ފިރިހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ފިރިހެން ޤުރުއާން ޓީޗަރު ހައްޔަރުކޮށް އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އޭނާ 15 ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފިއެވެ.
ޓީޗަރު ނިސްބަތްވާ ރަށެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ކުރިން ފުލުހުން ވިދާޅުވީ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ރަށެއްގައި ޤުރުއާން ކުލާހެއް ހިންގާ 28 އަހަރުގެ ދިވެހި ފިރިހެނަކު އޭނާގެ ދަރިވަރުންނަށް (18 އަހަރައު ނުފުރޭ ފިރިހެން ކުދިން ތަކަކަށް) ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް މިމަހުގެ 6 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރީ އިއްޔެގެ ވަގުތެއްގައެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރީ މިއަދު އެވެ.
ފުލުހުންގެ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނެނީ ހއ.އަތޮޅާއި ހދ.އަތޮޅާއި ށ.އަތޮޅެވެ.
ފުލުހުން ވިދާޅުވީ ކުޑަކުދިންނާއި ގުޅުންހުރި މައްސަލަ ތަކަކީ ސީރިއަސް ކޮށް ބަލަމުންދާ މައްސަލަތަކެއްކަމަށާއި، މިމައްސަލައިގެ ތަޙްޤީޤު ވެސް ހާއްސަ އިސްކަމެއް ދީގެން ކުރިއަށްދާ ކަމަށެވެ.
ރޯދަމަސް ނިމުނީމަ އިބިލީސްތައް ނިކުތީ ދޯ؟
ކަލޭމެންތީ އިބިލީހަށް ދޫނުކުރާނެ ފަދަ ބައެއް.
"ފުލުހުންގެ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނެނީ ހއ.އަތޮޅާއި ހދ.އަތޮޅާއި ށ.އަތޮޅެވެ." މީ ރަނގަޅު ގޮތެއް ނޫން. ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނެނީ ނ.ރ.ބ.ޅ އަތޮޅުތައް. ހއ.ހދ.ށ އަތޮޅު އެއީ އަޕަރ ނޯތު ޕޮލިސް ޑިވިޝަން.
ތިއީ ކިހިނެއް ވެގެން އުޅޭ ބައެއްތަ.
ތިވެސް އޭގެ މީހެއް. ކޮންމެހެން ނޫންކަމަށް ހެދޭނެ ކަމެއް ނެތް
އަހަރެން ސްކޫލްގަ އުޅުނުއިރު އަހަރެންނަށް ސްކޫލްގެ ޓީޗަރުން ޖިންސީ ގޯނާކުރި. އޭރު އަހަރެންނާއެކު އުޅުނު ކުދިންނަށް އަހަރެން އެވާހަކަ ކިޔައިދިނިން. އޭރު އެކަން ވަނީ ލިބޭ ހިންހަމަ ޖެހުމަކަށް. މިހާރު މި އެގެނީ... އެކަމުގެ ބޮޑުކަން. ތީޗަރުންގެ ވިޔާނުދާކަން..
އަހަރެން ސްކޫލްގަ އުޅުނުއިރު އަހަރެންނަށް ސްކޫލްގެ ޓީޗަރުން ޖިންސީ ގޯނާކުރި. އޭރު އަހަރެންނާއެކު އުޅުނު ކުދިންނަށް އަހަރެން އެވާހަކަ ކިޔައިދިނިން. އޭރު އެކަން ވަނީ ލިބޭ ހިންހަމަ ޖެހުމަކަށް. މިހާރު މި އެގުނީ. އެކަމުގެ ބޮޑުކަން. ތީޗަރުންގެ ވިޔާނުދާކަން.