ސަރުކާރަށް ރައްޔިތުން މަޖިލީހުގެ "ސްޕަ މެޖޯރިޓީ" އޮތްކަމަށް އިހްސާސް ނުކުރެވޭ ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިދިކޮޅު މެންބަރުން ވަޑައިނުގެންނެވި ނަމަވެސް އެކަން ފާހަގަ ނުކުރެވޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

ސައީދު ވިދާޅުވީ އެޖެންޑާ އަކީ ކޮބައިކަން އެނގޭވަރަކަށް އިހްސާސް ވަނީ ބިރާއި ނާމާންކަން ކަމަށެވެ. "ބަސްމަދުކޮށް ޤާނޫނު އަސާސީއަށް އިހްތިރާމް ކުރައްވާ." ސައީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކުރެއްވިތާ ދެދުވަސް ވެއްޖެއެވެ. އިދިކޮޅު މެންބަރުން ޖަލްސާ ބޮއިކޮޓް ކުރައްވާފައި ވަނީ ޤާނޫނު އަސާސީ އިސްލާހް ކުރަން ބޭއްވި ޖަލްސާގައި އެމްޑީޕީ މެންބަރުން، އިދިކޮޅު މެންބަރު އަހްމަދު ޝިޔާމަށް އަނިޔާކުރި މައްސަލައިގައެވެ.

މެންބަރު ޝިޔާމަށް އެމްޑީޕީ މެންބަރުން ހަމަލާ ދިނީ ރައީސް ނަޝީދުގެ އެންގެވުމަށް ކަމަށް އިދިކޮޅު މެންބަރުން ވިދާޅުވެއެވެ. އެމައްސަލައިގައި ނަޝީދު މަޢާފަށް އެދި، މައްސަލައިގެ ތަޙްޤީޤު ފުލުހުން ރަނގަޅަށް ކުރިއަށް ގެންދަން އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

މެންބަރު ޝިޔާމަށް ހަމަލާ ދިން މައްސަލައިގެ ތަޙްޤީޤު ފުލުހުން ފެށި ނަމަވެސް، އެތަޙްޤީޤަށް ރައީސް ނަޝީދާއި، އެމްޑީޕީގެ އިސް ބޭފުޅުން ފާޑުވިދާޅުވެފައި ވާތީ ތަޙްޤީޤު ފުރިހަމައަށް ކުރިއަށް ހިނގައިދާނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތާކިހާ

    މައިބަދަ ބިނދިގެން ލަންޑަނަށް ދިޔަ މީހަ އައިކަމެއްއަދި އިހްސާޞެއްނުވޭ. ބަލާވެރިކަމެއް އިހްޞާސްވަނީ

    15
    4
  2. އަލްޖިބްރާ

    ޔާމީނުގެ ވެރިކަން އޮތްއިރު މަނޯރިޓީ އެއް އޮތްކަން ކަލޭމެނަށް އިހުސާސް ވިތަ ؟