ރާއްޖޭގެ އުފެއްދުންތެރިކަން އެންމެ ބޮޑަށް ދަށް ވަނީ މިހާރު ވަޒީފާ އާއި ބެހޭ ޤާނޫނު އޮތް ގޮތުން ކަމަށް މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ވަޒީފާ އާއި ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ފިރުޝާން ވިދާޅުވީ ރާއްޖޭގައި ވަޒީފާ އަދާ ކުރާ ވަގުތު އެހެން ގައުމުތަކާއި އަޅާ ކިޔާނަމަ މަދު ކަމަށެވެ. ވަޒީފާގައި އުފެއްދުންތެރިކަން ދަށްވާ ސަބަބެއް ކަމަށް ތަޖުރިބާކާރުން އެންމެ ބޮޑަށް ފާހަގަކުރާ ސަބަބަކީ ވަޒީފާ އާއި ބެހޭ ޤާނޫނު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފިރުޝާން ވިދާޅުވީ ސިއްހީ ސަބަބުތަކާއި ސަލާމް ބުނާ މީހުން ކޮންމެ ދުވަހަކު ބަލިވެ އުޅޭކަން އަންގަން ޑޮކްޓަރަރު ސޮއިކުރި ލިޔުމެއް ހުށަހަޅަން ޖެހޭ ގޮތަށް ހަމަޖައްސަން ތާޢީދު ނުކުރައްވާ ކަމަށެވެ. އޭގެ ބަދަލުގައި ވަޒީފާ އަށް މީހުން ނުކުތުމަށް ޝައުގުވެރިވާނެ ގޮތްތަކެއް ހަމަޖައްސާ، އިތުރު އެލަވަންސްތައް ހަމަޖައްސަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"މުވައްޒަފުން މޯޓިވޭޓް ކުރެވޭނެ ގޮތެއް އިންތިޒާމް ކުރަން އަޅުގަނޑު ގޮވާލަން. މިސާލަކަށް އެޓެންޑެންސް އެލަވަންސް ކަހަލަ އެލަވަންސެއް ތައާރަފްކޮށް މުވައްޒަފުން ގިނަ އިރު ވަޒީފާގައި ވަގުތު ހޭދަކުރުމަށް މަގުފަހި ކުރުމަށް ބާރުއެޅުމަށް އަޅުގަނޑު ގޮވާލަން." ފިރުޝާން ވިދާޅުވިއެވެެ.

ވަޒީފާ އާއި ބެހޭ ޤާނޫނުގައި ކަންބޮޑުވާ އެތައް ކަމެއް އެބަ ހުރިކަމަށް ފިރުޝާން ފާހަގަކުރެއްވިއެވެ. ޕްރޮބޭޝަން މުއްދަތު 3 މަސް ދުވަހަށް ވުރެ ދިގު ނުކުރުމަށާއި، ޕްރޮބޭޝަން މުއްދަތުގައި މުވައްޒަފުންނަށް ދޭން ޖެހޭ އެލަވަންސްތައް ދިނުމަށް ތާޢީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީފާ ނެތް މީހުންނަށް އެލަވަންސް އެއް ދޭން ވަޒީފާގެ ޤާނޫނުގައި ހިމެނުމަކީ ވެސް ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. ފިރުޝާން ވަނީ ނުހައްގުން ވަޒީފާ ގެއްލުވާލާފައިވާ މީހުންނަށް ވަޒީފާ ހޯދާ ދިނުމަކީ އެމްޑީޕީގެ ވައުދެއްކަން ފާހަގަކޮށް، ވަޒީފާ ގެއްލުނު އެތައް ބަޔަކަށް އަދިވެސް އިންސާފު ނުލިބޭކަން ފާހަގަކުރައްވާފައެވެ. އެ ފަރާތްތަކަށް ލިބެންޖެހޭ ހައްގުތައް ހޯދާދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް ފިރުޝާން ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ބީރުބޭ

  އެހެންތަ. އެހެންވިއްޔާ އަވަހަށް ރަނގަޅުކުރޭ. ތިތިބީ މަޖިލީހުގަނު. ދިވެހި ރައްޔިތުންނާހެދި ތިތިބަ މަރުދެނީނު.

  7
  1
 2. ބުއްޅަބެ

  މަޖިލީހުފުރިހަމަބާރުއޮތީޤާބިލު،ތަޖުރިބާހުރި
  ބިރުކުޑަބޭފުޅުން އަވަހައްވަޒީފާއާބެހޭގާނޫނު
  އަސްލާހުކުރައްވާ

  3
  1