަކަށް ރޯގާއެއް ނުޖެހޭ. އެހެން ނޫންނަމަ ރޯގާ އެއް ނުޖެހި ތިބޭ ދުވަހެއް ނާދޭ..

  ދެން މިދައްކަނީ މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ބައްޔެއްގެ ވާހަކަ. އެއްވެސް ބެލެނިވެރިއެއް ހިއްހަމަ އެއް ނުޖެހޭނެ މިގޮތައް ކަންތައް ހުއްޓާ ސްކޫލް ތައް ފަށާކަށް.

  ވަރަށް އަން ޕްރޮފެޝަނަލް ކޮށް ވެރިންގެ ކަންތައްތައް މި ދަނީ، އެއްވެސް ގެރެންޓީ އެއްނެތް މި ދައްކާ ވާހަކަ ތަކަކާމެދު.

  23
 20. އެންޓި ބުއްޅަ ފިކުރު

  މާލެ ސްކޫލް ތައް ނަމަނަމަ ނުހުޅުވާތި ⚠️? ، ފާޑެއްގެ ނިއު ނޯމަލް އޭ ކިޔައިގެން ސަރުކާރުން އެއުޅެނީ ހުރިހާ އެންމެންނަށް ބަލި ޖައްސައިގެން އެމީހުންގެ ކާފަ މާމަ މަރުވެ ދިވެހިންގެ އާއިލާތައް ހިތްދަތިކޮށް ދިރިއުޅުން ހަލާކު ނުކުރެވިގެން ، ބޭރުގައުމެއްގެ އެހީއަކާ ނުލާ އަމިއްލަ ގައުމުގަ ހުރި ދައުލަތުގެ ފައިސާތައް ހުސްވެގެން ، ކާލާނެ ލާރިކޮޅެއް ނުލިބިގެން ހުރިހާ ތަނެއް އަވަސްއަރުވާލާގެން ލާރިގަނޑު ބަނޑަށް އަަޅާހިތުން ހުޅުވަން އެ ތެޅި ބާލަނީ ، ކެތްތެރިކަން ވެސް ނަހައްދަވާ ވަރެއްގެ ސަރުކާރެއް މީ ، ނިއުނޯމަލް އަށް އަމަލު ކުރާ މީހުން އެ ހިތްދަތި ވޭން އެމީހެއްގެ އާއިލާއަށް އުފުލަން ޖެހޭނެކަން ހަނދާން ކުރާތީ.

  22
 21. ާައައިސާ ހެޔޮ ނުވާނެ ގަބޫލުކޮށްބަލަ

  ޙުރިހާ ޓީޗަރުން ޓެސްޓު ކުރޭ ހާއްސަކޮށް ބޭރު ޓީޗަރުން... ދެން ދެ ކުދިން ދޭތެރޭ 6 ފޫޓުގެ ދުރުމިން ބަހައްޓައިގެން ކިޔަވައިދީ.. ކޮންމެ ދުވަހަކު މާސްކެއް ލިބެންޖެހޭނެ.. ސެނިޓައިޒާރ އަދި ސައިބޯނި ހުސްނުވެ ލިބެންޖެހޭނެ.. . މިހުރިހާ ޝަރުތަކާ އެކު ސްކޫލަށް ފޮނުވަން ރުހި ގަބޫލު.. އެހެން ނޫނީ ނުފޮނުވާނަން ... ކީއްކުރެވޭނީ.. ކޮށްބަލަ ކަމެއް.. ފްރާންސް އިން ބުއި ކަހަލަ ބޮނޑިއެއް ބޯން ކަމަނާފާނު ތިއުޅުއްވަނީ...

  14
 22. ސަމީހާ

  މޮޔަފުޅުވީތޯ ؟ ސްކޫލައް ނުފޮނުވަަނަން މަގޭ ދަރިންނެއް، ބައްޔައް ސިފާއެއް ނުފެންނަނީސް

  19
 23. ރަށްފުށު މާމަ

  ހުރިހާ އެންމެންގެ ދަރިންކޮޅު ކަރަންޓީނު ކުރަން ބޭނުމިއްޔާ އޯކޭ ސްކޫލަށް ފޮނުވިޔަސް.?‍♀️?‍♀️?‍♀️ ޓެސްޓުނުކުރަންޏާ ހީވާނީ މިހާރު ޤައުމުގެ ހާލަތު ރަނގަޅޭ.?
  ޝުކުރިއްޔާ!?

  23
  2
 24. އެއްދަތްބެ ދަ ރަށް ފުށު ކާފަ

  ކަލޯ ވެސް ފޮނުވަބަ ނޯށުގައި ނާއްޓެއް އަޅުވާތި ދަރީގެ

 25. އަލްޖިބްރާ

  ދަރިން ސްކޫލަށް ފޮނުވާނަމޭ ކިޔައިގެން އަޑުގަދަ ކުރުމަކީ އަދި މާރަގަޅުގޮތެއް ނޫން ! ބައްޔަށް އެއްވެސް ފަރުވާއެއް ނެތް ކަމެއްގާ ހަމަ ސަލާމަތުން ތިބެފާ ބަލީގެ ތެރެއަށް ފުންމާލުމަކީ ފަތަން ނުދަންމީހަކު މޫދައް އެއްލާލުން ފަދަ ކަމެއް ! ހަމަގައިމުވެސް މި މާލޭން މިވައިރަސް ފިލައިފިކަމުގެ ޔަޤީންކަން ނުލިބި އުޅެނިކޮށް ކުދިންތަކަކަށް ސްކޫލަށް ފޮނުވުމުގެ ސަބަބުން ދެރަގޮތެއް މެދުވެރިވީމާ ކުށްވެރި ކުރާނީ އެޑިއުކޭޝަން މިނިސްޓަރު! އެކަމަކު ގެއްލިގެން ދިޔަ ދަރި އަބުރާ ނުލިބޭނެ ! ތަޢުލީމަކީ ހޯދަން ޖެހޭ އެއްޗެއް ! އެކަމަކު އެކަން އަންނަނީވެސް ސިއްޙަތު ސަލާމަތް ކުރުމަށް ފަހު !

 26. ޒާ

  މަގޭދަރި ނުފޮނުވާނަން